މުލީއާގޭގައި މިދިޔަ ހުކުރުދުވަހު ހަވީރު ބޭއްވި ނިއުސް ބްރީފިންއަށް ފަހު ނިހާން، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެމްބަރުންނާއެކު. ޕީޖީގެ މަސައްކަތަކާ ބެހޭ މައުލޫމާތު މައުމޫނާ ހިއްސާ ކުރަން ނިހާނަށް ވަނީ ސިޓީއެއް ފޮނުއްވާފައި.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
03 ޖުލައި 2016 - 18:06
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު 10 ދުވަސް ތެރޭގައި ފޮނުވައި ދެއްވުމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަންގަވައިފި އެވެ.
ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕާލަމެންޓްރީ ގުރޫޕުގެ މަސައްކަތްތައް ހިއްސާ ކުރުމަށް މައުމޫން އެދިވަޑައިގެން، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނަށް ސިޓީއަކުން ދަންނަވާފައިވާ ކަމަށެވެ.
މައުމޫން ނޫސްވެރިންނާ ބައްދަލު ކުރައްވައި މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ބަޔާން ދެއްވަނީ. ޕީޕީއެމްގައި ހުރި ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް އެމަނިކުފާނު ވަނީ ފައްޓަވާފައި. -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު
މި ސިޓީގައި މައުމޫން އެދިވަޑައިގަތީ، ޕީޖީ ގްރޫޕުން މިހާތަނަށް ބޭއްވި ޖަލްސާތަކަށް ހާޒިރުވި މެންބަރުންނާއި އެ ބައްދަލުވުންތަކުގައި ނިންމި ކަންތައްތަކާއި މެންބަރުން ވޯޓު ދެއްވި ގޮތުގެ ތަފްސީލުތައް ޕާޓީއަށް ލިޔުމަކުން ހިއްސާ ކުރުމަށެވެ.
ހަމައެއާއެކު މެމްބަރުން ވޯޓު ދެއްވި ގޮތުގެ ތަފްސީލު މައުލޫމާތާއި ބައްދަލުވުންތަކުގެ ޔައުމިއްޔާ ހިއްސާ ކުރެއްވުމަށް މައުމޫން އެދިވަޑައިގެންނެވި ކަމަށް ޕީޕީއެމްގެ ބަޔާނުގައި ބުންޏެވެ.
"އެ ބައްދަލުވުންތަކުގައި ހުށަހެޅުނު ކަންތައްތަކާއި ނިންމުން ކަންތައްތައް ވެސް 10 ދުވަހުގެ ތެރޭގައި އެމަނިކުފާނަށް (މައުމޫނަށް) ފޮނުއްވުމަށް ސިޓީގައި ވަނީ އެދިވަޑައިގެންފަ އެވެ." ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.
ޕީޕީއެމް އިސްލާހު ކުރުމަށް ގިނަ ކަންތައްތަކެއް މައުމޫން ފައްޓަވާފައި މިވަނީ ރިޔާސީ ޓިކެޓްގެ މައްސަލަ އާއި ބިޑް ކުރުމެއް ނެތި ޓޫރިޒަމްގެ ބޭނުންތަކަށް ރަށްރަށާއި ބިންތަކާއި ފަޅުތައް ދޫކުރެވޭ ގޮތަށް ޓޫރިޒަމް ގާނޫނަށް، ޕީޕީއެމްގެ މަޖިލިސް މެމްބަރުން ފާސްކުރެއްވި އިސްލާހަށް ފަހުގަ އެވެ. އެގޮތުން މައުމޫން ވަނީ އެމަނިކުފާނަށް ލަފާއަރުވާނެ މަޝްވަރާ މަޖިލީހެއް އެކުލަވާލައި ޕާޓީ ހިންގާނެ ގޮތުގެ ޓައިމްލައިނެއް ވެސް ކަނޑައަޅުއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިމް
04 July 2016
ޕޮލިހުން ލައްވާ ފޮރިންސިކް ސިއްރު ރިޕޯޓެއް ހަދާލާ.
މުޙައްމަދު
04 July 2016
މެންޓަލިސްޓު ރިޕަބޮލިކަށް ދަންނަވާލާނީ މިންޓަލިސްޓު ތިޔަ ހުންނެވީ ރަގަޅަށް ހިންދުކޮޅު އައިސްފައޭ ސަބަބަކީ މެންޓަލިސްޓު ތިޔަވިދާޅުވި ކަންކުރަން އުޅުނީމަވެސް މައޮމޫނު ވިދާޅުވި ތިޔަ ގާނޫނޫ ހެދުމުގެ ކުރީން ރައްޔިތުންގެ ފެންނަ ނުފެން ވޯޓަކަށް ދާންޖެހޭނެކަމަށް ނަމަވެސް އެވަގުތު ފެންނަން ހުރި ބޮރޯސޯގެ ބާރުގަ ތިޔަބުނާ އަޑުރޭސް އާއި ނިހާންމެން ހިތުހުރިގޮތަށް ގާނޫނު ހެދީ އެއީ ޤައޮމަށް ބޮޑެތި ޣައްދާރުން!!!!!!!!!
ރަމާ
04 July 2016
މައުމޫނުގެ ތާއީދު ނެތި ޔާމީނަކަކަށް ދޭނެ ވޯޓެއް މިގައުމަކު ނެތް
ޒާހިރު
04 July 2016
ޕީޕީއެމް އަކީ މައުމޫމް އުފެއްދެވި ޕާރޓީއެއް. އެ ޕާރޓީގެ ހުރިހާ ކަމެއް ހިނގާ ނުހިނގާގޮތް މައުމޫން ވަރަށް ކައިރިން ބައްލަވަންޖެހޭނެ. ޕީޕީއެމްގެ ގިނަ މެމްބަރުންނަކީ ވެސް މައުމޫނަށް ތާއީދު ކުރާތީ ޕީޕީ އެމް އާ ގުޅުނު މީހުން. ބަޔަކު ޕާރޓީ ތެރޭގަ މާ ގަދަކޮއްލައިގެން މައުމޫން އަކީ އެއްވެސް މީހަކަށް ނަހަދަ މައުމޫނަށް ހިތުހުރިހާ އެއްޗެއް ގޮވާކަށް އަހަރެމެން ނޭދެން. އަދުރޭމެން ނިހާންމެން ލަދުގަންނަންޖެހޭނެ މައުމޫނަށް ހިތުހުރިހާ އެއްޗެއްގޮވަން.
ބޭބޭ
04 July 2016
ކޮބާ ނިހާނު، މިހާރު ހުންނާނި ޕީޖީ ގުރޫޕްގެ ލީޑަރުކަން ކުރެވިފައި. ރަންގަޅަށް ވިއްޔާ ނުހުންނާެ އެއިން އެއްވެސް ރިކޯޑެއް، އަޅުގަނޑަށް ހީވާގޮތުން ރޮޒެއިނާ މޫނަށް އަންގަ ދޮވެލިވަރަށްވުރެ ހުތުރުކޮށް މައުމޫނު މޫނަށް އަނގަދޮވެލާނެ. މިހާރުވެސް އެދަނީ ކާންދޭއަތުގައި ދަތްއަޅަމުން.
ހަސަން.
03 July 2016
ނިހާނު ކަލޯ އާއި އަބދުއްރަހީމް ބެ އާއި ދެމީހުން ކުރިއަށް އޮތް ދިހަރޭ ހޭލާތިބެގެން ކޮންމެވެސް އެއްޗެހި ތަކެއް ލިޔެގެން ތިޔަ ޔައުމީޔާ އެއް ތައިޔާރު ކުރާނެ. އެކަން ނުކުރެވެންޔާ އަނެއްކާވެސް ޒައީމު އަށް ކޮންމެވެސް ވަރުގަދަ ބަހުގެ ހަމަލާތަކެއްދޭނެ.
މެންޓަލިސްޓް
03 July 2016
މިހާރުޔައުމުއްޔާ ހޯއްދަވައިގެން ކުރީން ހިންގާފައިހުރިކަންކަން ބަދަލުކުރެވޭނެތޯ ؟ މުޅިގައުމުގެ ބިންތަކާ ރައްތަށް އަދި އެސް،އީ.ޒެޑްގެ ދަށުން އުމުރުދުވަހަށް ވިއްކަން ނިންމިއިރު ރައީސްމައުމޫންހުންނެވީ ނިދިކުރައްވާފައިތޯ ؟
ހަސަނު
03 July 2016
ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރަކަށް ހުންނަ މީހަކަށް ޕާޓީގެ ރައީސް ސިޓީ ފޮނުއްވާނެއެވެ. އެއިން ކޮންމެ ސިޓީއެއް އެއީ އެކަކު އަނެކަކު ސައިޒުކުރުން ކަމަށް މިތަނުގައި ކޮމެންޓްކުރަން އުޅޭ އެމް.ޑީ.ޕީ މީހުންނަށް ވިސްނެނީ ރައީސް މައުމޫން އަށް ހެޔޮ އެދި ގެނެއް ނޫނެވެ. ނުވަތަ ޕީޕީ އެމް އަށް ހެޔޮ އެދިގެނެއްވެސް ނޫނެވެ. ޕީޕީއެމް ،ޕީޖީ ލީޑަރަކަށް މިހާރު އެހުރީ ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ފާއިތުވި 12 އަހަރު ރައީސް މައުމޫން ދިފާއުކުރެއްވުމުގައި ލާމަސީލު މިސާލެކެވެ. އެމް.ޑީ.ޕީ އަށް އަތްދަށު ނުލެވި ހުރި މީހެކެވެ. އެސަބަބާހެދި މިވަގުތު އެމް.ޑީ.ޕީ މީހުން ވަރަށް ސަމާލުވެ ހަމަލާ ދެމުންދަނީ ޕީޖީ ލީޑަރު ނިހާނާއި ދިމާއަށެވެ. މިއަދު މާ މައުމޫން ވެގެން އުޅޭ މީހުން މިދިޔަ 12 އަހަރު އުޅުނީ ކޮންތާކުތޯ ސުވާލު ކޮށްލާހިތް އެބަ ވެއެވެ.
އަލީ
03 July 2016
ތިޔައުމިއްޔާ އާ ތިހުރިހާ ކަމެއް ބެލެހެއްޓޭ ފެންވަރުގެ މީހަކު އެތާއެބަހުރިތަ. ތިވިދާޅުވާ އެއްވެސް އެއްޗެއް އޮންނާނެކާމާމެދު ވަރައް ށައްކު.
ވޯގަ
03 July 2016
ޢަބުދުއްރަޙީމް
ކިޔުންތެރިޔާ 767
03 July 2016
ޒައީމުގެ މަސައްކަތައް މަރުހަބާ. ޕާޓީ ބައިބައިކުރާ ފާރާތްތަކުން ޕާޓީގެ ނަމުގައި ކުރާ ކަންކަމާ ގުޅުންހުރި އިވެންޓުތަކުގެ ލިޔެކިޔުންތައް އެއީ ޕާޓީ ރައީސްއަށް އަރުވަން ޖެހޭ، އަދި އަޕްޑޭޓުވާން ޖެހޭ އެއްޗިހި. މިހުރިހާ ދުވަހު މިމީހުން ޕާޓީ ގަވައިދުން ހިންގަން ހަވާލުކޮށް އެއްފަރާތެއްގައި ހުރުމުން ވަފާތެރި ނުވުމުގެ ސަބަބުން ކަންކަން ހިނގިގޮތުގެ ލިޔުމެއް އެއްޗެއް ރައީސާ ހިއްސާ ނުކުރައްވާކަން މިކަމުން މި އެނގެނީ. އަމިއްލައަށް ހިންގަވަން އެހާ ފަސޭހައިރު އެކަންނުކޮށް ކޮންމެސް މެޑަމެއްގެ އޮފީހަކުން ކަންކަން ކުރާތަން މިފެނުނީ. ޕާޓީގެ ރަސްމީ އޮފީހެއް އޮންނައިރު މިވަރު ނުކުރެވޭނީ ކިހާ ދޯހަޅި ވީމަ ނޫންތޯ.