އިދިކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާޓީތަކުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވަނީ-- މިހާރު ފޮޓޯ
23 ފެބުރުއަރީ 2018 - 21:36
ދައްކަފާނެ ބިރަކަށް ޖެހިލުން ނުވެ، ދައުލަތުގެ މުއައްސަސާތަކާއި މުހިއްމު މަގާމުތަކުގައި ތިއްބެވި ބޭފުޅުން ގާނޫނުއަސާސީ ދިފާއުކޮށް ނެގެހެއްޓުމަށް އިދިކޮޅު ޕާޓީތަކުން މިއަދު ގޮވާލައިފި އެވެ.
އެ ޕާޓީތަކުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރާއްޖެ މިހާރު އޮތީ ދިވެހިންނާއި ގައުމަށް ރަނގަޅު ގޮތެއްގައި ނޫން ކަމަށް ދެބަސްވެވެން ނެތް ކަމަށެވެ. އަދި އެއީ ދައުލަތު މުއައްސަސާތަކާއި ދައުލަތުގެ މުހިއްމު ޒިންމާތައް އަދާކުރައްވާ ފަރާތްތަކުން އިންތިހާ އަށް ކަންބޮޑުވެ ވަޑައިގަންނަވަން ޖެހޭ ކަމެއް ކަމަށާއި އެހެންވެ، އެ ބޭފުޅުން، ދައްކަފާނެ ބިރަކަށް ނުބަލައި ގާނޫނުއަސާސީ ދިފާއުކޮށް ނެގެހެއްޓުމަށް ގޮވާލާ ކަމަށް ބަޔާނުގައި ވެ އެވެ.
ދައުލަތުގެ ބާރުތައް ހިންގަން ވާނީ ގާނޫނުއަސާސީއާ އެއްގޮތަށް، ތިން ބާރު ވަކިވެފައިވާ އަދި އެއްބާރު އަނެއް ބާރުގެ މައްޗަށް ފާރަވެރިވެވޭ ގޮތަށް އޮތް ދުސްތޫރީ ނިޒާމަކުން ކަމަށް ވިޔަސް، އެ ނިޒާމު މިހާރު ނުރައްކަލެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށް އިދިކޮޅު ޕާޓީތަކުން ބުންޏެވެ. އަދި ހަމައެކަނި ވެރިކަމުގެ ބާރު ނޫން ބާރެއް އޮތުމުގެ ޖާގަ ހަނި ކުރެވިފައި ވުމުގެ ސަބަބުން، ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަމާއި ގާނޫނުގެ ވެރިކަން ނެތެމުން ދާއިރު، ދައުލަތުގެ މުހިއްމު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން، އަޅާނުލައި ތިއްބެވުމަކީ ގައުމުގެ ހައްގުގައި ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ވެސް ޕާޓީތަކުން ބުންޏެވެ.
އިދިކޮޅު ޕާޓީތަކުން ވަނީ، މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވަނިކޮށް މަގާމުން ދުރުކުރާ ބޭފުޅުންނަށް، އެ ޕާޓީތަކުން އުފައްދާ ސަރުކާރެއްގައި އެ މަގާމުތައް އަލުން ދީ، ގެއްލުމުގެ ބަދަލުދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާއިލް
24 February 2018
ތިކަމެއް ނުވާނެ. ޔާމީން މާގަދައީކީނޫން. އިދިކޮޅު މާބޮޑަށްވެސް ވީކް ވަނީ.
އަބްދުއްލާ
24 February 2018
އިދިކޮޅު މީހުން ކިޔާ މަގާމުގެ މަސްއޫލިއްޔަތަކީ ސަރުކާރަށް ފާޑުކިއުންނ.ް ނަސީދު ހިންގި ސަރުކާރަށް ވުރެ މިސަރުކާރު އެތައްގުނައެއް ރަނގަޅު . ނަސީދުގެ އިރު އުޅުނީ ޑޮލަރުތައްވެސް ގެއްލިގެން . ބީއެމްއެލް ވެސް ބަގުރޫޓް .ދިރާގު ފެންކުންފުނި ވިއްކާލި އެއާޕޯޓް ވިއްކާލި ،މިސަރުކާރު އައިފަހުން ޑޮލަރު ތިޔާގި . އެއްވެސް ކުންފުންޏެއް ނުވިއްކާ ބީއެމްއެލް އަށްވެސް އެތައް ގުނައެއްގެ ފައިދާ އެބަލިބޭ . ވީމާ އިދިކޮޅުމީހުންކިޔާ އެއްޗެއް ދިމަލެއްނުވޭ.
ރާއްޖެތެރޭ މީހާ
24 February 2018
މޮޔަފުޅުވީތޯ . އެހެންކަމެއްކުރަން އުޅެންވީ ނޫންތޯ .
ޕާރޕްސް
24 February 2018
ޤާނޫން އަސާސީ ދިފާޢު ކުރަނީ ވަޒީފާއަށް ހަރާމްކޯރުވެގެންތަ
ދާންދޫ އާސިފް
24 February 2018
ޓެކްސްގެ ގޮތުގައި އެތަކެއް މިލިއަން ރުފިޔާ އެއް ދައުލަތަށް ނުދައްކާހުރެ ، ރައްޔިތުންގެ ހައްގުގައޭ ކިޔާ ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް އެ ވާހަކަ ބަލައިގަންނާގެ ބަޔަކުނެތްމި ދިވެހިރާއްޖޭގައި . ފުރަތަމަ ދައުލަތަށް ފައިސާ ދައްކަބަލަ .
ސަނާ
24 February 2018
މިހެން ގޮވާލާފަ މި މީހުން ތިބޭނީ ފިލާ. ޢާއްމު ރައްޔިތުންގެ ބޮލަށް ޗިޕުޖަހާފަ.
މާލޭ މީހާ
24 February 2018
ހާދަބިރެކޭ ދޯ މި އިދިކޯޅޭމެން މިގަންނަނީ ، ( އއ )
ކިނާން
24 February 2018
ރިޔާޒް ކޮއްމެ އެއްޗެކޭ ކިޔަސް މި ސަރުކާރަކާ ނުކުޅެވޭނެ
99
24 February 2018
ހީވަނީ މީދެން މާ ގާނޫނަން ލޯބިކުރާ ބައެންހެން
ހުމާމު
24 February 2018
ޤާނޫނު ނަގަހަށްޓާނީ އެކަން އެނގޭނަމަ ދޯ! މުސްލިމުންގެ މައްޗަށް ބާވާލެއްވި ޤާނު ދަސްކޮށްބަލަ ޗަކޮއިމެން!