ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ތަރުޖަމާނު، ފައިސަލް.-- ފޮޓޯ: ފޭސްބުކް
12 ފެބުރުއަރީ 2018 - 17:26
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ތަރުޖަމާން ފައިސަލް އާދަމް އާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޝަފާއު ހަސަން ހައްޔަރު ނުކުރާ ކަމަށް ފުލުސް އޮފީހުން މިއަދު ބުނެފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ފައިސަލް އާއި ޝަފާއު ހައްޔަރުކުރި ކަމަށް ފަތުރަމުންދަނީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
މި ދެ މީހުން ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުނާއިރު ފައިސަލް އިއްޔެ މެންދުރެއްހާއިރު، ފުލުސް އޮފީހަށް ހާޒިރު ކުރުމަށް ފަހު ދޫކޮށްލީ ރޭ ހަތަރެއް ޖެހިއިރެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތެއް ފުލުހުން ހާމަނުކުރާ ކަމަށް ވަކީލުން ވިދާޅުވި އެވެ.
ޝަފާއު ވެސް ރޭ ޕޮލިހަށް ހާޒިރުކުރި އެވެ. އެކަމަކު އޭނާގެ މައްޗަށް ވެސް ކުރާ ތުހުމަތެއް ސާފެއް ނޫނެވެ.
އެމްއާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޝަފާއު.-- ފޮޓޯ: ފޭސްބުކް
ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމަށް ރިޝްވަތުގެ ފައިސާ ދިނުމާއި ރިޝްވަތުގެ ގޮތުގައި ލިބިފައިވާ ފައިސާ ބޭނުންކޮށްގެން މަންފާ ހޯދި ކަމުގެ ތުހުމަތުގައި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ވަނީ މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ކޮޓަރީގައި ނިދާ އެނދުގެ ގޮދަޑި ދަށުން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށާއި އޭގެ އިތުރު ހެކިތައް ވެސް ހޯދާފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައި ވެ އެވެ. ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށްޓަކައި ރިޝްވަތު ހިފި ކަމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރު އަަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ފަސް މީހަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ދަރިކަލުން އަދި ވިލާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމާއި މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އަދި ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނާސިރާ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާތުން
13 February 2018
ޢަބްދުﷲ ސައީދުގެ ސެކްރެޓަރީއަށް އުޅޭ ކުއްޖާއާ ސުވާލެއް ނުކުރޭތަ؟
އިންސާރފް
13 February 2018
ހައްޔަރެއް ނުކުރޭ، ފުލުހުންގެ ބެލުމުގެ ދަށުގައި ވަކި ތަނެއްގައި ބަންދު ކުރީ!
އެކްސް
13 February 2018
ހައްޔަރެއްނުކުރޭ! އެހެންވިއްޔާ ރަހީނު ކުރީތާ!!! މިކަންކަން ބަލައި، މިކަމުގައި ޒިންމާވާ ވަކިވަކި ފުލުހުންނާމެދު ފިޔަވަޅުއަޅާ ދުވަސް އިންޝާﷲ އަދި އަންނާނެ.
ތނސ މމ
12 February 2018
ތި އޮއް ބޮލު ފޮށާ އެޅެނީ. ދެން ވެސް ވެއްޖެ ނު ޤާނޫނީ އިމުގެ ތެރޭން ކަންތައް ކުރަން ވަކި މީހެއްގެ ކޮޅަށް ނުޖެހި. ޢަބަދަކު ތި ބައިގަނޑެއް ނުތިބޭނެ ވެރި ކަމުގަ. ކޮށް ގެން ތިބި ހުވަޔާ ޚިލާފް ނުވޭ ތިބޭކަލުންނާ ތި މުއައްސަސާ ގެ އަގު ވެއްޓެނީ ތިހެން އުޅެން ހަދައިގެން.
މޯޑް
12 February 2018
އާދެ! ހައްޔަރެއް ނުކުރޭ، ޕޮލިސް ހެޑްކުއާޓަރ އިން ބޭރަށް ދިޔަ ނުދިނީ!
ނުކެތޭނެ
12 February 2018
ޝަފާއު ހައްޔަރު ކޮށްފިނަމަ "ބުޅާ ގޯނިން ބޭރުވާނެ" އެވެ.
ނުކުޅަދާނަ
12 February 2018
ހެޔޮނުވާނެ... ޕީޕީއެމް މީހުން ނޫން އެހެން އެންމެން ހައްޔަރުކޮށްގެން ވެސް މައިތިރި ވެބަލަ... ބޮލާ ނުކުޅަދާނަ.... ބަޔަކަށް އަލަށް ވެރިކަމަށް އެރިގެން އުޅޭތީ ވާގޮތް. އަދި ވެރިކަން އަތުން ބީވެދާނެތީ ތެޅިފޮޅެނީ...
ޏ އައިކު
12 February 2018
ހައްޔަރެއް ނުކުރޭ ގަދަކަމުން ގެންދިޔައީ.
ފާތުން
13 February 2018
ގައުމަށްޓަކައި އެނގި ހުރި މައުލޫމާތު ދިނުމަށް ދިޔައީ.