ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް "މިހާރު" އަށް އިންޓަވިއު ދެއްވަނީ. - ފޮޓޯ: މިހާރު
28 ނޮވެމްބަރ 2017 - 13:13
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް ސިންގަޕޫރުގައި ހުންނެވުމަށް ފަހު، ޖަރުމަނު ސަރުކާރުގެ ޚާއްސަ ހުއްދައެއްގެ ދަށުން އެ ގައުމަށް ވަޑައިގެންފި އެވެ.
ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހުސައިން ޝަމީމް "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި ގާސިމް ޖަރުމަނަށް ވަޑައިގަތީ އެ ގައުމުގެ ސަރުކާރުން ދިން ޚާއްސަ ހުއްދައެއްގެ ދަށުން މެޑިކަލް ޑޮކްޓަރުންގެ ޓީމަކާ އެކުގަ އެވެ. ޖަރުމަނުގައި ގާސިމް ހުންނަވައިގެން ބޭސްފަރުވާގެ ކަންކަން ފުރިހަމަ ކުރަމުން އަންނަ ކަމަށް ވެސް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ޝަމީމް ވިދާޅުވި އެވެ.
ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ ގާސިމްގެ ބޭސްފަރުވާގެ ކަންކަން ޒަމާނުއްސުރެ ކުރިއަށް ގެންދެވީ ޖަރުމަނުން ކަމަށެވެ. އަދި ބޭސްފަރުވާ އަށް ގާސިމް މި ފަހަރު ޖަރުމަނަށް ވަޑައިގަތީ، ސިންގަޕޫރުގައި އޭނާ އަށް ފަރުވާ ދިން ޑޮކްޓަރުންނާއި ޖަރުމަނުގައި ހުންނަވާ، ގާސިމްގެ ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށް ބަޔާނުގައިވެ އެވެ.
ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ އޭނާގެ ބޭސްފަރުވާ އަށް ސިންގަޕޫރުގައި ހުންނެވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދީފައިވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް އާ ކޮށްދީފައިވަނީ މިދިޔަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އެހެންކަމުން މުއްދަތު ހަމަވެފައިވާ ޓްރެވަލް ޑޮކިއުމަންޓެއް އޮތުމުގެ ސަބަބުން ސިންގަޕޫރުގައި ހުންނަވައިގެން ބޭސްފަރުވާގެ ކަންތައްތައް އެ މަނިކުފާނު ކުރިއަށް ގެންދަވަން ޖެހިވަޑައިގަތުމަކީ އެ ގައުމުގެ ސަރުކާރުން ދިން ހާއްސަ އެހީއެއްގެ ދަށުން ނުހަނު ދަތި އުނދަގުލެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"ގާސިމް ޖަރުމަނު ވިލާތުގައި މި ވަގުތު ހުންނެވީ އެ ގައުމުގެ ސަރުކާރުން ބޭސްފަރުވާ ކުރެއްވުމަށް އިންސާނިއްޔަތަށްޓަކައި އޭނާ އަށް ދެއްވި ހާއްސަ ހުއްދައެއްގެ ދަށުން ކަން ރައްޔިތުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ. އަޅުގަނޑުމެން އެދެނީ ގާސިމަށް އަވަސް ޝިފާއަކަށެވެ،" ބަޔާނުގައި ވެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވިކަން ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމެއްގައި ހުންނަވަނިކޮށް، ހިތްޕުޅުގެ އާލާސްކަންފުޅަށް ބޭސްކުރައްވަން ގާސިމް ސިންގަޕޫރަށް ވަޑައިގަތުމަށް ކަރެކްޝަނުން ދިން މުއްދަތު މިދިޔަ މަހުގެ ތިނެއްގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. އޭގެ ފަހުން ގާސިމް ރާއްޖެ އިން ބޭރުގައި ހުންނެވުމަށް އިތުރު ފުރުސަތެއް ދެވެން ނެތް ކަމަށް ކަރެކްޝަންސުން އެންގި އެވެ.
ސިންގަޕޫރަށް ވަޑައިގަތުމަށް ސަރުކާރުން ގާސިމަށް ދިން ޓްރެވަލް ޑޮކިއުމަންޓްގެ މުއްދަތު އިތުރު ކޮށްދޭން އާއިލާ އިން އެދުނީ ގާސިމްގެ ޓެސްޓް ހެދުމަށް ފަހު އިތުރު މައްސަލަތަކެއް ދިމާނުވާ ނަމަ، މިދިޔަ މަހުގެ 28 ގެ ފަހުން ދަތުރު ކުރެއްވޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވާތީ އެވެ. ގާސިމްގެ އާއިލާ އިން ބުނި ގޮތުގައި ގާސިމަށް ރާއްޖެ ވަޑައިގެންނެވެން އޮތީ މުއްދަތު ހަމަނުވާ ޓްރެވަލް ޑޮކިއުމެންޓެއް ގާސިމް އަތުގައި އޮވެގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުއްޅަބޭ
24 June 2018
ފެބްރުއަރީ އެކެއްގައި ބަލި ރަނގަޅުވެގެން ފުރަން ތައްޔާރަށް ހުރިކަމަށް ބުނިހަނދާނެއްނެތްދޯ؟!
ހަސަން ފިރުސާނު
29 November 2017
މީނަ ވެއްޖެ ނޫންތަ ޖަރުމަނު ސަފީރަށް ހަދާފަ އެތަނުގަ ބަހައްޓަން އަޅެފަހެ؟ އޭރުން އެންޖެލާ މާރކަލް އާ އެއްކޮށް ހަމްބަގް ގެ އިންތިޚާބު ވާދަ ކުރަން ހުރެވިދާނެ އެއްނު އެކޮޅުގަ އެއްކޮށް!
ގޯލްޑް
29 November 2017
ހަމްބަގް އޭ؟ ހެހެހެ. މީހަކު ހަލާކު ވެދާނެ..
މޮހޮނު
29 November 2017
އައްދަރޯ.. މިގައުމުނޫން ކޮންމެ ގައުމަކަށްދާންވެސް ހިތުގެ ވަރުއެބަހުރިތާ
އައްޑޫ ބެއްޔާ
29 November 2017
އަސްލުގަ މިއީ ސަރުކާރަށް ލިބުނު ވަރަށްބޮޑު ދެރައެކެވެ. ސަރުކާރުން ޤަސްތުކުރީ ޓެރެވެލް ޑޮކިއުމެންޓް އާނުކުރާށެވެ. އަދި ސިންގަޕޯަރ ސަރުކާރުން ޤައުމުން ބޭރުވާންއެންގުމުން ފުލުހުންގެ ޓީމެއްގޮސް ހުތުރު ގޮތަކަށް ޤާސިމް ގެންނާށެވެ. ސަރުކާރުގެ އެންމެ ރިސްކީ ކަލްކިއުލޭޝަންގަވެސް އޮތީ އިނގިރޭސި ސިޔާސީ ހިމާޔަތެވެ. ޓްރެވެލް ޑޮކިއުމެންޓެއްނެތި އެނޫންގޮތަކަށް ސަރުކާރަކުން، އަދި އަމުދުން ޖަރމަންފަދަ ނުފޫޒުގަދަ ސަރުކާރަކުން ޚާއްސަ ހުއްދަދޭނެކަމަށް ނުބަލައެވެ. ދެން ޤާސިމް އަތުޖެއްސުމީ ފަސޭހަކަމަކަށް ނުވާނެއެވެ. އަދި ސިޔާސީ ޕްރެޝަރ ސަރުކާރަށް އިތުރުވާނެއެވެ.
ބުއްޅަބޭ
24 June 2018
ގާސިމްވެސް ނަޝީދުވެސް މިގައުމުގަ ނެތިއްޔާ ސަރުކާރަށް މާފަސޭހަ، ބޭރުގަތިބެގެން ގަނެތެޅިތެޅި ތިބޭނެތާ!
ކޮކީ
29 November 2017
ކޮބާ ޑރ ހުއްދަދިނީ ރާއްޖެއަށްވުރެ ދުރުގައމަކަށް އުދުހެން ދޮތަ
ތޯހިރު
29 November 2017
އަޅެ ވާނުވާ ނޭނގިގެން ނޫޅެބަލަ. ގާސިމުގެ ވިސާހަމަވީ ސިނގަޕޫރުގަ ހުއްޓާ.. ދެން އެތާގަ ނުހުރެވޭނެ ކަން އެނގުނީމަ ޖެހޭނީ އެހެން ޤައުމަކަށް ދާން.. ފުލުހުން ހޯދަފާނެތީ ތަންކޮޅެއް ދުރު ޤައުމަކަށް އެ ދިޔައި،، އެތަުންވެސް ޓުއަރިސްތު ވިސާ ހަމަވާއިރަށް ޑޮކްޓަރު ލަފާދޭނެ އެހެން ޤައުމަކަށް ދާން. އަހަރުމެން ލޮލުގަ އަނދުން އަޅުވަން ނޫޅެބަލަ..
މުޑުދާރު
29 November 2017
ވާނުވާ އިނގގިގެން ކޮމެންޓް ކޮށްބަލަ! ދެން އަމިއްލަ އިހުތިޔާރުގަ ނޫން ގޮތަކަށް ޖަރުމަނަކުން ގާސިމް ބޭރުކޮށެއް ނުލާނެ.
ޑާޑާޑާޑާ
28 November 2017
އަޖައިބުވެއްޖެ މި ލިޔުންކިޔާފަ. ގައުމެއްގެ ސަރުކާރެއްގެ ހުއްދައެއްނެތި ކާކަށްތަ އެގައުމަކަށް އެތެރެވެވެނީ؟ ވިސާ ލިބުނީމާ އެ ލިބުނީ ހުއްދައެއް ނޫންތަ؟
އަންތަރީސްވޭ
28 November 2017
ވިސާ ލިބޭތަ ޕާސްޕޯޓެއް ނެތި. އަޖައިބެއްކަހަލަ ކޮމެންޓެއްނު ތީ
ޢިންސާނާ
29 November 2017
ސާބަސް ހަމަ! ޢެވެސް ޓްރެވަލް ޑޮކިޔުމެންޓެއް ރާއްޖެއިބް ނުދީ އޮތްވާ ކިހިނެއް ތަންތަނަށް ދަނީ ؟ ވިޒާއަކީ ޓްރެވަލް ދޮކިޔުމެންޓެއް ބިނާކޮށް ދޭ ހުއްދައެއް.
ގިޔާސް
28 November 2017
ދިވެހި ދައުލަތުގެ އަގެއް ނެތް ސިންގަޕުރު ، ސްރީލަންކާ ، އިންޑިޔާ މުޅި ދުނިޔެ ޕާސްޕޯރޓްވެސް ކުޅޭ ކުޅިވަރަކަށް ހެދީމާ ވާނީ މިހެން ހިތަށް އަރާ އިރަށް ދަތުރުމަތީ ހުއްޓާވެސް ކެންސަލް ކުރަމުން ދަނިކޮށް އެތިބީ ހުރިހާ އެންމެން ހަމަޖެހިލައިގެން ޔާމިން މުޅި ދުނިޔެއިން ފެއިލް ވެއްޖެ 4 އަހަރުގެ ދަުރެއް ނިމުނު ިއރު ބޭރު ގައުމެއްގެ ޕޯޑިޔަމްއެއްގައި ތަޤްރިރެއް ކުރުމުގެ ފުރުޞަތު ނުލިބުނު ހަމައެކަނި ވެރިޔާ ، މިވެސް ރިކޯރޑެއް ދެން އަތޖަހާ!
އަލިބެއްޔާ
28 November 2017
ގާސިމް މިސަރުކާރު ގެންނަން ޚަރަދު ނުކުރިނަމަ ތިޔަޖެހިފައި އޮތްފަދަ ދަންތުރައެއްގައި ނުޖެހުނީސް.
ސަޅި
28 November 2017
އަލިބެއްޔާ ވަރަށް ހަރަދުކޮއްލާފަދޯ ތިހިރީ؟ ނުކުރަންޔާ ދަންތުރައަކަށް ސަމާލުވައްޗޭ. ހަހަހަ ކީކޭ ބުނާނީ. ހަރަދު ނުކުރީމަޔޯ
ނރ
28 November 2017
ގާސިމު އަށް ލިބޭއަނިޔާ ޢާމެދު ދެރަވޭ ކީއްކުރާނި މީދުނިޔޭގެ އާދަ,