ޕީޕީއެމްގެ ޖަލްސާއެއްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ: އެމަނިކުފާނު މަގާމުން ދުރުކުރަން އިދިކޮޅު ފަރާތްތަކުން ހުށަހެޅީ ރައްޔިތުންނަށް ހެޔޮއެދިގެން ނޫން ކަމަށް ޕީޕީއެމުން ބުނޭ.
28 ޖެނުއަރީ 2018 - 21:26
ގައުމުން ބޭރުގައި ފިއްލަވައިގެން ތިއްބެވި ސިޔާސީ ލީޑަރުންތަކެއް، ރައީސް އަބްދުﷲ ޔާމީން މަގާމުން ދުރުކުރާނެ ކަމަށް ވިދާޅުވެ ދައްކަވަނީ "ސައިޒަށް ވުރެން ބޮޑެތި ވާހަކަތަކެއް" ކަމަށާއި އެ ވާހަކަތަކުން ލިބޭނެ މޮޅެއް ނެތް ކަމަށް ވެރިކަން ކުރާ ޕީޕީއެމުން މިރޭ ބުނެފި އެވެ.
ރައީސް ޔާމީނަށް ތުހުމަތުކުރާ ކޮރަޕްޝަން މައްސަލަތަކެއްގައި އެ މަނިކުފާނު މަގާމުން ދުރުކުރަން އިދިކޮޅު ސިޔާސީ ލީޑަރުން އިސްވެ ތިއްބްވައި މިއަދު ސުޕްރީމް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ. ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ފަރާތްޕުޅުން ހުށަހެޅި އެ މައްސަލައިގައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމް އަދާކުރެއްވުމަށް، ރައީސް އަބްދުﷲ ޔާމީން އުޒުރުވެރިވެއްޖެ ކަމަށް، ގާނޫނުއަސާސީގައިވާ ހަމަތަކުން ކަނޑައަޅައިދޭން ވަނީ އެދިފަ އެވެ. އަދި ނައިބު ރައީސް އަބްދުﷲ ޖިހާދާ ވެރިކަން ހަވާލުކޮށްދިނުމަށް ވެސް ސުޕްރީމް ކޯޓުގައި އެދިފައިވެ އެވެ.
ރައީސް ޔާމީން މަގާމުން ދުރުކުރަން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ސުޕްރީމް ކޯޓާ ހަމައަށް ގެންދިއުމުން ފާޑުވިދާޅުވި، ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވިދާޅުވީ އިދިކޮޅު ލީޑަރުންގެ ހަމައެކަނި "ބޭނުމަކީ ކޮންމެ ގޮތަކުން ނަމަވެސް ވެރިކަން ހޯދުން" ކަމަށެވެ. ރައީސް ޔާމީން މަގާމުން ދުރުކުރަން އުޅެނީ ކޮންމެ ލީޑަރަކު ވެސް އަމިއްލަ އެދުމެއް އޮވެގެން ކަމަށް ވެސް ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުން ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ކުރެއްވި ޓުވީޓެއްގައި، ރާއްޖޭގެ ޝަރުއީ ކޯޓެއްގެ ހުކުމްތަކަށް ފިލައިގެން ބޭރުގައި ތިބި ބަޔަކު ރައީސް ޔާމީން ވަކިކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަނީ ކިހިނެއްތޯ ވަނީ ސުވާލު އުފައްދަވައިފަ އެވެ. ނިހާން އެ އިޝާރާތްކުރެއްވީ ނަޝީދާއި ގާސިމަށެވެ.
ކްރިމިނަލް ކޯޓުން ދެ ބޭފުޅުންނަށް ވެސް ހުކުމް އިއްވާފައި ވަނިކޮށް، ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވި ގޮތަށް ދިރިއުޅުއްވަނީ ބޭރުގަ އެވެ.
ނިހާން ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ބަދަލުގައި، "ރަށު ތެރެއިން ކޮންމެވެސް އެހެންކަމަކާ އުޅުން މާ ރަނގަޅުވާނެ" ކަމަށެވެ.
#KanduKohun kuraaZaathuge kan kan nukoh 2018 Inthikhaabah Candidate aku Dhakkavan vee noonthoa? https://t.co/uHzinUp5sQ
— Ahmed Nihan (@ahmed_nihan) January 28, 2018
އިދިކޮޅަށް ފާޑުވިދާޅުވެ ނިހާން ކުރެއްވި ޓުވީޓް.
އެއާއެކު ދެން ނިހާން ފާޑުވިދާޅުވީ، ރައީސް ޔާމީނާ ވާދަކުރަން އިދިކޮޅުން ކެންޑިޑޭޓަކު ނުނެރެ ލަސްކުރާ މައްސަލައަށެވެ. އޭނާ ވިދާޅުވީ "ކަނޑުކޮހުން" ކުރާ ޒާތުގެ ކަންކަން ހުއްޓާލައި އިންތިހާބަށް އިދިކޮޅުން ކެންޑިޑޭޓަކު ދެއްކުން މާ ރަނގަޅުވާނެ ކަމަށެވެ.
ރައީސް ޔާމީން ދެ ވަނަ ދައުރަކަށް ހޮވަން ޖެހޭ ސަބަބުތައް، ނިހާން ވިދާޅުވި ގޮތުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުން ދަނީ ފެންނަމުންނެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވީ ސައިޒުން ބޮޑެތި ވާހަކަ ދައްކައިގެން، އިދިކޮޅު ބައެއް ލީޑަރުން ވެރިކަމަށް ގެނައި ކަމަށާއި ނަތީޖާއަކީ ކޮރަޕްޝަން ހިންގައި، ގައުމު ބަނގުރޫޓްކޮށް ތިން އަހަރު ނުވަނީސް އިސްތިއުފާ ދެއްވުން ކަމަށެވެ. އޭނާ ފާޑުވިދާޅުވުން އަމާޒުކުރެއްވީ ނަޝީދަށެވެ.
Sizahvure bodethi adhi foni vaahaka dhakkaigen meegethereyn bayaku rayyithun verikamah ves genai. Natheejaa: corruptionge ethah amaleh hingumahfahu qaumu bagurootu koh, 3 aharutherey isthiufa dhinun.https://t.co/fuRAqXhpBt
— Dr Abdullah Khaleel (@abkhaleel) January 28, 2018
ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވީ ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް ރައީސް ޔާމީން މަގާމުން ދުރުކުރަން ބޭނުން ވަނީ، މިނިވަން އިންތިހާބަކުން ބަލިނުކުރެވޭނެ ކަން ކަށަވަރުވާތީ ކަމަށެވެ. އިދިކޮޅުން ކުރަމުންދާ ކަންކަމަކީ ގައުމާއި ރައްޔިތުންނަށް ހެޔޮއެދިގެން ކުރާ ކަންކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
RY ge verikan badhalu kurumah masahkaiy kuramun dhanee gaumaa Rayyithun nah heyo edhigeneh noon. E’ee ba’ehge amilla edhunthakeh haasil nuvegen. Emeehun beynun vanee konme gotheh hadhaigen ves gaumuge verikan. E’ee gaumaai Rayyithunge dhushmanun.
— Abdul Raheem Abdulla (@Banafsaa) January 28, 2018
"އެ މީހުން ބޭނުން ވަނީ ކޮންމެ ގޮތެއް ހަދައިގެން ވެސް ގައުމުގެ ވެރިކަން. އެއީ، ގައުމާއި ރައްޔިތުންގެ ދުޝްމަނުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ނެރުނު ނޫސް ބަޔާނުގައި ބުނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމް އަދާކުރެއްވުމަށް، ރައީސް އަބްދުﷲ ޔާމީން އުޒުރުވެރިވެއްޖެ ކަމަށް، ގާނޫނުއަސާސީގައިވާ ހަމަތަކުން ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި އެދުނީ، މި ސަރުކާރުގައި ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް ބޮޑުވެފައިވާތީ ކަމަށެވެ. އަދި ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ފާޅުގައި ނިގުޅައިގަނެ، ރައްޔިތުންގެ މަޖިލިސް ހުއްޓުވައި މިނިވަން މުއައްސަސާތަކުގެ ބާރުކަނޑުވާލާފައިވާތީވެ ރާއްޖެ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށްދޭން ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނިގޮތުގައި މިނިވަން މުއައްސަސާތަކަށް ރައީސް ޔާމީން ނުފޫޒު ފޯރުއްވާފައިވާތީ މި މައްސަލަތައް އެ މުއައްސަސާތަކުން އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކު ކުރިއަށް ނުގެންދެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައިސަަތު އަލިމަނިކު
29 January 2018
ރީކޯ ވެސް ގޮވި 500 އަހަރު ވިއަސް ވެރިކަމުގަ އޮންނާނީ އެމްޑީޕީ އޭ. އެކަމު ﷲ އިރާދަ ކުރައްވާ ގޮތެއް މެނުވީ ނުވާނެ. މާތް ﷲ އިރާދަ ކުރެއްވިއްޔާ އަނިޔާ ވެރިންގެ ރޭވުން ވެސް މަދު ސިކުންތު ކޮޅެއްގެ ތެރޭގަ ނެތިކުރައްވަފާނެ، މީ ވެސް އިމްތިހާނެއް. މާތް ﷲ އިރާދަ ކުރެއްވިއްޔާ އަނިޔާ ވެރިން ނާއި މަކަރު ވެރިންގެ ކިބައިން މި ގައުމު ސަލާމަތް ކުރައްވާނދޭވެ
ނޫޜު
29 January 2018
ސާބަހޭ ފޮޗޭ ހަމަކޮފީއައް ދާންވާނީ ސިންގަޕޫރައް މިހާރު ???
ކާދަރޭ
29 January 2018
2018 ނޮވެމްބަރ 11 ގެ ފަހުން ގައުމުދޫކޮއް ގިނަ ޕީ ޕީއެމް މެންބަރުން ފިލާނެ.
falaku ain
29 January 2018
ކޮންތާކަށްތޯ ފިލައިގެންދާނީ. ދާނޭ ހަމައެއްވެސްތަނެއް ނޯންނާނެ. އިންޓަޕޯލް މެދުވެރިކޮށްވިޔަސް ގެނެސް ގާނޫނީ އަދަބު ދެވޭނެ. ގައުމު ދަވާލައިން ދިއުމުގެ ފުރުޞަތެއް ނޯންނާނެ. ޕީޕީއެމް އަށް ހެޔޮއެދިގެންކަމަށް އުޅުމީހުން މިއަދުވެސް ފެނުނު އިދިކޮޅު ޕާޓީގެ ބައެއް އިސްމީހުންނާ ބައްދަލުކޮށް އެމީހުން އުޅެނީ މަޖުބޫރުވެގެން ކަމަށް ދައްކައި ހަމްދަރުދީ ހޯދަން.
އަހަންމާބޭ
30 January 2018
އެންމެ އަވަހައް ބިކަވެ ނިކަމެތިވެ ހާލުގަ ޖެހޭ މީހުންގެ ތެރޭގަ ޕުރޮފެޗަރު ޑޮކުތަރ ހަލީލު ފަދަ ބޭފުޅުން ވާނެކަން ވަރައް ޔަގީނާއި ގާތުގަ އޮތީ ،
އުމަރު
29 January 2018
ކޮމެންމެހް ރައީސް ޔާމީނު ދުރު ނުކުރެވުނަކަސް ހެޔޮ އަހަމެންގެ ވެރިން ބަލާލަނީ ތިޔަ ބުނާ އަދުލު އިންސާފު ގާއިމުކުރަނީ ކިހާވަރަކަށްތޯ؟ އެތަނުގައި ތިބި މީހުން މަސްއޫލިއްޔަތު އަދާކުރަނީ ކިހާވަރަކަށްތޯ ގައުމުގެ ރައްޔިތުންނަށް ދައްކާލުން، ހެހެެހޭ. ގުރޯނުގަ ޖެހުނީ
މަޓާޓާ
29 January 2018
ހުދު ގަމީސް ލާފަ ޓައީ އަޅާއި ބެގީ ކުރީމާ އެވީދެން އެންމެ މޮޅު މީހާއަށް. ސައިޒްވެސް އޮޅިފަ އޭރަށް ތިބޭނީ. އަމިއްލައަށް ބޭޒާރުވުން ނޫން ކަމެއް ނުވާނެ. ދެންވެސް ތި އަނގަތައް ބަންދުކޮށްގެން ތިބަ ބަލަ. މި ސަރުކާރުން ކޮރަޕްޝަންވެސް ހިންގަނީ ސައިޒުން. އެހެންވެތާ ދިވެހިރާއްޖޭގެ ތާރީޙްގައި ވެސް ހިންގި އެންމެ ބޮޑު ކޮރަޕްޝަން ހިންގާފައިވަނީ މި ސަރުކާރުން. އަދީބު އޯ އެކަމެއް ކުރީ. ހެޔޮފުޅު ރައީސްއަކަށް ނޭނގެ އޯ. ބުއްދި ހަމައަށް ހުރި މީހެއް ސަރުކާރުން މި ދައްކާ ދެކޮޅު ނުޖެހޭ ވާހަކައެއް ގަބޫލެއް ނުކުރާނެ. ރައީސަކަށް ހުންނަ މިހާއަށް ނޭނގި މިހާ ބޮޑެތި ޖަރީމާތަކެއް ހިންގޭ ކަމީ ރައީސް މީހާގެ ގަޅި ކަމާއި ގަމާރުކަން.
ައުދުހެނަބައްތެއްލާ
29 January 2018
ޔާމީނާ ޕީޕީއެމަށް ނުހައްގު ތަކެތި ހޯދުމަށް ސޮއިކޮށްގެންތިބި މީހުނަށްވުރެ ގައުމުގެ ބާކީބައި ބޮޑުވެގައި ގިނަވާނެ އެހެންވީމާ ސައިޒަށްވުރެ ބޮޑެތި ވާހަކަ ދައްކަނީ ގައުމު ހައިޖެކްކޮށް ނާޔާއިޒް ފައިދާ ހޯދާ ނަފުސުވިކިފައިތިބި ނިކަމެތި ކުދިންކޮޅު.
ޢެސްޓީއޯސައިފަތްދަނޑު
29 January 2018
ވަގުތު ޖެހުމުން ބަކަރިއަކުން ކިރުފޮދެއް ފެލާހާއިރުވެސް ނުވާނެ
ތޭތޭތޭ
29 January 2018
ކޮން ޔާމީނެއް ތޭ؟
އިމާ
29 January 2018
މިނިވަން މުއައްސަސާތަކަށް ޔާމީނު ބާރުފޯރުވަނީއޭ ކިޔައިގެން މައްސަލަ ވެއްދީމާ ބޭޒާރުވަނީ ސުޕްރީމް ކޯޓެއްނޫންތޯ؟ އޭރުން އެމީހުންނަށް ވާނީ ކިހިނެއްބާ؟ އަނެއްކާ މައްސަލަ ތިވެއްދީ ގައުމުގެ ތިން ޚާއިނުންނޭ ކިޔައިގެން. އެންމެން ތިބީ އަތްފޯރާ ހިސާބަށްވުރެ ދުރުގަ؟ ކީއްވެބާ އިންޑިޔާގެ ކޮންމެވެސް މީހަކު މައްސަލަ ވެއްދިކަމަށް ނުބުނީ؟ މީހުން ކުރާކަހަލަ ކަންތައް ފިރިހެނުން ކުރާނީ. ރަނޑު އަންހެނުން ކުރާކަހަލަ ކަންތައް ތިކުރަނީ؟
ތެދު
29 January 2018
އަދީބަށް ކޮރޮޕްޝަނާކުރިމަތިލައި ޖަލަށް ދިޔައިރު އޭނާގެ ބައިވެރިން ނުލަންވީކީއްވެ؟ ހަގީގަތުގަވެސް ޤައުމުތަކުގައި ކޮރޮޕްޝަންގެ ތުހުމަތުކުރެވުނަސް މަޤާމުން އިސްތިއުފާދޭނެ ނޫނީ އެ މައްސަލަ ބަލާނެ. މިގައުމުގައި ސާބިތު ހެކި ހުއްޓައި އެކަން ނުވަންވީކީއްވެ؟ ޝައިނީ ޤާނޫނުގެ މައްޗަށް ހަމައެކަކަށްވެސް ނޭރޭނެއެއްނުދޯ؟ ދެން އާޅެ ތިޔަ ޤާނޫނުގެ ވާހަކަދައްކަބަލަ.