ކިންގް ސަލްމާން މިސްކިތް އިމާރާތްކުރަން ފަށައިފި

ސައޫދީ ސަރުކާރުގެ ހިލޭ އެހީގައި މާލޭގައި އަޅާ "ކިންގް ސަލްމާން" މިސްކިތް އިމާރާތް ކުރަން ފަށައިފި އެވެ.


ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކިންގް ސަލްމާން މިސްކިތުގެ ފައުންޑޭޝަންގެ މަސައްކަތް ބާރަށް ކުރިއަށް އެބަދާ ކަމަށެވެ. އެ މިސްކިތަކީ ރައީސް އަބްދުﷲ ޔާމީންގެ ހާރިޖީ ސިޔާސަތުގެ ސަބަބުން، ސައުދީ އަރަބިއްޔާއާ އުފެދިފައިވާ ގާތް ގުޅުމުގެ ރަމްޒެއް ކަމަށް ވެސް ވިދާޅުވި އެވެ.

މިސްކިތުގެ މަސައްކަތާއި ގުޅޭގޮތުން މިނިސްޓަރު ކުރެއްވި ޓުވީޓް--

ހަ ބުރި އަށް ހަދާ އެ މިސްކިތަކީ ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު އަދި އެންމެ ރީތި މިސްކިތަށް ވާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކިންގް ސަލްމާން މިސްކިތުގައި ހިމެނޭނެ ބައެއް ތަންތަން:

- މަލްޓި ޕާޕަސް ހޯލެއް ހުންނާނެ

- ގުރުއާނާ ބެހޭ މަރުކަޒު މިސްކިތަށް ބަދަލުކުރެވޭނެ

- ދުނިޔޭގެ ފެންވަރުގެ ލައިބްރެރީއެއް ހުންނާނެ

- ސެމިނާތަކާއި ކްލާސްރޫމްތައް ހުންނާނެ

އާޓިފިޝަލް ބީޗް އުތުރުން ހަދާ އެ މިސްކިތަކީ ޖާގަ ތަނަވަސް އެއްފަހަރާ 6،000 މީހުންނަށް ނަމާދު ކުރެވޭނެ މިސްކިތެއް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.