އިދިކޮޅު ހަރަކާތުން ރޭ ބޭއްވި އެއްވުމުގެ ތެރެއިން ފުލުހުން ހައްޔަރުކުރި، ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަން އަށް ލިބިފައިވާ ބައެއް އަނިޔާތައް: ފުލުހުން އޭނާ އަށް ވަރަށް ބޮޑަށް އަނިޔާ ކޮށްފައިވާ ކަމަށް ރާއްޖެ ޓީވީން ބުނޭ.
17 ފެބުރުއަރީ 2018 - 08:24
އިދިކޮޅު ހަރަކާތުން އިއްޔެ ހަވީރާއި ރޭ މާލޭގައި ބޭއްވި އެއްވުން ކަވަރު ކުރުމަށް ހަރަކާތްތެރިވި ނޫސްވެރިންނާ މެދު ސަރުކާރުން އަމަލު ކޮށްފައި ވަނީ ދިވެހި މުޖުތަމައަށް ސިހުން އަންނަ މިންވަރަށް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ރޭ ބުނެފި އެވެ.
އެއްވުން ކަވަރު ކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންނަށް އަމާޒުކޮށް ޕެޕާ ސްޕްރޭ ޖަހައި އަދި އެއްވުން ރޫޅާލުމުގެ ތެރޭގައި ބައެއް ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން ބޮޑެތި އަނިޔާތަކެއް ލިބިގެން ފަރުވާ ހޯދާފައިވާއިރު، ޖޭޕީން ނެރުނު ބަޔާނެއްގައި ވަނީ ސަރުކާރުގެ އެ އަމަލު ކުށްވެރިކޮށްފަ އެވެ.
އިދިކޮޅުގައި ހަރަކާތްތެރިވާ ޖޭޕީން ބުނީ ސީދާ ނޫސްވެރިންނަށް އަމާޒު ކޮށްގެން، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަމަލަ ދިނުމަކީ ތަކުރާރުކޮށް ފެންނަ ކަމެއް ކަމަށެވެ.
އިދިކޮޅު ހަރަކާތުން ރޭ ބޭއްވި އެއްވުމުގައި ވީޓީވީގެ ނޫސްވެރިއަކު ވެއްޓިފައިވާއިރު، އެހެން ނޫސްވެރިންތަކެއް އޭނާ އަށް އެހީތެރިވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"މީގެ އިތުރުން ސުލްހަވެރި އެއްވުމުގައި ބައިވެރިވި ޑިމޮކްރެސީ އަށް ލޯބި ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން އެތައް ބަޔަކަށް އަނިޔާކޮށްފައިވާ ކަމީ ޔާމީންގެ ސަރުކާރުގެ ރަހުމް ކުޑަކަމާއި ދިވެހި ރައްޔިތުންނަށް އެއްވެސް ގަދަރެއް، އިހުތިރާމެއް ނުކުރާ ކަމުގެ ހެއްކެކެވެ،" ޖޭޕީން ބުންޏެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެ، އިދިކޮޅު ހަރަކާތުން ފަހަކަށް އައިސް ބާއްވާ އެއްވުންތައް ކަވަރު ކުރުމަށް ހަރަކާތްތެރިވާ ނޫސްވެރިންނަށް އަމާޒުކޮށް އިއްޔެ އާއި ރޭގެ އެއްވުންތަކުގައި ފުލުހުން ކަންކަން ކޮށްފައިވާ ކަމަށް، އެ ހަރަކާތް ކަވަރު ކުރުމަށް އުޅުނު ނޫސްވެރިން ބުނެ އެވެ. އޭގެ ތެރޭގައި ސީދާ ނޫސްވެރިންގެ މޫނަށް އަމާޒުކޮށް ޕެޕާ ސްޕްރޭ ޖެހުމާއި އެއްވުން ކަވަރު ކުރުމަށް ގަސްދުގައި ހުރަސް އެޅުމާއި އަނިޔާ ކުރުން ހިމެނޭ ކަމަށް ބައެއް ނޫސްވެރިން ބުންޏެވެ.
މީގެ ތެރެއިން އެންމެ ބޮޑަށް އަނިޔާވީ ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަނަށެވެ. އޭނާ ރޭ ދަންވަރުން ފެށިގެން އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާއިރު ހަށިގަނޑުގެ އެކި ހިސާބުތަކުން ވަނީ ހަން މަށައިގެން ގޮސްފަ އެވެ.
އިދިކޮޅު ހަރަކާތުން ރޭ ބޭއްވި އެއްވުމުގެ ތެރެއިން ފުލުހުން ހައްޔަރުކުރި، ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަން އަށް ލިބިފައިވާ ބައެއް އަނިޔާތައް: ފުލުހުން އޭނާ އަށް ވަރަށް ބޮޑަށް އަނިޔާ ކޮށްފައިވާ ކަމަށް ރާއްޖެ ޓީވީން ބުނޭ.
ރާއްޖެ ޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާ ވިދާޅުވީ، ހުސެއިންގެ އެތެރެހައްޓަށް އަނިޔާވެފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވާ ކަމަށެވެ.
"ބޫޓުން ޖަހާފައި ހުރި ކަމުގެ ނިޝާން ވެސް ފެންނަން އެބަހުރި. ހުސެއިން ހައްޔަރުކޮށްގެން ޕޮލިހަށް ގެންދިއުމަށްޓަކައި ވެހިކަލުން ބޭލި ވަގުތު ވެސް ވަރަށް ބޮޑަށް އަނިޔާކުރި ކަމަށް މައުލޫމާތު ލިބެނީ،" ފިޔާޒް ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަނަށް އޭޑީކޭގައި ރޭ ފަރުވާ ދެނީ: އަދިވެސް އޮތީ ހޮސްޕިޓަލްގައި.
ރޭގެ އެއްވުން ކުރިއަށް ގެންދަނިކޮށް، ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން ބޭއްވި ނިއުސް ބްރީފިންއެއްގައި، އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އާންމުން ނުތަނަވަސްވާ ގޮތަށް އަމަލުކުރާ މީޑިއާތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައްވައިފަ އެވެ.
ރާއްޖެ ޓީވީ އާއި ވީޓީވީގެ ނަން ވަކިން ފާހަގަ ކުރައްވައި، "ފިތުނަފަސާދަ" އުފައްދާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް އޭނާ ގޮވާލެއްވި އެވެ.
"ރާއްޖެ ޓީވީންނާއި ވީޓީވީން މިކުރާ ހުރިހާ ވެސް މަސައްކަތަކީ މި ރާއްޖޭގައި ފިތުނަ ފަސާދަ އުފައްދަން ކުރާ މަސައްކަތް. ރައްޔިތުންނަށް ވާނުވާ ނޭނގި، ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ގެންދަން ކުރާ މަސައްކަތް. ދޭތެރެ ޖައްސަން ކުރާ މަސައްކަތް. ރާއްޖޭގެ ރައްޔިތުންނަށް ނުރައްކާތެރި ކަމެއް އޮތް ކަން ދޭހަކޮށްދިނުމުގެ ގޮތުން ކުރާ މަސައްކަތް،" އަބްދުއްރަހީމް ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމާ
18 February 2018
މައުމޫނު ވަރުގެ މޮޔައަކު ނުދެކެން އެހެންނާފަހެ އޭނާ ވެރިކަމުންބާލާ ގައުމަށް ހަރާން ކޯރުވީއޭ ކިޔާފާ 30 އަހަރު ހަރާން ކޯރުވީއޭ ކިޔާފަ ވެރިކަމުން ބާލާ ފަ މިހާރު މިކިޔަނީ ތިޔައީ ޒައީމޭ ޤައުމު ފަހުރު ވެރިވާ ހަމަ މިހެން އެން ޑީ ޕީ މީހުން ކީއިރަށް އެދިމާއަށް އެ ދުއްވާގަތީ އަޅެ މައުމޫނުވެސް މޮޔައެއްނު. އޭނާއަށް އެމީހުން ދުވަހަކުވެސް ހެޔޮއެދޭނެތަ ވެރިކަމާ ހެދި ކޮންމެ މީހަކު ބޫތު ކައިފަ ރައްޔަތުން ދެކެ ލޯބިވާ މީހަކަށް ހުރީ ހަމަ ޔާމީން އެކަނި ޔާމީންވަރެއް ނެތް
ކޯޗޭ
18 February 2018
ތިތަނަށް އެހެން ނޫސް ތަކުގެ ނޫސްވެރިންވެސް ދިޔަ އެކަމު އަނީޔާމިވީހަމަ ޖޭޕީ ނޫސްވެރިންނަށާ އެންޑީޕީ ނޫސްވެރިންނަށް އެހެންވީމާ އެބައެނގޭ ގޯހެއް އުޅޭކަން ހަމަ ބޮޑުވަންވެގެން ގޮތްދޫނުކޮށް އުޅުނީމަ ވާވިގޮތް ތިވަނީ އެހެން ޕާޓީއެއްގެ ނޫސްވެރިއަކަށް ގެއްލުމެއް ނުވޭ ވީމާ ބުނެލަން އޮތީ ތިދަނީ ހުޅުބޭ އެތާގާ ހިންގަނީ ނޫސްވެރިކަމުގެ ޢަމަލުތަކެއް ނޫނޭ. ހަމަ ވެރިކަމާހެދި ބޫތުކައިފަ
މުރާސިލް
17 February 2018
ދުނިޔޭގެ ބައެއް ޤައުމުތަކުގައި ފުލުހުން މުޒާހަރާގެ ތެރޭގައި ނޫސްވެރިންނާއި އާއްމުން މަރައެވެ. ދިވެހިފުލުނުްގެއަތުން މުޒާހަރާގެ ތެރޭގައި މީހަކު ވެފައި ނެތުމަކީ މުޅި ދުނިޔޭގެވެސް ރެކޯޑެކެވެ.
ޖުހާ
17 February 2018
ފުލުހުންގެ އަމަލުތަށް ވަރަށް ހަރުކަށި އިބާރާތުން ކުއްވެރިކުރަން. އެއްވެސް އިންސާނަކު އަނެއް އިންސާނަކަށް އަނިޔާވެރި ވެގެން ނުވާނެ
އަލީ އާމިރު
17 February 2018
ނޫސްވެރިންގެ ފާސް އަޅައިގެން ސިޔާސީ އެކްޓިވިސްޓުންގޮތަށް އުޅުނީމަ ދާނީ ހުޅުބު. ކުރިއަށް އޮތްތަނުގަ ވެސް ހުޅުބު ނުދާނެހެން ފާސްއަޅައިގެން ޢަމަލުކުރާތި. ނޫސްވެރިއަކަށް ވެވޭނީ އެންމެ ދަށްވެގެން ޑިޕްލޮމާ އެއް އޮންނަ ފަރާތަކަށްކަމުގައި ޤަވާއިދެއް ހަދަންވީ. އޭރުން މިކަމުގެ ތެރެއަށް އަންނާނީ ޕްރޮފެޝަނަލް މީހުން.
މޮހޮދު
17 February 2018
...ހަމަހޭ އެބަހުރިތަ. ...ރާއްޖޭގެ މަސްރަހު ރައްޔިތުންގެ ސުއޫރު އަދި ވާނުވާގޮތް ތެދުކޮށް މިހާރު ބުނާބަޔަކީ އެ ދެޓީވީ...ކެވުނުލާރިތައްގިނަވެފަ ކާންހުރިލާރިތަކާހެދި މޮޔަ ހަމގޮވެނީ ދެއްތޮ
ހުރިހާނޫހެއް
18 February 2018
ރޭގެ މުޒާހަރާގައި ފުލުހުން ކަންކުރީ އެއްގޮތަކައްވެސް ރަނގަޅަކައްނޫން އެކަމަކު ހުސެއިން ގެ ވާހަކަ ތަންކޮޅެއްބޮޑުކޮއްފަ ކަންނޭގެ ދޯ ލިޔެފައޮތީ. ފޮޓޮޔާ ވާހަކަޔާ މީގެ ފަހުން މިކަމާގުޅޭ ގޮތުން ހުރި ހަބަރާ ދިމާނުވާހެން ހީވާތީ. މިގައުމުގަ މިހުރިހާ ނޫސް ތަކާ ޓީވީ ހުރިއިރި އެއްކަމެއް އެއްގޮތަކައް ނުގެނެސްދެވޭ އެއްބަޔަކައް. ހުރިހާނޫހެއް ކިޔަސް ހަގީގަތް ނޭގޭ. ގައުމުގައި ހުސް ތެދުވެރިން އޮތަ؟ ހަގީގަތަކީ ތެދު ވަކިފަރާތަކައް ނުޖެހި ހަބަރެއް ގެނެސް ދޭ ނޫހެއް މިއަދު އަދިނެތް. ހަވީރު ރަގަޅައްކުރި ދުވަސްކޮޅެއް ދިޔަ ތޯއްޗެ. މީހިތާމަ ހުރި ހަގީގަތެއް.
ހާއުފާ
17 February 2018
ނޫސްވެރިންނެކޭ މުޒާހިރާގެ ބައިވެރިންނެކޭ ވަކި ތަފާތެއް ނެތެވެ. ނުވަތަ އެއައްވުރެވެސް ނޫސްވެރިންތިބީ ކުރީގައިކަމުގައި ދެކެމެވެ. އެހެންވީމާ ފުލުހުން ޢަމަލުކުރުމުގައި ތަފާތެއް ގެންގުޅެގެން ނުވާނެ ނޫންތޯ؟
އީމަން
17 February 2018
ކޯޗެކޭކިޔާކައް، ފުލުހުން ތިޔަށްވުރެއް މާއަނިޔާވެރިވެފަ ހުރިތަން ތާރީހުން ހެކިދޭ.
އައިއޭމް
17 February 2018
ނޫސްވެރިންނާ މެދު އަމަލުކުރި ގޮތުން ލިބުނީ ބޮޑު ސިހުމެއް ޖޭޕީ އަށް ލިބުނަސް މަމެން ނަށް ނުލިބޭ ބޮޑު ސިހުމެއް. ތިޔާއީ ނޫސް ވެރިން ކަމަށް މަމެން ނުދަންނަން އެއީ އެމްޑީޕީ އާއި ޖޭޕީގެ އެކްޓިވިސްޓުން ދޯ. ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ. އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑައި ޑައި ޑާއި ޑާއި ޑާއި.
ދޮޅިދާން
17 February 2018
އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ވުރެ މިގައުމުގެ ސުޕްރިމް ކޯޓް ހުއްޓުވާ އޭގައި ތިބި ޢުމުރު އޮއްސޭ އަތަށް އަޅާފައިވާ ދެ ފަނޑިޔާރަކަށް ބޮލުގެ ބަޑިޖައްސައި ޓެރެރިޒަމް ހިންގުމަކީ މިގައުމުގެ ރައީސް ގެ ލެޖިޓިމަސީ ހައިސިއްޔަތެއް ނެތްކަން އެނގޭ ކަމެއް