މާފަރު އެއާޕޯޓް ހެދުމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އާއި ސަން ސިޔާމް ކުންފުނީގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު މައުރޫފް މިއަދު ސޮއިކުރައްވަނީ. ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
26 އެޕްރީލް 2017 - 16:02
ނ. މާފަރުގައި އެއާޕޯޓް ހަދަން ޓޫރިޒަމް މިނިސްޓްރީން ސަން ސިޔާމް ރިސޯޓްސްއާ މިއަދު ހަވާލުކޮށްފި އެވެ.
ސަން ސިޔާމްސް ރިސޯޓްސް އަކީ ދ. މީދޫ ދާއިރާގެ މެމްބަރު އަދި ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ ހިއްސާވާ ކުންފުންޏެކެވެ.
މާފަރު އެއާޕޯޓް ހެދުމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މޫސާ ޒަމީރެވެ. ސަން ސިޔާމް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ކެނދިކުޅުދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު މައުރޫފް އެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މާފަރު އެއާޕޯޓް ހަދަން ސަން ސިޔާމް ރިސޯޓްސް އިން ހުށަހަޅާފައި ވަނީ ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ އުސޫލުން، އެއާޕޯޓުގައި ޓްރާންސިޓް ހޮޓަލަކާއި އެއާޕޯޓު ހިމެނޭ ސަރަހައްދުގެ ފަޅުތެރެއިން ހިއްކައިގެން ރިސޯޓެއް ތަރައްގީކުރާ ގޮތަށް ކަމަށެވެ.
އެ މިނިސްޓްރީން ބުނީ މާފަރުގެ އެއާޕޯޓް ހަދަން ސަން ސިޔާމް ކުންފުނިން ހުށަހަޅާފައި ވަނީ 1،800 މީޓަރުގެ ރަންވޭ އަކާއި އެއްފަހަރާ ހަ ޖެޓަށް ހިދުމަތް ދެވޭ ގޮތަށް އެންމެ ޒަމާނީ ވަަސީލަތްތައް ހިމަނައިގެން ކަމަށެވެ. އަދި އެ އެއާޕޯޓް ތަރައްގީކޮށް ނިންމަން އެ ކުންފުނިން ހުށަހަޅާފައި ވަނީ ދެ އަހަރުގެ ތެރޭގައި ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
މާފަރު އެއާޕޯޓް ހަދަން ސަން ސިޔާމް ކުންފުންޏާ ހަވާލުކުރުމުގެ ކުރިން، މަޝްހޫރު ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ މިލޭނިއަމް ކެޕިޓަލް ކިޔާ ކުންފުންޏާ އެވެ. ނަމަވެސް އެއްބަސްވުމާ ހިލާފުވި ކަމަށް ބަލައި އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ސަރުކާރުން ވަނީ އުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޭން
27 April 2017
ވަރަށް ރަގަނޅު ގޮތެކެވެ. ސަރުކާރުން ގެރެންޓީ ދީގެން ލޯނު ނަގާފައި އެއަރޕޯޓް އަޅަނީއެވެ. ކޮރަޕްޝަނެއް ނެތްގޮތަށް އެއްކަމެއްވެސް ނުކުރާނެއެވެ. ކީއްވެބާ ސަރުކާރުން ގެރެންޓީ ދީގެން ލޯނުނަގާފައި އެއަރޕޯޓް އެޅުން އެމްޓީސީސީއާ ހަވާލު ނުކުރީ. މީގައި ސުވާލު އުފެދެނީ ސިޔާމް ނަގާލޯނަށް ސަރުކާރުން ގެރެންޓީދީގެން އޭނާ ލައްވާ އެއަރޕޯޓް އަޅުވާތީއެވެ. އޭނާގެ އަމިއްލަ އަށް އިންވެސްޓް ކުރާނަމަވެސް ތާހިރުވީސްތާއެވެ.
މަނަދޫ ވަލުބެ
27 April 2017
ޟމަނަދޫ ޕްރި ސުކޫލައް ދޭން ބުނި ފަރުނީޗަރުތައް ދިންލެއް ގިނަކަމުން އެތަނައް ނުވެއްދިފަ ހުރި ވަަހަކަ އެރަށު މީހުން ކިޔާ އަޑު އެހިން.
މާފަރު މީހާ
27 April 2017
މާފަރު ކުއްޔަށް ދީގެން ލިބޭ ވަރުވާޔަށް ކިޔަނީ "އެއަރޕޯޓު" ....... އަހަރުމެންނަށް ލިބޭ އުފަލެއް ޙަރާން........ ތިހެން ކިޔާތާ 10 އަހަރު
މެންޓަލް ކޭސް
27 April 2017
އިންޑިޔާގެ ޖީ.އެމް.އާރު ގްރޫޕާ ހަވާލު ކޮށްގެންނަމަވެސް ތި އެއަރޕޯޓެއް އަޅާފަ އަހަރުމެންގެ ލޮލަށް ދައްކަބަލަ، ތީ ނ އަތޮޅު ރައްޔިތުންގެ ވަރަށް ފޮނި އުއްމީދެކޭ، އަބަދުވެސް އަޅަން އަޅަން ކިޔަނީ، މިފަހަރު އެއަރޕޯޓް އަޅާފަ ދައްކަބަލަ
ލީބް
26 April 2017
ސަން ޝިޔާމް ދޯ އާނ އޭނާ އެއީ 3 މަހުން އެއަރޕޯޓް އަޅާ ނިންމާ މީހެކޯލަ... މީގެ ކުރިންވެސް 3 މަހުން އެއަރޕޯޓެއް އަޅާ ނިންމިއޯ މަޖިލިސް ކެމްޕޭނުތެރޭގަ.... މި ބުނީ އަނގަ އިން... އަމަލު ް އަދިއަދަށްވެސް ބަހަބަރު
ކަޑަ
26 April 2017
އާން ތިޔައީ ނުވެއޮތްކަން! ދެން އާހިރަތައް ދާންދެން ތިޔަ އެއަރޕޯޓް އޮންނާނެ!
ހަވާރިޖުން
26 April 2017
ގިޔާމަތް ދުވަހައް ދަންދެން ވެރިކަމުގަ ތިބޭނަމޭ ގޮވީ މިހެންވެތަ؟
މެންޓަލިސްޓް
26 April 2017
އާދެން ޝަންޝިޔާމްއަށް ދޭނީ ސޮވެރިންގ ގެރެންޓީ .... 200 ވަރަކަށް މިލިއަންޑޮލަރު ސަރުކާރު ޒިންމާވާގޮތަށް ނަގާފައި އޭގެން އެއްބައި ޕީޕީއެމްގެ ކެންޕެއިންތަކާއި އެހެނިހެން ކަންކަމަށް ޙަރަދުކުރީމައި އެއްބުޅީން ދެމަސް ބޭނުނީ ކަމަށް ބަލަންޖެހޭނީ ،،، ސިޔާސީގޮތުން އެކަންހިނގާނީ އެހެން ،،، މުސްކުޅިން ބުނެއުޅޭ ދުނިޔެކެވޭނީ މަކަރާޖަހައިގެންނޭ ،،،،، ވަރަށްވެދުން
ގޮނާގިވް
26 April 2017
މާފަރު އެއާރޕޯރޓް ހަދަން ސަން ޝިޔާމް ކުންފުންންނާއި ހަވާލު ކޮށްފިނަމަ އެކަން ވާނެއެވެ. އެނުވާނެ އެމެންގެ ފަނާ ކުރަނިވި ވެރިކަމުގައި އެމެން ގާފު ދާލު މާވާރުލު އެއާރޕޯރޓް ހަވާލު ކުރި ފަދަ ކިއްލި ތަޅާ ގްރޫޕް އަށް ދޯ. ސޮލިޑް ކޭޝް ހުރެފައި އިންފްރާސްޓްރަކްޗަރ އޮވެފައި އަދި ކޮމިޓްމެންޓް ފުލްފިލް ކުރާނެ ސަންޓްރެވެލް އިން. އެއީ ޔަގީން ކަމަކީ. މިހާރު ވެސް އެމެން ދަނީ އޮޅުވެެލީގައި އާ ވިލާސް ތަކެއް އަޅަމުން އަދި ނޫނު އަތޮޅުގައި 600 އެނދުގެ ރިސޯރޓެއް ވެސް ތަރައްގީ ކުރަމުންނެވެ. މިހާރު މިހަވާލު ކުރެވުނީ މީ ނޫނު އަތޮޅު މާފަރު އެއާރޕޯރޓް އެޅޭނެ ފެންވަެރުގެ ކުންފުންނަކާއި އެވެ. އައި އޭމް ގޮނާ ގިވް ޔޫ ވަޓް އައި ހޭވް އެން ޔޫ އާރ ގޮނާ ގިވް ޔުއަރ ޗެކް މާރކް ޓު މީ އޭ މަމެން ބުނަން ނެތީމު ދޯ.
ހުން
27 April 2017
ތިޔަކަން ވާނެ ސަރުކާރުން ޞިޑް ކުރުމެއްނެތި ތިކަހަލަ ވިޔަފާރި މަންފާ ލިބޭ ކޮނެމް ބަޔަކަށްވެސް! މިއީ ވެސް ހަމަ ރޯމާ ދުވާލު ފޮށި ފެޅުން ނޫން ކޮން ކަމެއް!
ކޮލޮމްބޯ
26 April 2017
ދީފަ ބަހައްޓާ! އަހަރުމެން އަތުލާ ދުވަހުން ބުޑު ދަށުން ކަނޑާފައި އަތުލާނަމެވެ. އެދުވަހުން އިންސާފޭ އިންސާފޭ ނުކިޔައްޗެވެ.