ކުރީގެ ރައީސް ވަހީދު: ރައީސް ނަޝީދުގެ ޓްވީޓެއް ވަހީދު ރިޓްވީޓް ކުރެއްވި އިރު ދެބޭފުޅުންގެ ގުޅުން ވަނީ ގޯސްވެފައި.
04 ފެބުރުއަރީ 2018 - 20:39
ރައީސް އަބްދުﷲ ޔާމީން ވެރިކަން ދޫކޮށްލެއްވުމަށް ފަހު ވަޑައިގަންނަވަން ޖެހޭ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއް ކުރީގެ ރައީސް މުހައްމަދު ވަހީދު މިއަދު ރީޓްވީޓްކުރައްވައިފި އެވެ.
ރައީސް ނަޝީދުގެ ޓްވީޓެއް، އެމަނިކުފާނުގެ ވެރިކަމުގެ ނައިބު ރައީސް ވަހީދު ރީޓްވީޓް ކުރައްވާފައި މި ވަނީ، ފެބްރުއަރީ 7، 2012ގައި ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމުން، ވެރިކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ދެ ބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށެވެ. އޭގެ ފަހުން ދެ ބޭފުޅުންގެ މެދުގައި އޮތީ ވަރަށް ބޮޑު ރުޅިވެރިކަމެކެވެ.
ޖަލުގައި ތިބި ސިޔާސީ ބައެއް ކުށްވެރިން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރު ތަންފީޒު ކުރުން ލަސްވަމުންދާތީ ސިޔާސީ މަސްރަހު ހަލަބޮލިވެފައި ވަނިކޮށް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި ދައުރުގެ މުއްދަތު ކަނޑައެޅިފައިވާ ރިޔާސީ ނިޒާމެއްގައި އަވަސް އިންތިޚާބެއް ބޭއްވުން ވާނީ ހަމަޖެހޭ ކަމަކަށް ނޫން ކަަމަށެވެ. އަދި ރައީސް ޔަމީން ވެރިކަން ދޫކޮށްލެއްވުމަށް ފަހު ވަޑައިގަތުމަށް ނަޝީދު ވަނީ ގޮވާލައްވައިފަ އެވެ.
ނަޝީދުގެ ވެރިކަމުގެ ފަހު ދުވަސްވަރު އެމަނިކުފާނާ ޚިޔާލު ތަފާތުވެ ވަހީދު ވަނީ އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅުން ބާއްވަވައިފަ އެވެ. ފެބްރުއަރީ 7، 2012 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ވަހީދު ފަހުން މަސައްކަތް ކުރެއްވީ މިހާރު ވެރިކަމުގައި ތިއްބެވި ފަރާތްތަކާ އެކު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުވަނދު
05 February 2018
ތި ފިލުމުކުޅޭ މުއާޒަކީ ކާކުތަ؟ އެވެސް މީހުންތަ؟ މިހާރު މޮޅުވާ ކޮޅުހޯދަނީ.
އަސްލު
05 February 2018
ޑރ ވަހީދަކީ ޔާމީނަށްވުރެ ހިތްވަރު ގަދަ ބޭފުޅެއް. އެތައް ބަޔަކާ އެކު ކޯލިޝަނެއްގަ ވެރިކަން ކުރަމުން ދިޔައީ ދެ އަހަރުދުވަހު އެމްޑީޕީގެ ހުއްޓުމެއްނެތް މުޒާހަރާތަކާ ޕްރެޝަރުތަކާއެކު.
ބެއްޔާ
05 February 2018
ބަޔަކު ވެރިކަމަށް ދަހިވެތިވުމުގެ ސަބަބުން މިރާއްޖޭގެ މިނިވަންކަން ގެއްލިގެންދަނީ... މިކަމުގައި ދިވެހި ރައްޔިތުން ވަރަށް ބޮޑަށް އެބަޖެހޭ ވިސްނަން.. ރާއްޖޭ ޖަލަށް ހުކުމް ކޮށްފައިވާ ބައެއް ކުށްވެރިން ދޫކުރުމަށް ސްޕްރީމް ކޯޓު ނެރުނު އަމުރަކީ އެންމެ އިންސާފުވެރި ތެދުވެރި ނިމުމެއްތޯ؟ ކޮބާތޯ ޖަލަށް ހުކުމްކޮށްފައިވާ މިރާއްޖޭގެ ނިކަމެތި ރައްޔިތުންގެ ދަރިން؟ އެމީހުންނަށް އިންސާފު ހޯދާ ނުދެވޭ ބަޔަކަށް މިރާއްޖޭގެ އަދުލު އިންސާފު ޤާއިމު ކުރަނީ ކިހިނެއްތޯ؟
ހަރީރާ
05 February 2018
އަހަރުމެންނަށް އަބަދުވެސް އިނގޭ ދެފުށް ކެހެރިކަން. އަނެއްހެން މައްސަލައެއް ނޫން. ހީވަނީ ކަންނޭނގޭނު މާދަމާ ވެރިކަމުގައި ހުންނަވާނީ ނަޝީދުއޭ. އެހެންވެ ތޯއްޗެއް.
ޓަކި
05 February 2018
ތިކުރި ޓުވީޓަކީ ކޮބާ؟؟؟؟؟؟
ކައުންސެލަރު
05 February 2018
މައިބަދަ އޮޕަރޭޝަން ކުރަން ޔޫކޭއަށް ފޮނުވުމުން ހަރާންކޯރުވުމަކީ ޔާމީނާ އަދި ދިވެހިރައްޔިތުންގެ މައްސަލައެއްނޫނެވެ،.
ވަހީދު
05 February 2018
ހަރާން ކޯރު ވީޔޭ؟ ތި ބުނީ ބޭ އިންސާފުން ޝަރިއަތް ކޮށް ޖަލައް ލީމަ ވެސް އަތް ޖަހަޖަހަ ހުންނަންވީއަެތަ؟ އިންސާފުން ކަންކުރާނަމަ އަރުވާލއވިގެން ހުންނާކަަސް ނުޖެހޭނެ
ޢީމަން
05 February 2018
މަންޒަރަކަށް ނާރާނެ، އެއައްވުރެއް އަނދިރި.
ލިޕްސަމް
05 February 2018
އަސްލު އަހަރެން އެފަހަރު އަންނިއަށް ވޯޓު ދިނީވެސް ޑރ ވަހީދު ކައިރީގަ ހުރީމަ. އެކަމަކު ފަހުން އެކުރީ ވަރަށް ފީކަޅާ ކަމެއް. އަންނިގެ ދައުރުވެސް އަންނިއަށް ދޭންޖެހޭނެ. ޑރ ވަހީދު އެކަމުގަ ބައިވެރިވީމަ ވަރަށް ދެރަވި. މިހާރު ޔާމީނެއް އަންނިއެއް މައުމޫނެއް ވަހީދެއް ހަމަ މަށަށް ވަނީ އެއްވަރު. އެކި މީހުންގެ ހުރީ އެކި ވަރުގެ އުނި ކަންތައްތައް އެކަމަކު ވެރިކަމަށް އަންނަ ސްޓެންޑާޑް އެއް ނެތް. އޭގެންވެސް އެނެމެ ދަށްކޮށް މިއުޅެނީ ޔާމީނު. ފަރުދީ މިނިވަންކަމާ ބާރުވެރިކަމުގެ މައްޗަށް އަތްގަދަކޮށްފަ ކޮންކްރީޓު އަޅާފަ ތަރައްގީއޭ ކިޔަކަސް އުފަލެއް ނުލިބޭނެ.
ޔާމީނުބެ
05 February 2018
މަގޭ ތާއީދު..ހަމަ ތެދެއް އެބުނީ.
އެހެނާ
05 February 2018
އަންނިގެ ދައުރު އަންނިއަށް ނުލިބުނީ އަންނިއަށް ކަންކަން ކޮންޓްރޯލްނުކުރެވި ގޮތްދޫނުކުރުމުގެ ސަބަބުން. މިހާރު ވެގެން މިއުޅޭހެން ސުޕްރީމް ކޯޓުގެ ވެސް އަމުރާ ޚިލާފަށް ގާޒީ ދޫނުކުރާނަމޭ ބުނީމަ. ގާނޫނުން ބޭރުވަމުން ދިޔައިރު ގޮތް ދޫކުރިނަމަ ވެރިކަން ނުވެއްޓުނީސް.
ދޮގެއްތޯއެވެ
05 February 2018
ނަޝީދު މިނިވަން ވާން އުޅޭހެން އެމްޑީޕީ އަށް ހީވުމުން އެކިޔާ ކޯލިޝަން އުވިއްޖެއެވެ.އެމީހަކާ އެމީހެކެވެ.
ޢަބްދުﷲނާފިޒު
05 February 2018
ކޯލިޝަންގެ ވާހަކަ ދައްކާނީ ފަހުން، މިހާރު މިއޮތީ ސުޕްރީމް ކޯޓުގެ އަމުރު ދެއްތޮ، އެ އަމުރު ނެރުނީމަ، އެމެއް ނާރައޭ މަހެއް ނުބޭނެޔޭ ކިޔައިގެން ކޮން ބަހަނާއެއް، ހާދަ ފިނޑި ބައިގަނޑެކޭ.
ދީދީ
05 February 2018
ނޮޓް ޔޫ އެގެއިން