އަލީ ނަސީރު، އދ. ގެ މަޖިލީހެއްގައި ވާހަކަ ދައްކަވަނީ. -
21 ޑިސެމްބަރ 2017 - 12:03
ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން އިއުތިރާފްވުމުން އެކަމާ ދެކޮޅަށް އދ.ގެ އާންމު މަޖިލީހަށް މިއަދު ހުށަހަޅާ ގަރާރަށް ތާއީދުކޮށް، އެ ގަރާރު ރާއްޖެ އިން ކޯ ސްޕޮންސާކޮށްފި އެވެ.
އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. އަލީ ނަސީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގުދުސްއަކީ މުސްލިމުންގެ ބިމެއްގެ ގޮތުގައި އޮތް އޮތުމަށް ނިމުމެއް އަންނާނެ އެއްވެސް ހުށަހެޅުމަކަށް ރާއްޖޭން ތާއީދު ނުކުރާނެ ކަމަށެވެ. އަދި އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމަށް ރާއްޖެ އިން ގަބޫލުކޮށް، އދ. ގެ އާންމު މަޖިލީހުގައި ވަކާލާތު ކުރާނެ ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ.
Jerusalem will take center stage at UNGA today #Maldives co-sponsored Resolution declaring null & void any action to alter status of the Holy City. Maldives will deliver a statement at the Session reiterating its position that EastJerusalem as the Capital of Palestine #Mdv4UNS
— Ali Naseer Mohamed (@AlinyMohamed) December 21, 2017
ނަސީރު ކުރެއްވި ޓުވީޓު.
މި ފަހަރުގެ ގަރާރު އާންމު މަޖިލިހަށް ހުށަހެޅީ ތުރުކީ އާއި ޔަމުންނެވެ.
ފަލަސްތީނުގެ ދިފާއުގައި ރާއްޖެ ތެދުވެފައި މިވަނީ، އެ ގަރާރަށް ތާއީދުކުރާ ގައުމުތަކަށް، އެމެރިކާ އިން ދެމުން އައި މާލީ އެހީތައް ކަނޑައިލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއްޔެ އިންޒާރު ކުރައްވާފައިވަނިކޮށެވެ. އިޒްރޭލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރުމަށް ނިންމި ކަން ރައީސް ޓްރަމްޕު އިއުލާން ކުރެއްވީ މި މަހުގެ 6 ވަނަ ދުވަހު އެވެ.
ޓްރަމްޕްގެ ނިންމުމަކީ ބާތިލު ނިންމެވުމެއް ކަމަށް ބަޔާންކުރާ ގަރާރެއް، މިދިޔަ ހޯމަ ދުވަހު މިސްރުން އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުމުން އެމެރިކާ ވަނީ އެ ގަރާރު ވީޓޯ ކޮށްފަ އެވެ. ސަލާމަތީ މަޖިލީހުގައި ގުދުސްގެ ގަރާރު ފެއިލްކޮށްލި އިރު، މިއަދު ބާއްވާ، އދ. ގެ އާންމު މަޖިލީހުގެ ކުއްލި ބައްދަލުވުމަށް އެ ގަރާރު އަލުން ހުށަހަޅަން ވަނީ ނިންމައިފަ އެވެ.
ގުދުސްގެ މައްސަލައިގައި ރާއްޖޭން ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާގެ ރައީސް ނިންމެވުމަކީ މެދުއިރުމަތީގެ ސުލްހަ އަށް އެޅޭ ހުރަހެއް ކަމަށެވެ. މެދުއިރުމައްޗަށް ދާއިމީ ސުލްހަ ގެނެސް ލޭއޮހޮރުވުމާއި އަނިޔާވެރިކަން ހުއްޓުވޭނީ ފަލަސްތީނާއި އިޒްރޭލްގެ ވަކި ދައުލަތެއް ގާއިމް ކުރާނެ ފުރުސަތު ފަހިކޮށްދީގެން ކަމަށް ބަޔާނުގައިވެ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ބިންތައް ފޭރިގަނެ އިރުމަތީ ގުދުސް އަޅުވެތި ކުރީ 1967 ވަނަ އަހަރު ކުރި ހަނގުރާމައިގެ ތެރޭގަ އެވެ. އެ ބިން އަޅުވެތި ކުރުމަށް ފަހު އިޒްރޭލުން ދައުވާ ކުރަމުން އަންނަނީ މުޅި ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމުގަ އެވެ.
އެމެރިކާގެ ނިންމުމާ ދެކޮޅަށް ފަލަސްތީނާއި ދުނިޔޭގެ އެކި ގައުމުތަކުގައި ދަނީ އިޒްރޭލާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. ފަލަސްތީނުގައި އިޒްރޭލް ސިފައިންނާ ދެކޮޅަށް ހިންގަމުންދާ ހަމަނުޖެހުންތަކުގައި 10 މީހަކު ޝަހީދުކޮށްލައި، އެތައް ބަޔަކު ވަނީ ޒަހަމް ކޮށްލައިފަ އެވެ. އަދި އިޒްރޭލް ސިފައިންގެ އަތް ދަށުވެ، ފަލަސްތީނުގެ ގިނަ އަދަދެއްގެ ބަޔަކު ތިބީ ހައްޔަރުކޮށްފި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދޭސްކުރަން
25 December 2017
ފަލަސްތީނުގެ ހައްގާދިމާއިދިކޮޅަށް އިސްލާމުންނާ ޖައްސާލައިފާވާ ޢެމެރިކާ ރުއްސަން ޔޫއެންގަ ވޯޓްދިން މަދުގައުމުތަކާ ސިޔާސީ ގުޅުންކަނޑާލަން ދިވެހި ރައްޔިތުން އެދޭ ވަރަށް ބޮޑަށް،
ސިންތިލީ ވޫމް
21 December 2017
މަރުހަބާ ވޯޓްދިން ކަމައްޓަކާ
ތަރައްގީ
21 December 2017
ސަރުކާރުން މުސްލިމް ގައުމުތަކަ ބަހައްޓާ އޯގާތެރިކަމް ފާހަގަކުރެވޭ.
މަންޑޭލާ
21 December 2017
ޝަރްމީލައަ ބުނެލަން އޮތީ ދީންގަބޫލު ނުކުރާ ބަޔަކު އިޒްރޭލަ ތާއީދުކުރިއަސް މިރައްޖޭގެ ނުވަދިހަ ނުވަ ޕަސަންޓްމީހުން ތާއީދު ކުރަނީ ފަލަސްތީނަ.
ސީދި
21 December 2017
އެމެރިކާއިން ރާއްޖެއަށް އަހަރަކު ލިބޭވަރެއް ބަލާފަ އެއްޗެއްބުނަން އިނގޭނީ...
ކަށްކާ
21 December 2017
ކަލޭއަށް އިނގެނީ ކޯޗެއްތޯ؟ ކަލޭއަށް ނޭންގެނީތަ ދިވެހިރާއްޖެެއަށް އެމެރިކާއިން އެއްވެސް އެހީއެއް ނަޝީދު ފިލި ފަހުން ލިބެންނުދާކަން.. ކުޑަކޮށް ހަރުދަނާވެ ތަންދޮރު އޮޅުން ފިލުވާލުމަކީ ގޯހެއްނޫން.
ބުލެކް
21 December 2017
25000 ޔޫއެސް
މިލިޓަރީ
21 December 2017
ސަބަހޭ ޔާމިން މިހެންވީމަ ތާއީދުކުރެވެނީ.
ސޮކްތެރެޕީ
21 December 2017
ނަޝީދު ހުރިނަމަ މިޔާމުޅިން އިދިކޮޅަ ކަންތަވާނީ ޔާމިނަކީ މުސްލިމްގައުމުތަކުގެ ދިފާއުގާ ތެދުވިމީހެ.
ހަޑިގިއްލާ
21 December 2017
ތީ ސައުދީގެ ނިންމުން މިފަހަރު އައިގޮތް! މުސްލިމް އެތައް ޤައުމަކާއި އޮތްގުޅުންވެސް ކަނޑާލެއްވީ ހަމަ ޔާމީންގެ ވެރިކަމުގަ. އެވެސް ހަމަ އޯޑަރ.
ނެޝަނަލިސްޓް
21 December 2017
ގަތަރު؟ އިރާން؟ ޔަމަން؟
ޙުސް
21 December 2017
ޟީޜައްޖެ މީ ދުނިޔޭގެ ސުޕަޕަވާއެއްތަ. ޢައިޕެޑާ އާފަލު ދީގެން، ރިޕޯޓެއްވެސް ހަދާފަ ފޮނުވާ.
ހަގީގަތް
21 December 2017
ކޮނމެހެން ސުޕަޕަވަރ އަކަށް ވާކަށް ނުޖެހޭ . އަދި އެމީހުން ބުނާހާގޮތަކަށް ހަދާކަށް ނުޖެހޭ.. ތިކަހަލަ ވިކިފަތިބޭ މަދުބަޔަކާ ހެދީ މިރާއްޖެ ހަލާކުވަނީ..އަބަދުވެސް އަމިއްލަ ގޮތް އަދި ރަންގަޅު ގޮތް ކުރިޔަށް ނެރެން ޖެހޭ
ރައްޔިތުމީހާގެ ބަސް
21 December 2017
ސާބަސް ރައީސް ޔާމީން މިހާރު މިއުޅޭ މީހުންނަށް އިނގޭނެ ރައީސް ޔާމީން އަކީ ގަޓުހުރި ވެރިއެއްކަން
ހަޑިގިއްލާ
21 December 2017
ގަޓުހުރީކީ ނޫން! އޯޑަރައް ތަބާވާން ޖެހެނީ.
ލޮލްކީ
21 December 2017
ކޮން ގަޓެއް، ހީވަނީ ވަރަށް ގިނަ ބައެއްގެ ނުރުހުމުގަ ކުރި ކަމެއްހެންތަ؟
ޝަރްމީލާ
21 December 2017
އަޅުގަނޑަށް ބޮޑަށް ތާއީދު ކުރެވެނީ ރައީސް ނަޝީދު މެދުއިރުމަތީ ގައުމުތަކާއި ދޭތެރޭ ގެންގުޅުނު ސިޔާސަތަށެވެ. އިޒުރާއިލުންވެސް އެދުވަސްވަރު ރާއްޖެއަށް އެތައް އެހީއެއްވީކަމީ ދެބަސްނުވެވޭނެ ހަގީގަތެވެ. އެކުގައި މަސައްކަތް ކުރެވޭނީވެސް ވަކިކަހަލަ ވިސްނުންގެންގުޅޭ ދުނިޔެއަށް ލޯހުޅުވިފައިތިބި ވެރިންނަށެވެ.
ޙެހެ
21 December 2017
އަސްލު އިޒްރޭލުން ދޭ އެހީގަވެސް ހަލާލް ޖެހީމަ ރަނގަޅުވާނެ. އެތަނަކީވެސް މުސްލިމުން އުޅޭ ތަނެއް ވިއްޔާ.