ޝަފީގް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހުސެން ވަހީދު/މިހާރު
26 ޖެނުއަރީ 2018 - 14:03
ވިލާ ގުރޫޕްގެ ގާނޫނީ ޓީމުގައި ހިމެނޭ ވަކީލް އަހުމަދު ޝަފީގު ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ.
ޝަފީގު ފުލުސް އޮފީހަށް ހާޒިރުވާން ޖެހެނީ އަންނަ އާދިއްތަ ދުވަހު ހަވީރު އެވެ.
ފުލުހުން ޝަފީގަށް ފޮނުވި ޗިޓުގައި ވަނީ މިދިޔަ ހޮނިހިރު ދުވަހު، ކްރިމިނަލް ކޯޓުގެ އަމުރަކާ އެކު ވިލާގެ ފަން އައިލެންޑް ރިސޯޓް ބަލައި ފާސްކުރުމަށް ދިޔަ ކަސްޓަމްސްގެ އޮފިސަރުންނާއި ކަސްޓަމްސް އޮފިސަރުންނަށް އެހީތެރިވާން ދިޔަ ފުލުހުންގެ ނަންތައް ވިލާ ޝިޕިންގެ ގާނޫނީ ވަކީލުން މިދިޔަ އަންގާރަ ދުވަހު ނެރުނު ބަޔާނުގައި އާންމުކޮށްފައިވާ މައްސަލާގައި ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ.
ވިލާގެ ރިސޯޓުތަކަށް އެރި ފުލުހުންގެ ނަންތައް އާއްމުކުރި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ކަސްޓަމުން ވެސް ވަނީ އެ މައްސަލަ ބަލައި ދިނުމަށް އެދި ފުލުހުންނަށް ހުށަހަޅައިފަ އެވެ.
ކަސްޓަމުން ދެކެނީ އެ ބަޔާނުގައި ބުނެފައި އޮތީ ވިލާ ޝިޕިންގެ މުދާ ގެންދިޔައީ ގަވައިދާ ހިލާފަށް ކަމަށް ތުހުމަތުކޮށް ކަމަށާއި އެއީ އެ ކުންފުންޏާ ދެކޮޅަށް ހިންގި ޖަރީމާއެއްގައި ބައިވެރިވުން ކަމަށެވެ. އަދި ކަސްޓަމްސްގެ އޮފިސަރުންގެ ނަންތައް ހާމަކޮށްފައިވާތީ އެކަން އެތަނުން ކުށްވެރި ވެސް ކުރި އެވެ.
ވިލާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ރިސޯޓުތަކަށް އަރައި އެ ކުންފުނީގެ މުދާ ގެންދިއުމުގެ ޖަރީމާގައި ބައިވެރިވި ދައުލަތުގެ މުވައްޒަފުން ގާނޫނީ ގޮތުން ޒިންމާދާރުކުރުވައި ހައްގު އަދަބު ދިނުމަކީ ގައުމުގެ ހައްގުގައި އަދާކުރަން ޖެހޭ ވާޖިބެކެވެ.
އެހެންވެ އެކަމުގައި އަމަލީ ގޮތުން ބައިވެރިވި ކަސްޓަމްސްގެ 37 މުވައްޒަފަކާއި ހަތް ފުލުހެއްގެ މައްސަލަ އިންޓެގްރިޓީ ކޮމިޝަނަށް ވަނީ ހުށަހަޅާފަ އެވެ.
ރޯޔަލް އައިލެންޑް ރިސޯޓްގެ ނަމުގައި އެތެރެކުރި ރާ ގަވާއިދާ ހިލާފަށް ވިލާގެ އެހެން ރިސޯޓްތަކަށް ގެންދާ ކަމަށް ބުނެ ކަސްޓަމްސް އިން ވަނީ އޮޕަރޭޝަނެއް ހިންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެޝަނަލިސްޓް
27 January 2018
މިއީ ފުލުހުން ސިޔާސީ ހަރަކާތުގައި ބައިވެރިވުން ހެން ހީވަނީ!
ޤުއްޓޭ
27 January 2018
ސޭޓޫ އެވެ. ތިހިރަ އުނަގަނޑުގައި ބަނދެފައި ހުރި ކަމަރު އަދި ކުޑަ ތަންކޮލެއް ބާރު ކޮއްލާށެވެ. އެވެރިން ހިފާ ދަމައިގަތަސް ދޫނުވާ ވަރަށް ބާރު ކޮއްގެން ހުންނަވައްޗެވެ. މި ފިލްމް ﷲ ގެ ވާގިފުޅާއި އެކު މި ނިމެނީއެވެ. ރަޢީސް މަޢުމޫނު އެ ވިދާޅުވި އެއްޗެއް ، އެއްޗެއްގެ މާނަ ވަރަށް ފުނެވެ.
ހަސަނު
26 January 2018
ހައްގު ގޮތުގާ ތިބޭ މީހުން، ތިޔަހެން ދައްކާ ބިރަކަށް ގުޑާ ނުލާނެ.. ބިރު ގަންނަވާލަންވެސް ފުލުހުން ތި އަތްލީ ބިރު ނުގަންނާނެ ލޯޔަރެއް ގައިގަ.. ފުލުހުން ރަކިވާންޖެހޭނީ...
ދަންމަޅި
26 January 2018
ވިލާ ލޯޔަރު ބިރުދައްކަން ނޫޅުއްވާތި. އެކަމެއް ނުވާނެ. ޔުނިފޯރމެއް ލައިގެން ތިބެވެސް ޓެރަރިސްޓް އަމަލެއް ހިންގިދާނެ. ރަގަޅަށް ވިސްނަވާ.
ކެޔޮނިރު
26 January 2018
މިވެރިކަން ނިމޭދުވަހަކުން ނުހައްޤުން ނިގުޅައިގެނެފައި ވާ ހުރީހާ ހައްޤއެއްހޯދަންޖެހޭނެ އަބައިމީހުން ފަހަތުންވެސްދުވާނަން އަތުލަން މީހާރުވެސް ތައްޔާރަށް ތިބޭ!!!
ހޭކެނޑޭ
26 January 2018
ހުރިހާ ކަމެއްވެސް ތަމެން ބަލާފާ ބަހައްޓާ. މާތްﷲ ގެ ހެޔޮރަހުމަތުން މި ވެރިކަން ވަރަށް އަވަހަށް ނިމޭނެ.
ގާސިމު
26 January 2018
ރަގަޅު. ބާރުމަޅިއެއް ފައްތާލާނެކަމަށް ހީކުރަން
ޒިންދަގީ
26 January 2018
ގާނޫނީ ވަކީލު ފުލުހަށް ހާޒުރުކުރަނީ ބިރުދައްކަން.. އެކަމަކުވެސް ގާނޫނާއި ޚިލާފު އަމުރަށް ތަބާވާ މީހުން ފަރުދީގޮތުން އެކަންކަމާ ޒިންމާވާންޖެހޭނެ..
ކައުންސެލަރު
26 January 2018
ކީއްތޯކުރާނީ؟
ނަރިމް
26 January 2018
ކޮންބިރެއް ދައްކާކަށް. ދައުލަތުގެ ސިއްރުގެ ގޮތުގައި ނުބެލެވޭ ކޮންމެ އެއްޗެއް ހާމަކުރުމަކީ ކުށެއްނޫން. ލައިވްކޮށް ޓީވީ ތަކުންވެސް ދެއްކި ދެން ކޮން ސިއްރެއް އޮންނާނީ