ށ. މިލަންދޫ ސްކޫލްގައި އަލަށް އިމާރާތްކުރި ބިލްޑިންގް
13 ޖެނުއަރީ 2018 - 22:14
ށ. މިލަންދޫ ސްކޫލްގައި އަލަށް ހެދި ހަތަރު ބުރި އިމާރާތުގެ ކްލާސް ރޫމެއްގެ ސީލިންގު ވެއްޓުނު ކަމަށް ބުނެ ފަތުރާފައި ވަނީ ދޮގު ވާހަކައެއް ކަމަށާއި އެތަނުގައި މަސައްކަތެއްކުރަން ސީލިންގު ނައްޓާލީ ކަމަށް އެ އިމާރާތުގެ ކޮންޓްރެކްޓަރު ބުނެފި އެވެ.
އެތަނުގެ ކޮންޓްރެކްޓަރު އެސް ޖޭ ކޮންސްޓްރަކްޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސްކޫލުން އެދިގެން ސީއެސްއާރުގެ ދަށުން ކޮމްޕިއުޓަރު ލެބުގައި އިތުރު ލައިޓްތަކެއް ހަރުކޮށް އެތަނުގައި ޕްރޮޖެކްޓަރެއް ހަރުކޮށް އެއަށް ބޭނުންވާ ކޭބަލްތައް އެޅުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ.
"އެ މަސައްކަތްކުރުމަށްޓަކައި ސީލިންގުން ބައެއް ނައްޓައިގެން މަސައްކަތްކުރާކަން ސްކޫލަށް ވެސް ވާނީ އަންގާފައި. އެއީ އެއްވެސް ހާލެއްގައި، ސްކޫލުގެ ސީލިންގުން ބައެއް ވެއްޓުނީއެއް ނޫން. ނުވަތަ ހަލާކުވީއެއް ނޫން. ނަމަވެސް މިދެންނެވި މަސައްކަތްކުރުމަށް އަޅުގަނޑުމެންގެ މުވައްޒަފުން އެ ސީލިންގުގެ ބައެއް ނައްޓާލީ،" އެ ކުންފުނިން ބުންޏެވެ.
މިލަންދޫ ސްކޫލުގައި އަލަށް ހެދި އިމާރާތުގެ ކްލާސް ރޫމެއްގެ ސީލިންގުން ބައެއް ވެއްޓުނު ކަމަށް ކައުންސިލުން ބުނި ނަމަވެސް ކޮންޓްރެކްޓަރު އެކަން ދޮގުކުރޭ.
ނަމަވެސް އެ ރަށު ކައުންސިލްގެ މެމްބަރަކު މިރޭ ވިދާޅުވީ އެތަނުގައި ހުރި ސީލިންގުގެ ބައެއް ވެއްޓުނީ ކަމަށެވެ. އަދި އެތަނުން ބައެއް ވެއްޓުނީ ސީލިންގެ ސަޕޯޓު ހަރުކޮށްފައި ނެތުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެސް ޖޭ ކޮންސްޓްރަކްޝަނުން ބުނީ އެ ސީލިން ނައްޓާލައިގެން މަސައްކަތް ކުރަމުންދަނިކޮށް މިލަންދޫ ކައުންސިލުގެ ބައެއް މެމްބަރުން ސޯޝަލް މީޑިއާގަ އާއި ބައެއް ނޫސްތަކަށް ދީފައި ވަނީ ހަގީގަތާ ހިލާފް މައުލޫމާތުތަކެއް ކަމަށެވެ.
"މިލަންދޫ ސްކޫލް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރުމުގެ ކުރިން ކަމުގެ ފަންނީ ބޭފުޅުން ވަޑައިގެން ފައިނަލް އިންސްޕެކްޝަން ކުރައްވާ، ބައްލަވަން ޖެހޭ އެންމެހާ ކަންކަންވަނީ ބައްލަވާފައި. އަދި އިމާރާތުގެ މަސައްކަތްކޮށްފައި ވަނީ ފެންވަރު ދަށް މެޓީރިއަލް ބޭނުންކޮށްގެން ކަމަށް ބައެއް ނޫސްތަކުގައި ކައުންސިލްގެ ނައިބް ރައީސާއި ހަވާލާދީ ލިޔެފައިވާއިރު، މިލަންދޫ ސްކޫލްގެ އައު އިމާރާތަށް ބޭނުންވާ މެޓީރިއަލްތަކަކީ އެޑިއުކޭޝަންގެ ފަންނީ ފަރާތްތަކަށް ހުށަހަޅައި، އެފަރާތްތަކުން އެޕްރޫވްކޮށްފައިވާ ކޮލިޓީ ރަނގަޅު މެޓީރިއަލް،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
މިލަންދޫ ސްކޫލްގައި އަލަށް ހެދި 27 ކްލާސް ރޫމުގެ ހަތަރު ބުރީގެ އިމާރާތް ހެދީ 57 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދީދީ
14 January 2018
ފޮޓޯއިން ހީވަނީ ސީލިންގު އެހެރީ ވެއްޓިފަ ހެން
އިސްމާއިލް ސަލީމް
14 January 2018
ބަލަ ވެއްޓުނީއެއްނޫން. ތަޅުންގަޑު އަރާ ސީލިންގ ގަ ޖެހުނީ. ނޫންތަ؟
ޕިންކް ކުލަ
14 January 2018
ސީިލިން ވެއްޓުނީއެއް ނުން ސީލިން މުއިއްޒުވީ
އަހްމަދު
14 January 2018
ރީތިގޮތަކީ އެއީކޮހިނެއްވެފަހުރިތަނެއްތޯ ކައުންސިލުންސަފުކޮށް އެކަންއިސްލާހުކުރުން ނޫސްތަކުގަލިއެގެން މަސްލަހަތުނަގާލުމެއްނޫން ކައުންސިލްތައްއުފައްދައިފައިވަނީ ރަށުގެކަންކަން ރަނގަނޅުކޮށް ތަރައްގީކުރަން މިފަހަރުމިފެނުނީ އޭގެއިދިކޮޅު ހިތާމަހުރިކަމެއް
ަސދަސދ
14 January 2018
ފޮޓޯއިން ބަލާލީމާ އެބަފެނޭ އރިހުރަހަށް އެލިފައި ހުރި ބޯޑްތަށް ހިއެއްނުވޭ އެގޮތަށް ސީލިން ބޯޑެއް ނައްޓަން އުޅެފައި ސައި ގަޑި ޖެހުމުން ދާނެ ހެނެއް. ފޮތޯއިިން ހަމަ ޔަގީނުންވެސް ފެންނަނީ ސީލިން އިން ބައެއް ވެއްޓިފައި ހުރިތަން.
ވެރިފައި
14 January 2018
ތިޔަ ޚަބަރުގެ މައުލޫމާތު އެންމެ ސާފުވާނީ މައުލޫމާތު ދިން މީހަކީ ކޮން ޕާޓީއެއްގެ މީހެއްތޯ ބެލިއްޔާ. ބައެއް ޕާޓީ މީހުންނަކީ ދޮގު ބުހުތާނު ވާހަކަ ފަތުރަން ވަރަށް މޮޅު ބައެއް.
ކައުންސެލަރު
14 January 2018
އަސަދުގެ ކޮމެންޓަށް 100. އެބުނާހެން "މޮޅަށް" ނިންމާފައިހުރި ސީލިންގެއްގައި މަސައްކަތެއްކުރުމަށްޓަކައި ޖަހާފަހުރިފިލާ ނެގިޔަކަސް ފަތިތައް ނުޖެހޭ އެލިފަ އޮންނާކަށް. ނާ! ވަރަށްވުރެ މޮޅަށްހަދާފަހުރީމާ އެހެންވެދާނެދޯ!
އަސަދު
14 January 2018
މަގޭގާތަށް އަންނަނީ ހިނި. މަސައްކަތެއްކުރަން ސީލިންގ ނައްޓާލަނީ ސީލިންގ ހަލާކުކޮށްގެންބާ! ފޮޓޯއިން ބަލާލީމަ އެނގޭ ތިޔަ ސީލިންގަކީ އެލުވާ ސީލިންގެއްކަން.
ހިނިއަންނަނީ
14 January 2018
ފޮޓޯ ބަލާފައި ކަންކަމުގެ އަސްލު ހަގީގަތްނުހޯދައި ގޮތް ނިންމާ އެކްސްޕާޓުން ވަރަށް ގިނަވާނެ މިގައުމުގަ.
ދުއްލިސާ
14 January 2018
އެމް.ޑީ.ޕީ ސަރުކާރުން އެއްވެސް ސްކޫލެއްނާޅާ އަދި ކްލާސްރޫމެއްވެސް އެންމެކުޑަމިނުން މަރާމާތުވެސް ނުކުރޭ އެހެންނަމަތާ އެއެޅިސްކޫލެއްގެ ސީލިންގވެސް ވެއްޓޭނީ. އެމް.ޑީ.ޕީމީހުންނަކީ މިހާރުމިއޮތްސަރުކާރަށް ފާޑުކިޔާވަރުގެ ބައެއްނޫން.މިއީސްޕަރސަރުކާރެއް. މިސަރުކާރު މިހާރުމިއޮތްހިސާބަށް އެމް.ޑީޕީ.އައުމަށްވެސް އަދި 60 އަހަރުބޭނުންވާނެ. ވަރަށްސަލާމް.
ހޯރަފުށި
14 January 2018
ހޯރަފުށީގައި 3 ބުރީގެ ކްލާސް ރޫމް އިމާރާތެއް އެޅި.. މަމީ އެތަނުން ކިޔެވި ދަރިވަރެއް..
ޙަސަން އަޙްމަދު
14 January 2018
ކުޅުދުއްފުށީ ބޮޑު މަގު ހެދުމުގެ އަމަލީ މަސައްކަތް ކުރި. ނަރުދަމާ ގާއިމް ކުރި. ގޭގެއަށް ފެން ސަޕްލައި ކުރި. ފަޅު ހިއްކާލި. ހިއްކިތަނާއި އާބާދު ނުވެ އޮތް ސަރަހައްދު ތަކުގައި ފްލެޓް އެޅި. ވަކި ޕަސެންޓެއް ރަށުން ބޭރު މީހުނަށް އަމާޒުކޮށްގެން. އެ ފްލެޓްތައް ހިޔާ ވެސް ކޮށް ނިމިފައި ހުރެގެން އެހެރަ ވީރާނާ ވަނީ. މި ސަރުކާރަށް ވީހާ ވެސް ކަމަކީ ކުރީ ޒަމާނުގަ އަންހެންވެރިން އަތްވަށީގަ ބޮލަށް ލައިގެން އައިސް އަކިރި އަޅައިގެން ހިއްކާ އުޅޭ ކުޅިއެއް ބޮޑު މަހާޖައްރާފާއެއް ގެނެސްގެން ހިއްކާލެވުނު ކަން.
ދިވެހިމީހަ
14 January 2018
ފޮޓޯއިން ހަމަ ހީވަނީ ވެެއްޓިފަހެން. ފަހަތުން އެފެންނަ ޕީސް މިހާރުވެސް އެއޮތީ އެލިފަ. ތީ މަސައްކަތެއްކުރަށް ނެއްޓުވިނަމަ ވަރަށް ފަރުވާ ކުޑަކޮށް ކޮށްފައޮތް ކަމެއް.