ހައި ކޯޓު: ޖަރުމަނު މީހާ ފައިސާ ދިނީ ހަދިޔާއެއްގެ ގޮތުން ކަން ސާބިތުވާ ފަދަ ހެއްކެއް ދިވެހި މީހާއަށް ނުދެއްކޭ ކަމަށް ހުކުމުގައިވޭ --ފޮޓޯ/މިހާރު
22 ނޮވެމްބަރ 2017 - 13:10
ޖަރުމަނު އަންހެނަކާ ކައިވެނި ކުރާނެ ކަމަށް ބުނެ އޭނާ އަތުން ދިވެއްސަކު އަތުލި 9،400 ޔޫރޯ (170،000 ރުފިޔާ) އަނބުރާ ދައްކަން ސިިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ.
ސ. ހިތަދު އަށް ނިސްބަތްވާ އެ މީހާގެ މައްޗަށް އެ ހުކުމް އައީ ޖަރުމަނު ރައްޔިތެއް ކަމަށްވާ މާރިއޯން އެރެންޑިޓާ ކައިވެނި ކުރާނެ ކަމަށް ބުނެ އޭނާ އަތުން އެކި ފަހަރު މަތިން 9،400 ޔޫރޯ ހޯދުމަށް ފަހު ކައިވެނި ނުކުރި ކަމަށް ބުނެ އެ ފައިސާ ހޯދަން މާރިއޯން ދައުވާ ކުރުމުންނެވެ.
އެ ފައިސާ ދައްކަން ދިވެހި މީހާގެ މައްޗަށް ސިވިލް ކޯޓުން 2015 ގައި ކުރި ހުކުމް މިދިޔަ ހޯމަ ދުވަހު ހައި ކޯޓުން ދެމެހެއްޓީ އޭނާގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމުންނެވެ. އެ މީހާގެ ފަރާތުން ބުނެފައިވަނީ އެ ފައިސާއަކީ އޭނާ އާއި މާރިއޯންއާ ދެމެދު އޮތް ރަހުމަތްތެރިކަމުގެ ސަބަބުން ހަދިޔާއެއްގެ ގޮތުން މާރިއޯން ދިން ފައިސާއެއް ކަމަށާއި އެއީ ކައިވެނި ކުރާނެ ކަމަށް ބުނެ އޮޅުވާލައިގެން ހޯދި ފައިސާއެއް ނޫން ކަމަށެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ އެ ފައިސާ ލިބުނު ކަމަށް ދިވެހި މީހާ އެއްބަސްވާއިރު އަދި އެ ފައިސާ އެ މީހާ އަށް ޓްރާންސްފާ ކުރި ކަމުގެ ހެކި މާރިއޯންގެ ފަރާތުން ހުށަހަޅާފައިވާތީ އެ ފައިސާ ދިންކަން ސާބިތުވާ ކަމަށެވެ. އެކަމަކު އެ ފައިސާއަކީ ހަދިޔާއެއްގެ ގޮތުން މާރިއޯން ދިން ފައިސާއެއް ކަން ސާބިތު ކޮށްދެވޭ ހެއްކެއް ދިވެހި މީހާ އަށް ނުދެއްކޭ ކަމަށް އެ ހުކުމުގައިވެ އެވެ.
ދައުވާ ސާބިތުކޮށް ދިނުމަކީ ދައުވާކުރާ ފަރާތުގެ ޒިންމާއެއް ކަމަށް އޮންނަ ފަދައިން، ދައުވާ ލިބޭ ފަރާތުން ދިފާއުގައި ނަގާ ކަންކަން ސާބިތުކޮށް ދިނުމަކީ އެ ފަރާތުގެ ޒިންމާއެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަން އެ ހުކުމުގައި ފާހަގަކޮށްފައި އެވެ.
އެ ފައިސާއަކީ ހަދިޔާއެއްގެ ގޮތުން ދިން ފައިސާއެއް ކަން ސާބިތުކުރަން ހުވާ ކުރަން ތައްޔާރަށް ހުރި ކަމަށް އެ މީހާގެ ފަރާތުން ބުނެފައިވިޔަސް ޝަރީއަތުގައި ހުވާ ކުރުމަކީ ދިފާއު ސާބިތު ކޮށްދިނުމަށް އޭނާގެ މައްޗަށް އޮތް މަސްއޫލިއްޔަތު ނެތިގެންދާނެ ކަމަށް ނޫން ކަމަށް ވެސް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.
އިސް ފަނޑިޔާރު އަބްދުﷲ ދީދީ ރިއާސަތު ބެލެހެއްޓި އެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
ޖަޕާނު މީހެއްގެ އަތުން ދިވެއްސަކު ހޯދި ފައިސާ ވެސް އަނބުރާ ދައްކަން ދާދި ފަހުން ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ ފައިސާ އަނބުރާ ދައްކަން ޖެހުނީ ޖަޕާނު މީހާއަކީ ދިވެހި މީހާ އަށް ޚަރަދެއް ކުރަންޖެހޭ ފަދަ މަގާމެއްގައި ހުރި މީހަކަށް ނުވާ އިރު، އެ މީހާ އެ ފައިސާ ދިނީ ހަދިޔާއެއްގެ ގޮތުގައި ކަން ދިވެހި މީހާ އަށް ސާބިތުކޮށް ނުދެވުމުންނެވެ.
ސްވިޓްޒަލޭންޑް އަންހެނަކާ ކައިވެނި ކުރާނެ ކަމަށް ބުނެ ދިވެއްސަކު ހޯދި ފައިސާ ވެސް އަނބުރާ ދައްކަން ސިވިލް ކޯޓުން ކުރިން ހުކުމްކުރި އެވެ. އެ ހުކުމަށް ވެސް ހައި ކޯޓުން ކުރިން އޮތީ ތާއީދުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްވަ
24 November 2017
ތި ހިތަދޫ މީހަކީ ވަނަވަރު އެގުން ވ ވ މުހިއްމު މީހެއް. މަށައް ޝައްކު ވާ އެއްޗެއް ޔަގީނާ ގާތް ވުން ވ އެކަޝީގެން ވޭ.
ފުންއަސަރު
23 November 2017
ބޭރުއަންނަ މުސްކުޅިވަރުގެ އަންހެނުންނާ ދިވެހި ޅަފިރިެންކުދިން ވަރަށް ގުޅުންބާއްވާނެ. ހުރިހާވެސް ބޭނުމަކީ އެމީހަކުފެލާލުން. އެއްޗެއް އަތުލުން. މިގޮތުން މަސައްކަތްކުރާއިރު އިންނާނަމޭވެސް ބުނާނެ. ވަރަށް ލޯބިންކަމަށް ހަދައިގެންވެސް އުޅޭނެ. ގުޅުންތައްވެސް ހިންގާނެ. މިހުރިހާ ކަމެއްކޮށްފާ އަތްފުރެންދެން ބޭރުފައިސާ ލިބުނީމާ އިންނާކަށްވެސް ކަމަކުނުދޭ. މީ ރެސޯޓްތަކުގާ މަސައްކަތްކުރާ ބައެއް ސޮރުން އުޅޭގޮތް.
ޔާމިން
23 November 2017
ކޮބާބާ ދިވެހި މީހާގެ ވަނަވަރު. އޭރުން ދޯ ދެންތިބި މީހުންވެސް ސަލާމަތްވާން އިނގޭނި. އަބުރުގެ ގާނޫނު ނުފެތޭ ހުކުމެއް ކުރީމަ
ފިއްޓޭ / ދުވާފަރު
23 November 2017
ކޮބާ 1 މިލިޔަން ޑޮލަރު؟ ރޔމނ އެ އަށް ހެދި ގޮތް އިނގޭތަ؟
ޖަމީލުބެ
23 November 2017
އެފައިސާ ދެނީ ކޮން ކޯޓަކުން ހުކުމް ކުރީމަތަ؟
އަމަން
22 November 2017
ވަރަށް ސަޅި، ހަބޭސް
އާމިނަ
22 November 2017
ލާރި ހޯދަން ދިވެހިން ކޮށްފާނެ ކޮންމެފަދަކަމެއް.
ހޮޓްކިންގ
22 November 2017
ދިވެހި ފިރިހެނުންނަށްވެސް ހުތުރުއަރުވަނީ. ފައިސާ ހޯދަން ކުރާނެ ކަމެއް ނޭނގުނީތަ. ތަންތާތިބޭ އަންހެނުން ފެލަނީ.
އަލީ!
22 November 2017
ދިވެހިންގެ އަގު ވައްޓަނީ ދިވެހިން އަމިއްލައަށް
ޖަޕާނު
22 November 2017
ޖަޕާނު މީހެއްގެ ވާހަކަވެސް ވަކިހިސާބަކުން އެބަ އާދޭ... އަހަރުމެން ޖަޕާނުމީހުންނަކީ ތިހެން ފިރިހެނަކު ފެންނައިރަށް ލާރިދީއުޅޭބައެއްނޫން.. އެއަށްވުރެ މިތާފިރިހެނުން ތިޔާގި ..