އިމާރާތެއް އެޅުމުގެ މަސައްކަތް ބިދޭސީން ކުރަނީ. - ފޮޓޯ: މިހާރު
31 ޖެނުއަރީ 2018 - 14:18
އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް ހައުސިން މިނިސްޓްރީން 59 ބިދޭސީއަކު ލައްވާ މަސައްކަތް ކުރުވާފައިވާ ކަމަށް އޮޑިޓަ ޖެނެރަލް އޮފީހުން މިއަދު ނެރުނު، އެ މިނިސްޓްރީގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ސޮއި ކުރައްވައި ނެރުއްވި އެ ރިޕޯޓުގައި ބުނެފައިވަނީ މާލޭގެ މަގުތައް މަރާމާތު ކުރުމަށާއި ތިން ރުއް ޕާކް ތަރައްގީ ކުރުމަށް، މިނިސްޓްރީގެ ބެލުމުގެ ދަށުން އަމިއްލަ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ނަމުގައި ގެނައި ބިދޭސީން ލައްވާ ތިން މަސް ދުވަސް ވަންދެން މަސައްކަތް ކުރުވި ކަމަށެވެ. އަދި އެ މީހުންނަށް މުސާރައިގެ ގޮތުގައި ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދީފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނި ގޮތުގައި މިއީ ރާއްޖެ އެތެރެވުމަށް ފަހު، ގަވައިދާ ހިލާފަށް އުޅެމުންދާ މީހުންނެވެ. މިއީ މިނިސްޓްރީގެ މަސައްކަތްތަކެއް ކުރުމަށް ރާއްޖެ ގެނައި ބައެއް ނޫން ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
އެހެންވެ، އޮޑިޓަ ޖެނެރަލް، ހައުސިން މިނިސްޓްރީއަށް ލަފާ ދެއްވީ އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް ބިދޭސީއަކު، ނުވަތަ މަސައްކަތް ކުރުމުގެ ހުއްދަ ނެތް ބިދޭސީއަކު ރާއްޖޭގައި އެއްވެސް މަސައްކަތެއް ނުކުރުވުމަށެވެ.
މީގެއިތުރުން ބިދޭސީންގެ ވޯކް ވިޒާއާ ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ލިބޭ ކޮންމެ ބިދޭސީއެއް ވެސް ދެވިފައިވާ ހުއްދައިގައިވާ ދާއިރާގެ ތެރެއިން ނުވަތަ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނޫނީ އެމީހުން ލައްވައި މަސައްކަތް ނުކުރުވުމަށެވެ.
އިމިގްރޭޝަންގެ ގާނޫނުގައި ވަނީ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް ބިދޭސީއަކު، ނުވަތަ މަސައްކަތް ކުރުމުގެ ހުއްދަ ނެތް ބިދޭސީއަކު ލައްވައި އެއްވެސް މަސައްކަތެއް ކުރުވައިގެން ނުވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
falaku ain
31 January 2018
ކޮންކަމެއްތޯ މިސަރުކާރުގެ ތަންތަނުން ގަވާޢިދުން ކޮށްފައިވަނީ؟ ތިކަން ބެއްޔަސް. މީހުންގެ ގެދޮރު ދަމައިގަތުމުގައިވެސް. މުދާ ނެގުމުގައިވެސް. ބައްލަވާ މީހުންނަށް ފްލެޓް ވިއްކައި ފައިސާ ނަގަމުން އަދި އެމީހުންގެ މިލްކިއްޔާތުވެސް އެބަނަގަޔޭ ބަދަލު ދިނުމަކާ ނުލައި.
އަލްޖިބްރާ
31 January 2018
މިސަރުކާރަކުން ޤާނޫނާއި ޚިލާފް ކަންތަކެއް ނުކުރާނެ ކަމަށް ޔާމީނު ބުނި!
ސަޖޯ
31 January 2018
ގާނޫނާ ހިލާފު ހުރިހާ ކަމެއް ކުރާ ބަޔަކީ ސަރުކާރާ ހަވާލުވެ ތިބި މީހުން.
ޙަލީލާ
31 January 2018
ސުބުހާނަހޫ!!! ތީއަދި ކަމެއްދޯ؟؟؟ އެމް.ޓީ.ސީ.ސީ / ރޯޑް ޑިވެލޮޕްމަންޓް/ ސަރުކާރުގެ ހުރިހައިކުންފުންޏެއްގަ ތިކަން މެކުހައްޖަހާފަ އެމީހުންގެ އަމަލްތައް ބަލައި ރާއްޖެގައި ހިންގާ ހުރިހައި ރިސޯޓްގައިވެސް ތިކުޅިފަށައި ލަންކާ/އިންޑިއާ/ ޗައިނާ ތިކަމުގައި އުފަލުންފޮޅިފަ
ޔުނުސް22
31 January 2018
ސިފައިންގެ ކުންފުންޏޯ! ބަންލަދޭޝް މީހުންގެ ބަހުރުވައިންނަމަ "މަ އޯޕްން ވިސާ" ހުންނަނީ!
ދޮންކެޔޮ ކަޖުރު
31 January 2018
މީސަރުކާރު އޮފީހެއްގެ ޙާލަތު.. ދެން ޤަވްމޭ މިކިޔަނީ ކިނބުލެއްގެ އަނގަހުޅުވައިގެން..
ބަބުރުކޮއެ
31 January 2018
ވަރަށް އުފާ ވެއްޖެ.. ތިމީހުން ފޮނުވާލައިގެންވެސް ބިދޭސީން ތަންފުކެއް ނަމަވެސް މަދުވެއްޖިއްޔާ ރަނގަޅު
ތިމަންނަ
31 January 2018
އަނެއްކާ އަނެއް އިސްތިއުފާ ކައިރިވަނީ ބާ؟
އޯޑިޓް
31 January 2018
ތިޔަ ދުވެލީގަ މިކަމެއް ނުވާނެ 15ގެ ވާހަކަ ތިދައްކަނީ 18ގަ 17 ހަނދާންވަނީ ވަރައްގާނައިގެން ދެންކިހިނެއް 15ހަނދާންކުރާނީ