ނިހާން: ރޭޕްގެ އަމަލު ހިންގީ ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު އެ މީހަކަށް ދޭން އޭނާ ވަނީ ގޮވާލައްވާފައި --ފޮޓޯ/މިހާރު
06 ޖެނުއަރީ 2018 - 14:04
ޒުވާން އަންހެން ކުއްޖަކު ރޭޕް ކުރީ ކޮންމެ މީހަކު ކަމަށް ވިޔަސް، އެ މީހަކަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން މިއަދު ގޮވާލައްވައިފި އެވެ،
މިދިޔަ ހަފުތާގައި 19 އަހަރުގެ އަންހެން ކުއްޖަކު މާލޭގެ އާޓް ސްޓޫޑިއެއްގެ ތެރޭގައި ރޭޕްކުރި މައްސަލައެއް ފެންމަތިވެފައި ވަނިކޮށް، ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެ އަމަލު ހިންގީ ކޮންމެ މީހަކު ކަމަށް ވިޔަސް، އެ މީހަކު ވަގުތުން ހައްޔަރުކޮށް، ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު އެ މީހަކަށް ދިނުމަށް ފުލުހުންނަށާއި ޝަރުއީ ދާއިރާ އަށް ގޮވާލާ ކަމަށެވެ.
Rape massala fenmathivumaa eku, ethah shuooreh https://t.co/kn6aMIVaVD Rape Amalugai Baiveri vee konmme meehaku namaves emeehaku Mihaarun Mihaarah Hayyaru Koh, Thahgeeg koh, @PoliceMv Qanoonugai vaa enmme Harukashi Adhabu Dhinumah Govaalan. @judiciarymv
— Ahmed Nihan (@ahmed_nihan) January 6, 2018
ނިހާންގެ ޓްވީޓް
ނިހާންގެ އިތުރުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވެސް ވަނީ، ރޭޕްގެ އަމަލު ހިންގި މީހާއާ ދެކޮޅަށް އެކަށީގެންވާ ހެކި ހުރެއްޖެ ނަމަ އެ މީހަކު ވަގުތުން ހައްޔަރު ކުރަން ގޮވާލައިފަ އެވެ. އަދި އެފަދަ މީހުންނަކީ މުޖްތަމައަށް ހުރި ނުރައްކަލެއް ކަމެއް ވެސް ވަނީ ސިފަ ކުރައްވައިފަ އެވެ.
Impunity to any rape suspect is unacceptable. Rape suspects being at large is a threat to every women of the country. Police should take stringent action including immediate arrest if the case is substantial! https://t.co/D0td3wmnKJ
— Abdulla Riyaz MP (@riyazabdulla) January 6, 2018
ރިޔާޒްގެ ޓްވީޓް
ރޭޕްގެ އެ މައްސަލަ ބަލަމުންދާ ކަން ފުލުހުން ކަށަވަރު ކޮށްދިނަސް، އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. އެހެންކަމުން ރޭޕް ކުރެވުނީ ކޮން އަންހެން ކުއްޖެއް ކަމެއް އަދި އެ ކުއްޖާ ރޭޕްކުރީ ކާކު ކަމެއް ނޭނގެ އެވެ.
ސޯޝަލް މީޑިއާގައި އެކި މީހުން ކޮށްފައިވާ ޕޯސްޓްތަކުގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ތިމާގެ މީހެކެވެ. އެއީ ކާކު ކަން ކަށަވަރު ނުވިޔަސް، އެކަމުގައި އޭނާ ހައްޔަރު ވެސް ނުކުރާނެ ކަމަށާއި އަދަބު ވެސް ނުލިބޭނެ ކަމަށް ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.
ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ރޭޕް ކުރުމަކީ ބޮޑު އަދަބު ލިބޭ ކުށެކެވެ. ރޭޕްކޮށްފި ނަމަ 15 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނަ އިރު، އެ އަމަލު ހިންގުމުގައި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފި ނަމަ އެ އަދަބު ބޮޑުވެ، 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލީން
16 January 2018
އާ ރޭޕިސްޓުންނަށް ހަމަ އެންމެ ހަރުކަށި އަދަބު ދޭންވީ. މިކަންތަށް މިހާ އާންމު މިވަނީ ރޭޕުގެ އަމަލު ހިންގާ މީހުންނަށް ހަރުކަށި އަދަބު ނުދޭތީ.
ޜުމާ2
07 January 2018
ޖެންޑަރ އޮތީ ނިދާފާ
ހަމަ ތެދެއް
07 January 2018
އެވާނީ އޮޅުމަކުން ކުރެވުނު ކަމަކަށް. މިހާރު މިޤައުމުގައި ހުރިހާ ކަމެއްވެސް ކުރެވެނީ އޮޅުމަކުން...
މުަހަަައްމާ
07 January 2018
މިހާ ބޮޑެތި ކުށް ޤާނޫނުގައި ކަނޑައަޅާފައިވާަ މައްސަލަތައް ވަރަށް ބޮޑަށް ތަޙްޤީގު ކުރެވެން ވާނެކަމުގައި ދެކެން.
ގޮއްޔެ.
07 January 2018
ލަދުޙަޔާތެއްނެތް ދޯ ފާޑުފާޑުގެ ވާހަކަ ދައްކަން. މީހުންގެ ލޮލުގައި އަނދުން އަޅުވަން އުޅޭނޭ ކަމެއްނެތް. މާދަމާ ވާނީ އަންހެންކުއްޖާ އެސޮރު ރޭޕް ކުރިކަމަށް. އާރާއި ބާރުގައި މިއަދު ހިތުހުރިއެއްޗެއް ހެދިދާނެ.
ދެރަކަލޯ
07 January 2018
ރޭޕްކުރީ ދެތްތޯ ދެން އެކަންނިމުނީ ދެތްތޯ
ޜިޔާޒް
07 January 2018
މިހާރު ގިނަ އަންހެން ކުދިން ފޭރުމަށް ބޭނުން ކުރާ ފަހުގެ އުކުޅެށް
ރައީސް
07 January 2018
މީޑިޔަތަކުން މިކަން ގާތުން ބައްލަވާ. ފުލުހުންވެސް މިމައްސަލަ އަވަސްކޮށްލަ ދެއްވާ. އަޅުގަނޑުމެންގެ އަނބިދަރީންގެ ހައްގުގައި މިފަދަ މައްސަލަތަށް ދޫކޮށްލެވޭކަށްނެތް. ވައްކަމާއި ފޭރުންގިނަވެފައިވާއިރު ރޭޕުކޭސްތަށް ގިނަވެއްޖެނަމަ މިގައުމު ފަސާދަވެ ނިމުނީ. ގައިމު ދެވަނަ އިންޑިޔާއަކަށް ވާކަށް އެކަކުވެސް ނޭދޭނެ. މިއީ ސިޔާސީ ކަމެއްނޫން... އިޖްތިމާއީ މުހިންމު މައްސަލައެއް...
ހެހެ
06 January 2018
އަންހެން ކުއްޖަކު ރޭޕް ކުރި ވާހަކަ ލިޔުނީމަވެސް ދައްކަނީ ވެރިކަން ބަދަލުކުރި ވާހަކަ. އެކުއްޖާއަކާ ފިކުރެއް ނެތް. ބޮލަށް އެއްޗެއް އަރާފަ ދޯ ތި ތިބެނީ! ސާބަސް، ހަމަ އިނގޭ!
ވެރިކަން ބޮޑުކަން އަތްގަދަކަން
07 January 2018
ވެރިކަން ވައްޓާވާހަކަ އެ ދައްކަނީ އެ ކުއްޖާއަށް އިންސާފު ހޯދާދިނުމަށް. ބައިނަލް އަގުވާމީ ފަރާތްތަކުން ރާއްޖޭގެ ސައުރީ ދާއުރާއަށް އިތުބާރު ނުކުރާތީ
އަކީތު
06 January 2018
ދައުލަތުގެ މާލިއްޔަތު ރޭޕުކުރުން އެއީވެސް ކުށެއް.