އިދިކޮޅު ޕާޓީތަކުގެ ބައްދަލުވުމެއްގައި މާރިޔާ ވާހަކަ ދައްކަވަނީ-- މިހާރު ފޮޓޯ
18 ޑިސެމްބަރ 2017 - 13:17
ސިޔާސީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވީ ނަމަވެސް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ޕާޓީ ނިޒާމާ އަދިވެސް ވަރަށް ބީރައްޓެހި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށްގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ މިދިޔަ ބުރާސްފަތި ދުވަހު ގުޅިވަޑައިގެންނެވި އުމަރު ނަސީރު ވަނީ ކޯލިޝަންގައި ހިމެނޭ އެމްޑީޕީގެ އެއްވެސް ކަމެއްގައި ބައިވެރި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމްޑީޕީ ބައިވެރިވާ އިދިކޮޅުގެ އެއްވެސް ހަރަކާތެއްގައި ވެސް ބައިވެރިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމަށް ރައްދު ދެއްވައި، މާރިޔާ ވިދާޅުވީ ޖުމްހޫރީ ޕާޓީއާ އުމަރު ގުޅިވަޑައިގެން އިރު ވެސް އެއީ ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރާ ދެ ޕާޓީ ކަމަށާއި އެއްވެސް މައްސަލައެއް އެ ދެ ޕާޓީގެ ދެމެދުގައި ނެތް ކަމަށެވެ. އެހެންވެ އެންމެން އެކުގައި މަސައްކަތް ކުރަނިކޮށް، އުމަރުގެ އަމިއްލަ ނިންމެވުމެއް އެހާ ފާޅުކޮށް މީޑިއާގައި ވިދާޅުވުމަކީ ޕާޓީ ނިޒާމާ ބީރައްޓެހިކަން ދައްކުވައިދޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
އުމަރު ޖޭޕީއަށް ސޮއިކުރެއްވުމަށް ފަހު، ފޯމު އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒާ ހަވާލުކުރައްވަނީ. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"އުމަރަކީ ކޮންމެ ކޮންމެ މީހެއް ނޫން. ކުރީގެ ހޯމް މިނިސްޓަރުކަން ކުރައްވައި އަދި މި ދާއިރާގައި ގިނަ ދުވަސްތަކެއް ވާންދެން އުޅުއްވާފައިވާ ބޭފުޅެއް. އެހެންވެ، އެހާ ސީނިއާ ބޭފުޅެއް އެގޮތަށް ވާހަކަ ދެއްކެވި އިރު ސިޔާސީ މެޗުއަރިޓީ ހުންނަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" "މިހާރު"އާ ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިޔާސީ ގޮތުން ހިޔާލުތަފާތުވި ނަމަވެސް ކޮންމެ ބަޔަކު ވެސް ތިބެން ޖެހޭނީ އެކުގައި މަސައްކަތް ކުރެވޭނެ ފަދަ ގޮތަކަށް ކަމަށާއި ކޮންމެ ވަގުތެއްގައި ވެސް އެކުގައި މަސައްކަތްކޮށް ނުވަތަ މަޝްވަރާކުރަން ޖެހިދާނެ ކަމަށެވެ. އަދި އެއީ ގައުމަށްޓަކައި ކުރާ ކަމެއް ކަމަށާއި އެކަމަކު ކޯލިޝަންގެ "ސިޔާސީ ޕާޓްނަރަކަށް" ފާޑުކިޔުމަކީ ނިޒާމުގެ ބީރައްޓެހިކަން އެނގޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
"އުމަރުގެ އެ ވިސްނުން ޖޭޕީގެ ބައްދަލުވުމެއްގައި އެ ބޭފުޅުންނާ ހިއްސާ ކުރެވިދާނެ. އެކަމަކު މައްސަލައަކީ އެންމެން އެކުގައި މަސައްކަތް ކުރަނިކޮށް، އަލަށް ގުޅިވަޑައިގެން ބޭފުޅަކު އެހާ ފާޅުކަން ބޮޑުކޮށް، ޕަބްލިކްގައި އެފަދަ ވާހަކަތަކެއް ދެއްކުން،" މާރިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އުމަރު ކޮންމެ ގޮތަކަށް ވާހަކަ ދެއްކެވި ނަމަވެސް ކޯލިޝަންގެ ތެރޭގައި މައްސަލައެއް ނުޖެހޭނެ އެވެ. އެއަށް ވުރެ އިދިކޮޅު ސިޔާސީ އިސް ވެރިން ތިއްބެވީ އެއްބައިވަންތަކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
އުމަރު ޖޭޕީއާ ގުޅިވަޑައިގަތުމުން، އެމްޑީޕީގެ ގިނަ ބަޔަކު އެކަމާ ހިތްހަމައެއް ނުޖެހެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި އެ ޕާޓީގެ އާންމު މެމްބަރުން ފާޅުކުރާ ޝުއޫރުތަކާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީ ހަލާކުކޮށްލަން އުމަރަށް ފުރުސަތު ނުދެއްވާނެ ކަމަށާއި އޭނާ އެ ޕާޓީއާ ވައި ވެސް އެޅުނަ ނުދެއްވާނެ ކަމަށެވެ.
އުމަރު ޖޭޕީއާ ގުޅިވަޑައިގަތުމަށް ނިންމެވުމާ ގުޅިގެން ވެސް ހަސަން، އުމަރަށް ފާޑު ވިދާޅުވެފައިވެ އެވެ. އެގޮތުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް ރިޔާސީ އިންތިޚާބުގައި ކުރިމަތިނުލެއްވޭ ނަމަ، އެ ޕާޓީގެ ރިޔާސީ ޓިކެޓުގައި ނުކުންނަވަން މަސައްކަތް ކުރައްވާނެ ކަމަށް އުމަރު ވިދާޅުވުމުން ހަސަން ވަނީ ޖޭޕީގެ އަސާސީ ގަވާއިދު އުމަރު ނުބައްލަވަނީތޯ ސުވާލު ކުރައްވައިފަ އެވެ. "މިހާރު"އާ ކުރިން ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ އެމްޑީޕީ ނުވަތަ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭ ގޮތަށް ޖޭޕީއާ އެކު ބާއްވާ އެއްވެސް ބައްދަލުވުމެއްގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި ޖޭޕީ ހިމެނޭ ކޯލިޝަންގައި އެއް ކެންޑިޑޭޓަކީ ނަޝީދު ނުވަތަ އެމްޑީޕީގެ ބޭފުޅެއް ނަމަ ޖޭޕީއާ ދުރަށް ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ޖޭޕީގައި އެންމެ އިސްކަމެއް ދެއްވާނީ އިދިކޮޅު ހަރަކާތުން ނެރޭ ކެންޑިޑޭޓަކީ ގާސިމް ކަމަށް ހެދުމަށް ކަމަށާއި ޖޭޕީގެ ޓިކެޓަށް ވާދަކުރައްވާނީ އެ ފުރުސަތު ގާސިމަށް ބަންދުވުމުން ކަމަށް ވެސް އުމަރު ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެގްނީޓޯ
19 December 2017
އުމަރަކީވެސް ހަސަން ލަތީފަކީވެސް ސަރުކާރެއްގަ މިނިސްޓަރުކަންކޮށް ފެއިލްވެފަތިބި މީހުން. ދެން ރަގަޅުވާނީ މަޑުމަޑުން ދުރުގަތިބިއްޔާ އާބަޔަކަށް ފުރުސަތުދީފަ. ކަލޭމެން ޖަހާހާ ބެރަކަށް ނަށާނެބަޔަކު މިހާރަކު ނުވާނެ.
އަދީބު
19 December 2017
ޕާޓީ ނިޒާމު ނުދަންނަ މީހުނާއެކު ޕާޓީ ނިޒާމުގައި މަސައްކަތް ނުކުރެވޭނަމަ ބީރައްޓެހީ ނިޒާމެވެ. ނުދަންނަ މީހާއެއް ނޫނެވެ. އަޅުގަނޑުމެން ދަންނަ ޑިމޮކްރަސީ އަކީ އެންމެނާ އެކުވެސް މަސައްކަތް ކުރެވޭ ނިޒާމެކެވެ. މާރިޔާމެން ތިއުޅެނީ ވަކި މީހަކު ކޮންޓްރޯލް ކުރާ ނިޒާމެއް ނަމަ، ޤާސިމް ވިދާޅުވިހެން އަންނަ މީހެއްގެ ސަބަބުން މައްސަލަ ޖެހޭނެއެވެ. ނަމަވެސް ޑިމޮކްރަސީ އަކީ އެ ހިނދަކަށް ގުޅެންޖެހޭ ބަޔަކާ ގުޅިގެން އެންމެނާ އެކު ވެސް މަސައްކަތްކުރުމުގެ ކެތްތެރިކަން ހުރުމެވެ.
މުރާސިލް
18 December 2017
މާރިޔަައެވެ. ޕާޓީނިޒާމާއި ބީރައްޓެހީ އުމަރެއް ނޫނެވެ. ޑިކްޓޭޓަރ ކެނެރީގޭނަޝީދަށްވުރެ ޕާޓީނިޒާމާއި ބީރައްޓެހި އެއްވެސް މިހަު މިޤައުމަކު ނެތެެވެ.
ނާސު
18 December 2017
އިންސާނާގެ ދެ ނާރވަސް ސިސްޓަމް ހުންނަ ކަމަށް ސައިންސްގެ މާހިރުން ބުނަނީ. މިހާރު އުމަރާ ހެދީ ބަނޑުގެ ބެކްޓީރިޔާ އިން ކޮންޓްރޯލް ކުރާ ނާރވަސް ސިސްޓަމް މާ ބޮޑަށް އެކްޓިވޭޓް ވީ ހެން ހީވަނީ.
ޙަސަން
18 December 2017
މާރިޔާއަކީ ކާންދީ ކިޔަވައިދީ ހެދި މީހާއަށް ހަރާންކޯރު ވެފައިވާ މީހެއް. މާރިޔާއަށް ރަނގަޅީ ބޯންވާނެޔޭ، ބޮވެންވާނެޔޭ ބުނާ މީހާ.
މަނީށް
18 December 2017
އުމަރަކީ އަމިއްލައެދުން ބޮޑުމީހެއް ، އެހާމުހިންމެއްނޫންމިވަގުތަކައް. ފިލާއޮތަނެއްގަ އޮތުން ރަގަޅުވާނީ
ތަރައްގީ
18 December 2017
އެމްޑީޕީ މިމީހުންގެ އަތްދަށުން ސަލާމަތްކުރަން ޖެހޭ އިސްލާމްދީނަށާ ދިވެހިންގެ މުސްތަގުބަލައް ޓަކާ.
މިލިޓަރީ
18 December 2017
ބަލަ ނަޝީދު ހޮވާކަނޫޅެ އިދިކޮޅު ފަރާއްތަކެ ނަޝީދާ މާރިޔާމެން މަތިންބައިން ޖެހިގެން އެމީހުންގެތެރަޔައް ވަދެގެން އުޅޭނީ ދެން އެމްޑީޕީއަ މިރާއްޖޭގެ ވެރިކަން ދޭކަނުވާނެ. ﷲއަޓަކާ.
ސޮކްތެރެޕީ
18 December 2017
މާރިޔާމެން ސިޔާސީދާއިރާ ދޫކޮއްލަންވެއްޖެ މިރާއްޖެ ހަލަބޮލިކޮއްލަންދެން ފުރުސަތެއްނުދޭނަން.
ސޮކްތެރެޕީ
18 December 2017
މާރިޔާ އަކީ މިހާރު ދިވެހިން ބަލާގަންނަމީހެއްނުން ނަޝީދާ މާރިޔާމެން ވެރިކަމާހެދި އިންޑިޔާއަ މިރާއްޖެ ވިއްކާލަން އުޅޭބައެމީ.