މައުމޫން: އިޒްރޭލްގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާއިން ބަލައިގަތުމަކީ ސުލްހައަށް ހުރަސް އެޅޭނެ ކަމެއް ކަމަށް މައުމޫން ވިދާޅުވި --ފޮޓޯ/މިހާރު
06 ޑިސެމްބަރ 2017 - 21:04
ގުދުސް އަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމަކީ ބޭ އިންސާފާއި ހަމަނުޖެހުމަށް ކުރެވޭ ތާއީދެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ގުދުސް އަކީ އިޒްރޭލްގެ ވެރިރަށް ކަމަށް ދުނިޔޭގެ އެއްވެސް ގައުމަކުން ގަބޫލު ނުކޮށް އޮއްވައި، އެމެރިކާ އިން މިއަދު ވަނީ ގުދުސް އަކީ އިޒްރޭލްގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް ނިންމައިފަ އެވެ. އެކަމާ މެދު އިސްލާމީ ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިކަމާ ގުޅިގެން މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ ގުދުސް އަކީ އިޒްރޭލްގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަކީ އެ ސަރަހައްދުގެ ހަމަޖެހުމަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި އެއީ ބޭ އިންސާފަށް ތާއީދުކޮށް ކުރި ކަމެއްގެ ގޮތުގައި އެ ޓްވީޓްގައި މައުމޫން ސިފަ ކުރައްވާފައިވެ އެވެ.
The recognition of Jerusalem as the capital of Israel is clearly an act of support to injustice and aggression. It will further destabilise the region and obstruct the peace process.
— Maumoon Abdul Gayoom (@maumoonagayoom) December 6, 2017
މައުމޫންގެ ޓްވީޓް
އެމެރިކާއިން އެގޮތަށް އިއުލާން ކުރަން ނިންމީ ގިނަ ގައުމުތަކުން އެކަމަށް ދެކޮޅު ހަދަމުން ދަނިކޮށެވެ. އަދި އެމެރިކާގެ އެ ނިންމުމަށް އދ. އިން ވެސް ވަނީ ފާޑު ކިޔައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިފްލީން
07 December 2017
ބްރޯ ތިގޭ އެންމެން ގެއިންނެރެލާފައި އަދި ބިންކޮޅުވެސް އަތުލާފައި ޞުލްހަވެރިކަމާއެކު އެބަޔަކާ އެކު އުޅެންވީނުންތޯ؟ ބޯގޯސް
މަނިކްފާނުން
07 December 2017
އެހެންމީހުންގެ ވާހަކަ އަދިވެސް ތިޔަ ދައްކަވަނީ.. މަނިކްފާނުގެ ސަބަބުން މި ކުޑަކުޑަ ޤައުމު ހަލާކުވިޔަސް ހެޔޮ ދެއްތޯ؟ ސިޔާސީ ހަޔާތް ނިންމަވާލެއްވީކަމަށް އިޢުލާން ކުރެއްވުމަށްފަހު ނިކުމެ ބޮޑު ބަޢާވާތެއް ކުރެއްވީ.. ދެން މިހާރު އަމިއްލަ ކޮއްކޯފުޅާ ދެކޮޅަށް ނިކުމެ އެންމެ ބޮޑު ސިޔާސީ އިދިކޮޅު ޕާޓީއާ ގުޅިވަޑައިގެން ތިޔަ ކުރައްވަނީ ކީއްތޯ؟ މަނިކްފާނުގެ އަމަލުފުޅުތަކުން މި ޤައުމުގެ ސުލްހަ ގެއްލި އެތަށް ހަމަނުޖެހުމެއް ހިނގައިފި.. ތިޔަ އުމުރުގަ ދެން ހިމޭނުން ހުންނަވާ ވެރިކަމާ ހެދި ނޫޅުއްވާ
މެންޓަލިސްޓް
07 December 2017
މަނިކުފާނަށް ދަންނަވާލަންއޮތީ ،،،، ޖެރޫސަލަމް ،،، ނޫނީ އަލް ގުދުސް އަކީ މިހާރުވެސް ޔަހޫދީންނާއި ކުރިސްޓިއަނުންނާއި މުސްލިމުން ހަމަހިމޭންކަމާއި އެކުވެރިކަމާޢިއެކު އުޅެމުންދާތަނެކޭ ،،،، އެއީ މިހާރުވެސް އިޒްރޭލްގެ ސިޓީއެއް ،،،، ތަފާތަކަށް މިއަންނަނީ ކެޕިޓަލްސިޓީއަށް ވާތީވެ ،،،، ދެން ސުވާލަކީ އެހެންވީމައި އެތާއުޅޭ ކުރިސްޓިއަނުންނާއި މުސްލިމުން ބޭރުކުރާނެތޯ ؟؟ އެހެންވެއްޖެނަމަ ކަޑަވާނެ ،،، ،އަސްލުގައި އެތަނަކީ މިހާރު ނަމޫނާ ސިޓީއެއް ،،، އެއީ ހުރިހާ ދީނެއްގެމީހުން ހަމަހިމޭންކަމާޢިއެކު އަޅުކަންކޮއްގެން އުޅޭތީވެ ،،، އިންސާނީ ދަރިފަސްކޮޅު އުޅެންވާނީ ބައިބައިވުންނެތި ޕީސްފުލްކޮށް ،،، މިތިންބައިމީހުންގެ ލޭންގްއޭޖްގައިވެސް ހުންނާނެ އެއްކަހަލަ ކަންކަމެށް ،،، ހީބްރޫ ބަހުގެ އަޑުތަށް އަރަބީގައިވެސް ހުންނާނެ ،،، ދެން މޮޅަށް ކަންކަން ދެނެވޮޑިގެންވާނީ ކާއިނާތުގެ ވެރިފަރާތް ،،، އަޅުގަނޑުގެ ދުއާއަކީ އެންމެން ގުޅިގެން އުޅުން ،،، ދާންއޮތީ އެއްތަނެއް ،، އަސްޓްރަލް ޑައިމެންޝަންއަށް ،،، މައައްސަލާމާ ،،،
ލާޕެއްލާ33
06 December 2017
މަނިކްފާން ތިޔަހެން ވިދާޅުވުމުން އަދިކިރިޔާ މުޅިދުނިޔެ ތިޔަކަމައް ލޯހުޅުވި ރޭކާމިލީ! ގިނަގިނަ އިން ޓްވީޓަރުގަ އަޢީ ކުނޫޒް ޕޯޑިއަމްގައި ތިޔަވާހަކަ ދައްކަވާ! ޓްރަމްޕްވެސް ވަރައް ޖެހިލުންވާނެ ތޯއްޗެ 30 އަހަރުގެ ތަޖުރިބާއައް! ކެކެކެކެ