ޚަބަރު / ނ. މާފަރު

މާފަރު އެއާޕޯޓަކީ އެމިރޭޓްސްއިން ދޭ 60 މިލިއަން ޑޮލަރުގެ ހަދިޔާއެއް

ރައީސް އަބްދުﷲ ޔާމީން މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅުގައި، އެ ގައުމުގެ ނައިބު ރައީސް ޝައިޚް މުހައްމަދު ރާޝިދު ބިން މަކްތޫމްއާ ބައްދަލުކުރައްވަނީ. މި ދަތުރުގައި ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ވަނީ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައި. --ފޮޓޯ: ރައީސް އޮފީސް

ބައިނަލްއަގްވާމީ އެއާޕޯޓެއްގެ ގޮތުގައި ނ. މާފަރު އެއާޕޯޓު އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހުޅުވާއިރު، އެއީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ދޭ ގާތްގަނޑަކަށް 60 މިލިއަން ޑޮލަރުގެ ހަދިޔާއެއް ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.

ނ. މާފަރު އެއާޕޯޓް ފުރަތަމަ ހަވާލުކުރީ، ހާމިދު އިސްމާއީލްގެ މިލޭނިއަމް ކެޕިޓަލް ކިޔާ ކުންފުންޏަކާ އެވެ. އެ އެއްބަސްވުން އުވާލައި އެ މަސައްކަތް މި އަހަރުގެ މާޗް މަހުގެ ތެރޭގައި ހަވާލުކުރީ، ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ހިއްސާވާ ސަން ސިޔާމްސް ރިސޯޓްސްއާ އެވެ.

އެ ކުންފުންޏާ ހަވާލުކުރީ އެއާޕޯޓުގައި ޓްރާންސިޓް ހޮޓަލަކާއި އެއާޕޯޓު ސަރަހައްދުގެ ފަޅު ތެރެ އިން ހިއްކައިގެން ރިސޯޓެއް ތަރައްގީކުރާ ގޮތަށެވެ. އަދި އެ ކުންފުނިން ހުށަހެޅީ 1،800 މީޓަރުގެ ރަންވޭއަކާއި އެއްފަހަރާ ހަ ޖެޓަށް ހިދުމަތް ދެވޭ ގޮތަށް އެންމެ ޒަމާނީ ވަަސީލަތްތައް ހިމަނައިގެން ތަަރައްގީ ކުރުމަށެވެ.

އުތުރުގެ ބައެއް އަތޮޅުތަކަށް ރައީސް އަބްދުﷲ ޔާމީން މިއަދު ފެއްޓެވި ދަތުރުފުޅުގައި ނ. ހެނބަދޫގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ސިޓީ ހޮޓަލަކާ އެކު ތަރައްގީކުރާ މާފަރު އެއާޕޯޓަކީ ސަރުކާރާއި ޔޫއޭއީގެ ގުޅުން ރަމްޒުކޮށްދޭނެ ހަދިޔާއެއް ކަމަށެވެ.

"އެއާޕޯޓަކީ އެ ބޭފުޅުން ދިވެހި ރައްޔިތުންނަށް ދޭ ހަދިޔާއެއް. މި ސަރުކާރާއި އިމާރާތުގެ ސަރުކާރާ ދެމެދު އޮތް ގާތްކަން ރަމްޒުކޮށްދޭނެ ހަދިޔާއެއް. އެއާއެކު އެއާޕޯޓުގައި ސިޓީ ހޮޓަލެއް ހެދިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އުއްމީދުކުރަނީ އަންނަ އަހަރުގެ ޖުލައި 26 އަށް އެ އެއާޕޯޓުގައި މަތިންދާބޯޓު ޖެއްސޭނެ ކަމަށް."

ރައީސް ވިދާޅުވި ގޮތުގައި އެއާޕޯޓު އަޅަން ރުއްގަސް ކަނޑައި، އެއާޕޯޓް އަޅާ ސަރަހައްދު ވެސް މިހާރު ވަނީ ސާފުކޮށް ނިމިފަ އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި މާފަރުގައި އެއާޕޯޓެއް ނުހެދިގެން އުޅޭތާ ގާތްގަނޑަކަށް 10-12 އަހަރު ވެދާނެ އެވެ. އެ ދިގު އިންތިޒާރަށް އަންނަ އަހަރުގެ މެދުތެރޭގައި ނިމުން އަންނާނީ، އެ ރަށު ބަނދަރުގެ މަސައްކަތާ އެކު ކަމަށް ވެސް ވިދާޅުވި އެވެ.

"އަންނަ އަހަރުގެ މެދުތެރޭ މާފަރުގެ ބައިނަލްއަގުވާމީ ވައިގެ ބަނދާރާ އެކީގައި ޓޫރިޒަމްގެ ފަސޭހަކަމާއި ތަނަވަސްކަން މުޅި ނ. އަތޮޅަށް މިހާރަށް ވުރެން ބޮޑަށް ހުޅުވިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

މާފަރު އެއާޕޯޓް މަޝްރޫއުގެ ތަފްސީލް ދެއްވަމުން، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު "މިހާރު" އަށް މިއަދު ވިދާޅުވީ އެ އެއާޕޯޓު ތަރައްގީ ކުރަނީ އަބޫދާބީ ފަންޑުގެ ހިލޭ އެހީގައި ކަމަށެވެ. ސިޓީ ހޮޓާ ތަރައްގީ ކުރުމާ އެކު ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކުރެވޭ އެ މަޝްރޫއުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދާނީ އަބޫދާބީ ފަންޑުން ކަމަށެވެ.

"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިހާރު ވަނީ ބިޑް އިވެލުއޭޝަން ވެސް ނިމިފައި. ދެން އޮތީ އެވޯޑު ކުރުން،" މޫސާ ޒަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ ކޯލިޝަން ޕާޓްނަރު ސިޔާމާ ހަވާލުކުރި މަސައްކަތް ދޫކޮށްލީ، ރައީސް ޔާމީން ތަރައްގީ އަށް ކުރައްވާ މަސައްކަތްޕުޅުގެ ސަބަބުން އެ އެއާޕޯޓަށް ވެސް އަބޫދާބީ ފަންޑުގެ ހިލޭ އެހީ ލިބުމުންނެވެ.

"އެކަން ހިލޭ އެހީގައި ކޮށްދޭނެ ބަޔަކު ސަރުކާރަށް ހަމަޖެހުމުން، ސަރުކާރުން ވެސް ބޭނުންވެގެން އެ އެއްބަސްވުން ސިޔާމް ޓާމިނޭޓް ކުރީ. އެ އެއްބަސްވުމުގައި އެއްވެސް މައްސަލައެއް އޮތީކީ ނޫން،" ޒަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާފަރުގައި ހަދަނީ ދެ ކިލޯމީޓަރުގެ ރަންވޭއެއް ހިމެނޭ އެއާޕޯޓެކެވެ. އަދި އެއީ ޕްރައިވެޓް ޖެޓްތަކާއި އިންޓަނޭޝަނަލް އެއާޕޯޓެއްގައި ހިމެނޭ އެންމެ ޒަމާނީ ވަސީލަތްތަކާއެކު އަޅާ އެއާޕޯޓެއް ކަމަށް ޒަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނ. އަތޮޅުގައި މަތީ ފެންވަރުގެ ހޮޓާތަކެއް ތަރައްގީ ކުރުމަކީ ރައީސް ޔާމީން ގެންގުޅުއްވާ ވިސްނުމެކެވެ. މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓަކާ އެކު ސިޓީ ހޮޓަލެއް ވެސް އަޅަނީ އެ ވިސްނުންފުޅުގެ ތެރެއިން ކަަމަށް ޒަމީރު ވިދާޅުވި އެވެ.

"މާފަރު އެއާޕޯޓް ތަރައްގީ ކުރުމަށް އަބޫދާބީ ފަންޑުން މި ހިލޭ އެހީ ލިބުނީ ރައީސް ޔާމީން އެންމެ ފަހުން ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅުގެ ނަތީޖާއެއްގެ ގޮތުން. އެއާޕޯޓް ހުޅުވާނީ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި،" މިނިސްޓަރު ވިދާޅުވި އެވެ.

63 ކޮމެންޓް, 153 ރިއެކްޝަންސް

icon happy icon happy 59%
icon sad icon sad 2%
icon angry icon angry 39%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މހނމދ

26 December 2017

ހުރިހިތާމައެއްގެބޮޑުކަން ވިސްނޭނީ ވިސްނާބަޔަކަށްތާއެވެ! ތިދާގޮތުން ބަރަވެލިކަނޑު ވިއްކާލުމަކީ ދުރުކަމެކޭ ހިތެއްނުބުނެއެވެ. މާފަރުގައި އިންޓަރނެޝަނަލް އެޔާޕޯޓަކާއި ޓްރާންސިޓް ޓަރމިނަލެއްގެއިތުރުން ތެޔޮރިފައިނަރީއެއް 99 އަހަރަށް ހެދުމުން ފައިދާވާނީ އަހަރުމެނަށްބާވައެވެ؟ ނުވަތަ ހަދާބަޔަކަށްބާވައެވެ؟ ކަންހިނގަމުންދާގޮތަށްވިސްނާނަމަ، އަހަރުމެނަށްއޮތީ ކޮޅުހިކަން ޔަޤީނެވެ! އަތްޖައްސަވާށެވެ!

The name is already taken The name is available. Register?

އަހަންމާފިި

25 December 2017

އެދުމެއްނެތި ވެދުމެއް ނުކުރާނެ!

The name is already taken The name is available. Register?

އުމަރު ހާލިދު

25 December 2017

ތިޔަގޮތަށް ކުދިކުދި އެތިކޮޅު އެތިކޮޅު ހިފައިގެންގޮސްނޫން ތިޔަހާ ބޮޑެތި މުއްސަނދި ގައުމުތަކުގައި ކަންކަމު އެދޭނީ، ދުރާލައި ދެމެހެއްޓެނިވިގޮތަކަށް ކޮންމެކަމެއްގެ ޕްލޭނެއް އޮންނަންޖެހޭ، ދުބާއީގެ އެހީ ހޯދައި ރިނިއުބަލް އެނާޖީ ރާއްޖެއަށް ހޯދައިދޭންޖެހޭ އަދި ތިޔައިން ތަރައްޤީކުރާ ކޮންމެތަނެއްގެ ކަރަންޓް އެއީ ރެނިއުބަލް އެނާޖީ ބޭނުންކޮށްގެން ބޭނުންކުރާ ޕްރޮޖެކްޓަކަށް ހަދަންޖެހޭ

The name is already taken The name is available. Register?

ދެރަކަލޯ

25 December 2017

200 ދިވެހި ރުކާ 1 ފަޅުރަށް ދީގެން އެއާޕޯޓް ލިބެންޏާ ކިހާ ބަރާބަރު ދެންއަތްޖަހާ

The name is already taken The name is available. Register?

އާއްހާއް

25 December 2017

ނޫނު މާފަރު ގައި އަޅާ އެއާރޕޯރޓް އަކީ އެއީ އެމިރޭޓްސް ގެ ހަދިޔާ އެއް ކަމަށް މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން ވިދާޅުވާނަމަ އެއީ ހެޕީ ނިއުސް އޭ ކުދިންނޭ. އެމެން ރަންރީނދޫ ޓްވިޓަރޭ މެން އަބަހައްދަ ވެގެން އެއާރޕޯރޓް 7 މަސް ދުވަސް ތެރޭ ނޭޅޭނެ ކަމަށް ބުނި ނަމަވެސް އެޅޭނެ އޭ ބިކޮޒް އެއާރޕޯރޓް އާއި ބްރިޖްސް ތައް އެޅުމުގައި މަމެން ޕިންކީން ނަކީ މީ ވަރަށް ބޮޑެތި މީހުންނޭ މަމެން ނަކީ މިރޮގުން ދުނިޔޭގެ އެވޯރޑް ވެސް ލިބިފައިވާ މީހުންނޭ. އޯއް ހޯއް އެމެން ރަންރީނދޫ ބޮޑޭ އަކީ ބްރިޖް އަޅާ އިންޖިނިއަރިންގް ނުދަންނަ ކަނޑުކޮހެކޭ މަމެންނަށް އިނގޭހާ ވެސް އެއްޗަކީ އެމެން ރަންރީނދޫ ބޮޑޭ މެން އެއީ ރައްޔިތުންނަށް ހެވެއް އެދޭ ބަޔެއް ނޫން ކަން. ދޭ ޑޯން ރިއަލީ ކެއަރ އެބައުޓް އަސް. އާއްހާއް އާއްހާއް އާއްހާއް.

The name is already taken The name is available. Register?

މަމެން

25 December 2017

ކޮން މަމެން ނެއްތަ؟ ދިވަހިބަހަށް ހުތުރު ނާރުވަ އެއްޗެއް ނުލިޔެވެނީދޯ.. މާ މަޖަލެއް ނޫން އަސްލު..ލޮލް

The name is already taken The name is available. Register?

ބޮލިހިލާ

25 December 2017

މާފަރު އެއާޕޯޓަކީ އެމިރޭޓްސްއިން ދޭ 60 މިލިއަން ޑޮލަރުގެ ހަދިޔާއެއް ކަމަށްވާނަމަ ދެން ތަމެން ރަންރީނުލޭ މެން ކޮން ރިޔާސީ ކެންޑިޑޭޓެއް ހޮވަންތޭ ތިޔާ އުޅެނީ. ތަމެން ތިޔާ ކަން ހުއްޓާލާ ދެން ދަގަ ހުޅުދޫ ދިގު ފަރަށް ބޮލި ހިލަން. ތަމެން ދަގަ ބޮލި ހިލަން. ބޮލި ހިލާ ދޯ.

The name is already taken The name is available. Register?

ހޯލި

25 December 2017

އަރާކޮންމެ ތަނެއްގައި ފައިސާ ފައިސާ ކިޔަނީ މިފަހަރު މެނިފެސްޓޯއެއް ނުލިޔެ ވައުދުނުވުމަށް ރައީސަށް ދަންނަވަން މިދިޔަ އިންތިޚާބަށް ވީ ވައުދުތައްވެސް ހުރީ ނުފުދި މިފަހަރު މެނިފެސްޓޯގައި ހަމައެކަނި ފަސާ އެފައިސާ މިފައިސާ މިހެން ލިޔުއްވުމަށް ރައީސަށް ދަންނަވަން

The name is already taken The name is available. Register?

މަނަދޫ މީހާ

24 December 2017

މި އީ ވަރަށް ދިގު އިންތިޒާރެއް ނ. އަތޮޅު ރައްޔިތުން ކުރަމުން އައި އެއާޕޯޓެއް. އަޅުގަނޑަށް މިހާރު ގަބޫލު ކުރެވޭނީ ހަމަ އެއާޕޯޓް އެޅީމަ އެކަން ވާނެކަމަށް އެހެނީ އެތައް އަހަރެއް އެތައްފަހަރަކު ސޮއިކޮށް މަސައްކަތްވެސް ފަށާފަ ނުވެ ހުއްޓާލާ ޕްރޮޖެކްޓެއްވީމަ. މިކަން ވެއްޖެއްޔާ އަޅުގަނޑަށްވެސް އަދި ނ. އަތޮޅަށްވެސް ކުރިއެރުން އިންތިހާއަށް ލިބޭނެ އަދި ކޮންމެހެންވެސް ބޭނުން ކަމެއްކަމަށްދެކެން އެއީ ދިވެހި ރާއްޖޭގެ އެންމެ އަގުބޮޑު ރިސޯޓްތައް ހުރީ ނ. އަތޮޅުގަ ޑައިރެކްޓް ފްލައިޓް ސީދާ މާފަރު އެއާޕޯޓަށް އަންނަގޮތް ވެއްޖެނަމަ އެތައް ޓޫރިސްޓުންނެއް ނ. އަތޮޅުގެ ރިސޯޓްތަކަށް އަންނާނެ އަދި ހަމަ އެއާއެކު ގެސްޓްހައުސް ވިޔަފާރި މާލެ ކައިރިއެކޭ އެއްގޮތަށް ބައްޓަންވެ މުޅި އޮތޮޅު ކުރިއަށް ދާނެކަން ޔަގީނެވެ.

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

25 December 2017

މަނަދޫ މީހާއަށް ވަރިހަމަތަ، މަނަދޫމީހާ ބަޔަކަށް ވިއްކާލާފަ ނަމަވެސް އެއަރޕޯރޓް އަޅާފިއްޔާ، އޭރުން ލިބޭމަންފާގެ ފައިދާ ކުރަން މަނަދޫ މީހާ އެތާކު ނުހުންނާނެ، އެކަމަކުވެސް ހަމަ ބޮޑު ވަރިހަމަތަ، މިހެން މިކަން ކުރި ވާހަކައެއް ނޫން، ހަމަ އަހާލީ.

The name is already taken The name is available. Register?

މަނަދޫ މީހާ

25 December 2017

އަބްދުﷲ ނާފިޒަށް ވަރަށް ވެދުން. ތި ވިދާޅުވާގޮތަށް ކަންތައް ވެއްޖެއްޔާ އެއީ ވަރަށް ދެރަ ކަމެއް. އަދި އެފަދަ ގޮތްގޮތަށް މި ސަރުކާރުގެ އަމަލު ހުންނާތީވެސް މިހުންނަނީ ހިތްހަމަ ނުޖެހިފައި. އެކަމު އިންޓަރނޭޝަނަލް އެއާޕޯޓެއް ލިބުމަކީވެސް ނުހަނު ބޭނުން އަދި ދިގު އިންތިޒާރެއް ކުރެވޭ ކަމަކަށްވާތީ ހައްތާވެސް އެކަން މުހިންމު ވާނީއެވެ. މަނަދޫ މީހާއަށް ކޮންމެ ސަރުކާރަކުންވެސް ރަނގަޅު ކަމެއް ކޮށްފިއްޔާ އެކަމަށް މަރުޚަބާ ކިޔާ ހިނދު ނުބައިގޮތަކަށް ކަމެއް ކުރާ އަދި ކޮށްފައިވާ ކަންތަކަށް ނަފްރަތުވެސް ކުރަމެވެ.

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

24 December 2017

ދިވެހި ރައްޔިތުންނަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން 60 މިލިއަން ޑޮލަރުގެ އެހީއެއް ވެދޭތީ ވަރަށް ބޮޑަށް ޝުކުރިއްޔާ، އަދި ބަދަލުގަ މިފަސްގަނޑުން އެއްވެސް މިންވަރެއް ދޭން ނޭދޭނެކަމަށް އުއްމީދުކުރަން.

The name is already taken The name is available. Register?

އައިޖޭ

24 December 2017

އެސްތީއޯ އިން ފުއައްމުލަކު އެއަރޕޯޓް އެޅީ 7،5މިލިއަން ޑޮލަރަށް. އެމްޓީސީސީ އިން ތިަމރަފުސީ އެއަރޕޯޓ އެޅީ 85މިލިއަން ރުފިޔާ ނުވަތަ 5.5މިލިއަން ޑޯލަރަށް، ދެން މި އަރަބި ވެރިން 60މިލިއަންޑޮލަރޭ މިކިޔަނީ ކީއްވެ؟

The name is already taken The name is available. Register?

މަނަދޫ މީހާ

25 December 2017

އަރަބިންނަށް ލިބޭވަރު ގިނައިއްޔޯލަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454