ކޯޓުގައި އޮތް އަޑުއެހުމަކަށް ފާރިސް ލޯންޗުން ފައިބައިވަޑައިގަންނަވަނީ. --މިހާރު ފޮޓޯ/ހުސައިން ވަހީދު
14 ޑިސެމްބަރ 2017 - 10:38
ދިއްގަރު ދާއިރާގެ ރައްޔިތުންގެ ހައްގު ގެއްލިފައިވާ ކަމަށާއި އެކަމަކު އިސްލާހީ މަސައްކަތްތަކުގައި އެއްވެސް ފަސްޖެހުމެއް ނެތި ދެމި ހުންނަވާނެ ކަމަށް ޖަލުގައި ހުންނެވި އެ ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތުގައި މިދިޔަ ޖުލައި 18 ގައި ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ. ފާރިސް އަށް ކުރާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުުގައި ހިނގަމުންދާއިރު، ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ވެސް އޭނާގެ މައްޗަށް ކުރެ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މާފުށީ ޖަލުގައި ހުންނަވާތާ މިއަދަށް ވަނީ 151 ދުވަސްވެފަ އެވެ.
ފާރިސް އިއްޔެ ނެރުއްވި ބަޔާނުގައި ވިދާޅުވި ގޮތުގައި އޭނާ ހުންނެވީ ގާނޫނާ ހިލާފަށް ބަންދުކޮށްފަ އެވެ. އަދި މަޖިލީހުގެ ގަވައިދާ ކަނޑައެޅިގެން ހިލާފަށް މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކަށް ހާޒިރުވުމަށް މަޖިލީހުންނާއި ކަމާބެހޭ މުއައްސަސާތަކުން ހުރަސްއަޅާ ކަމަށާއި ދާއިރާގެ ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު ނިގުޅައިގެންފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.
"ގާނޫނާ ހިލާފަށް ބަންދުކުރުމާ ގުޅިގެން އަޅުގަނޑުގެ ހައްގުތައް ހިމާޔަތް ކުރުމަށާއި ދާއިރާގެ ރައްޔިތުންގެ ހައްގުތައް ހޯދުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ހުށަހެޅި އެއްވެސް ހުށަހެޅުމަކަށް ދައުލަތުގެ އެއްވެސް އިދާރާއަކުން އިޖާބަދީފައި ނުވާއިރު، އެ މުއައްސަސާތަކުގެ ގާނޫނީ ޒިންމާ އިން ދުރުވެ ނުވަތަ އެ ޒިންމާ އަދާކުރެއްވުމަށް ނުކުޅެދިފައިވާކަން ފާހަގަކުރަމެވެ،" ބަންދުކުރިތާ 150 ދުވަސް ފުރުމާ ގުޅިގެން ފާރިސް ނެރުނު ބަޔާނުގައިވެ އެވެ.
ފާރިސް ވިދާޅުވި ގޮތުގައި އޭނާ ބަންދުކޮށްފައިވަނީ މަޖިލީހުގައި ހިނގާ ރައްޔިތުންގެ ހައްގުތައް ގެއްލިގެންދާ ފަދަ ޣައިރު ގާނޫނީ ކަންކަމާ ދެކޮޅަށް މަސައްކަތްކުރަށް ފެށި ހިސާބުން، ނުކުރާ ކުށަކަށް ސިޔާސީ ބޭނުމެއްގައި ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ތުހުމަތުތަކެއް ކޮށްފަ އެވެ.
ގާނޫނުއަސާސީގެ ބައެއް މާއްދާތަކާ ހަވާލައި ދެއްވަމުން ފާރިސް ވިދާޅުވި ގޮތުގައި ދާއިރާގެ ރައްޔިތުންނަށް ގާނޫނުއަސާސީން ލިބިދޭ ހައްގަށް ދައުލަތުގެ އެކި މުއައްސަސާތަކުން ހުރަސް އަޅައި، މަޖިލީހުގައި ދިއްގަރު ދާއިރާގެ ރައްޔިތުންގެ ރައްޔިތުންގެ އަޑު ކަނޑުވާލުމަކީ ކަނޑައެޅިގެން ގާނޫނާ ހިލާފު އަމަލުތަކެކެވެ. ފާރިސް ވިދާޅުވީ ދިއްގަރުގެ އިތުރުން މަޑުއްވަރި، މުލި، ވޭވަށް އަދި ރަތްމަންދޫއަށް ބޭނުންވާ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހުރިއިރު، އެ މަޝްރޫއުތައް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމުގެ ފުރުސަތު ގެއްލި، ބަޖެޓާ ގުޅިގެން ދާއިރާގެ ރައްޔިތުންގެ ފަރާތުން ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހެޅުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ގާނޫނާ ހިލާފަށް ބަޖެޓު ފާސްކޮށްފައިވުމުން ދާއިރާގެ ރައްޔިތުންގެ ހައްގުތައް ވަނީ ގެއްލިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލޭ މީހާ
14 December 2017
މަންފާއެއް ލިބޭމީހަކު މެނުވީ ތިޔަ ވިސްނުމުގައެއއް ނޫހުންނާނެ؛
ފަޅުވެރިން
14 December 2017
ފާރިސްމެން އަބަދު އުޅެން ބޭނުންވަނީ ކުށުގެ ވެށީގައި! އެހެންވުމުގެ ސަބަބުން އަބަދު އުޅެންޖެހިފައިވަނީ ޖަލުގައި! ފާރިސް އާއި ނަޝީދާ ދެ މީހުންނަކީ ވަރަށް އެއްގޮތް ކަންތައްތަކެއް ހުރި ދެ މީހުން! މި ދެ މީހުންކުރެ އެކަކީވެސް ދުވަހަކުވެސް އަމިއްލަ އަތުން ފައިން މަސައްކަތެއް ކޮށްގެން ދިރިއުޅުނު މީހުންނެއް ނޫން! އެހެންކަމުން ދުނިޔޭގައި ކަންހިނގާ މަގުތަކާއި، ދުނިޔޭގައި ކަންކަން ކުރެވޭނެ ގޮތުގެ ޢަމަލީ ތަޖްރިބާއެއް މިމީހުންގެ ކިބައިގައި ނުވޭ! މިހެންވުމުން އެމީހުން ހިމެނެނީ އުނި މީހުންގެ ތެރޭގައި! މި ދެ މީހުންގެވެސް މައިގަނޑު މައްސަލައަކީ މިއީ! ދެން ބުނާނެ ނާ ތިމަންމެންގެ އަމިއްލަ ތަނަވަސްކަން އެބަހުއްޓޭ؛ ބަލަ ތަނަވަސްކަން ހުއްޓަސް ކޮންމެ އިންސާނަކީވެސް މިދުނިޔޭގައި ޒިންމާދާރު ހެޔޮރަނގަޅު މަސައްކަތެއް ކޮށްގެން އުޅެންޖެހޭ މީހެކޭ! ފާރިސްމެންގެ ޣައިރުޒިންމާދާރު ކަމުގެ ސަބަބުން މަޖްލިސް މެންބަރުކަން ފަދަ ބޮޑެތި މަސްއޫލިއްޔަތު ނުއުފުލޭނެ! އެހެންވީމާ އެންމެ ރަނގަޅު ގޮތަކީ މެންބަރުކަމުން އިސްތިޢުފާދިނުން!!
ބޭރުވެލާ
14 December 2017
ނާޒިމް އަށް 25އަހަރުގެ ހުކުމަކާ އެކު ދިއްގަރު ދާއިރާގެ ގޮނޑި ގެއްލި ޖަލުގައި ގައިދުވެ، އަދި ފާރިސް ދިއްގަރު ދާއިރާގެ ގޮނޑި ކާމިޔާބުކޮށް މިއަދު އެދަނީ ތޭރިތަކުގެ ފުރަގަހުގައި މިނިވަން ކަމެއް ނެތް ހިތްދަތި ދުވަސް ތަކެއް ހޭދަކުރަމުން. ނާޒިމް މިނިވަންކަމާ އެކު ޔޫރަޕް ގައި. ދިރިތިބީންނަށް މިސާލު ދައްކަމުން ދުނިޔެ އާ އަހަރަކާ ކުރިމަތިލަނީ..
ގުދޯގުދޯ
14 December 2017
ރައްޔިތުމީހާ.... ފޮށި ފޮށީގައި ގެއަށް ވަތް ފައިސާ އާއި އެކައުންޓަށް ޖަމާކުރި 1 މިލިއަން ޑަލަރަށް ވީގޮތެއް ރައްޔިތުމީހުން ބަލާކަށް ނުޖެހޭތޯ?
އަލީގެ މަލީ
14 December 2017
ކުރެވޭ ކަންތަކާ ނުކުރެވޭ ކަންތަކާ އޮޅި މުޅިން މަސްހުނި ވެޖޖެ
ފުވައްމުލަކު މީހާ
14 December 2017
ފާރިސްގެ ހެޔޮވިސްނުންފުޅު ދިވެހިރައްޔިތުންނަށް މަންފާ އަކަށްވާނީ ރައީސް ޔާމީނާ ގުޅި ޔާމީންގެ އިސްލާޙުގެ މަސައްކަތަށް ވަނީމާ. އެހެންނޫންނަމަ ބެލެވޭނީ ވެރިކަމުގެ ބޭނުމުގައި ދެކެވޭ ވާހަކައެއްކަމަށް. އެފެންވަރުގެ ގަޓެއް އަދި ނުފެނޭ.
ސިއާ
14 December 2017
ކުރިއަށް ވަޑައިގަންނަވާ, މަނިކުފާނަށް ތާއީދު އެބިތް, މިސަރުކާރަކީ އަދުލުއިންސާފު ގާއިމްކުރާ ސަރުކާރެކޯ, ފައިސާ ގޯނިހިފައިގެން ބެހި މެމްބަރު އެބަހުރި ސަރުކާރު ފަޅީގައި މިނިވަންކަމާއެކު, މިފަރަށް އަދުލުއިންސާފު ގާއިމްކޮށް ރައްޔިތުން ތަފާތުނުކޮށް ހަމަހަމަ ކުރެވޭނީ, ގާސިމަށް 3 އަހަރުގެ ހުކުމެއް މެންދަމު ކެންނުކުރެވިގެން އިރުއަރަންދެންވެސް, މިހާރު މިވެރިކަމުގެ ފަހުދުވަސަތައް މިދަނީ, ކަރުދާސްކޮޅު ލިބޭއިރަށް ރަނގަޅަ ވޯޓުދޭނަން, އަދި ބަލަންޖެހޭ ގެއަށް ފޮށިފޮށީގައި ވަތް ފައިސާއަކީ ކިހިނެތްވަތް ފައިސާއެއްތޯ އަދި އެކައުންޓަށް ޖަމާވި އެއްމިލިއަން ޑޮލަރަށްވީ ކިހިނެއްތޯ, ދެންއަތްޖަހަން ތިބެދާނެނުން.
ޢަލިފުތު
14 December 2017
މަނިކުފާނެކޯ ރަގަޅުވާނީ ޖަލުގަ ބެހެއްޓިއްޔާ އެވަރުވެސް އޯގާތެރި.
ރައްޔިތުމީހާ...
14 December 2017
މިމީހުން މިބުނާ ހައްގުތައް ގެއްލިގެން މިއުޅެނީ ކޮންބައެއްގެބާ ؟ ވެރިކަމާއި ފައިސާގެ ދަހިވެތިކަމުގައި މަސައްކަތްކުރާ މަދުމީސްކޮޅެއްގެ ބާ ؟ ނޫންނަމަ ދިވެހި ހުރިހައި ރައްޔިތުންގެބާ ؟