މިއަދުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ-- މިހާރު ފޮޓޯ: ހުސެން ވަހީދު
03 ޑިސެމްބަރ 2017 - 15:24
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދަރަނި މި ސަރުކާރަށް ދައްކަން ނުޖެހުން ނަމަ، ސަރުކާރުގެ ދަރަނި މިހާރު އުޅޭނީ 1 ބިލިޔަން ރުފިޔާގައި ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމަށް އަލަށް ގުޅުނު 2،600އަށް ވުރެ ގިނަ މީހުންގެ ފޯމު ހަވާލުކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވަނީ، އަންނަ އަހަރުގެ ބަޖެޓާއެކީ ދައުލަތް އިތުރަށް ދަރަނިވެރިވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ވާހަކަތަކަށް ވަރަށް ތަފްސީލުކޮށް ރައްދު ދެއްވާފަ އެވެ.
ރައީސް ޔާމީން ވިދާޅުވީ ނަޝީދުގެ ވެރިކަން ނިމުނު އިރު ދައުލަތުގެ ޖުމުލަ ދަރަނި 29 ބިލިޔަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި މި ސަރުކާރުގެ ދަރަންޏަކީ 14 ބިލިޔަން ރުފިޔާ ކަމަށާއި އެ ދަރަނި އަދާކުރުމުގެ ގާބިލިއްޔަތުކަން ސަރުކާރުގައި ހުރި ކަމަށް ވިދާޅުވި އެވެ.
އަދި ނަޝީދުގެ ސަރުކާރުން ވާރުތަކުރި 13 ބިލިޔަން ރުފިޔާ އަދާކޮށްފައިވާނެ ކަމަށާއި އެ ފައިސާ ދައްކަން ނުޖެހުނު ނަމަ، މި ސަރުކާރުގެ ދަރަނި އަރާނީ އެއް ބިލިޔަން ރުފިޔާއަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ޕީޕީއެމް އާއި އަލަށް ގުޅުނު މެމްބަރުންގެ ފޯމުތައް ހަވާލުކުރުމަށް އެޕާޓީން ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ރައީސް ޔާމީން ބައެއް ފޯމު ތަކާއި ހަވާލުވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ރައީސް ވިދާޅުވީ އެއާޕޯޓު ހިންގުމަށް ޖީއެމްއާރު ކުންފުންޏާއެކު ނަޝީދުގެ ސަރުކާރުން ވެފައިވާ އެގްރީމެންޓުގެ ބަދަލެއްގެ ގޮތުން 300 މިލިޔަން ޑޮލަރު (ފަސް ބިލިޔަން ރުފިިޔާ) ދައްކަން ނުޖެހުނުނަމަ، އަރަނީގެ ގޮތުގައި ހަތަރު ބިލިޔަން ހުންނާނެ ކަމަށެވެ.
ދައުލަތް ދަރަނިވެފައިވަނީ ވެސް ކުރީ ސަރުކާރުގެ ނުކުޅެދުންތެރިކަމުން ކަމަށާއި ކުރީގެ ދަރަނިތަކަށް ޝިފާ ހޯދައިދިނީ ވެސް މި ސަރުކާރުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މި ސަރުކާރުން އުފެއްދި ދަރަންޏަކީ 14 ބިލިޔަން ރުފިޔާ. މި 14 ބިލިޔަންގެ ދަރަނި އަދާ ކުރުމުގެ ކެޕޭސިޓީ ސަރުކާރުގައި އެބަހުރި. ކުރީ ސަރުކާރުތަކުގެ ދަރަނި ފިލުވުމުގެ ކެޕޭސިޓީ އެބަހުރި. ކުރީ ސަރުކާރުން ނުކޮށް ދޫކޮށްލާފައިވާ ހުރިހާ ކަންކަމެއް ކުރުމުގެ ކެޕޭސިޓީ ވެސް އެބަހުރި،" އިދިކޮޅު ފަރާތްތަކަށް ގޮން ޖައްސަވަމުން ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ދަރަނީގެ ހިސާބު އަހަރަކަށް ޖެހޭ ވަރަށް ބަލާއިރު، 14 ބިލިޔަން ރުފިޔާގެ ދަރަނި އަހަރަކަށް ޖެހެނީ "ތިނެއް ޕޮއިންޓް ކޮންމެވެސް އެއްޗެއް" ކަމަށެވެ. އެކަމަކު ނަޝީދުގެ ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި 25 ބިލިޔަން ރުފިޔާގެ ދަރަންޏެއް އޮތް އިރު އަހަރަކަށް "އަށެއް ޕޮއިންޓް ކޮންމެވެސް އެއްޗެއް" ދަރަނީގެ ގޮތުގައި ޖެހޭ ކަމަށް ރައީސްް ވިދާޅުވި އެވެ.
އެހެންވެ މި ސަރުކާރަށް ވުރެ، ރައީސް ނަޝީދުގެ ސަރުކާރުގެ ދަރަނި 200 ޕަސެންޓް ބޮޑު ކަމަށާއި ދަަރަނި ބަޖެޓެއް އޮތް ކަމަށް ބުނެ، ވާހަކަ ދެއްކުން އެންމެ އައުލާކަން ބޮޑީ އިދިކޮޅު ފަރާތްތަކުން ކަން މި ހިސާބުތަކުން އެނގޭ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ "މިވެނި ކަމެއް ކޮށްފި ނަމަ އެ ވެނިކަމެއް ވާނެ" ކަމުގެ ވިސްނުމަކީ ދިރުން ނެތް ވިސްނުމެއް ކަމަށެވެ. އަދި އެ ފަދަ ގޮތްގޮތަށް ވިސްނާނީ ސިކުނޑި ނެތް މައްޔިތުން ކަމަށާއި ރާއްޖޭގެ ރައްޔިތުން އެ އަށް ވުރެ ތަނަވަސްކަން ހައްގުވާ ކަމަށާއި އަދިވެސް މި ސަރަހައްދުގައި އޮތް މުއްސަނދި ގައުމަކަށް ރާއްޖެ ހެދިދާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑް
04 December 2017
ސާބަހޭ މިރައީސަށް........އެމް.ޑީ،ޕީ ވެރިކަމުގައި ހިންގި 01 ޕްރޮޖެކްޓް = 05 ޕްރޮޖެކްޓް ޕީ.ޕީ.އެމް ....ކޮންމެ ރަށަކަށް އެވްރެޖް 09 ޕްރޮޖެކްޓް ..... ރީތިކޮށް ރަށްރަށުގައި ޓްރެކް ދަނޑު ހެދޭވަރަށް ނަގާފައިހުރި ދަންޑުތަކުގައި ދަނގަޑު ހޮޅި ތަކެއްޖަހައިގެން ގޮޅިގޮޅި ހަދާ .....ކޮންމެ ގޮޅިއަކީ ޕްރޮޖެކްޓެއް....ބަށިކޯޓް 20 ފޫޓްގެ ގޮޅިއެއް ...ކުޅުންތެރިޔާ ޖަހާބޯޅަ ޖަހާފަ އެބްރިނުލަނީސް ބޯޅަ ދަގަޑެއްގަ ޖެހިފައައިސް ލައްވާލަނީ ކުޅުންތެރިޔާގެ ބުޑުގަ...ދެންހުރީ ނެޓްބޯޅަ ކޯޓް ...ވޮލީ ކޯޓް ދަގަޑު ފްރޭމްތަކެއްޖަހާފަ ....ރޯޑްކޯޕަރޭޝަނަށް މަސައްކަތް ބޮޑުއަގުގަ ނަގާފަ.... ފައިސާ ދާއިރާގެ މެންބަރަށް....މެންބަރު އޭނާގެ ކޯޑިނޭޓާރެއް ލައްވާ މަގުމަތީ ބަންގާޅީންލައްވާ މަސައްކަތް .....ހުރިހާ ދަރަންޏެއް ރައްޔިތުންގެ ބޮލަށް،،،،،،،،،،،ސުބުޙާނަﷲ
ޢަޙުމަދ
04 December 2017
ތިބުނާ ދެއްކި 4 ބިލިޔަން ރުފިޔާ އަކީ ޖީ.އެމް.އާރް އަށް ދެއްކި 200 މިލިޔަން ޑޮލަރު. އެދައްކަންޖެހުނީ ތިބުނާ މޮޅު އިކޮނޮމިސްޓް ދީނަށްޓަކައި ގައުމަށްޓަކައި ނުކުކުމެ ރައީސް ވަހީދު ލައްވާ ޖީ.އެމް.އާރު ބޭރު ކޮށްލުމުން ދައްކަންޖެހުނު ފައިސާ. ހަސަދަ ވެރިކަމާ ނޭއްގާނީ ކަމުން ދިވެހިރައްޔިތުންނަށް ވާ ގެއްލުންމީ.
ޙުސެން
04 December 2017
ވައްކަން ނުކުރިނަމަ މިހާރުގެ ދަރަނި ހުންނާނީ ޒީރޯގަ...
އަގޮލި
04 December 2017
މިރައީސް އެއްމެލޯބިވަނީ ނަސީދުދެކެ
ސަލީމާ
04 December 2017
ބައެއް މީހުން ހަމައިގައި ތިބެން ބޭނުން ނުވާއިރު އަނެއްބަޔަކު ހަމައިގައި ވާހަކަ ދައްކަން ބޭނުމެއްނުވޭ. އެކަން އެބަފެނޭ މިރައީސްމީހާ ގޮވާ ގޮވެލިފަތިން. އަތަށް ގޮވާވަރަކަށް އެޒާތުގެ މޮޔަ ވާހަކަ ދެއްކުން އިތުރުވާނެ.
މުވައްކިލް
04 December 2017
ކޮބާހޭ އަހަރެމެން ކޮންމެ އާއިލާއަށް ދޭންބުނި ޑޮކްޓަރާ ނަރުސް ރޭގަވެސް ނޭވާނުލެވިގެން ތެދުވެގެން ދާންޖެހުނީ ހޮސްޕިޓަލްއަށް އެތަނަށް ދިޔައީ ބޭސް ގުޅައެއް ހޯދަން އެވެސް ނުލިބުނު ދެން ކޮންކަމެއް އަހަރެމެންނަށް ކޮއްދެވޭނީ ހުރިހާ ކަމެއްވެސް އޮތީ ހަމަ މަނިކްފާނަށް ތިޔަވިދާޅުވާ ތަރަށްގީ ވެސް އޮތީ ހަމަ މަނިކްފާނަށް މިކޮޅަށް އޮތީ ދަރަނި އަޅުގަނޑުމެންނަކަށް ފްލެޓެއްވެސް ނެތް އަދި މާލޭން ގޯޗެއްވެސް ނެތް!!!!
ވަޑި ކަބީލަ
04 December 2017
މިރޭ ތިހެއްދެވި ދޮގުތައް ވަރަށް ސަޅި، މި ދަނޑިވަޅުގަ ހިރިހާކަމެއް އެމްޑީޕީ ބޮލަށް ކަނޑާލީމަ 2018 އިގެ އިންތިޚާބު ފަސޭހަކަމާއެކު ކާމިޔާބު ކުރެވޭނެ. އެމްއެމްޕީ އާރސީގެ ހުރިހާ ފައިސާއެއް ޖަމާވީވެސް ނަޝީދުގެ އެކައުންޓަށޭ ވިދާޅުވިނަމަ އަދި މާ ފުރިހަމަވީސް.
ތެދު
04 December 2017
ދެންކޮބަޔޯ މިސަރުކާރުން ވަގަށްނެގި ފައިސާ ތެދުބަހުން ވާހަކަދައްކާނަމަ އެންމެ ފުރަތަަމަ ދައްކަނާނީ އެވާހަކަ މައްސަލައަކީ ތެދެއްހެދެންއޮތަސް ދޮގުހަދާ އޮޅުވާލަން އުޅުން އައްލަ ޒިންމާ ނުނެގި މީހުންގެ ބޮލުގައި އެޅުވުން ދޭހަވަނީ އެންމެކަމެއް ނާގާބިލުކަމާ އެކަނިވެރިކަން
އެދުރުބެ
04 December 2017
ޢެމްޑީޕީ އުފަންވީވެސް ދިވެހިނަށް ވަގަށް ގޮވަމުން. ޢިއްތިފާގުން ވެރިކަން ލިބުނީމާ ވެސ ކުރީ ވައްކަން. ޕްރެޝަރ އަށް ހިފަހައްޓާނުލެވިގެން އަނގަވަތައް ވެއްޓުނީމާ މިހާރުވެސް ކިޔަނީ ވައްކަމޭ.... ހަޖަމް.
ސޮކްތެރެޕީ
04 December 2017
ނަޝީދު ވެރިކަމަ އަރާ ރާއްޖެ ދަވާލީ ޔާމިން މިކުރާ މަސައްކަތަ ދިވެހިން މިހާރު ބަލައިގަނޭ.
ދަންޑެހެލް
04 December 2017
އަޖައިބު ހައިރާން އަންތަރީސް ވެއްޖެއް!! ކީއްވެތޯ ވިދާޅުނުވީ ރަންތިރީސް އަހަރުގެ ދަރަނި ނޫނީ މުހައްމަދު ފަރީދުގެ ދުވަސްވަރު ދަރަނި އޭ އިތުރުވެގެން މިއުޅެނީ.....މުހައްމަދު ނަޝީދު ވެރިކަން ނިމި އޭގެ ފަހުން އެހެން ބޭފުޅޭއްވެސް ވެރިކަން ކުރެއްވި ކަންހަދުމަނެތީތޯ...