އިލްހާމް އަހުމަދުގެ ކޮއްކޮ އާދަމް ޒާލިފް-- ފޮޓޯ: ރައީސް އޮފީސް
20 ފެބުރުއަރީ 2018 - 22:12
ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ކޮއްކޮ އާދަމް ޒާލިފް ދިރިއުޅޭ އެޕާޓްމެންޓް ބަލައި ފާސްކޮށް އޭނާ މިރޭ ހައްޔަރުކޮށްފި އެވެ.
މިހާރު ދޫނިދޫގައި ހައްޔަރުކޮށްފައިވާ، އިލްހާމްގެ އާއިލާ މެމްބަރަކު ވިދާޅުވީ ޒާލިފް މިއަދު މެންދުރު ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރުމަށް ފަހު، އޭނާ ދިރިއުޅޭ ގެ ފުލުހުން ފާސް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ގެ އިން އެއްވެސް އެއްޗެއް ފުލުހުން ނުގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޒާލިފް ހައްޔަރު ކުރިކަން ފުލުހުން އެންގި ނަމަވެސް އޭނާގެ މައްޗަށް ކުރާ ތުހުމަތެއް އާއިލާ އަކަށް އަދިއެއް ނާންގަ އެވެ. ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ ޒާލިފް ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ނޫން ކަމަށް އޭނާގެ އާއިލާ އިން ބުނެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު، ކޯޓު އަމުރަކާ ނުލައި ފުލުހުންގެ ތަހުގީގަށް މިހާރު ވެސް ވަނީ ބައެއް މީހުން ހައްޔަރުކޮށްފަ އެވެ.
"ޒާލިފް ހައްޔަރު ކޮށްގެން ވަނީ މިހާރު ދޫނިދު އަށް ގެންގޮސްފައި. ހައްޔަރު ކުރީ ކީއްވެ ކަމެއް ނުބުނޭ،" އޭނާގެ އާއިލާގެ މެމްބަރަކު ވިދާޅުވި އެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ޒާލިފްގެ ފޯނު ފުލުހުން ވަނީ މި މަހުގެ 12 ވަނަ ދުވަހު ހިފަހައްޓައިފަ އެވެ.
Ilham ge kokkoge phone fuluhun athulaifi
The most trusted news source in the Maldives
Mihaaru
ޒާލިފްގެ ފޯނު އަތުލުން---
ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް ރިޝްވަތު ދީ އަދި ރިޝްވަތު ހިފި ކަމުގެ ތުހުމަތުގައި ޒާލިފްގެ ބޭބެ އިލްހާމް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ހަމަ އެ ތުހުމަތުގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖުހާ
21 February 2018
ހިންދީ ފިލުމުތަގު ކަންތަށް ވާގޮތަށް މިހިރެގެން ހިގަނީ. ފަހުތަޅާލުމަށް ރެޑީވާއިރު ބަތަލާގެ އާއިލާއާ ރަހުމަތްތެރިންވެސް ހައްޔަރުކުރާނެ. ބަލަންތިބޭ، ބަތަލާ އައިސް ބޮސް އޮޑިހަނުގަ ގާނާހުސްކޮއްލާނެ.
ބޮޑުކަކުނި
21 February 2018
މިހެން ވީމައޭ މަމިބުނަނީ މިނިސްޓްރީ އޮފް ތުހުމަތު އެފެއާރސް އުފައދާށޭ އެހެން ކަމަކާ ފުލުންނަށް އުޅެވޭނީ މިބައި އެމިނިސްޓްރީއަށް ބަދަލު ކުރީމައޭ .
ޛހހތ
21 February 2018
އިލްހާމް ޕީޕީއެމ1އަށް އާދޭތޯ ބިރުދައްކަނީތަ؟
ތައްތި
21 February 2018
މިހެންވީމަ ބުނަންޖެހެނީ މިގައުމު ނޯތު ކޮރެއާއާއި އެއްހަމަޔަކަށް ގޮސްފިއޭ.. އެތާވެސް މީހަކު ހައްޔަރުކޮށްފިއްޔާ އެމީހެއްގެ މުޅި އާއިލާވެސް ޖަލަށްލާނެ.. މިތާގަވެސް ހަމަ އެދިމާލަށް މިދަނީ.
ސަބްނަމް
20 February 2018
ހާދަ ކުށްވެރިންނެއް މިްައުމުގައި އެބަ ތިއްބޭ ދޯ
މަޒް
20 February 2018
މީ އަދި ގެއިން ނެރިގެން އެއްޗެއް ގެންދާ ބުރެއް ނޫން... މީ ގޭގައި ކަޅު ދަބަހެއް އިންތޯ ބަލައި އެއަށް އެއްޗެހި ލާ ބުރު.. އަނެއް ބުރުގައި ކަޅު ދަބަސް ފެނި އޭގައި ހުރި ޔާމީނާ ގުޅޭ ހެކި ފެންނާނީ.. ފުލުހުންނަށް ވަރަށް ސަލާމް
ޓްރައިނާ
20 February 2018
ދަރިފަސްކޮޅު ހައްޔަރު ކުރަނީތޯއެވެ.
ބާބީ
20 February 2018
އެހެންތާ އެވަނީ