މިދިޔަ އަންގާރަ ދުވަހު ފާރިސް މައުމޫން (ކ) މިނިވަންކުރުމުން އޭނާގެ ވަކީލް މައުމޫން ހަމީދާއެކު ޖުމްހޫރީ މައިދާން ކައިރީ މަޑުކޮށްލައްވައިގެން: މިއަދު އަނެއްކާ ވެސް ފުލުހުން ވަނީ ފާރިސް ހައްޔަރު ކޮށްފައި. -- ފޮޓޯ: ސޯޝަލް މީޑިއާ
08 ފެބުރުއަރީ 2018 - 17:49
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން ދިރިއުޅުއްވާ ގެ އަށް ފުލުހުން ވަދެ ދާދި ދެންމެއަކު އޭނާ ހައްޔަރު ކޮށްގެން ގެންގޮސްފި އެވެ.
ފާރިސްގެ ވަކީލު އަލީ ޒާހިރު ވިދާޅުވި ގޮތުގައި މިފަހަރު ވެސް ފާރިސް ހައްޔަރު ކުރީ މީގެ ކުރިން އޭނާގެ މައްޗަށް ކުރި ތުހުމަތުގަައި ކޯޓު އަމުރެއްގެ ދަށުންނެވެ. އެއީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ރިޝްވަތު ދެއްވުމުގެ ތުހުމަތުގަ އެވެ.
ފާރިސް މި ހައްޔަރު ކުރީ، މީގެ ކުރިން ވެސް ހަމަ އެ ތުހުމަތުގައި ހައްޔަރު ކުރުމަށް ފަހު، މިދިޔަ އަންގާރަ ދުވަހު އޭނާ މިނިވަން ކުރުމަށް ފަހު އެވެ. މިފަހަރު ފާރިސް ހައްޔަރު ކުރި އިރު، އޭނާގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހުންނެވީ ހައްޔަރު ކޮށް ދޫނިދޫގައި ބަންދުކޮށްފަ އެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ 15 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ، ފުލުހުން ބޭނުންވާ ތަހުގީގުތައް ކުރުމަށާއި ބަލައި ފާސްކުރަން ބޭނުންވާ ނަމަ ކޯޓު އަމުރަކާ ނުލައި ވެސް އެކަންތައް ކުރެވޭނެ އެވެ. ނަމަވެސް މިފަހަރު ފާރިސް ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޭކެނޑޭ
10 February 2018
މި ކުޑަކުޑަ ސޮރު މިހާރު އެ ޙާސިލް ކުރެއްވީ ނެލްސަން މަންޑޭލާ ގެ މަޤާމެވެ. ހިތްވަރު ކުރާށެވެ. ނެލްސަން މަންޑޭލާ އަށް ދުނިޔޭގެ ފެންވަރުގައި ލިބުނު ލަގަބު މަނިކު ފާނަށްވެސް ލިބުން މިހާރު މާ ދުރަކު ނެތެވެ. ފާރިސް އަކީ މިހާރު ސިޔާސީ ގޮތުން ދުނިޔޭގައި އުފެދުނު 3 ވަނަ ސިޔާސީ ލީޑަރެވެ. 1. މަހާތުމާ ޤާނދީ. 2. ނެލްޝަން މަންޑޭލާ. 3. މަނިކުފާނު (ފާރިސް ) އެވެ.
ދުންޏާ
09 February 2018
މަގޭ ކޮއްކޮ ދެއިރު ކާ ބޭހެއް ހެން ޖަލަށް ދާންޖެހެނީ ވެސް ހަމަ މި ނަޝީދަކާ ހެދި. މަގޭ އުޚްތު ޔުމްނާ އާ އެނަގެ ފިިރިމީހާގެ ބޯވެސް ކައިފިޔޭ މި އަންނިއެއް. ބައްޕަ އާ ހަމައިންވެސް މީނަ އެއް ނުނިންމި. ނަސީބެއް މަށާ ޣައްސާނު ސަލާމަތް ވި ކަން ނަޝީދު ކިބައިން.
ނާއިލާ
09 February 2018
މައުމޫނަށް އެދައްކަވަނީ އޭނަ ކުށެއްނެތް އާއިލާތަކަށް ކުރި އަނިޔާގެ ކުޑަމިންވަރެއް. ރައީސް ޔާމީނު މެދުވެރިކުރެއްވީ އެކަމަށް. އިރާދަކުރެއްވިއްޔާ އެ ދެ އަނިޔާވެރިންނަށް ދުނިޔެއާއި އާޚިރަތުގަވެސް ގަދަފަދަ ސަޒާ ލިބޭނެ. ވަރަށް މިއަދު ހިތައް ތަދުވާނެ. އަހަރެމެން ކުޑައިރުވެސް ވަރަށް ރުއިން ނުޙައްގުއަނިޔާ ދިނީމަ.
މުހައްމާ
09 February 2018
ކޯޓުންކުރާ ހުކުމްތަކަށް ނުފޫޒު ފޯރުވޭވަރުގެ ބަޔަކު ބޭނުންވީމަ ބޭނުންވާ ގޮތަކަށް ހުކުމް ބަދަލުކުރެވެންޏާ ކޯޓުތައް ހުރުމުގެ ބޭނުމެއްނެތް. އަމްދުން، އެންމެ ފަހުގެ މަރުހަލާގެ ކޯޓުގެ ހުކުމް ބަދަލުކުރެވެންޏާ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑުގޮތަކަށްވާނީ ކޯޓުތައް ބަންދުކުރުން. ސ ކޯޓުގެ އެންމެފަހުގެ ނިންމުމުގެ ސަބަބުން ދެން ނެރޭ އަމުރުތައް ބަދަލުކުރުމަށް ދާއިމީ ދޮރެއް ހުޅުވިގެންމިދިޔައީ. އެހެންވީމާ ކޯޓުތަކަށް ރައްޔިތުން އިތުބާރު ކުރުމުގެ ފުރުސަތު އެއްކޮށް ގެއްލިގެން މިދިޔައީ. މިކަންތަކާއި ގުޅިގެން އެތަންތަނުގެ ތިބި މީހުން މަގާމަށް ގާބިލުކަމާއިމެދު ސުވާލުވެސް އުފެދުނީ. ގިނަރައްޔިތުން ގަބޫލުކުރޭ ޖޭ.އެސް.ސީ އަކީ މިނިވަން ތަނެއްނޫންކަމާއި ވަޒީފާ ގެއްލިދާނެތީ ސަރުކާރު ބޭނުންވާކަންކަން ބޭނުންވާގޮތަކަށް ނިންމައިދޭނެ ބައެއްކަން އެތަނުގައިތިބީ.
އެމްސް
09 February 2018
ސަރުކާރުވެސް ވަރަށް ކުޅޭކުޅޭ ވެއްޖެކަމަށް ފެނޭ
ކަބްޖީ
09 February 2018
މިއީ ޔާމީންއާއި މައުމޫން ގުޅިގެން ފާރިސް މަޝްހޫރު ކުރަން ކުރާކެމެއްބާއޭ ހިތަށް އަރާ...
ހޭކެނޑޭ
09 February 2018
ކުދިން ނުވަތަ ދަރިންނަށް އެހެން ފަރާތަކުން އަނިޔާ އެއް ދިނުމަކީ އެދަރިންގެ ނުވަތަ އެ ކުދިންގެ މައިން ބަފައިން ނަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށް ވެފާ އަދި އެކުދިން ނުވަތަ އެ ދަރިން ނަށް ލިބޭ އަނިޔާ އަކީ އެކަމުން އޭގެ ބަދަޅު ހިފަން ލިބޭނެ އައު ހިތްވަރެކޭ ބުނާ އަޑު މަމެން އަހަނމު.
އެމްސް
09 February 2018
ހުރިހާ މުވައްސަސާ އެއްގެ އަގު ވެއްޓެން ވެއްޖެއްޔާ އިތުބާރު ކުރެވޭ އެއްވެސް ތަނެއް ނޯވެދާނެ
ކިހިނެތް
08 February 2018
ސަރުކާރުން މިހާރު މިކަން ކުޅޭކުޅޭ ކަމަށް ހަދައިފި! މިހާރު ހަމަ ޔަގީންވެއްޖެ ވޯޓުން ބަލިވާނެކަން!
މޯޑް
08 February 2018
ސްޕްރީމް ކޯޓާއި ކްރިމިނަލް ކޯޓު ހިނގައިގަތީ ދޯ؟ ވަރަށް ފައްކާ އިނގޭ! ދެން އަދުލް އިންސާފް ލިބޭނެ، ސުވާލެއް އުފައްދާނެ ޖާގައެއްވެސް ނޯންނާން! ފަނޑިޔާރުން ބަޣާވާތް ކުރާ ކަމަކަށްވެސް ނުވާނެ!
ސައްތާރު
08 February 2018
ފާރިސްގެ ދައްތަ ދުންޔާ ވިދާޅުވާ ގޮތުން ކަމަށް ވަންޏާމު ތިޔައީ ނަޝީދުގެކަމެއް ތިޔަކަމާ ޒިންމާވާންޖެހޭނީ ނަޝީދު . ދުންޔާ ފޮރިން މިނިސްޓރު ކަމުން އިސްތިއުފާ ދެއްވުމަކީވެސް ނަޝީދު ޒިންމާ ވާންޖެހޭނެ ކަމެއްތާ .