ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަސަން ލަތީފް ވާހަކަ ދައްކަވަނީ. --- ފޮޓޯ: މިހާރު
17 ޑިސެމްބަރ 2017 - 12:01
އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ މިދިޔަ ބުރާސްފަތި ދުވަހު ގުޅިވަޑައިގެންނެވި އުމަރު ނަސީރު، އެމްޑީޕީއާ ވައިވެސް އެޅުނަ ނުދެއްވާނެ ކަމަށް އެ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ޖޭޕީއާ އަލުން ގުޅިވަޑައިގަތުމުން، އެމްޑީޕީގެ ގިނަ ބަޔަކު އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންދާއިރު، އަދި ސޯޝަލް މީޑިއާގައި އެ ޕާޓީގެ އާންމު މެމްބަރުން ފާޅުކުރާ ޝުއޫރުތަކާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ހަސަން ވިދާޅުވީ، އެމްޑީޕީ ހަލާކުކޮށްލަން އުމަރަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު އުމަރު ޖޭޕީއަށް ސޮއިކުރައްވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
MDP ge membarun, Umar Naseer @MDPSecretariat halaaku kollan MDP aa vaives elhunaka nudheyne. Varah saafu!! https://t.co/JjlsnaCiy1
— Hassan Latheef🎈 (@HassanLatheef) December 17, 2017
ހަސަން ލަތީފް މިއަދު ކުރެއްވި ޓުވީޓު.
"އެމްޑީޕީގެ މެމްބަރުން، އުމަރު ނަސީރު އެމްޑީޕީ ހަލާކުކޮށްލަން، އެމްޑީޕީއާ ވައިވެސް އެޅުނަކަ ނުދޭނެ، ވަރަށް ސާފު،" އެމްޑީޕީގެ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި ހަސަން ވިދާޅުވި އެވެ.
އުމަރު ޖޭޕީއާ ގުޅިވަޑައިގަތުމަށް ނިންމެވުމާ ގުޅިގެން ވެސް ހަސަން، އުމަރަށް ފާޑު ވިދާޅުވެފައިވެ އެވެ. އެގޮތުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް ރިޔާސީ އިންތިޚާބުގައި ކުރިމަތިނުލެއްވޭނަމަ، އެ ޕާޓީގެ ރިޔާސީ ޓިކެޓުގައި ނުކުންނަވަން މަސައްކަތް ކުރައްވާނެ ކަމަށް އުމަރު ވިދާޅުވުމުން ހަސަން ވަނީ ޖޭޕީގެ އަސާސީ ގަވާއިދު އުމަރު ނުބައްލަވަނީތޯ ސުވާލު ކުރައްވައިފަ އެވެ.
Umaru @Jumhooree_MV ah soi kurevvumuge kurin e Partyge Asaasee Qawaidhu ballava nulavvaanantho? JP ge Riyasee Candidate akee maqam ge haisiyyathun Partyge Leader. (Art 56). E ee vaadha kohgen ticket hoadhaa gothah onna kameh noon. Varah Vedhun! https://t.co/ppavodonyq
— Hassan Latheef🎈 (@HassanLatheef) December 6, 2017
ހަސަން ލަތީފް ކުރެއްވި ޓުވީޓު.
އެކަމާ ގުޅުވައިގެން ހަސަން ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކީ މަގާމުގެ ހައިސިއްޔަތުން ޕާޓީގެ ލީޑަރެވެ. އެއީ ވާދަކޮށްގެން ޓިކެޓު ހޯދާ ގޮތަށް އޮންނަ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އުމަރަށް ފާޑު ކިޔައި، ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ޕާޓީގެ އަސާސީ ގަވާއިދުގެ ލީޑަރު ފިޔަވައި އެހެން ބޭފުޅަކު، ޖޭޕީ ޓިކެޓުގައި ރިޔާސީ އިންތިހާބަށް ވާދަކުރާނަމޭ ވިދާޅުވުމަކީ ގަވައިދު އެނގިވަޑައިނުގަންނަވާތީ ނުވަތަ އެ ގަވައިދާއި ޖޭޕީގެ މެމްބަރުންގެ ހުރުމަތް ކެނޑުމަށް ދައްކަވާ ވާހަކައެއް ކަމަށެވެ.
އުމަރު، އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަން ނިންމެވުމާ ގުޅިގެން އެކަމަށް އެންމެ ބޮޑަށް ފާޑު ވިދާޅުވާ އެއް ބޭފުޅަކީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އެވެ.
Umar aky Hahleh nunn, Umar aky fennan huri Museebaatheh! Ekuveri Jamaaiythakuge Maslahathu nagaalaa meeheh! Islaahah kuraa masaiykathah oiy huraheh!
— Mohamed Musthafa (@Thimarafushi) December 17, 2017
Sulaha ah oiy nurahkaleh..!
މުސްތަފާ ކުރެއްވި ޓުވީޓު.
މުސްތަފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އުމަރަކީ އެކުވެރި ޖަމާއަތްތަކުގެ މަސްލަހަތު ނަގާލާ މީހެއް ކަމަށެވެ. މުސްތަފާ ވިދާޅުވި ގޮތުގައި އުމަރަކީ ރައީސް އަބްދުﷲ ޔާމީނަށް ވުރެ ރައްޔިތުން ރުޅިއަންނަ ބޭފުޅެކެވެ.
"އުމަރަކީ ހައްލެއް ނޫން. އުމަރަކީ ފެންނަން ހުރި މުސީބާތެއް. އެކުވެރި ޖަމާއަތްތަކުގެ މަސްލަހަތު ނަގާލާ މީހެއް. އިސްލާހަށް ކުރާ މަސައްކަތަށް އޮތް ހުރަހެއް. ސުލްހައަށް އޮތް ހުރަހެއް،" މުސްތަފާ ވިދާޅުވި އެވެ.
ޖޭޕީއަށް ސޮއިކުރެއްވުމަށް ފަހު އުމަރު ވިދާޅުވީ އެ ޕާޓީން މިދިޔަ ނުވަ އަހަރު ދުވަހު އަދާކުރީ އެހެން ޕާޓީތަކަށް ވެރިކަން ހޯދައި ދޭ "ކިންގް މޭކާ"އެއްގެ ދައުރު ކަމަށާއި އެކަން "ކިންގް" ރޯލަށް ނުވަތަ ވެރިކަމަށް އައުމަށް މަސައްކަތް ކުރާ ޕާޓީއަކަށް ސިޔާސަތުތައް ބަދަލު ކުރަން ޖެހޭ ކަމަށެވެ.
އުމަރު ދެވަނަ ފަހަަރަށް ޖޭޕީއާ ގުޅިވަޑައިގެންނެވިއިރު، އެ ޕާޓީ ވަނީ އިދިކޮޅު ފަރާތްތަކާ އެކު ކޯލިޝަނެއް ގާއިމްކޮށްފަ އެވެ. އަދި ފެށުނީއްސުރެ އުމަރު އެންމެ ބޮޑަށް ހިޔާލު ތަފާތުވާ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީ ނުވަތަ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ޖޭޕީގެ ކޯލިޝަންގެ ތެރޭގައި ހިމެނެ އެވެ.
އުމަރު "މިހާރު" އަށް ވިދާޅުވެފައި ވަނީ އެމްޑީޕީ ނުވަތަ ނަޝީދު ހިމެނޭ ގޮތަށް ޖޭޕީއާ އެކު ބާއްވާ އެއްވެސް ބައްދަލުވުމެއްގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ޖޭޕީ ހިމެނޭ ކޯލިޝަންގައި އެއް ކެންޑިޑޭޓަކީ ނަޝީދު ނުވަތަ އެމްޑީޕީގެ ބޭފުޅެއް ނަމަ ޖޭޕީއާ ދުރަށް ވަޑައިގަންނަވާނެ ކަމަށެވެ.
ޖޭޕީގައި އެންމެ އިސްކަމެއް ދެއްވާނީ އިދިކޮޅު ހަރަކާތުން ނެރޭ ކެންޑިޑޭޓަކީ ގާސިމް ކަމަށް ހެދުމަށް ކަމަށާއި ޖޭޕީގެ ޓިކެޓަށް ވާދަކުރައްވާނީ އެ ފުރުސަތު ގާސިމަށް ބަންދުވުމުން ކަމަށް އުމަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާސް
18 December 2017
މުސްތަފާގެ ޓްވީޓަށް ވަރަށް ތާޢީދު. ޢުމަރަކީ ތިޔަބުނިކަހަލަ މީހެއް.
ދީމާހު
18 December 2017
ޢުމަރު ޒިންދާބާދު!
ދީމާހު
18 December 2017
އެމްޑިޕީއަކީ ސިޔާސީ ޕާޓިއެއްތޯ ނޫނީ އެނބުރޭ ބައިގަނޑެއްތޯ
މަ ބޮޑޭ
18 December 2017
ގާތް ކުރުމަކީ ގާސިމް ހެއްދެވި އަނެއް ޅައެތި، ސިކުނޑީގެ ތެތް ކަމެއް ހުރި އެއްވެސް މީހަކު އުމަރަކަށް ވޯޓެއް ނުދޭނެ، ވީމާ ތި ފިތުނަ އުފައްދާ މީހާގެ ކިބައިން ސަލާމަތް ވުމަށް އެމްޑީޕީ ގުޅިފައިވާ ކޯލިޝަނުން ވަކިވުމަށް ދަންނަވަން
ވޯލް
18 December 2017
ހަޤީގަތް އެބަހެޖޭ އެންމެވެސް ޤަބޫލު ކުރަން، ރައީސް ޔާމީނުގެ ސަބަބުން ރައްޔިތުން ދެން ހަމަ ކޮންމެ ކޮންމެ މީހަކަށް ވޯޓެއް ނުލާނެ. އަދި އަމްދުން އުމަރަކީ ފެއިލްވެފަ އޮތް އޮޕްޝަންއެއް. އަމިއްލއަށް މާ ތާއީދުއޮތް މާ ތެދުވެރި މީހަކަށް ހެދިގެން އެކަން ޤަބޫލު ކުރަނީވެސް ހަމަ އެކަނި އުމަރު އަދި އެހާ ފޮނި މީހެއް،
ށައްސީރު
18 December 2017
ޚުޑޭ މައިތިރިވެބަލަ ތީވަކި އެމްޑީޕީއަށް ކާކުތަ ސައިޒް ކޮށްލަން ޖެހިދާނެ..
farthy
18 December 2017
ފައްކާކޯލިޝަނެއްތީ! މިވަރުންކިހިނެއް ތިކޯލިޝަނަށްވެރިކަންދޭނީ؟ ތިކޯލިޝަން ވެރިކަމަށްގެނެސްފިއްޔާ މުޅިގައުމު 4ބައިކޮށްފައި ކޮންމެއަތޮޅެއް ވަކިޕާރޓީއަކަށްހިބަކޮށްފައިދޭންޖެހޭނީ. ޖިޒީދައްކައްގެން އެއްޕާރޓީމީހަކު އަނެއްޕާރޓީއެއްގެއަތޮޅަށްއެރޭނީވެސް،. ހަމަ ޔާމީނުވަރެއްނެތޭބުނެވޭނީ!
50ފޫޓްގެ12ހަރު5ސިކުންތުން1
18 December 2017
ކެޑިޑޭޓަކަށް ކުރިމަތިލާ ވަގުތު ހަމަވާއިރަށް އުމަރު ދުވަސް ދާނެ ކަމަށް ލަފާކުރެވޭ
ސަމްޕަދައިތަ
17 December 2017
ކުޑޭ ކައިރި ބުނެލަން އޮތީ އުމަރުގެ ހުދުވަލުގަ ހިފަންވީވަގުތު މިއޮތީ ޖެހިފައޭ.. ކުޑޭމެންގެ ޔެލޯވާގައި ހިފާ އެތަޖުރިބާކޮށްފީމުއޭ
farthy
18 December 2017
ވަލުގައިނުހިފިއްޔާ ކަރުގައިވާޖަހައިގެންވެސް އުމަރުދުއްވައިގަންނާނެ. އެންމެފަހުން ނައްޓައިގެން އެމްޑީޕީމީހުންވެސްވޯޓުލާނީ ރައީސްޔާމީނަށް.
ޕިޒޯ
17 December 2017
އުމަރު ދެކެ ހާދަ ބިރުގަނެއޭ!!! ތިބުނިގޮތުން އުމަރަށް އެމް.ޑީ.ޕީ ހަލާކު ކުރުމުގެ ބާރު އެބަހުރި ތާ... އެމް.ޑީ.ޕީ ތިހާ ދަށަށް ވެއްޓިދާނެކަމަށް ހީނުކުރުނަން. އުމަރަކީ ހަމަ އެންމެ މީހެއް. ތީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީކަމަށް ދައުވާ ކުރާ މީހުންނަށް ވާވަރު.