ސެންޓާރާ ގްރޭންޑް ރިސޯޓުން ސްނޯކެލިންއަށް ދިޔަ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސްނޯކެެލިންއަށް ދިޔަ 25 އަހަރުގެ ޗައިނާ ފިރިހެނަކު ގެއްލިފައިވާކަމުގެ މައުލޫމާތުލިބިފައި ވަނީ މިއަދު ހަވީރު ކަމަށެވެ. އަދި އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ފުލުުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މީހާއަކީ އެ ރިސޯޓުގެ މުވައްޒަފެއް ކަމަށެވެ. އަދި އެ މީހާ ސްނޯކެލިގެން ދިޔައީ އެކަނި ކަމަށްވެ އެވެ.

ރާއްޖޭގައި ގެނބިގެން އަދި އެފަދަ އެކި ހާދިސާތަކުގައި މަރުވާ ޓޫރިސްޓުންގެ ތެރޭގައި ގިނައީ ޗައިނާ މީހުންނެވެ.