ޚަބަރު / މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން

ހުއްދަ ނުދިނަސް އަންނަ ހުކުރު ވިލޭރޭ ޖަލްސާ ބާއްވާނަން: އިއްތިހާދު

އިދިކޮޅު އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަނަސް ވާހަކަ ދައްކަވަނީ. - ފޮޓޯ: އެމްޔޫއޯ

އިދިކޮޅު އިއްތިހާދުން ރޭ ބާއްވަން އުޅުނު ޖަލްސާ ފަސް ކުރީ ބަޔަކު ދެކެ ބިރުން ނޫން ކަމަށާއި އަންނަ ހުކުރު ވިލޭރޭ ހުއްދަ ނުދިނަސް ޖަލްސާ ބާއްވާނެ ކަމަށް އެ އިއްތިހާދުން މި ރޭ ބުނެފި އެވެ.

އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިއްތިހާދުގެ ތަރުޖަމާނު އަހުމަދު މަހްލޫފް ވިދާޅުވީ ޖަލްސާ ބޭއްވުމަށް ހުއްދަ ހޯދަން ޖެހިއްޖެ ނަމަ، އެކަން ކުރާނެ ކަމަށެވެ. އެގޮތުން ކަމާ ބެހޭ މުއައްސަސާތަކަށް ސިޓީ ފޮނުވައިގެން ހުއްދަ ހޯދަން މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހުއްދަ ދިނަސް ނުދިނަސް، މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ޖަަލްސާ ކުރި އަށް ދާނެ،" މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވި ގޮތުގައި މޫސުން ގޯސްވުމުގެ ސަބަބުން ޖަލްސާ ނުބޭއްވުމުން ރައްޔިތުންގެ މެދުގައި ހުރި ޖޯޝު ފެނިގެން ދިޔަ ކަމަށެވެ. އަދި އިއްތިހާދުގެ މަސައްކަތަކީ ގާނޫނީ އިމުގެ ތެރެއިން ރައީސް ޔާމީން ސަރުކާރު ނިމުމަކަށް ގެނެސް އިންސާފުވެރި އިންތިހާބެއް ބޭއްވުން ކަމަށް މަހްލޫފް ވިދާޅުވި އެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވި ގޮތުގައި ސިޔާސީ ހަރަކާތްތަކަށް ސަރުކާރުން ޖާގަ ނުދިނުމަކީ ވެސް ޖަލްސާ ފަސް ކުރަން ޖެހުނު ސަބަބެކެވެ. އަދި އަންނަ ހުކުރު ވިލޭރޭ ބާއްވާ ޖަލްސާގައި ވީހާ ގިނަ ބަޔަކު ބައިވެރިވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީން މިހާރު ހުންނެވީ ގިނިކަންޏާ އެވެ. އެހެންވެ ރައްޔިތުން އެދޭ ގޮތަށް ކަންކަން ފަހި ކޮށްދިނުމަށް ސަރުކާރަށް ގޮވާލެއްވި އެވެ.

އަލީ ޒާހިރު ވިދާޅުވީ ގާނޫނުއަސާސީން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިފައި އޮތް އިރު، ވަކި މުއައްސަސާއެއްގެ ސިޓީއެއް ހޯދަން ކޮންމެހެން ނުޖެހޭނެ ކަމަށެވެ. އަދި ހިޔާލު ފާޅު ކުރުމުގެ ހައްގު ހިފެހެއްޓިފައި އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަލީ ޝަމީމާއި ރައީސް އޮފީހުގެ ހިއުމަން ރައިޓްސް އެމްބެސެޑަރު ކަން ކުރެއްވި އަހުމަދު އިބްރާހިމް ދީދީ (ސަންދާނު އަހަންމައިދީ) އާއި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އިމާދު ސޯލިހު އިދިކޮޅު އިއްތިހާދާ ރަސްމީކޮށް ގުޅުނު ކަން އިއުލާން ކުރެއްވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މި ތިން ބޭފުޅުން ވެސް ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ހާއްސަކޮށް އިއުލާން ކުރުމަކާ ނުލައި ރަށްތައް ދޫކުރެވޭ ގޮތަށް މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގު ކުރެއްވި ގާނޫނާ މެދު ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ.

33 ކޮމެންޓް, 109 ރިއެކްޝަންސް

icon happy icon happy 81%
icon sad icon sad 2%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފާތޭ

17 July 2016

މަވެސް ދާނަން.

The name is already taken The name is available. Register?

ޖޭމްސް

17 July 2016

ގަދަބާރުން ބިރުދައްކައިގެން އެއްވެސް ކަމެއް ނުކުރެވޭނެ! އެގޮތަށް ކަންތައްކުރަން ނޫޅޭ. އަދިވެސްބޭއްވޭނީ ހުއްދަ ދިނިއްޔާ،،،،، ހުއްދަ ދެވޭނީ އެކަމެއްގައި އެ އޮނަނަ އުޞޫލުން ކަންތައްކުރަން އެއްބަސްވެ އެކަން އެގޮތަށް ކުރާނަމަ. ގަދަބާރުން ގަދަބަސްބުނެ ބިރުދައްކަިގެން ކުރަން ނޫޅޭ. އެފުރުޞަތެއް ނުދެވޭނެ.

The name is already taken The name is available. Register?

ޕައްލަންބެ

16 July 2016

ހުރިހާ " ބިޔުޓިފުލް " މައިންޑް ގެ ކޯޑިނޭޓަރުން ތައް ވަރަށް ގަދަޔައް ކޮމެންޓް ކުރާތަން ފެނޭ ....

The name is already taken The name is available. Register?

ތުއްތޮންބެ

16 July 2016

100 އެމް އެލް ގެ ކަރުނަގޭސް ފުޅިއެއް ހިފައިގެން ވިއްސަކަށް އެސް.އޯ ފުލުހުން ނުކުމެ 2000، 3000 މީހުން ބައިވެރިވާ މުޒާހިރާތައް ރޫޅާލާ އެތައް ބަޔަކަށް ލާއިންސާނީ އަނިޔާތައް ކުރާއިރު މުޒާހިރާގެ ބައިވެރިން ކުޅިބަލަން ތިބޭ ގައުމެއްގަ ތިޔަ ގޮތަށް ގަދަ ބަސްބުނެފަ ޖަލްސާއެއް ބޭއްވޭނެކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ތިޔަފަދަ ޖޯޝެއްގަ ކަމެއްކުރެވޭނީ އެކަކު އަނެކަކަށް އަޅާލާ ފިސާރި ހިއްވަރާ ޖޯޝާ ބާރުހުރި ގިނަ އަދަދެއްގެ ރައްޔިތުންތަކެއް އިސް ސަފުގަ ތިބެގެންނެވެ. މިހާރު މިއުޅެނީ 100 އެއްހާ މީހުން އެއްތާކުތިބެ ދުއާއެއްވެސް ކޮށްނުލެވިގެންވިއްޔާއެވެ.

The name is already taken The name is available. Register?

ނުބޭއްވޭނެ

16 July 2016

ހުއްދަ ނުދިނަސް އަންނަ ހުކުރު ވިލޭރޭ ޖަލްސާ ބާއްވާނެ ކަމަށް އެމްޑީޕީގެ އިއްތިހާދުން ސަރުކާރަށް އެއަންގަނީ އެއީ ކީއްވެގެންތޯއެވެ. ބަލަގަ ވެރިކަން މިކުރަނީ އެއީ އެމްޑީޕީގެ އިއްތިހާދަކުން ނޫނޭ. އެއީ ޕީޕީއެމް އިން ނޭ ވެރިކަން ރާއްޖޭގައި ކުރަނީ. އެހެން ކަމަށްވާނަމަ ޕީޕީއެމް ގެ މައްޗަށް އަމުރު ނުކޮށްބަލަ އެމްޑީޕީން. ޕީޕީއެމް އިން ނޭ އަމުރު ކުރާނީ އެމްޑީޕީގެ މައްޗަށް. ޕީޕީއެމް އޭ މީ ސުޕަރ ޕަވަރ އަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އޮތް. އެމްޑީޕީ އަކީ އެއީ ދެން ސިޔާސީ ގޮތުން ސޯމާލިޔާ ފަދަ ގައުމު ތައް ނޫންތޯ ޕީޕީއެމް ގެ ލެވެލް އިން ބަލާނަމަ. އެހެންވީއިރުން އެމްޑީޕީ ކުދިން މައިތިރިވެ ތިބޭ. ހުއްދަ ނުނަގާ ޖަލްސާ ނުބޭއްވޭނެ އެވެ.

The name is already taken The name is available. Register?

ލާމު

16 July 2016

ވަރަށް ރަނގަޅުވާހަކައެއް. ޚިޔާލު ފާޅުކުރުމަށް އެއްގޮތަކަށްވެސް ހުއްދައެއް ބޭނުންނުވާނެ. ތިޔަ ނޫސްކޮންފަރެންސްގައި ތިޔަ ދެއްކި ވާހަކަތައް ދައްކަން އެއްވެސް ހުއްދައެއް ހޯދާކަންނުޖެހޭ. ތިތާ ތިޔަދެއްކި ވާހަކަތައް ހުއްޓުވަން ބަޔަކު ނުވެސް އާދޭ. އެކަމަކު ބައެއްގެ ބެލުމުގެ ދަށުގައި އޮންނަތަނަކަށް އެބައެއްގެ ހުއްދަނެތި ބަނުމަކީ ކުރެވޭނެކަމެއްނޫން. އެކަންކުރަންއުޅެންޏާ ފުލުހުން އެކަން ހުއްޓުވާނެ. އެއީ ކޮންމެ ބަޔަކަސް އެކަންވާންޖެހޭގޮތް.

The name is already taken The name is available. Register?

ވިސްނާ

16 July 2016

ތި ފޮޓޯއިން ތިފެންނަމީހުންނަކީ ކޮންޓްރެކްޓް އުސޫލުން ބަގާވަތް ކޮށްދޭ ބަޔެއްތަ؟

The name is already taken The name is available. Register?

ޒާދު

16 July 2016

ތިހެން ވާންޖެހޭނެ. ކުރަން އުޅޭ ކަމެއް ކޮންމެ ހާލެއްގައި ކޮންމެ ގޮތަކުންވެސް ކޮށްނިންމާލަންވާނެ.

The name is already taken The name is available. Register?

ހުނާން

16 July 2016

މަހުލޫފް ބުނި ޢީދު ދުވަހުވެސް ރައީސާ ސަކާންކުރަންގޮސް އިސްތިޢުފާއަށް ގޮވާނެ ވާހަކަ، އެ ދުވަހު ޢީދު ސަލާންކުރަން ގޮސް މަހުލޫފުމެން ހޯދާ ހޯދާ ނުފެނުނު. ކޮންމެވެސް މީހަކު ބުނި އަންނާކަށް ނުކެރުނޭ. ހުސް އަނގައޭ ތަޅުވަނީ. ތިރޭވެސް ވާނީ ތިހެން.

The name is already taken The name is available. Register?

ދަށްދޯ

16 July 2016

ސަރުކާރުން ހުއްދަ ނުދިނަސް ޖަލްސާ ބާއްވައިގެން ނުވާނެ ކަމަށް އެމްޑީޕީ އާއި އަދި އިއްތިހާދުން ބުނުމުން ޕޮލިހުން މިކަމާއި ގުޅިގެން ބަޔާނެއް ވެސް ނުނެރެ ތިތިބީ އެއީ ސަރުކާރުގެ ހުއްދަ ނުނަގާ ކަންކަން ކުރުމުން އޯކޭ ވަނީ ތޯއެވެ. މިރާއްޖޭގައި ޕޮލިހުންނަކީ އެއީ ފިލްމު ތަކުގައި ވާ ގޮތަށް ހުރިހާ ކަން ނިމުނީ މާ ބަންޑާރަ އުސޫލުން އަންނަން ޖެހޭތީވެ އަންނަ ގޮތަށް އަންނަން ތިބި ބަޔެއްތޯއެވެ. ކީއްވެތޯ ޕްރޮއެކްޓިވް ކޮށް މިފަދަ ކަންކަން ނުބެލެންވީ. މީ ސިންގަޕޫރު ނަމަ މިހާރު ތި ގޮތަށް މީޑިއާ މެދުވެރިކޮށް ވާހަކަ ދެއްކި އެންމެން ޕޮލިހަށް ހާޒިރު ކޮށް ބަޔާން ނެގީސް އެވެ. މިރާއްޖޭގެ ޕޮލިހަށް ކުރާ ޚަރަދާއި އަޅާ ބަލާއިރު އެމީހުންގެ އައުޓް ޕުޓް ވަރަށް ދަށެވެެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454