ޚަބަރު

އަލީ ހުސައިނަށް 3 ތުހުމަތެއް، ނާދިރާ އަށް ދެ ތުހުމަތު

އެމްޑީޕީ ހަރުގެ ކައިރީގައި އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގައި އަލީ ހުސެއިން: ---ފޮޓޯ: ނިޝާން އަލީ/މިހާރު

އިދިކޮޅު ޕާޓީތަކުން މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ބޭއްވި އެއްވުމާ ގުޅިގެން ހައްޔަރުކުރި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނަށް ތިން ތުހުމަތެއް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން އިދިކޮޅު ޕާޓީތަކުގައި ހަރަކާތްތެރިވެވަޑައިގަންނަވާ އައިމިނަތު ނާދިރާ އަށް ދެ ތުހުމަތުކޮށް މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.

އެ މައްސަލަތަކުގެ ތަހުގީގަށް، އަލީ ހުސައިނާއި ނާދިރާ ރޭ ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.

އަލީ ހުސެއިން ރޭ ވިދާޅުވީ އޭނާގެ މައްޗަށް ކުރަނީ މާލޭގެ އަމާންކަން ނަގާލަން މަސައްކަތް ކުރުމުގެ ތުހުމަތާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތުގެ އިތުރުން ފުލުހުންނާ ހަޑިހުތުރު ބަހުން މުއާމަލާތްކުރި ކަމުގެ ތުހުމަތު ކަމަށެވެ.

އިދިކޮޅު އެއްވުމުގައި ފުލުހުން ނާދިރާ ހިފަހައްޓަނީ. ---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ނާދިރާ ވިދާޅުވި ގޮތުގައި އޭނާގެ މައްޗަށް ކުރަނީ ފުލުހެއްގެ ގައިގައި ޖެހި ކަމުގެ ތުހުމަތުގެ އިތުރުން ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތެވެ. އެ ތުހުމަތަށް ހާޒިރުކޮށް، ވީޑިއޯ އެނަލިސިސްއެއް ހަދަން ފޮޓޯއެއް ނަގަން ފުލުހުން އެދުމުން އެކަމަށް އިންކާރު ކުރެއްވި ކަމަށް ނާދިރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޯޓުގެ އަމުރެއް ނެތި އެކަން ނުކުރެވޭނެ ކަމަށް ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށެވެ.

މި ދެ މެމްބަރުންގެ އިތުރުން ގަލޮޅު ދެކުނު ދާއރާގެ މެމްބަރު އަހްމަދު މަހްލޫފް ވެސް ރޭ ވަނީ ތަހުގީގަށް ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.

އެއްވުމާ ގުޅިގެން މި ތިން ބޭފުޅުންގެ އިތުރުން ވެސް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ މައްޗަށް ތުހުމަތުތަކެއްކޮށް މައްސަލަ އަންނަނީ ތަހުގީގުކުރަމުންނެވެ.

21 ކޮމެންޓް, 55 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 2%
icon angry icon angry 84%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދުއްލިސާ

20 February 2018

ލަދުން ބޯހަލާކު މިމީހުންނަށް ބޮޑުމުސާރަ ދީފަ މިތިބެނީ ރައްޔިތުންނަށް އުދަގޫ ކުރަންހެން ހީވަނީ .އަޅެ މިއީ ރައްޔިތުން އިންތިޚާބުކުރި މެމްބަރުތަ؟ ދޮގުހެދުމާއޮޅުވާލުން .މީތަންކޮޅެއްބޮޑުވަރު.

The name is already taken The name is available. Register?

ދޮންބީފާނު

20 February 2018

މީނަ ހިތުން މީނައަކީ ޔުމްނާ މައުމޫން. ރޮޒޭނާ ހިތުން އޭނައަކީ ދުންޔާ މައުމޫން. ހުނ ހީކުރާ ގޮތް އޮތަ؟ ވަރަށް ވޭ ދޯ އެބޭފުޅުންނަށް ވާހިތް؟

The name is already taken The name is available. Register?

އަބޭ އައްބާސް

19 February 2018

ގާނ\ޫނަށް ވުރެ މައްޗައް މި މީހުނަކަށްވެސް ނުދެވޭނެ.

The name is already taken The name is available. Register?

ކަމަނަ

19 February 2018

މީީރައީސް ޔާމީންގެ އެކަނި ގައުމެށްނޫން

The name is already taken The name is available. Register?

ސާފުވެއްޖެ؟؟؟

20 February 2018

އާނ މީީ ރައީސް ޔާމީންގެ އެކަނި ގައުމެއް ނޫން. މި ގައުމަށް އެހެން ދީނެއް ނުގެނެވޭނެ. އެއް ޖިންސުން ކައިވެނި ނުކުރެވޭނެ. ފައްޅި ނޭޅޭނެ. ޝަހާދަތާއި ކުރުސީގެ ބަދަލުގައި އޯލްޓަނޭޓިވް ނެރޭޓިވް އެއް ނުގެނެވޭނެ. ﷲ އަށް ދެންނެވުމުގެ ބަދަލުގައި އެހެން ހެލްޕްލައިނެއް ނުހެދޭނެ. މީީރައީސް ޔާމީންގެ އެކަނި ގައުމެއް ނޫން.

The name is already taken The name is available. Register?

87652

19 February 2018

މިއީ ވަރަށް ފޭކް 2 މީހުން.

The name is already taken The name is available. Register?

8888

19 February 2018

އޯހޯ. ގާނޫނީ ތަރަހތެރެއަށް އާދޭ. ރޯނެ ކަމެއްނެތް

The name is already taken The name is available. Register?

ޢަޖައިބެއް

19 February 2018

އެއްވެސް ނޫހެއްގައި ނާދިރާގެ މަޤާމް ނުލިޔަނީ ކީތްވެތަ؟ ރައީސް މައުމޫނުގެ ފެކްޝަނުގެ ނައިބު ރައީސްއެއް ނޫންތަ އެއީ؟

The name is already taken The name is available. Register?

ދދދދދދދ

20 February 2018

އެއީ ރައީސް މައުމޫނުގެ ދަރިކަނަބަލުން ޔުމްނާ މައުމޫން. ކަލެއަށް އޮޅިގެން ތިއުޅެނީ

The name is already taken The name is available. Register?

ޢަލީ-

19 February 2018

ހަޑިހުތުރު ބަހުން ވާހަކަ ދައްކަނީ ކޮންބައެއްކަން ވަރަށް ސާފު!

The name is already taken The name is available. Register?

ދޮންމަނިކުބެ

19 February 2018

ދޮންމަނިކުބެ ގެ ޚިޔާލަކީ ތެޅުނުވަރަކަށްދާނީ ހުޅުނބު. އެންމެންވެސް ތިބެންޖެހޭނީ ޤާނޫނީ އިމުގެތެރޭގައި. މީ އެއްވެސް މީހެއްގެ ރާއްޖެއެއްނޫން. މީއެންމެންގެ ރާއްޖެ. ސިޔާސީ ޕާޓިގެ ލީޑަރޝިޕާއި މަޖިލިސް މެމްބަރުން ވިސްނަންވީ ޤައުމާމެދު. އަމިއްލަ މަޝްހޫރުކަން ހޯދަން އުޅެނިކޮށް ނުބައި ގޮޅިއަކަށް އެރިގެން ޖަލު ޙުކުމެއް އަތުވެދާނެ. އެދުވަހަކުން ތިމާގެ އަނބިދަރިންފިރިން ގެ ހާލު ބަލާނެ ބަޔަކުނެތި ބިކަވާނީ ތިމާގެ އާއިލާ. މީވަރަށް ވާހަކަ. އިބްރަތެއް ޙާސުލުކުރާނެކަމަށް.

The name is already taken The name is available. Register?

ހަސަނު

19 February 2018

އަލީހުސޭނަށް 3 ގުޅަ، ނާދިރާއަށް 2 ގުޅަ... ؟؟ ކޮބާ ހަމަހަމަކަން....

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454