ފިނޭންސް މިނިސްޓަރު މުނައްވަރު މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު
27 އޮކްޓޯބަރ 2017 - 10:23
ދައުލަތުގެ ބަޖެޓުގައި ސިޔާސީ ޕާޓީތަކަށް މި އަހަރަށް ކަނޑައެޅި ފައިސާ ބޭނުންކުރި ބަޔަކު ހޯދައިދޭން އެންޓި ކޮރަޕްޝަން ކޮމިޝަނާއި ސްޓޭޓް އެސެޓްސް ރިކަވަރީ ކޮމިޝަނަށް އިދިކޮޅު ޕާޓީތަކުން އިއްޔެ ގޮވާލައިފި އެވެ.
މި އަހަރަށް ފާސްކުރި 27 ބިލިއަން ރުފިޔާގެ ބަޖެޓުން 0.2 ޕަސެންޓް (ގާތްގަނޑަކަށް 27 މިލިއަން ރުފިޔާ) ވަނީ ސިޔާސީ ޕާޓީތަކަށް ކަނޑައަޅައިފަ އެވެ. ގާނޫނުގައި ބުނާ ގޮތުން މި ފައިސާ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދޭން ޖެހެ އެވެ.
އެކަމަކު އިދިކޮޅު ޕާޓީތަކުން ބުނެފައި ވަނީ އެ ފައިސާ އަދިވެސް ނުލިބޭ ކަމަށެވެ.
ސަޕްލިމެންޓްރީ ބަޖެޓާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވެފައިވާ ގޮތުގައި ސިޔާސީ ޕާޓީތަކަށް ބަޖެޓުގައި ކަނޑައަޅާފައިވާ ފައިސާ މިހާރު ވަނީ ދޫކޮށްފަ އެވެ. އެކަމަކު ޕާޓީތަކުން އެ ވާހަކަ ދޮގުކުރެ އެވެ.
އިދިކޮޅު ޕާޓީތަކުން ކުނޫޒްގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ ފިނޭންސް މިނިސްޓަރު އެހެން ވިދާޅުވިއަސް އިއްޔެގެ ނިޔަލަށް އެ ފައިސާ އެމްޑީޕީ އަށް ލިބިފައިނުވާ ކަމަށެވެ. އަދި އެ ފައިސާ މިނިސްޓަރު ދެއްވައިގެން އުޅުއްވަނީ "އެހެން ޕާޓީއަކަށް" ކަމަށް އިބޫ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ތިން ޕާޓީއަކަށް ހިއެއް ނުވޭ އެ ފައިސާ ލިބުނުހެން. ބަޖެޓުގައި ސިޔާސީ ޕާޓީތަކަށް ކަނޑައެޅި 27 މިލިއަން ރުފިޔާ، ފިނޭންސް މިނިސްޓަރު އެ އުޅުއްވަނީ އެހެން ޕާޓީއަކަށް ދެއްވައިގެން،" އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަށް އިޝާރާތް ކުރައްވައި އިބޫ ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކުން ކުނޫޒްގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި އިދިކޮޅު ޕާޓީތަކުގެ މެމްބަރުން ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވި ގޮތުގައި ބަޖެޓާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު ދައްކަވާ ވާހަކަތަކުން، ބަޖެޓު ހޭދަކުރާ ގޮތުގެ އެއްވެސް މައުލޫމާތެއް އޭނާ އަށް ލިބިވަޑައިގެންފައި ނުވާ ކަމަށް ބެލެވެ އެވެ. ގާނޫނާ އެއްގޮތަށް ފައިސާ ދޫކޮށްދޭން އެތައް ފަހަރަކު ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނާއި އެދިފައިވާ ކަން ވެސް ރިޔާޒް ފާހަގަކުރެއްވި އެވެ.
"މިދޭތެރެއަކުން ކޮންމެވެސް ނޫހެއްގައި ވެސް އޮތް ޕާޓީތަކުގެ ފައިސާއަށް ވީ ގޮތެއް ނޭނގުނު ކަމަށް. އެހެންވީމަ ކޮންމެވެސް ބަޔަކު އެ ފައިސާ ބޭނުންކުރީ ކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވެނީ. މި ފުރުސަތުގައި ގޮވާލަން އެންޓި ކޮރަޕްޝަން ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނަށް، އެ ފައިސާ އަށް ވީ ގޮތެއް ބެއްލެވުމަށް،" ރިޔާޒް ވިދާޅުވި އެވެ.
ސްޓޭޓް އެސެޓްސް ރިކަވަރީ ކޮމިޝަނަކީ، ދައުލަތަށް ލިބެން ހުރި ފައިސާ ހޯދަން ރައީސް އަބްދުﷲ ޔާމީން އުފައްދަވައިގެން އުޅޭ ކޮމިޝަނެކެވެ. އެ ކޮމިޝަނުން ބުނާ ގޮތުގައި އެކި ވެރިކަމުގައި އެކި ގޮތް ގޮތުން ދައުލަތަށް ލިބެން ޖެހޭ އެކަމަކު ނުލިބި ހުރި ފައިސާ ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން މެމްބަރުންގެ އަދަދު 10،000 އަށް އަރާ ޕާޓީތަކަށް، އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފައިސާ ޖަމާކޮށްދޭން ޖެހެ އެވެ. އެކަމަކު މި އަހަރު ނިމެން ދެ މަހަށް ވެފައިވާއިރު ވެސް ޕާޓީތަކަށް ފައިސާ ދުލެއް ނުކުރެ އެވެ.
ޕާޓީތަކުން ބުނެފައިވާ ގޮތުގައި ފައިސާ ނުދީ ލަސްކުރުމަކީ ގާނޫނާ ޚިލާފު އަމަލެކެވެ. މި މައްސަލާގައި އިދިކޮޅު ޕާޓީތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ފައިސާ ދޫނުކޮށްގެން ޕާޓީތަކުގެ އިދާރީ ބައެއް ކަންކަމަށް ވެސް ހުރަސްއެޅިފައިވާ ކަމަށް ވެސް ޕާޓީތަކުން ބުނެ އެވެ.
ފައިސާ ދޫނުކޮށްގެން އިދިކޮޅު އެމްޑީޕީން ވަނީ ފިނޭންސް މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ވެސް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލްޖިބްރާ
28 October 2017
ގޯނިގޯނީގަ ގޭގެއަށް ވެއްދި ފައިސާތަކަކީ ކޮންގޮތަކުން ލިބުނު އެއްޗެއްތޯ ހޯދުނުތަ ؟ އެހެންވީމާ ޕާރޓީ ތަކަށް ދޭންޖެހޭ ފައިސާ އަށް ވީގޮތެއްވެސް ނޭގޭނެ !
މަރީނު
28 October 2017
ވ ބޮޑު ތެދުފުޅެއް.. ހުސް ވަގުން
ފާތުން
28 October 2017
އަޖައިބު! އެވެސް ގެއްލުނީ ދޯ. ދެން އިސްތިއުފާ ދީފަ ގެއަށް ދޭބަލަ!
ހުސޭން
28 October 2017
އިދި ކޮޅުފަރާތް ތަކުން ވަނީ ގައުމައް އެކިވަރުގެއްލުން ދީފަ. ވީގެއްލުމުގެ ބަދަލެއްގެ ގޮތުގައި ތިފައިސާމިހާރުވަނީ އެކިކަންތަކައް ހަރަދުކޮއްފަ. ފޮތުގަ ނޯޓުކުރެވޭނީ އެފައިސާ ޕާޓީތަކައް ދޫކުރެވިފައިވާކަމައް. ކުރިޔައް އޮތްއަހަރުވެސް ކަންކުރާނީ އެގޮތައް.
އަހްމަދު
27 October 2017
ސްޓޭޓް އެސެޓް ރިކަވަރީއަކީ ސަރުކާރަށް ލބެންޖެހޭ ފައިސާ ހޯދާ ތަނެއް. ޕާޓީގެ ފައިސާ ނުލިބިގެން އެތަނަށް ހުށަހަޅާކަށްނުޖެހޭ. ރިޔާޒްލަދެއްނުގަނޭދޯ ތަންދޮރުނޭގޭއިރު އަނގަ އަރުވަން. ކަނޑުކޮހުންދޯ މިތިބެނީ މަޖިލިސް މެމްބަރޭކިޔާގެން.
ހެހެހެ
27 October 2017
ރިޔާޒް އެގޮވާލީ ޕާޓީގެ ފައިސާ ތަކެއް ގެއްލިގެން އެ ހޯދާކަށް ނޫނޭ! ސަރުކާރުގައި ހުރި ފައިސާތަކެއް ބަޔަކު ކާލީމާ އެ ހޯދަން! ވާނުވާ ވެސް ނޭގޭދޯ!
ނާޝިދާ
27 October 2017
ޕާޓީ ތަކަށް ދޭން ޖެހޭ ފައިސާ އަކީ ބަޖެޓުން ދޭން ހުރި ފައިސާ. ވީމާ އެސެޓް ރިކަވަރީ އިން ބަލަން ނުޖެހޭނެ ގޮތެއް ހަމަ ނުވިސްނުނު. ނޯޓު: ބަހުރުވަ ތަންކޮޅެއް ރީތި ކޮށްލައްވާ އަހްމަދު. ކުދަކުދިން/ސްކޫލް ކުދިންވެސް މިހަބަރުތައް ކިޔާނެ ދެއްތޯ؟
falaku ain
27 October 2017
އަހައްމަދަށް ހާދަ ނޭގެޔޭދޯ. ޕާޓީތަކަށް ދައުލަތުގެ ބަޖެޓްގައި ކަނޑައެޅި ފައިސާއަކީވެސް ރައްޔިތުންގެ ފައިސާކަމެއް. ބަޔަކު އެކާލީމާ ވީގޮތެއް ބަލަންޖެހޭ. ސްޓޭޓް އެސެޓަކީ ކޮބައިކަން ނުދަންނަ މީހުން ކޮމެންޓް ކުރާތީ ހަނދާކޮށްދިނީ.
ޢަބްދުﷲނާފިޒް
28 October 2017
ބަލަގަ އަހައްމަދާ، ޕާޓީއަށް އެފައިސާ ނުލިބިގެނެއް ނޫނޭ އެތަނަށް ހުށަހެޅީކީ، ދައުލަތުގެ ފައިސާ ވީނުވީގޮތެއް ނޭގި ގެއްލިގެން އުޅޭތީ ނޫންބާ، ވަރެއް ވެފަ ތިހުއްނަނީ އުތަ.
ވާވާ
27 October 2017
ހެޔޮ ކޮންމެ ގޮތަކަށް ކެވުނަސް, ތިކަން ބެލޭނެ އެއްވެސް ތަނެއް މި ރާއްޖެއަކުނެތް
އެޖާޑި
27 October 2017
ކޮބާ އިދިކޮޅު ޕާޓީތަކަށް ނުދީ އަނެއްކާ ކޮންތަނަކަށް ވެއްދީ, ނިކަން ފައިސާއާ ދޯޅުވާނެ
ކޮބާތޭ2
27 October 2017
ކޮބާތޭ, ކޮރަޕްޓް ސަރުކާރެއް އެލާރިކޮޅުވެސް ކާލީކަމަށްވާނީ, ކޮބާތޭ, އެގޯނި މިގޯނި އެޖާޑި މިޖާޑި, ފޮށި ފޮށީގައި ގެއަށް ވަތް ފައިސާ ހަލާލުނޫން ފައިސާ,
މަރީނު
27 October 2017
ތިފައިސާ ނުދޭނެ އެމީހުން ބިރުގަނޭ އެމީހުންނާއި ދެކޮޅަށް ބަޔަކު ތެެދުވެއްޖެއްޔާ، ހުރިހާ މޮޅަކާއި ފައިސާއެއް ލިބެންޖެހެނީވެސް މިބުނާ ޕީޕީއަށް އެކަނި. މިނޫނީ ނޫޅޭނެ ޤާނޫނު އަސާސީ ހިތުހުރިގޮތަކަށް މާނަކޮށް، ގައުމުގެ ފައިސާ ހިތުހުރި ގޮތަކަށް އަބުރާ ކައި އުޅޭ ބައެއް... ބަނޑުން އަލިފާންވެސް ނުކުންނަ ނަމަ ތާ ބޭރަށް ވެސް ފެންނަން ހުންނާނީ.. މުޅި މިރާއްޖޭގެ ތާރީޚް ދެކެފައިނުވާ އަނިޔާވެރި ކޮރަޕްޓްބައެއް ރާއްޖޭގެ ވެރިކަމާ ހަވާލުވެފައިނެތް.. އަހަރުމެން ލިޔާނަން ތާރީޚުގައި މިމީހުންގެ ވާހަކަ، ފައިސާ ގޯނި ގޯންޏަށް އަޅައިގެން ބަހާލި މީހުން.. އެޒައްޤޫމް ކައިގެން، ފިހާރަ އަޅައިގެން، ގޭގެ ފުރާޅު އަޅައިގެން އޭގެ ދަށުގައި ނިދާ ހަދަނީ.. ބިރުވެސް ނުގަންނަނީ ހެއްދެވި ފަރާތްދެކެވެސް..
ކޮބާތޭ
27 October 2017
ޕާޓީތަކަށް ކަނޑައެޅި ފައިސާ ބޭނުންކުރި ބަޔަކު ހޯދަން އިދިކޮޅު ޕާރޓީ ތަކުން ގޮވާލާ ގޮތަށް އެމްޑީޕީގެ ވެރިކަމުގައި ބައިވޯޓަރ ކިޔާ ކުންފުންނަށް ދައުލަތުގެ ބަޖެޓުން ދޫކުރި 15 މިލިއަން ޑޮލަރަށް ވީ ގޮތެއް ހޯދަން އެބަޖެހެއެވެ. އެމެން އެ 15 މިލިއަން ޑޮލަރަށް ކުރި އެއްވެސް ކަމެއް އައްޑޫން ފެންނާން ނެތެވެ. އަދި 15 މިލިއަން ޑޮލަރު އެމެންނަށް އެޑްވާންސް އަށް ދޭން ޖެހޭ ސަބަބަކީ ކޮބައިތޭ އެއްވެސް ބޭންކް ގެރެންޓީއެއް ނެތި. މީ ހަމަ ރޯމާ ދުވާލު ވައްކަން ކުރުން ފަދަ ކަމެއް ނޫންތޭ. މިފަދަ ވައްކަން ތަކުގެ ވާހަކަ އެމްޑީޕީން ނުދައްކަނީ ކީއްވެގެންތޭ އަދި ނޫސްވެރިންގެ ރާޑަރަށް މިފަދަ ވައްކަންތައް އޮޑިޓް ރިޕޯރޓްގައި ފާހަގަކޮށްފައިވާ އިރު ވެސް ނާރާތީވެ ނޫސްވެރިން ވެސް އަމިއްލަ އަށް ހޯދުންތައް ހޯދައިގެން ނޫސްވެރިކަން ކުރާ ކަން ފެންނާން ނެތެވެ. މިފަދަ ކަންކަން ރަނގަޅު ވާންވީ ފުރަތަމަ ވެސް. ސިޔާސީ ޕާރޓީތަކުގެ ފައިސާ ވާހަކަ އޭގެ ފަހުން އެމްޑީޕީން ދައްކަންވީ.
މަރީނު
27 October 2017
އަމިއްލައަށް ދެރަނުވާންވެގެންދޯ ކޮމެންޓްތިކުރަނީ؟ ސޯޓުބޭލި ބުޅާ ގޯނިން ބޭރުވީމަ ވެސް އަމިއްލަ ދިފާއުގައި ވަކަރުގޭ ކުދިންހެން “ ދެން ޖަހާބަލަ، ތިއީ މަ ރެޑީ ނުވެ ހުރީމަ ތި ޖެހުނީ، ދެން ޖެހީމަ ބުނާނެ ތީ މަ ސަންޑަލެއް ނުލާ ހުރީމަޔޯ، މިކަހަލަ ދެއުޅިއެއްނުވާ ވާހަކަ ތިދައްކަނީ، ތޭ، ތަމެން، މަމެން ކިޔާފަ
ބަކުުރު
27 October 2017
ނުދައްކާނެ އަދި ނޫހުގަވެސް މިއުޅޭ ނޫސްވެރިންނޭ ކިޔާ މީހުންނަކަށް ނުކެރޭނެ ލިޔާކަށް ތިވާވަހަކައެއް. ވަގުން އެހެންމީހުންނާއި ދިމާލަށް ގޮވާނީ ވަގުންނޭ. ނުވިސްނުނުދޯ. މީބަކުރު ބުނިއެއްޗެއް އަންނި ބުނިއެއްޗެއް ނޫން އެހެންވީމަ ރީނދޫހުން ޖެހިފަ ތިބިމީހުންނަކަށް ނުވިސްނޭނެ. މިބުނީ އެމް.ޑީ.ޕީ ގައިތިބީ ވަގުންނޭ. ޙަޖަމް ކޮށްފަ ރިޕްލައިކުރާތި. ޥަރަށް ސަލާމް. ޙިނި ހިނި ކަމިން
ދެޓްވޭ
27 October 2017
ތިފައިސާއަށް ވީގޮތް ހޯދަންޖެހޭނީ މި ސަރުކާރަށް. އަވަހަށް ބަލަން އުޅެގަ. އެމްޑީޕީއިން ފައިސާ ކެޔޭ ކިޔާފަ ސަރުކާރުން ދޭންޖެހޭ ފައިސާ ހިފެހެއްޓޭތަ؟ އެހެންކަމަށްވާނަމަ ޕިންކީންނަށް ކުރިޔަށް އޮތް ގަރުނުގަވެސް ލާރި އެއް ނުލިބޭނެތާ؟ އެމްއެމްޕީއާރުސީ ގެ ލާރި ވަގަށްނެގީ ޕިންކް ސަރުކާރުގަ ވިއްޔާ. އަދި ކޮބާ ފެނަކަ އެމްޕީއެލް އިން ގެއްލުނު ފައިސާ ހަމަ މި ޕިންކީސް ގެ ވެރިކަމުގަ؟
މަރީނު
27 October 2017
ކުރިވައްކަންތައް ފޮރުވޭނެކަމަށްތަ ތިކޮމެންޓްކުރަނީ؟ ލަދު ގަންނަންވާނެ މީހުން މި ޚަބަރަށްލިޔާ ކޮމެންޓް ކިޔާފަ ހަމަބުއްދި ފިލާފަ ނެތިއްޔާމުން
ހެހެެހެ
27 October 2017
ތިކަން ބަލަން ވީވެސް އެމްޑީޕީންތަ؟ ކީއްވެބާ ތިޔަހެން ހިގާފަ އޮތް ކަމެއްވިއްޔާ މިހާ ދުވަސް މި އިރުވެސް މިސަރުކާރުން ތިކަން ނުބަލަނީ؟ މި ސުވާލު ޔާމިން އާ ކޮށްބަލަ!
ޢަބްދުﷲނާފިޒް
28 October 2017
އެކަމާ އުޅޭނީ ތަމެން، މިކަމާ އަހަރުމެން އުޅޭނަން
ތަމް
27 October 2017
ދިރުވާލާ ސަރުކާރުން ދިރުވާލީ