އުލިގަމުގައި ބަހައްޓާފައި ހުންނަ ރާޑަރު.
18 ފެބުރުއަރީ 2018 - 13:02
ރާއްޖޭގައި އިންޑިއާ އިން ބަހައްޓާފައި ހުރި ރާޑަރުތައް މަސައްކަތް ނުކުރާ ނުކުރާ ކަމަށް އެ ގައުމުގެ ނޫހަކުން މިއަދު ބުނެފި އެވެ.
އިންޑިއާގެ ދިފާއީ ބައެއް އޮފިޝަލުންނާ ހަވާލާދީ "އިންޑިއަންސް އެކްސްޕްރެސް" ނޫހުގައި ބުނެފައިވަނީ ކޯސްޓަލް ސަވައިލަންސް ރާޑަރު ސިސްޓަމްތައް (ސީއެސްއާރުއެސް) ޓްރާންސްމިޓް ކުރުން ހުއްޓާލުމުން އެކަމުގެ ދަތިތައް އިންޑިއާ އަށް ކުރިމަތިވަމުން އަންނަ ކަމަށެވެ.
އެ ނޫހުން ބުނި ގޮތުގައި އިންޑިއާ އިން ވަނީ ރާއްޖެ ސަރަހައްދުގައި ތިން ރާޑަރު ސިސްޓަމެއް ބަހައްޓައިފަ އެވެ. އަދި އެންމެ ފަހުން އެފަދަ ސިސްޓަމެއް ބެހެއްޓީ 2015 ގަ އެވެ.
"އެކަމަކު، އެ ވަސީލަތްތައް ޓްރާންސްމިޓެއް ނުކުރޭ،" ދިފާއީ އޮފިޝަލަކު ވިދާޅުވި އެވެ.
މިކަމާ ބެހޭ ގޮތުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ އެކަމާ ބެހޭ ގޮތުން އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ. އިންޑިއާގެ ނޫހުގައި ބުނެފައި ވަނީ ދޮގެއް ކަމެއް ނުވަތަ ތެދެއް ކަމަކަށް ވެސް ވިދާޅެއް ނުވި އެވެ.
ރާއްޖެ ސަރަހައްދުގައި 10 ރާޑަރު ސިސްޓަމް ބަހައްޓަން ދެ ގައުމުން އެއްބަސްވެފައި ވިޔަސް، ތިން ފަހަރެއްގެ މަތިން މުހުލަތު ދީގެން ވެސް، ބާކީ ހަތް ރާޑަރު ސިސްޓަމް ނުބަހައްޓާ ކަމަށް އެ ނޫހުގައިވެ އެވެ. ރާޑަރު ސިސްޓަމްތައް ބަހައްޓާ ނިންމަން އެންމެ ފަހުން އެއްބަސްވެފައި ވަނީ އަންނަ މަހުގެ ނިޔަލަށް ކަމަށް ވެސް ނޫހުން ބުންޏެވެ.
އެމްއެންޑީއެފްގެ ކުރަނގި ހެލިކޮޕްޓަރު. މި ހެލިކޮޕްޓަރު ދުއްވަނީ އިންޑިއާ ސިފައިން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އެ ނޫހުން ބުނި ގޮތުގައި ރާޑަރުތައް މަސައްކަތް ނުކުރާ ނަމަ، ރާއްޖެ ކައިރި އާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ޗައިނާގެ ހަރަކާތްތައް ބަލަން ޖެހޭނީ ރާއްޖޭގައި ބޭނުން ކުރަމުން އަންނަ ހެލިކޮޕްޓަރުންނެވެ. އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ރާއްޖެ އަށް ދިން ދެ ހެލިކޮޕްޓަރު ދުއްވަނީ ވެސް އިންޑިއާ ސިފައިންނެވެ.
މި މަހުގެ ފަސް ވަނަ ދުވަހުގެ ރެއިން ފެށިގެން 15 ދުވަހުގެ މުއްދަތަށް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން ހިނގަމުންދާ ކަންކަމާ ބެހޭ ގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފޯނުން ގުޅުއްވައި، މަޝްވަރާ ކުރައްވައިފަ އެވެ. އަދި ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާ ގުޅުވައިގެން އިންޑިއާ އަށް ސީރިއަސް ތުހުމަތުތަކެއް ވެސް، ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ދަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮހޮނޭ
18 February 2018
މިހާރު އިންޑިޔާ މީހުން ތަކެތި ދެނީ ކޮން މަގުސަދެއްގައިކަން ތިއޮތީ ވަރަށް ރަނގަޅަށް ފަޅާ އަރާފަ. ތިޔަ ތަކެތި ބާ ދަގަނޑަށް ވިއްކާލުމަށް ސަރުކާރަށް ގޮވާލަން.
އަލިތަކުރާ
18 February 2018
ތިމީހުން ހެލިކޮޕްޓަރ ހިފައިގެން އައިގޮތަށް މިތަނުން ދާކަށް ނޫޅުނޭ! އެ ބޭނުންކުރަނީވެސް އިންޑިޔާ މީހުން، ދިވެހި ދައުލަތުގެ ޚަރަދުގައި އެމީހުން ދިވެހި ސިފައިންނަށް ކުރާ ހުރިހާ ޚަރަދެއް އެބަހިނގާ! އައްޑޫގަޔާ ލާމުއަތޮޅުގައި މީގެ ފަންސާކަށް ކުމާރު އެބައުޅޭ ، ބަލަ ކަލޭމެން ތީ ދިވެހި ދައުލަތަށް ބަލަދުއަރާފަ ތިބި ބައެއްތަ؟
ޒަކީ
18 February 2018
ތިޔަރާޑަރާ ހެލިކޮޕްޓަރާ ދީފަ ހުރީ މޮހޮނައް ދޯނި ދޭ އުސޫލުން. ހެލިކޮޕްޓަރުވެސް ތީ ބާވެގެން އެއްލާފަ އޮތް އެއްޗެއް. އަދިވެސް ދިވެއްސަކު ދުއްވަން ނުދޭ..
އަބްދުއްލާ
18 February 2018
އިންޑިޔާ އިން ބަހައްޓާފަ ހުރި ހުރިހާރާޑަރެއް ނަގާ ، ރާޑަރު ބަހައްޓާނީ ހެޔޮއެދޭ ގައުމުތަކުގެ އެހީއާއެކު އަމިއްލަޔަށް.
މަންސޫރު
18 February 2018
ހެވެންނު! ނޫޑިލިސް ކައިގެން ފިލްމުކުޅެވެނިކޮށް ވާޖިބު އަދާކުރެވުނީ!
ަާޒާތީނުވޭ
18 February 2018
ކަލޭމެންގެ ސަރަހައްދުގައި ތިދުައްވާ..އަހަރެމެންގެ ކަންތަކާ އިހަށް ނޫޅެ ރަށުމީހުންނަށް ފާހާނާ އަޅައިދީ!
އިސްތިއުފާދެއްވި ރައީސް ނަޝީދު
18 February 2018
ޗައިނާ ހަރަކާތްތައް ބަލަން އިންޑިއާ މީހުން ކޮންމެހެން ޖެހޭތަ؟ އިންޑިއާގަ ތިބެގެން ތިބަލާ އެއްޗެއް ބަލާބަލަ. ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރ، ދުއްވަނީ އިންޑިއާ ސިފައިން، ބޭނުންމިކުރަނީ ޗައިނާއަށް ފާރަލުމަށް. މިއޭ އެންމެ ގާތް އެކުވެރިޔާގެ ފެންވަރަކީ. ދޭބަލަ ތި ދެ ހެލިކޮޕްޓަރ ހިފައިގެން ނަޝީދު ކައިރިއަށް.
ސަރުދާރު
18 February 2018
ބަޑި ހިފައިގެން މިތަނަށް އެއްވެސް ބަޔަކު އަރައިގެން ނުވާނެ. އެއީ ހަނގުރާމަ އިއުލާން ކުރުން. ނުލަފާ ވެރިޔަކު ހުއްޓަސް.
އައްޗި
18 February 2018
މިހާރުންފެށިގެން ތިޔަ ސިސްޓަމުތައް ނަގައިހޫރާލާ. ކޮން އެއްބަސްވުމެއް އޮންނާނީ. އެއްބަސްވުމަށް އިޙުތިރާމުކުރަން ނުދަންނަ ބަޔަކަށް ނޯންނާނެ
ކައުންސެލަރު
18 February 2018
މަށަކީ އެއްކޮޅަށް ވާހަކަދައްކާމީހެއްނޫން. ދެކޮޅަށް ވާހަކަދެއްކިޔަސް ދައްކާނީ އެއް އަނގައިން، އެއްދުލުންނޭ... ޔާމީނު ގޯސްވެގެން އެންމެން މިއުޅެނީ. އެކަމަކު އިންޑިޔާއިން ޖެހޭހޭ ރާއްޖޭގަ އެކިތަންތާ ރާޑަރާ އަނެކައްޗަކާ ހަރުކުރަން؟ ކޮބާހޭ ބޭނުމަކީ؟ މީ މިނިވަން ޤައުމެކޭ. ބަލަ ރާއްޖެއަކީ އިންޑިޔާއިން ޖައްވަށް ފޮނުވާފައި އޮތް ސެޓެލައިޓެއްނޫނޭ، ރާއްޖޭގައި ސެޓެލައިޓު ބަހައްޓައިގެން އެބޭނުންކުރާކަށް، މީ މިނިވަން ޤައުމެކޭ. އިންޑިޔާ ކޮބާހޭލަދު؟ މިއްޔޭ އިންޑިޔާ ޗައިނާ އަށް ހަސަދަލައިގެން އުޅޭކަމަކީ. އިންޑިޔާ ބޭނުންވަނީ އިންޑިޔާބޭނުންގޮތެއްހަދަން ރާއްޖެ އެމީހުންނަށް ލިބެން. ބަލަ އެހެންވޭހޭ؟ އަޖައިބެއްނޫންހޭ؟ ދެން 2015 ގައި ބެހެއްޓި ރާޑަރުތަކެކޯ؟ އެހެންވީމާ މިއަދު އިސްތިގުލާލޭ ގައުމޭ ކިޔައިގެން ވާހަކަ ދައްކަނީ ކާކުހޭ؟ 2015 ގައި ވެރިކަން ކުރީކާކުހޭ؟ އަޖައިބެއްނޫންހޭ؟ އަޖައިބެއްނޫންހޭ؟
ސަރުދާރު
18 February 2018
މިތާ ރާޑަރުތަށް ބަހައްޓާނީ މިތާ މީހުން އެއްބަސްވެގެން.
ސޯސޯ
18 February 2018
އެރާޑަރުތައް ހަރުކުރީ ނަޝީދުގެ ވެރިކަމުގައި.