25 ޖެނުއަރީ 2018 - 11:36
ހާބަރު ސަރަހައްދުގައި އެސްޓީއޯ އިން މިހާރު ތަރައްގީކުރަމުން އަންނަ ފުޑްކޯޓުތަކުގައި ދުންފަތުގެ އިސްތިއުމާލްކުރަން ހުއްދަ ނުދޭން އެ ކުންފުނިން ނިންމައިފި އެވެ.
އެ ސަރަހައްދުގައި ޒަމާނީ ފެންވަރަށް މިހާރު ތަރައްގީކޮށްފައިވާ 26 ކެފޭ ކުއްޔަށް ދޫކުރަން ފުރުސަތު ހުޅުވައިލި އިރު، އޭގެ ތެރެއިން އިއްޒުއްދީން މަގާ ވީ ފަޅީގައި ހުންނަ 12 ކެފޭގައި ސިނގިރޭޓް ބުއިމުގެ ހުއްދަ ދޭން އެސްޓީއޯ އިން ކުރިން އޮތީ ނިންމައިފަ އެވެ.
އެސްޓީއޯގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އާއިލާތަކަށް އުފާވެރިކަމާ އެކު އުޅެވޭނެ މާހައުލަކަށް ފުޑްކޯޓްތައް ހެދުމަށްޓަކައި އެ ސަރަހައްދަކީ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަނެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.
ފުޑް ކޯޓްތައް ކުއްޔަށް ދޫކުރަން ހުޅުވައިލި އިރު އެ ސަރަހައްދުގައި ސިނގިރޭޓް ބުއިމުގެ ހުއްދަ ދިނުމަށް ނިންމުމުން ސިއްހީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެ ހުއްދަ ނުދިނުމަށް އެސްޓީއޯ އަށް އަންގައިފަ އެވެ.
Habour gai hadhaa food court thakugai dhunfathuge isthiumaalu kurun manaakuran edhefi
The most trusted news source in the Maldives
Mihaaru
ފުޑްކޯޓުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރަން އެދުން--
އެ ތަނަކީ ވައި ބަންދުނުވާ ގޮތަށް ހުޅުވިފައި ހުންނަ ކެފޭތަކެއް ކަމަށްވާތީ، އެ ގޮތަށް އެ ތަން ބާއްވައިގެން ދުންފަތުގެ އިސްތިއުމާލް ކުރެވޭ ގޮތަށް ނުހެދޭނެ ކަމަށް، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު ބުނެ އެވެ. އެ ގާނޫނުގައިވާ ގޮތުން ކެއިންބުއިމުގެ ހިދުމަތް ދޭ ތަނެއްގައި ދުންފަތުގެ އިސްތިއުމާލް ކުރެވޭނީ އެހެން މީހުންނަށް ދުމުގެ އަސަރުނުކުރާ ގޮތަށް ހާއްސަކޮށްފައި ހުންނަ ވަކި ބައެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވައްސަލާމް
26 January 2018
ތި ތަންތަން ތަރައްގީކުރަނީއޭ ކިޔާ ހެސްކިޔާފަ ބޮޑެތި ކުއްޔަށް އެސްޓީއޯއިން ދިނުމުން، ކުރިން ތިތަންތަނަށް ކާން ދާ އާދައިގެ މީހާއަށް ދެން ވަދެވޭ ވަރެއް ނުވާނެ.
ާއަހުމަދު
26 January 2018
ޕަބުލިކު ހެލްތު ކިޔާއިރު ސިންގްރޭޓުން އެކަނިތަ ގެއްލުން ވަނީ؟ކުކިން އޮއިލް ފަދަ ތަކެތިން ވާ ގެއްލުން ވަކި ކުޑަތަ؟ ކަލޭމެން ކަލޭމެންގެ ގަމާރުކަންމަތީގަ ތިބޭ
ކާކުތަގަމާރީ
26 January 2018
އާއްމު ޞިއްޙަތަށް ގެއްލުންވާ ހުރިހާކަމަކުން ރައްކާތެރިވުން މުހިއްމު. ކުކިންގ އޮއިލް އިން ގެއްލުންވަންޏާ ހަމަ އެވާހަކަވެސް ދައްކަންވީ. އެކަމަކު ކުކިންގ އޮއިލް އިން ގެއްލުން ވިޔަސް ދުންފަތާ ދުންފަތުގެ ދުމުން ގެއްލުން ނުވާކަމަކަށްނުވާނެ. އަދި އެ ދުމުން ރައްކާތެރި ވުމަށް ކުރަންޖެހޭ ކަންކަން ހުއްޓާލާކަށްވެސް ނުޖެހޭ.
ނަދީމް އަޙްމަދު
26 January 2018
ތިމާ ކުކިންއޮއިލް ބޭނުން ކުރީމަ ޖެހިގެންހުންނަ މީހާއަށް ގެއްލުންވޭތަ؟
ރާއްޖެ
26 January 2018
ސިގިރޭޓް ބުއިން މަނާ ތަންތަން މިހާރުވެސް ގިނައީ، އެކަމަކު ހުރިހާ ތަނެއްގަ އެބޮވޭ، ދުފާފަ މުޅި މަގުމައްޗަށްް ރަތް ކުޅު ޖެހޭ. މީ ދިވެހިންގެ ހުރި އަޚުލާގީ މައްސަލަތައް، "ތަރައްގީވެ" ނިމުނު އިރުވެސް.
ސިނގިރޭޓް
25 January 2018
ސނގިރޭޓަށް ވުރެން މިހުން އެޖަހާ ރަތްކުޅަށް ަ ހައްލެއް ގެންނަންވީ
މިހާރުވާގޮތް
25 January 2018
މިހާރުވެސް ތިޔގޮތަށް ހިންގާ ހޮޓާރެސްޓޯރެންޓް ގިނައީ. އެކަމަކު ބޯ މީހުންނަށް ބޮވެންޖެހޭ.
ހައްޤުބަސް18
25 January 2018
ރަނގަޅު ނިންމުމެއް... އެކަމު ކިހާ ދުވަހަކު ހިފަހައްޓާލެވިދާނެބާ؟؟؟ ދުވަސްކޮޅެއްގެ ކަމެއް ހެން ހީވަނީ
އުދުހޭ
25 January 2018
މިހާރު ސިގިރޭޓްބުއިން މަނާ. އޭރުންތާ މަދުން މީހުން ކުރިމަތިލާނީ. ތަން ލިބި ދުވަސްކޮޅެއްވީމާ ސިނގިރޭޓް ބުއިން ހުއްދަވެދާނެ! އެހެންނޫނަސް މިހާރުވެސް ސިގިރޭޓް ނުބޯ ތަނެއް ފެންނާކަށް ނެތް.
ޢަބްދުﷲނާފިޒު
25 January 2018
ތިތަންލިބުނީމަ ތަނުގެ އެތެރޭގަ ބަންދުކޮށްފަ ބިއްލޫރި ޖަހާފަ "ސްމޯކިންރޫމް" ކިޔާތަނެއް ހަދާނެކަމާ ދޭތެރޭ ޝައްކެއް ނުކުރަން.
ހޮޓްކިންގ
25 January 2018
ތިޔަކަމަށް ތާއީދު. އެކަމަކު ބިޑިން ޑޮކިއުމަންޓްގައި ދިން މަޢުލޫމާތު ބަދަލުވުމުން އަލުން ބިޑުކުރަންޖެހޭނެ ކަމަށް ދެކެން.
ތުނިޔަ
25 January 2018
ދެހަފްތާ ކުރިން ނިހާނު ވިދާޅުވިއެއްނު ފުޑް ކޯޓް ތަކުގައި ސިނގިރޭޓް ބޮވިގެން ނުވާނޭ...ހެހެހެ ނިހާނުމެން އަންގާގޮތަށް ނަހަދާ އެސްޓީއޯ އިން ވަކި ކީތްކުރާނީ! ކޮންމެއަކަސް މިނިންމުން ވަރަށް ސަޅި!
ހަޒާޑް
25 January 2018
ތިހެން ފަށާނީ, މީގެ ދުވަސް ކޮޅެއް ފަހުން މީހުން އެތާވެސް ބޯތަން ފެންނާނެ.