އއ. ރަސްދޫ: ހަތަރު ފުލުހަކު މިއަދު އެ ރަށުން ވަނީ ހައްޔަރުކޮށްފައި --ފޮޓޯ/ބަޖެޓްހޮލިޑޭސް
26 ފެބުރުއަރީ 2018 - 15:07
އއ. ރަސްދޫން ހަތަރު ފުލުހަކު މިއަދު ހައްޔަރުކޮށްފައިވާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ފުލުހުން ގޮސް ފުލުހުންތަކެއް ހައްޔަރު ކުރިކަން އެ ރަށު ކައުންސިލުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.
ކައުންސިލްގެ މެމްބަރު އަބްދުﷲ އަނިލް ވިދާޅުވީ މީގެ ހަފުތާއެއްހާ ކުރިން އެ ރަށަށް ފޮނުވާލި ހަތަރު ފުލުހަކު ހައްޔަރުކޮށްގެން މިއަދު އަނބުރާ މާލެ އަށް ގެންގޮސްފައިވާ ކަމަށެވެ. އެކަމަކު މިކަން ފުލުހުން އަދި ޔަގީނެއް ނުކޮށްދެ އެވެ.
އެނގިފައިވާ ގޮތުގައި އެ ފުލުހުން ފޮނުވާލީ، މި މަހު ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ކުރި މުޒާހަރާގައި ބައިވެރިވުމުންނެވެ. ރަސްދޫ ޕޮލިސް ސްޓޭޝަނުގައި އެ ފުލުހުން ތިބި އިރު، އެ މީހުންގެ އަތުގައި އޮތް ފޯނު ވެސް އަތުލާފައިވާ ކަމަށް އެނގިފައި ވެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ އެސްއޯގެ ޔުނިޓެއްގެ ކުރީގެ ކޮމާންޑަރު ހުސައިން ސައިފް އާއި އިތުރު ފުލުހަކު ހައްޔަރުކޮށްފަ އެވެ.
އެ ދެ މީހުން ވެސް ހައްޔަރު ކުރީ ސުޕްރީމު ކޯޓުގެ އަމުރާ ގުޅިގެން ފުލުހުންގެ ތެރޭގައި ހަމަނުޖެހުން އުފައްދަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. ޖަލު ހުކުމް އިއްވާފައިވާ ސިޔާސީ ލީޑަރުންތަކަކާ އެކު ނުވަ މީހަކު ދޫކޮށްލުމަށް މިމަހު އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި އަމުރާއެކު ރާއްޖޭގެ ސިޔާސީ މަސްރަހު ވަނީ ހަލަބޮލިވެފަ އެވެ. އެ އަމުރު ތަންފީޒު ކުރާނެ ކަމަށް ބުނިތާ މާގިނައިރުތަކެއް ނުވެ އޭރުގެ ޕޮލިސް ކޮމިޝަނާ އަހުމަދު އަރީފް ވަނީ މަގާމުން ދުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
7777
26 February 2018
މެޖޯރިޓީ? ލޮލް. 200
މަރޭމިތުރާ
26 February 2018
ފުލުހުން ބައިބައިވެ ގައުމު އަނދަވަޅުގައި، ފުލުހެއް ރަނގަޅު ހުރީވިއްޔާ ބަންދުގައި.
އަބޫ ކެޓް
26 February 2018
ވިސްނޭ އެކަކުވެސް ދިވެހި ތާރީހުގެ ކަޅު ފާރާތުގައި ނަން ލިޔެވޭކަށް ބޫނުމެއްނުވާނެދޯ.
ރަބަރު
26 February 2018
ފުލުހުންވެސް ވަކިހިސާބަކުން މެޖޯރިޓީއާގުޅޭނެއެވެ. އެކަނިވެރިވެ ބާކީވާނީ އަނިޔާވެރިންނެވެ.
ހުސޭނުބެ
26 February 2018
ނުގުޅޭނެ ހަނދާން ނައްތާލާ!! ފެބުރުއަރީ 1 ވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހިންގާ ތަހްގީގުގައި ކުރަންޖެހޭ ހުރިހާކަމެއް ކުރާނެ!!! އެކަމުގައި ފުލުހުންގެ ތެރެއިން ހައްޔަރުކުރަންޖެހޭ މީހުންވެސް ހައްޔަރުކުރާނެ!!! މިހާރު ތަންކޮޅެއް ދަށްފަންތީގެ މީހުން ހައްޔަރުކުރި ނަމަވެސް ފަހުން ބޮޑެތި “އެއްޗެހި” ބާނާ ތަން ސާފުވާނެކަމަށް ގަބޫލުކުރެވޭ!!! ބޮޑެތި އެއްޗެހިވެސް ތިކަމުގެ އަޑީގަ ތިބޭނެ!!!