ޚަބަރު / ރޭޕް

ދުވާފަރުގައި އަންހެނަކު ރޭޕްކުރި މައްސަލައިގައި ފަސް މީހަކު ހައްޔަރުކޮށްފި

ރ. ދުވާފަރު: އެ ރަށުގައި އަންހެނަކު ރޭޕްކުރި މައްސަލަ ފުލުހުން އަންނަނީ ބަލަމުން.

ރ. ދުވާފަރުގައި މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ދަންވަރު 25 އަހަރުގެ އަންހެނަކު ރޭޕްކުރި މައްސަލައިގައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީއެފަދަ މައްސަލައެއް ހުށަހަޅައި ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އެނގިފައިވާ ގޮތުގައި، ކައިވެނިކޮށްގެން ދުވާފަރުގައި ދިރިއުޅެމުން އަންނަ އަންހެން މީހާ ރޭޕްކުރީ، ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ގްރޫޕަކުން އޭނާ ދިރިއުޅޭ ގޭގަ އެވެ. އޭރު އެރޭ އޭނާގެ ފިރިމީހާ ހުރީ ބޮޑު ކަންނެލީގެ މަސްވެރިކަމަށް ގޮހެވެ.

އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނިގޮތުގައި، އަންހެންމީހާ ދިރިއުޅެނީ ފިރިމީހާގެ އާއިލާގެ ބައެއް މީހުންނާ އެކުގަ އެވެ. އެކަމަކު، އަންހެންމީހާއާ މެދު އަނިޔާވެރި އަމަލެއް ހިންގިކަން އެ ގޭގެ މީހުންނަށް އެނގުނީ، އެ ގްރޫޕު ދިޔަ ފަހުން ކަމަށް ވެސް ވެ އެވެ.

އަންހެންމީހާ ރޭޕްކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ފަސް މީހުން އެ އަތޮޅު އުނގޫފާރު ޕޮލިސް ސްޓޭޝަނަށް ގެންގޮސް، އެ ރަށުގެ ކޯޓުން ވަނީ އެ މީހުންގެ ބަންދަށް ހަފުތާއަކަށް ވުރެ ގިނަ ދުވަސް ޖަހައިފަ އެވެ. އޭގެ ތެރޭގައި 18 އަހަރު ނުފުރޭ ކުއްޖަކު ހިމެނޭތީ، އޭނާ ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.

އެ ހާދިސާއާ ގުޅިގެން އަންހެން ކުއްޖާ ވަނީ ދުވާފަރު ދޫކޮށް، އޭނާގެ އަމިއްލަ ރަށަށް ބަދަލުވެފަ އެވެ.

މި މަހުގެ ކުރީކޮޅު މާލޭގައި ވެސް އަންހެނަކު ރޭޕްކޮށްލި މައްްސަލައެއް ފެންމަތިވެ ފުލުހުން ވަނީ ތަހުގީގު ފަށައިފަ އެވެ. އެ މައްސަލާގައި 34 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ލ. ކަލައިދޫގައި އުމުރުން 18 އަހަރު ނުފުރޭ އަންހެން ކުއްޖަކު ރޭޕުކޮށް، ބަރަހަނާ ފޮޓޯތަކެއް ލީކުކޮށްލާނެ ކަމަށް ބުނެ ބިރުދައްކަމުން އައި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

24 ކޮމެންޓް, 98 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 73%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

21 January 2018

ދުވާފަރަކީ ތިކަން ވަރަށް ބޮޑު ރަށެއް. އަންހެނުންނަށް ގޯނާ ކުރުމުގެ ގިނަ މައްސަލަތައް ރިޕޯރޓު ނުކުރެވި ހުންނާނީ

The name is already taken The name is available. Register?

މުޙުއްމާ

21 January 2018

އަންހެނުން ރޭޕްނުކޮށް މީހުނާ އިންނަންވީނުން. އެކަކުން ނުފުދެންޏާ 4 މީހުނާވެސް އިދެވެޔޭ. އަންހެނަކު ރޭޕް ނުކުރެވޭނެ ކުޑަ ކުއްޖަކަށް. 15 އަހަރުން މަތީގެ މީހުނަކީ ބޮޑެތި މީހުން. ޤާނޫނު އެބަޖެހޭ ބަދަލުކުރަން.

The name is already taken The name is available. Register?

މުހާއ

21 January 2018

ޤާނޫނު އެބަޖެހޭ ބަދަލުކުރަން. އިސްލާމްދީނުގެ ބާލިޣު ވުމަށްފަހު ބޮޑުމީހަކަށްވީ. މީހުންނާ އިނދެވޭ. ކޮންމެހެން 18 އަހަރު ހަމަޖައްސާކަށް ނުޖެހޭ ބޮޑުވާން.

The name is already taken The name is available. Register?

އަހުމަދުބެ

21 January 2018

ރޭޕް އަދި ޑްރަގް މައްސަލަ ތަކުގަ އެކުއް ކުރާ މީހުންގެ ވަނަވަރު ތަކެއް ހާމަ އެއް ނުކުރެއެވެ. ދުވސް ކޮޅެއް ފަހުން މަގުމަތީ އެމީހުން އުޅެއެވެ. އަދިވެސް އެއީ ކޮން ބައެއް ކަމެއް ނޭނެގެއެވެ. ދެން ހަމަ އެމީހާ ތަކުރާރުކޮށް އެކުއް ކުރި ވާހަކަ މުއައްސަސާ ތަކުން ރައްޔިތުންނަށް ހާމަ ކުރާނެއެވެ. ރާއްޖެއިން ބޭރުގަ އުޅޭ ބަޔަކު ބްލޮގް އެއްހަދައިގެންނަމަވެސް ރައްޔިތުން ނަށް އިންސާނުންގެ ނަމުގަ ޖަނަވާރުން އުޅޭގޮތައް އުޅޭ މީހުންގެ ވަނަވަރު ހާމަ ކޮށްދީބަލާށެވެ.

The name is already taken The name is available. Register?

މަރީ

21 January 2018

އެންމެ ހަފްތާއެއްދޯ ބަންދަށް މިޖަހާލީ، މިވަރުގެ މީހުންގެ ޝަރީއަތްނިމެންދެންވެސް މީ ބަންދުގަ ބައިތިއްބަން ޖެހޭމީހުން. 18 އަހަރުން ދަށަށް ކަމަކު ހަމަ ބުއްދީގެ މީހެއްވީއްޔާ އެނގޭނެ ދޯމިކުރަނީ ކީއްކަން. ކޮން ގޭ ބަންދެއް. ހަމަ ޖަލަށް ތިހުރިހާއެންމެންވެސް! މިގައުމުގަ ކަމަކަށް ވަނީ ސިޔާސީ ކަންތައްތައް އެކަނި. ކުޑަކުދިންނާ ބެހުމާއި، ރޭޕްކުރުމާއީ، މީހުން މަރާ ތެޅުމަކީ އެއްވެސް ކަމެއް ނޫންދޯ. ވަކި ޕާޓީއަކަށް ނުބަލާ މިވަރުގެ ކަންތައްތަކާ ދެކޮޅަށް މުޒާހަރާ ކުރަން ހުރިހާ އެންމެންވެސް ނުކުންނަން ޖެހޭ. މިއަދު އެހެން މީހެއްގެ ދަރިއެއް. މާދަމާ އަހަރުމެންގެ ތެރެއިން ދެން ކާކުގެ ދަރިއެއްބާ؟!!!

The name is already taken The name is available. Register?

ޗާންދަނީ

20 January 2018

އަދިވެސް ޕަކިސްތާނަށާ، އިންޑިއާ އަށާ ބަންގާޅައް ޝޭހުކަމުގެ ކޯސް ހަދަން ފޮނުވޭލެ މަދީ!!!!

The name is already taken The name is available. Register?

ކޮންކްރީޓް

20 January 2018

ކޮންކްރީޓް ތަރައްގީ..ވަރަށް ވާހަކަ

The name is already taken The name is available. Register?

ޖޫލްސް

20 January 2018

އެއްވެސް ގަހެއްނެތް ހަނަފަސްގޮތަށް ފެންނަންއޮތް ރަށެއް. ސޭޑް

The name is already taken The name is available. Register?

ވަރަށް ވެދުން

20 January 2018

ތިހިރީ މާރަގަޅަށް އެނގިފަ

The name is already taken The name is available. Register?

ހައްސާ

20 January 2018

ވަގުތު ނޫހުން އަދިވެސް އިންޑިއާގެ ވާހަކަ ދައްކަބަލަ. މި %100 މުސްލިމް ގައުމުގެ މިފަދަ މުޑުދާރު އަމަލު ހިންގުމުން ލަދުނަ ބޯހަލާކުވާވަރުވޭ.

The name is already taken The name is available. Register?

ކުޑަކަމަނަ

20 January 2018

ކީކޭ ދެން ބުނާނީ ދޯ. މިހާރު ދެން ވަކި މަސްތުވާ ތަކެތީގެ މައްސަލަ އެކަންޏެއްނޫން ބޮޑީކީ... ބިރުބޮޑު ގައުމެއްމީ...

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

20 January 2018

2018ގެ ކެމްޕޭނު މިފަހަރު ހާދަ ތާފާތޭ ދެއްތޮ.

The name is already taken The name is available. Register?

ސަޒުނާ

21 January 2018

ސިޔާސި ނުކޮއްބަލަ. މަސްލަހަތު ގެއްލެނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454