ޚަބަރު / ރައުދާ އާތިފް

ރައުދާގެ މަރު ފަސް ވަނަ ފަހަރަށް ތަހުގީގު ކުރަނީ

ދިވެހި މޮޑެލް ރައުދާ.-- ފޭސްބުކް ފޮޓޯ: ސޮއްޓި

ބަންގްލަދޭޝްގައި ކިޔަވަން ހުއްޓައި މިދިޔަ އަހަރު މަރުވި ދިވެހި މޮޑެލް، ރައުދާ އާތިފްގެ މަރުގެ މައްސަލަ އަނެއްކާވެސް އެ ގައުމުގެ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ ޑެއިލީސްޓާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައުދާގެ މަރުގެ މައްސަލަ އެ ގައުމުގެ ފުލުހުން ފަސް ވަނަ ފަހަރަށް ބަލަން ފެށީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އެ ގައުމުގެ ޕޮލިސް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ޕީބީއައީ) އިން މި މައްސަލަ ތަހުގީގު ކުރަން ފެށީ ރައުދާ މަރުވީ އަމިއްލައަށް ކަމަށާއި އޭނާ އެކަންތައް ކުރީ ލޯބިވެރިޔާއާ ޖެހުނު މައްސަލަތަކަކާ ގުޅިގެން ކަމަށް ކަނޑައަޅައި ބަންގްލަދޭޝް ފުލުހުން މައްސަލަ ނިންމާފައިވަނިކޮށެވެ.

ރައުދާ ދަންޖެހި މަރުވެފައި ހުއްޓާ ފެނުނީ އޭނާ ބަންގްލާދޭޝްގައި ކިޔަވަން އުޅުނު ކޮލެޖްގެ ނިދާ ކޮޓަރި ތެރެއިން، މިދިޔަ މާޗް މަހުގެ 29 ވަނަ ދުވަހު އެވެ. ރައުދާ މަރުވީ ދަންޖެހިގެން ކަމަށް އެންމެ ފުރަތަމަ ހެދި އޮޓޮޕްސީން ވެސް ދެއްކި އެވެ. ނަމަވެސް ރައުދާ އަމިއްލައަށް މަރު ނުވާނެ ކަމަށާއި ބަޔަކު އޭނާ މަރާލީ ކަމަށް ބުނެ އާއިލާއިން މައްސަލަ ހުށަހެޅުމުން ރައުދާގެ ހަށިގަނޑު ނަގައިގެން ދެ ވަނަ އޮޓޮޕްސީއެއް ވެސް ހެދި އެވެ.

ފުލުހުންގެ ތަހުގީގީ ނަތީޖާތަކާމެދު ރައުދާގެ ބައްޕަ މުހައްމަދު އާތިފް ދެކޮޅު ހަދަ އެވެ. އަދި އޭނާ ވަނީ ފުލުހުންގެ ތަހުގީގަށް އިތުބާރު ނުކުރެވޭ ކަމަށާއި ފުލުހުންގެ ހުށަހެޅުން ކޯޓުން ބަލައިނުގަތުމަށް އެދިފައެވެ.

ފުލުހުން ބުނެފައިވަނީ ރައުދާ ދަންޖެހިގެން މަރުވީ ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކާއިރު ރައުދާގެ ފޯނާއި ލެޕްޓޮޕުން އަދި އެހެން ގޮތްގޮތުން ލިބުނު މައުލޫމާތާ ހާދިސާ ހިނގައިދިޔަ ގޮތާ ދިމާވާ ކަމަށެވެ. ފުލުހުން ބުނީ ރައުދާ މަރުވީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދިވެއްސަކާ ޖެހުނު މައްސަލައެއްގައި ކަމަށެވެ. ރައުދާގެ ލޯބިވެރިޔާ އަކީ އިނގިރޭސި ވިލާތުގައި ކިޔަވަން ހުންނަ މީހެއް ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ. ވިލު ނޫކުލައިގެ ކަޅީގެ ސަބަބުން މަޝްހޫރުވެގެން ދިޔަ ރައުދާގެ މަރުގެ މައްސަލައާ ގުޅޭގޮތުން އޮސްޓްރޭލިއާގެ ޓީވީ ޗެނަލަކުން ވަނީ ޑޮކިއުމެންޓްރީއެއް ހަދާފަ އެވެ. ރައުދާގެ މަރުގައި ޝައްކުތަކެއް ހުރި ކަމަށް އެ ޑޮކިއުމަންޓްރީގައި ބުނެފައިވެ އެވެ.

8 ކޮމެންޓް, 43 ރިއެކްޝަންސް

icon happy icon happy 26%
icon sad icon sad 35%
icon angry icon angry 40%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާމިދު ދާއީ

10 January 2018

އީމާންތެރިކަން ކުޑަވީމާ މިކަހަލަ ކަންކަން ހިނގައިފާނެކަމަށް ގަބޫލުކުރެވެން އެބައޮތް. އެކަމަކު ކަންވީގޮތް މޮޅަށް ދެނެވޮޑިގެންވާނީ ﷲ ތަޢާލާ. އަހަރުމެން ދިރިތިބިންނަށް އޮތްކަމަކީ މަރުހޫމާއަށް ސުވަރުގޭޣެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުވާކޮށް، ފާފަފުއްސެވުމަށް އެދުން. ލޯބީގެ ކަމެއްގައި އެވަރުގެ ޑިސިޝަނެއް ނަގާފާނެކަމަށް ގާތްތިމާގެ މީހުން ގަބޫލު ނުކޮށްފާނެ. އެހެންނަމަވެސް ނަމާދާއި ދީނީ ކަންކަމާ ދުރުވީމާ އެހެންމީހަކަށް ހިލަމެއްވެސް ނުވެ "ޑިޕްރެޝަން" ގެ ތެރެއިން މިފަދަ ކަމެއް ހިނގުމަކީވެސް ވެދާނެކަމެއް. އެއްބަޔަކު ލައްޗާ ތިތަހުގީގު ކިތަންމެވަރަކަށް ކުރިޔަށް ގެންދިޔަޔަސް އެއް ނަތީޖާއެއް ނުކުންނާނީ. ރައުދާގެ އެބުނާ ލޯބިވެރިޔަކު ހޯދާ އޭނާއާވެސް ސުވާލު ކުރަންވީނުން. ނޫނީ، ދީނީ ހައްދުފަހަނަ އަޅާފައިވާ ބަޔެއްގެ ކަމެއްތޯ ބެލުމަށްވެސް އެ ޔުނިވަރސިޓީގައި އަތްފުނާ އަޅަންވީނުން.

The name is already taken The name is available. Register?

ްެއަހްމަދީންޖާދު

10 January 2018

ހަނދާން އެބަހުރިތޯ މާފަންކު ކޮޅު 50 ހުނަމަތީގެ އަންހެނަކު ދަންޖެހުނު ހަނދާން ؟؟ އެއީ 5 ވަގުތު ނަމާދުބަރާބަރަށް ގާއިމްކޮށް އުޅުއްވި ކަމަނާއެއް އެހެން އުޅެމުން ދަނިކޮށް އެއްދުވަހު ހަވީރު އަސުރުނަމާދުކުރަން ކޮޓަރިއަށް ވަދެ ލަސްވެގެން ޙަބަރެއް ނުވެގެން ބެލިއިރު ހުރީ ނަމާދު ދޮޅިއަޅައިގެން ފަންކާގައި އެލި ދަންޖްހިފައި . އަދި މީގެ އަހަރެއްހާ ދުވަހުކުރިން ދަންޖެހުނު 40 ހަކަށް އަހަރުގެ މީހަކީ ގަވާއިދުން ކޮންމެދުވަހަކު ޔާސިންވެސް ކިޔަވާ ނަމާދުކޮށް އުޅުނު މީހެއް ، އެހެންވީމައި އަޅުގަނޑަށް މީގައި ދަންނަވާކަށް ނޭންގޭ މިވާގޮތެއް، އަޅެ ތިޔަބޭފުޅާ ނިކަން ވިދާޅުވެދީބަލަ ،

The name is already taken The name is available. Register?

އަޖައިބު

10 January 2018

ކެންސަރު، ހަކުރު ބަލި، ހިތުގެ ބަލި، މިއީވެސް ނަމާދު ނުކުރާ މީހުންނަށް އެކަނި ޖެހޭ އެއްޗެއްސެއް ނޫން. ޕްރެޝަނަކީވެސް ބައްޔެއް. އަޅުކަން ކުރިޔަސް އަދި ނުކުރިޔަސް ޖެހޭ ކަންކަން.

The name is already taken The name is available. Register?

ނެޑް

11 December 2019

ހާމިދު ދާއީ ތިޔަކަހަލަ ކޮމެންޓެއް ލިޔާނީ އީމާންތެރިކަން ކުޑަވީމައި.

The name is already taken The name is available. Register?

އަހްމަދު

09 January 2018

މަރްހޫމާއަށް އުނދަގޫނުކޮށް ކެއްތެރިކަމާ ސަވާބަށް ދުވާކުރުން މާރަނގަޅުވާނެ، މޫނު ބަލަން ދާއިރުގައިވެސް އަޑުގަދަކޮށް ހިތާމަނުކުރަން އޮންނީ މަރުވި ފަރާތައް އޭގެން އިތުރަށްލިބޭ ވޭން ކުޑަކުރުމަށް ދެއްތޯ؟

The name is already taken The name is available. Register?

ޕީސް

09 January 2018

100 ފަހަރު ކުރިޔަސް އެއްބަޔަލު ކުރަންޏާ އެއް ނަތީޖާއެއް ނުކުންނާނި.. ތިޔަކަން ހުއްޓާލާ.. ލެޓް ހަރ ރެސްޓް އިން ޕީސް

The name is already taken The name is available. Register?

އެހެންނާފަހެ

09 January 2018

ކޮންއެއްޗެއްހޯދަން. މަރުނުވާކަމަށް ހަދަންތަ؟

The name is already taken The name is available. Register?

އަޖައިބެއް

09 January 2018

މިއީ ދެން މިހާރު ކުޅޭ ކުޅިވަރަކަށް ވެއްޖެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454