އާ އަހަރުގެ ފެށުން ފާހަގަކުރުމަށް އަލިމަސް ކާނިވަލުގައި މިރޭ ބޭއްވި ޝޯ ގައި ޓޫރިޒަމް މިނިސްޓަރު ޒަމީރު ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
31 ޑިސެމްބަރ 2017 - 22:50
ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން، ސަރުކާރާއި އެ ދާއިރާ ގުޅިގެން އަންނަ އަހަރު 100 މިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިރޭ ވިދާޅުވެއްޖެ އެވެ.
އާ އަހަރު ފާހަގަކުރަން، ބޭރުގެ މަޝްހޫރު ލަވަކިޔުންތެރިންނާ އެކު އަލިމަސް ކާނިވަލުގައި މިހާރު ކުރިއަށް ގެންދާ ޝޯ ގައި، ޓޫރިޒަމް ދާއިރާގެ ކާމިޔާބީތަކާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ މި އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 2016 ވަނަ އަހަރަށް ވުރެ ހަތް ޕަސެންޓް އިތުރު ވެފައިވާ ކަމަށެވެ. މިއީ، ކުރިމަތިވި ގޮންޖެހުންތަކާއި ހާދިސާތަކަށް ބަލާއިރު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ޒަމީރު ވިދާޅުވި އެވެ.
ޓޫރިޒަމް ޕްރޮމޯޓް ކުރަން ކުރާ މަސައްކަތުގެ ތެރޭގައި ހިމަނައިގެން، މިނިސްޓަރު ވިދާޅުވި ގޮތުގައި، އަންނަ އަހަރުގެ ތެރޭގައި ވެސް ގިނަ ޝޯތަކެއް ބާއްވާނެ އެވެ.
ޒަމީރު ވިދާޅުވީ ޓޫރިޒަމަށް އަމާޒުކޮށްގެން އެންޓި ކެމްޕޭންތަކެއް ބަޔަކު މި އަހަރު ކުރި ކަމަށެެވެ. އެކަމަކު ރައީސް އަބްދުﷲ ޔާމީންގެ ބެއްލެވުމުގެ ދަށުން، ދޫ ދިނުމެއް ނެތި ކުރި މަސައްކަތުގެ ނަތީޖާއިން ބޮޑު ކާމިޔާބީއެއް ހާސިލްވެފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.
"އެރައިވަލްގެ އިތުރުން ވެސް ބައިވަރު އިންވެސްޓްމެންޓްސްތައް އައިސް ޓޫރިޒަމްގެ ދާއިރާގައި އިތުރު އެނދުތައް އިތުރުވެފައި ވަނީ،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޖާގަ ތަނަވަސްވެ، އެ ދަތިތައް ވެސް އަންނަ އަހަރުގެ ތެރޭގައި ހައްލުވާނެ އެވެ. އެއާއެކު، އަންނަ އަހަރަކީ ވެސް ޓޫރިޒަމްގެ ދާއިރާ އިން ކާމިޔާބު އަހަރަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރު
02 January 2018
ޓޫރިޒަމް ޕްރޮމޯޓްކުރަން 100 މިލިއަން ރުފިޔާ އެއީ 6485084.31 ޔޫއެސްޑޮލަރު، ސުވާލަކީ މިއީތޯ ހަމަ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ހޭދަކުރަންވީ އަދަދަކީ؟ ނިކަން ބައްލަވާ ރާއްޖޭގެ ފަޅުރަށެއް މިހާރުގެ ސަރުކާރުން ވިއްކާލަނީ 5 މިލިއަން ޑޮލަރު ނުވަތަ 3 މިލިއަން ޑޮލަރު ނެގުމަށްފަރު އެއަށް މިކިޔަނީ ސޯޝަލް ރެސްޕޮންސިބިލިޓީ ނުވަތަ އެކުއެޝަން ކޮސްޓް، ދެން ފަޅެއް ވިއްކާލަނީ 15 މިލިއަން ޑޮލަރާއި، 40 މިލިއަން ޑޮލަރަށް، މައުލޫމާތު ލިބޭގޮތުގައި އެނބޫދޫ ފަޅު ވިއްކާލީ 40 މިލިއަން ޑޮލަރަށް، އަދި ކަޓްނެގި އަދަދެއްވެސް އެއްވެސް މީހަކަށް ނެއެނގޭ، ރާއްޖެއަށް 7 މިލިއަން ޓޫރިސްޓުން ގެންނަން އުޅޭ ބަޔަކު މިއަދު ހޭދަކުރަންވީ 100 މިލިއަން ރުފިޔާއެއްނޫން، 100 މިލިއަން ޑޮލަރު، އިޤްތިސާދުގެ ކަންފުޅެއްވެސް ދަންނަ ވެރިޔަކު ރާއްޖޭގެ ވެރިކަމުގައި ހުރިނަމަ ގެސްޓްހައުސްތަށް ޕްރޮމޯޓްކޮށް ގިނަ އަދަދެއްގެ ކުދި މެދުފަންތީގެ ވިޔާފާރި އުފައްދާނެ، އެކަމަކު އެކަމެއް ހިނގާތަނެއް ނުފެނޭ
ހުސައިން
01 January 2018
ޓޫރިޒަމް ޕްރޮމޯޓްކުރާ އިރު ހުޅުމާލެ އަކީ ވަރަށްގިނަ އަވަށްޓެރި ގައުމުތަކުން އާއިލާ އާއި އެކު ޗުއްޓީ ހަނދާތަނެއް. މާބޮޑު އެކްޓިވްޓީއެއް ނުވަތަ މުނިފޫހިފިލާނެ ކަމެއްނެތް.
ޢަލިދީދީއައްޑޫސިޓީ
01 January 2018
ޓޫރިޒަމް ޕްރޮމޯޓު ކުރަން ސަރުކާރުން 100 މިލިއަން ރުފިޔާ ހޭދަކުރަން ކޮންމެހެން ޖެހޭބާ!!! ޓޫރިޒަމް ޕްރޮމޯޓު ނުކުރެވި ނެތެއް ނޫންތޯ؟ ރިސޯރޓް ތައް ހުޅުވެމުން ފުރެމުން މިހިރަ ދަނީ. ތިޔަ 100 މިލިއަން ރުފިޔާ ރާއްޖޭގެ ރަށެއްގެ ތަރައްޤީ އަށް ހޭދަކުރިއްޔާ ހަމަ ގައިމު މާބޮޑަށްވެސް ރައްޔަތުންގެ ތާއީދު ލިބޭނެ. ތިޔަ 100 މިލިއަން ހަމަ ޚަރަދު ކުރާނީ ޓޫރިޒަމް ޕްރޮމޯޝަން ގެ ނަމުގައި "އެހެން ކަމަކަށް" ނޫންބާއޭ ވެސް އެބަ ހިތަށް އަރާ.
ޔާމިން
01 January 2018
އެތައް މިލިޔަން ރުފިޔާއެއް ހަރަދު ކޮއްފަ މިގަައުމުގަ ޝޯ ބާއްވައިގެން ތިބުނާ ފަތުރުވެރިން ގިނަ އެއް ނުވާނެ . ފަތުރުވެރިން ގިނަވާނީ ރަނގަޅު ސާވޭއެއްކޮއް ރާއްޖެއައް އެންމެގިނަ މީހުން އަންނަ ގައުމު ނޫނީ ސިޓީތައް ބަލާ އެތަންތަނައް ގޮސް ފަތުރުވެރިކަން ޕުރޮމޯޓް ކޮއްގެން . ޝޯބާއްވައިގެން ހަމަ ބޮޑު ނިގުލައް ގޮސް ފައިސާ ވައްނާނީ އަމިއްލަ ޖީބައް
ޢަލީ ހަމީދު
01 January 2018
އޭގެ ބޮޑުބައި ކޮންމެސް މީހެއްގެ ޖީބައް....
ޢަސްދަނޑި
01 January 2018
ޢެކަމަކު..."ބަރަހަނާ ނުވެ" މި ޤައުމުގަ ޝޯވ ބޭއްވީމަ ފާޑުކިއުންތަކުން ސަލާމަތްވެ ފައިދާކުރާނީ...
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
31 December 2017
ވެރިކަމުގައިތިބިކަމުގައިވިޔަސް ދައުލަތުގެފައިސާ ވަކިން ހާއްސަކޮށް ރައްޔިތުންއަތުންނަގާޓެކްސް ހަރަދުކުރާންވާނީ ރައްޔިތުންއެދޭގޮތަށް ރައްޔިތުންގެބޭނުންތަކަށް. ދީނަށްޓަކައޭ ޤައުމަށްޓަކައޭ ކިޔާފައި ވެރިކަމަށް އައިސް “މިރާއްޖެ ދިވެހިންގެ އަތުން ބީވެދާފަދަ އެތައްއެތައްކަމެއް ކުރުމަށްފަހު” މީގެ ކުރިން 25 އަހަރަށް ކުއްޔަށް ދިން ރިސޯޓް ތައް “ޤައުމަށް ރައްޔިތުންނަށް” ލިބޭ ގެއްލުމަކަށއ ބެލުމެއްނެތި ޤާނޫނު ބަދަލުކޮށް 99 އަހަރަށް ދިވެހި މަހުޖަނުންނަށާއި ބިދޭސިންނަށް ދޫކުރުމަށްފަހު އެމީހުންގެ ވިޔަފާރި އިސްތިހާރު ކުރުމަށް ވެސް ނިކަމެތި ރައްޔިތުން ދައްކާ ޓެކްސް ފައިސާ ހަރަދު ކުރަން ތިނިންމަނީ ތިއީތޯ އިޤްތިސޯދު ފޮތް ތަކުގައި އޮތް ގޮތަކީ؟؟ މިރާއްޖޭގެ ޓްކްހުގެ ނިޒާމް ފުރިހަމަކޮށް ޤައުމުގައި ތިބި 500 ވަރަކަށް ދިވެހި މަހުޖަނުންނާއި ބިދޭސިންގެ އަތުން އިންކަމްޓްކްސް ނަގާން ނުކެރި ފައިސާ ހޯދޭނެ ގޮތެއްނޭގި ރާއްޖޭގެއަތޮޅެއް ނީލަމަށް ލުމުން ކަލޭމެންގެ ފެންވަރު އެގުނު. ތިއީ ހަމަ ފައްކާ “އީ ކޮމިއުނިސްޓުން” ތަކެއް.