ފުލުހުން ހައްޔަރު ކުރި ސައިފް. އޭނާއަކީ ކުރިން އެސްއޯގެ ކޮމާންޑަރު.
26 ފެބުރުއަރީ 2018 - 17:18
ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ) ގެ ދަށުން ހިންގާ ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވޮޓް) ގެ ކުރީގެ ކޮމާންޑަރު ހުސައިން ސައިފް، ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފިކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ފުލުހުންގެ ތެރޭގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކޮށްފައިވާ ސައިފް ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައިވަނީ އިއްޔެ އެވެ.
އެނގިފައިވާ ގޮތުގައި ސައިފް ވަޒީފާ އިން ވަކިކުރީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފުވި ކަމުގެ ތުހުމަތުގަ އެވެ.
ސައިފް ފުލުހުންގެ ވަޒީފާ އިން ވަކިކުރިއިރު އޭނާ މިހާރު ވެސް ހުރީ ހައްޔަރުކޮށްފަ އެވެ.
ސްވޮޓުގެ ކޮމާންޑަރު ކަމުން ސައިފް ވަކިކޮށް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓަށް ބަދަލުކުރީ، ފުލުހުން ކޮށްގެން ނުވާނެ ކަންކަން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އޯޑަރަށް ކުރި ކަމުގެ ތުހުމަތުގައި، އެ މައްސަލަތައް ބެލުމަށް ފަހު އެވެ.
ސައިފުގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ އިތުރު ފުލުހަކު ހދ. ކުޅުދުއްފުށިން ވެސް ހައްޔަރުކޮށްފަ އެވެ. އަދި މިއަދު ވަނީ އއ. ރަސްދޫން ވެސް ހަތަރު ފުލުހަކު ހައްޔަރުކޮށްފަ އެވެ.
Rasdhoo in 4 fuluhaku hayyaru koffi
The most trusted news source in the Maldives
Mihaaru
ރަސްދޫއިން ހަތަރު ފުލުހަކު ހައްޔަރު ކުރުން--
އެނގިފައިވާ ގޮތުގައި އެމީހުން ހައްޔަރުކޮށްފައިވަނީ މިމަހު އެއް ވަނަ ދުވަހު ސިޔާސީ ލީޑަރުން ހިމެނޭގޮތަށް ނުވަ މީހަކު ޖަލުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިވެ ފުލުހުންނާ ކުރިމަތިލިކަމުގެ ތުހުމަތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާދާސީދާ
27 February 2018
ބޮޑުތަނުން ކަރުމަ!
މުހައްމަދުރ
27 February 2018
މިސައިފް ކަނޑާލަން މާ ލަސްވެއްޖެ. މީނަ ވައްދަންވީ އަދީބް ގެ ގޮޅިއާ ޖެހިގެން އޮތް ގޮޅިޔަށް.
މެންޓަލިސްޓް
27 February 2018
ސައިފް އަކީވެސް އަދީބްގެ ޒަމާނުގައި ވަރަށް ޒާތަކަށް އުޅެ އޭރުގެ ވަރަށް ގިނަޖަރީމާތަކުގެ މައުލޫމާތާއި ބައެއްކަންކަމުގައި އަމަލީގޮތުން ބައިވެރިވެދައިވާ ފުލުހެއް ،،، މިހާރު ސައިފްގެންދިއައީވެސް ފްބްރްއަރީ 1 ވަނަދުވަހު ނެރުނު އަމުރު ތަންފީޒްކުރުމަށް ވަރަށްފޯރީގައި އުޅެ އެންމެ ފަހުން ނަވާޒްއަށް ވޯރނިންގދީގެން މައްސަލަ ފެށުނުހިސާބަީ ،،، ސްޕްރީމްކޯޓްގެ ހުކުމެއް ތަންފީޒްކުރުމަކީ ފުލުހުންވިޔަސް އަދި އެހެން މުއައްސަސާއެއްވިޔަސް ކުރަންޖެހޭނެކަމެށް ، އެހުކުމުގައިނެތް އެންމެން މިނިވަންވީއެކޭ ،،، އޮތީ އަލުން ޝަރީއަތްތަށް ކުުރުމަށް ، ނާޒިމްސޯމެން ، ޝޭހްއިމްރާންމެން ،،، އަދީބްމެން މިހެންގޮސް އެތައްބައެއްގެ ޝަރީއަތްތަށް އިޖްރާތްތަކާއި ޙިލާފްއަށް ހިނގާފައިހުރުމުން ރީޓްރަޔަލްއަކަށް ދިއުމަށް މިނިވަންވާ ވާހަކައޮތީ ،،، ދެން ވެރިޔަކަށް ހުރި ޔާމިންގެ އެވަރުގެ ގަޓެއްނެތީމައި އޭގެން އެކަކުވެސް ހިނދުކޮޅަކަށްވެސް ދޫވާކަށް ބޭނުމެއްުނުވި ،، ދެނެ މުގެންބޯއާއި ޝްރީދޭވީގެ ފިލްމް މރ،އިންޑީޔާ މިހާރު ކުޅެމުންދަނީ .
ބޯގޯސް
27 February 2018
އަހަންނަކީ އެއްވެސް ޕާޓީ އަދި އެއްވެސް މީހަކު ގެންނަން ވޯޓް ދީފައިވާ މީހެއް ވެސްނޫން. ސިއުފުމެން އަސްލު މިޙާލަތް ޤަޢުމު ގެނައި މޫހުންނަނީ ތިމާމެން ވިކިގެން ބަޔަކައް މޮޅު ހޯދައިދޭން އުޅުމުގެ މަތީޖާ މިފެންނަނީ. ތިމާ ކުރި ކަމުގެ ރަހަ މިދުނިޔޭގައިޔާ ފަހުން ވެސް ދެކޭނެ. މިފެނިގެންދަނީ. ފްރީ ސައިފް އޭ ކިޔާއިރު ހައިރާންވަން ސަރުކާރު ޕްރެޝަރ ކުރަން ޤައްދާރުން މިނިވަން ކުރަން ގޮވާތީ. މޮގޮތައް ގޮވީމަ އެގޮވާމީހުން އަސްލު އިސްލާޙެއް ބޭނުން ނުވާކަން އެގޭ.
ޢަމީން
27 February 2018
ޢަހަންނައް ހީވަނީ މިހުރިހާ ކޮމެންޓްވެސް މިކުރަނީ ޕީޕީ މީހުންހެން އޭރުން މިކަން އިދިކޮޅު މީހުންގެ ބޮލުގައި އެޅުވޭނެ އެއްނުން...ވަޓް އިޒް ދިސް...
ވިލިނގިލީ ޒުވާނާ
27 February 2018
ކޮބާ ލައްކައެކޭ ހިތަށްއެރީ ކޮބާ ތިކަލޭގެ ވެއްދި ޕެންޑްރައިވް އެ މައުސޫމް ކުށެއްނެތް ދިވެހީންގެ ގަދަރާ ލޯބި ލިބިގެންވާ ކާނަލް ނާޒިމް ގެ ސީންގަ އިސްދައުރެއް އަދާކުރީ ޔ ކަން އެންމެނަށް އިނގޭ . ލަސްތަ މަތީ ފަރާތުން ނިމުނުގޮތް.
ހަހަހަހަހަހަ
27 February 2018
މީތަ އެކަން ކުރި ކަލޭގެ. ކޮބާ ރީތިވެއްޖެނު. ތިހިރީ ރަނގަޅަށް ރާކަނިމަސް ކެވިފަ.
99
27 February 2018
ޔަގީއް 4.2 މިލިޔަން ދިނީ
ސައްޔިދު ޓިނު ވަގު
26 February 2018
އަސްލު ބުނަންޏާ ސައިފް ތީ ބުރޯ އާއި ހިސާބުން ކަނޑާލަންވެފަ ހުރި މީހެއް. ނާޒިމް ސަރ ފްރޭމް ކުރުމާއި ފެންފޯއް ރުއްތައް ކެނޑީ ސައިފްގެ ކޮމާންޑަރު ކަމުގެދަށުން.
ކލހފ
26 February 2018
3 ފަނޑިޔާރުން އިބްރަތް ހޯދުން މުހިއްމު
މާލޭ މީހާ
26 February 2018
މީނަގެ ފޮޓޯއިންވެސް އެނގޭ މީނައަކީ ގައްދާރެއްކަން ، މީނަ އުމުރުދުވަހަށް ޖަލުގެ ތޭރިތަކުގެ ތެރެޔަށް ލާން ޖެހޭ ، މިކަމަށް ދިވެހިރާއްޖޭގެ ޝަރުއިީ ނިޒާމަށް ގޮވާލަން ( އއ )
ސަންފަ
26 February 2018
ޔޫ ހާދަ މޮޅޭ މީހުންގެ ގޮތްކިޔަން ދޯ.
ތުނިޔަ
27 February 2018
މާލޭ މީހާ ގްރެޖްއޭޓްވީ އަދުރޭއާ އެއްކޮަށްތޯ؟ މާބޮޑަށް އެނގޭތީ ހަމަ އަހާލީ!