ޚަބަރު / ލ. މުންޑޫ

އަންހެނަކާ މާރާމާރީ ހިންގުމުގެ ތުހުމަތަށް މުންޑޫ ކައުންސިލްގެ ނައިބު ރައީސް ހައްޔަރުކޮށްފި

ލ. މުންޑޫ:.-- ފައިލް ފޮޓޯ: ޕޮލިސް

އަންހެނެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ލ. މުންޑޫ ކައުންސިލްގެ ނައިބު ރައީސް އަދި ޖުމްހޫރީ ޕާޓީގެ މެމްބަރު އާދަމް ނާސިފު ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާރާމާރީއެއްގެ މައްސަލާގައި މުންޑޫން އުމުރުން 30 އަހަރުގެ މީހަކާއި 19 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކީ އެ ރަށު ކައުންސިލްގެ ނައިބު ރައީސެވެ.

މުންޑޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ، މާރާމާރީގައި އަނިޔާވި ކަމަށް ބުނާ އަންހެން މީހާ ކައުންސިލް އިދާރާގެ ތެރެއަށް އިއްޔެ ވަޅިއެއް ހިފައިގެން ވަން ކަމަށެވެ. އަދި އޭނާއާ ނާސިފާ ދެމެދު ޒުވާބުތަކެއް ހިނގި ކަމަށް ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

"ކޯޓަށް ފޮނުވި ސިޓީއެއްގެ ޖަވާބު ލިބުނު ގޮތުން އޭނާ ހިތްހަމަނުޖެހުނީ ކަމަށް ބެލެވެނީ. އިއްޔެ ކައުންސިލް އިދާރާ ތެރެއަށް ވެސް އެ އަންހެން މީހާ ވަޅި ހިފައިގެން ވަން. އޭރު ނާސިފާ އަންހެން މީހައާ ދެމެދު ހިތްހަމަނުޖެހުންތަކެއް އުފެދުނު. ފަހުން ރޭ ބަނދަރު ކައިރީގައި ހުއްޓާ އެ އަންހެން މީހާ އައިސް އަނެއްކާ ޒުވާބުކުރަން ފެށީ. އޭގެ ފަހުން ހިނގި ކަމެއް ކަމަށް ބެލެވެނީ،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

ބަނދަރު ސަރަހައްދުގައި ހިނގި ޒުވާބުގެ ތެރޭގައި އަންހެން މީހާ ބިންމައްޗަށް ވެއްޓުނު ކަމަށާއި ބޮލަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އެ މެމްބަރު ވިދާޅުވި އެވެ.

"ހަޅޭއްލެވުމުގެ ސަބަބުން އަންހެން މީހާ ބޮލަށް އެނބުރުން އަރައިގެން ވެއްޓުނު ކަމަށްވަނީ. ދެން ސިއްހީ މަރުކަޒަށް ގެންދިޔައީމަ ޑޮކްޓަރުން ވަނީ ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދަން ލަފާދީފައި،" ކައުންސިލް މެެމްބަރު ވިދާޅުވި އެވެ.

9 ކޮމެންޓް, 34 ރިއެކްޝަންސް

icon happy icon happy 26%
icon sad icon sad 9%
icon angry icon angry 65%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސާދާސީދާ

09 January 2018

ވަޅިހިފައިގެން ނުގޮސް ޕޮލިހަށް ރިޕޯރޓްކުރަންވީނުންތޯ؟ އަދި އެއަށްފަހު ކޯޓަށް ވެސް ހުށަހަޅަންވީނުންތޯ؟

The name is already taken The name is available. Register?

234333

08 January 2018

ބަޓް ވާއިއިއިއިއި!!!!!

The name is already taken The name is available. Register?

މުންޑޫ މީހާ

08 January 2018

ލާމް މުންޑޫ މީހުން ގަމަށް ނުލާހިކު ހެޔޮނިޔަތުގައި، އިނާޔަތްތަކަކާއި އެކު ބަދލަްކުރަން އުޅުމުން ބަޔަކު ހައްލާލާއިގެން، އެންމއ 5 ވަރަކަށް އާއިލާ ތި ރަށުގައި ބައިތިއްބާގެން އުޅެނީ ތިކަހަލަ ބާރު ހުރިމީހުން ޖަރީމާތައް ހިންގަން.، ތިރަށުްނ އެންމެން ބާލަބް ގޮވާލަން. ރައްޔިތުން ދައްކާ ޓެކްސް އިން ވަކަި ބަޔަކަށް ބޭނުންހާ ފައިދާއެއް ނެގިގެން ނުވާނެ، ތި ރަށުގައި ދިރިއުލޭ 35 ވަރަކަށް މީހުން ނަށް ޚިދުމަތް ދިނުމަށް ޑޮކއޓަރަކު ބަހައްޓަންޏާ 3500 ހާސް މީހުން (ޓެކްސް ދައްކާ) ތިބޭ ރަށެއްގައި 100 ޑޮކްޓަރުން ޚިދުމަތްދޭން ތިބެން އެބަޖެހޭ. ގޮތެއް ނެތިގެން ތި ގޮތަށް ރަށެއްގަ ދިރިއުޅުމާއި ގޮތް ދޫނުކުރަން ތިރަށުން ނުފައިބާތިބެ ތިކަހަލަ ޖަރީމާހިންގުމާއި ވަރަށް ތަފާތު

The name is already taken The name is available. Register?

ހަސަނު.

08 January 2018

ފަސްފަހަތުން ވަޅި ހިފައިގެން ދުވަން ޖެހޭތަ؟ އެ އަންހެންމީހާ މިއަދު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތީ އޭނާގެ އެއްވެސް ކުށެއްނެތިބާ؟؟؟ އަންހެނަކަސް ކުޑަކުއްޖަކަސް އެޓޭކް ކޮށްފިއްޔާ ކޮންމެ މީހަކުވެސް އަމިއްލަ ދިފާއުގައި ތެދުވާނެ

The name is already taken The name is available. Register?

އަސްލުހާލަތު

08 January 2018

ކުރީގެ ގޮތަށް ބުނާކަމަށް ވަންޏާ ހުކުރު ހަމަނުވާ ރަށްރަށުގަވެސް ކައުންސިލެއް ބާއްވަންވީމަ ތިހެންވާނެ.. ޤާނޫނު ތަންފީޒު ނުކުރެވޭތީ އެހެން އެވަނީ 2010 ވަނަ އަހަރު ފާސްކުރި ޤާނޫނެއް ލާމަރުކަޒީ ޤާނޫނަކީ އޭގަ ލާޒިމްކޮށްފަ އޮވޭ މީހުން ދިރިއުޅޭ ރަށެއްކަމަށް ރާއްޖޭގެ ރަށެއް ކަނޑައެޅޭނެ އެންމެ ކުޑަ އާބާދީ ކަނޑައަޅާ އާންމުކުރަން.. އެކަން ނުކުރާތީ ބޭކާރު ހަރަދު ބަޖެޓުން ހޭދަކުރަން ޖެހެނީ ކުރާނެ މަސައްކަތެއް ނެތީމަ މަހަށް ދިއުމާ ފައިޓްކުރުމުގަ ދޯ އުޅޭނި.

The name is already taken The name is available. Register?

ޒިމް

08 January 2018

މުންޑޫގަ ކޮން ކައުންސިލެއްހޭ؟ މީހުން ބާލަފަ އޮތް ރަށެއް މ،ިހާރު 30 ހަމަނުވާވަރަށް މީހުން އުޅޭއިރުވެސް ކައުންސިލެއް އޮންނަން ޖެހޭ ހެއްޔޭ ބޮޑު މުސާރަދީފަ.. އަޖައިބެއް؟؟ ލާމަރުކަޒީ ޤާނޫނުގަ އޮވޭ އެންމެ ކުޑަ އާބާދީ ޤާއިމްކުރުން ލާޒިމްކޮށްފަ އެކަން ނުކުރަނީ ކިއްވެހޭ؟ އޭރުން މީހުން އުޅުނަސް އެއީ މީހުން ދިރިއުޅޭ ރަށެއްކަމަކަށް ޤާނޫނީ ގޮތުން ނުބެލެވޭނެ އެފަދަ ރަށްރަށް ހިންގާނީ އެންމެ ކައިރި ރަށެއްގެ ކައުންސިލަކުން ނޫނީ އަތޮޅު ކައުްނސިލުން..

The name is already taken The name is available. Register?

އިންތިހާ

08 January 2018

ސަރުކާރާ އިދިކޮޅު ޕާޓީގެ ކައުސިލަރެއް ކަމަށްވާތީ، ތިޔަ ވާނީ ސިޔާސީ ކަމަކަށެވެ. މިހާރު ކަންހިގާގޮތުން ކުށެއްގެ ތުހުމަތުކުރެވޭ މީހާއަކީ ސަރުކާރާ ދޮކެޅު ޕާޓީއެއްގެ މީހެއްނަމަ އެމީހާގެ ދިފާއުގައި ލީޑަރުން ތެދުވެއެވެ. އަދި ކުށެއްގެ ތުހުމަތުކުރެވޭ މީހަކީ ސަރުކާރަށް ތާއީދުކުރާ މީހެއް ނުވަތަ އެމީހެއްގެ ތިމާގެ މީހެއްނަމަ، އެމީހަކަ ދެކޮޅަށް އިދިކޮޅު ލީޑަރުން ތެދުވެއެވެ.

The name is already taken The name is available. Register?

ވަހީދު

08 January 2018

ސިޔާސީ ލޮލަކުން ބަލާ މީހުންނަށް ފެންނާނީ ކައުންސިލަރުގެ ކުށް. އަންހެން މީހާ އަމިއްލައަށް ވެއްޓިގެން ވެސް ކައުންސިލަރު ކުށްވެރި ކުރެވޭތޯ ބަލާނެ.

The name is already taken The name is available. Register?

ކައްޓިމަސް

08 January 2018

އަންހެނުންގެ ޖިސްމާނީ ބަލިކަށިކަމުން އެމީހުނަށް ހައްޤު އޮންނަންވާނެ.. އެކަމަކު މުޖުތަމައުގަ ފިރިހެނުންގެ ހައްގު އެއީ ނެތް އެއްޗެއް ކަމަށް ބަލައިގެންވެސް ނުވާނެ.. ވަޅި ހިފައިގެން ދިޔުމަކީ މައްސަލައެއް.. މާރާމާރީ ހިންގައިގެން ނުވާނެ... އެހެން ނަމަވެސް އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ހައްޤު ފިރިހެން މީހާއަށް ވެސް ލިބިގެންވޭ.. ރަނގަޅަށް މައްސަލަ ތަހުޤީގު ކޮށް އިންސާފުން ނިންމާތި..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454