ސަދަގާތު ފައުންޑޭޝަނުން ބޭއްވި ޚިތާނީ ފެސްޓިވަލް ނިންމުމުގެ ރަސްމިއްޔާތުގައި ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު ވާހަކަ ދައްކަވަނީ. ފޮޓޯ ޕީޕީއެމް
04 ޖެނުއަރީ 2018 - 11:42
ރަސްމިއްޔާތުތަކުގައި ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމަށް ތައުރީފް އޮއްސުމަކީ އާ ކަމެއް ނޫނެވެ. ހުޅުމާލޭގައި ބޭއްވި ޚިތާނީ ފެސްޓިވަލް ނިންމަން ރޭ ބޭއްވި ރަސްމިއްޔާތުގައި ވެސް ފެނުނީ އެ މަންޒަރެވެ. ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި ވަޑައިގެންނެވި، އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް ބެއްލެވީ އެހެން ބޭފުޅުންނަށް ވުރެން، މޮޅަށް އެކަން ކުރެއްވޭތޯ އެވެ. އެކަމަކު، އޭނާ ކުރެއްވި ތައުރީފް "ހައްދުން ނެއްޓި"، ސޯޝަލް މީޑީއާގައި އިންތިހާ އަށް ފާޑުކިއުން މިވަނީ އަމާޒުވެފަ އެވެ.
ފަސްޓް ލޭޑީ ފާތުން އަށް ހުޝާމަދު ކުރައްވަމުން، ރާނީއެއްގެ ގޮތުގައި ސިފަކުރައްވައި ވިދާޅުވީ އެކަމަނާއަކީ "ދިވެހިރާއްޖެ އަށް މާތްﷲ ދެއްވި ނިއުމަތެއް" ކަމަށެވެ. އެކަމަނާ ކުރައްވަމުން ގެންދަވާ އިޖުތިމާއީ މަސައްކަތްޕުޅުތަކަށް ތައުރީފް އަމުނައްވަމުން، "ކުޅެދޭ މީހުން ނުކުޅެދޭ މީހުންނަށް ހައްދަވާ" ކަމަށް ވެސް ސިޔާމަށް ވިދާޅުވެވުނެވެ.
RT hilantey: Madam Raanee heyofulhu kamun kulhedhey meehun nukulhedhey meehunnahves hehdheviyyoa 😂😂😂 Sunsiyam hanaigabaa? pic.twitter.com/pjy7fFKXaQ (via Twitter https://t.co/eu9NtFnwJN) pic.twitter.com/7qVx7oidG6
— abbo (@abbomv) January 3, 2018
ސަދަގާތު ފައުންޑޭޝަނުން ބޭއްވި ޚިތާނީ ފެސްޓިވަލް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ ޕީޕީއެމް
ސިޔާމް މިހެން ވިދާޅުވުމާ އެކު، ފާތުންގެ މޫނުފުޅުގައި އަތް އަޅުއްވައި ލަދުން އުޅުއްވި މަންޒަރު ވީޑިއޯ އިން ފެނެ އެވެ.
"އަޅުގަނޑުމެންގެ ރާއްޖޭގައި މިހިރީ އިނގިރޭސިވިލާތުގެ ރާނީއަށް ވުރެން މާ އޯގާތެރި، މާ މުހިއްމު، މާ ގިނަ މަސައްކަތްތަކެއް ކޮށްދޭ ރާނީއެއް،" ސިޔާމް ވިދާޅުވި އެވެ.
Anyone and everyone who want to learn how to flirt your partner are highly recommended to watch Sun Siyam's recent speech at Sodhagaath Foundation Rally! #Ekanbuloagefaanu
— Mohamed Hassaan (@HassaanMuaviyat) January 3, 2018
ދީލަތި އެހީ ދެއްވުމުގައި ވެސް ފަސްޓް ލޭޑީއަކީ ނަމޫނާއެއް ކަން ފާހަގަކުރައްވައި ސިޔާމް ވިދާޅުވީ "އަޅުގަނޑު ބޭނުންވަނީ ސުވަރުގޭގެ މަތިވެރި ގަނޑުވަރުތައް އުފެއްދުން" ކަމަށެވެ.
"އަދި އަޅުގަނޑު އެދެނީ އެ ގަނޑުވަރަށް އެކަމަނާ ލެއްވުން، ލައްވައިގެން އެ ހުރިހާ ނަސީބެއް އެކަމަނާއަށް ލެއްވުން،" ސިޔާމް ވިދާޅުވި އެވެ.
އެކަމަކު އެ ވާހަކަތަކުގެ ތެރެއިން "ކުޅެދޭ މީހުން ނުކުޅެދޭ މީހުންނަށް ހައްދަވާ" ކަމަށް ވިދާޅުވި ވާހަކައަށް ސިޔާމް ވަނީ ފަހުން މައާފަށް އެދިވަޑައިގެންފަ އެވެ. އޭނާ އެގޮތަށް މައާފަށް އެދިވަޑައިގަތީ ފަހުން ފުރުސަތު ހޯއްދަވައިގެންނެވެ.
ސިޔާމް ވިދާޅުވީ ކޮންމެ މީހަކަށް ވެސް ވާހަކަ ދެއްކުމުގައި "އަނގައޮޅޭނެ" ކަމަށެވެ.
އެކަމަކު ސިޔާމްގެ ތައުރީފަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ ފާޑުކިއަމުންނެވެ.
އެއް ބަޔަކު ބުނެފައިވާ ގޮތުގައި، "ތައުރީފް ކުރިއަސް އެއީ ބޮޑުވަރެ"ވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަރުމާ
06 January 2018
ތަޢުރީފްކޮށް ޘަނާ ކިޔަންވާނީ އިސްލާމީ ޙުދޫދުގެ ތެރެއިން ބޭރުނުވެ. ބޭރުވެއްޖެނަމަ އެދެވެނީ ނުރައްކާތެރި މަގަކުން
މަނަދޫ މީހާ
05 January 2018
މިކަމަށް އެންމެ ރަގަޅު ގޮތަކީ ޝިޔާމު ތައުބާވެ ހަމްދުކޮށް އަދި އެ ކުރެވުނު ކަމަށް މަޢާފު ކުރުން. އަދި ކުރިއަށް އޮތްތަނުގައި މިފަދަ ކަމެއް ރިޕީޓްނުކޮށް އިސްލާމް ދީނުގައި ސާބިތުވެ އިހުސާންތެރިއެއްގެ ގޮތުގައި ދިރުއުޅުން ބިނާކުރުމެވެ. ފައިސާ ގިނަވުމަކީ ނުވަތަ ފައިސާ އަކީ ހުރިހާ އެއްޗެއް ކަމަށް ދެކިގެން ނޫޅުމެވެ. ޝިޔާމުއަށް ހެޔޮވިސްނުން ދެއްވާންދޭވެ.
ޢަހުމަދު
06 January 2018
ގޯހީ ހަމައެކަނި ޝިޔާމެއްބޫން. ސަލަފް ޝޭހުބުނާހެން ތިކަހަލަ ތަންތަނަށް މީހުން ނުދާނަމަ ޝިޔާމްވެސް އެހާފޯރިއެއް ނޭރީސް.
ޢައީދާ
05 January 2018
ޙުރިހާ އެންމެން އަބަދަކު ހަމައިގައެއް ނުތިބޭނެ
ޕިންކް ކުލަ
05 January 2018
ތީ އަޖައިބުވާންޖެހޭ ކަމެއްކަމަކަށް ނުދެެކެން ގަމާރުންގެ ފަރާތުން އަދި ހުރީ ކުރިޔަށް މީ 2018 ބައިވަރު އަޑު އިވޭނެ
ނަޖްވާ
05 January 2018
އާނ ދެން ތާރީފު ކުރިޔަސް އެއީ ބޮޑު ވަރެއް ދޯ! ކުރިން މި ފާޑަށް އުޅުނު ޤާސިމުވެސް މަޢުމޫނަށް ތަޢުރީފް ކޮށްކޮށްފަ!
ކޮސްބެ
05 January 2018
ސިޔާމޫ މުއްބާރު ނުކޮއް ކޮންމެ އަހަރަކު ރިސޯތުތަކުގެ ފައިދާއިން ޖީބައްލާ 253 މިލިޔަން ޑޮލަރުން %1 މުވައްޒަފުންނައް އަހަރީ ބޯނަސްގެ ގޮތުގަ ދީބަލަ
ފަތުން
05 January 2018
އަހަނއްނައްވެސް ހީވި ސިޔާމް ކީހެން ކެންޕޭންތެރޭ ހިސާވެސް މުައްޒަފުންނައް ދޭނެވާހަކަ... އަނެއްކާ އިވުނީ ގޯސްކޮއްބާ
އެމް
05 January 2018
ކުފުރުވެވޭކަން ނޭނގެނީ އިސްލާމީ ތަރުބިއްޔަތު ނެތީމަ...
ތެދު
05 January 2018
ޝިޔާމު ހަމަ ތަންދޮރު ނުދަންނަނީ އެވެ. ޢަތުގައި ލާރިގިނައކަސް އެއީ ތައުލީމީ ޔާފަތުގެ މީހެއްނޫނީއެވެ. ޕޮއިންޓް ހޯދަން ހުޝާމަދު ކުރިއަސް އެއީ ފުކެއްބޮޑު ވަރަށްފޫހި އޭނައަށް ކިޔޭ އެއްޗެއްވެސް ނޭނގެނީތޯއޗެއް
ޔނގނގ
05 January 2018
މެޑަމަށް ތައުރީފުކުރާ ފަށުވި "އަދީބެއް" އަނެއްކާވެސް ފާޅުވަނީބާ؟
ޡެރޮ
05 January 2018
ބައެއް މީހުން ހަމާގަހުންނަވަރު ލޮލް