މިނިސްޓަރު އާސިމް، ކުވައިތުގެ ބޮޑުވަޒީރުގެ ނައިބާ ބައްދަލުކުރައްވަނީ. - ފޮޓޯ: ފޮރިން މިނިސްޓްރީ
29 މާޗް 2018 - 22:20
ރާއްޖެ އަށް އެކި ދާއިރާތަކުން ދޭ އެހީ ފުޅާކުރާނެ ކަމަށް ކުވައިތުގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން މިނިސްޓަރު ޝެއިހް ހާލިދު ހަމަދު އަލް ސަބާހް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ކުވައިތަށް ވަޑައިގެންނެވި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވަނީ އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބާ ބައްދަލު ކުރައްވައިފަ އެވެ.
މިނިސްޓަރު އާސިމް، ކުވައިތު ފަންޑުގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވަނީ. - ފޮޓޯ: ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މިނިސްޓަރު އާސިމް، ރައީސް ޔާމީންގެ ފަރާތްޕުޅުން ކުވައިތުގެ ބޮޑުވަޒީރުގެ ނައިބަށް މަރުހަބާ ދެންނެވި ކަމަށެވެ. އަދި ދެ ގައުމު ދޭތެރޭގައި އޮތް ގާތް ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މި ބައްދަލުވުމުގައި އާސިމް ވަނީ ކުވައިތު ސަރުކާރުން އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ރޮނގުން ރާއްޖޭގެ ކުރިއެރުމަށް ކުވައިތުން ވެދެމުން އަންނަ އެހީތައް ފާހަގަ ކުރައްވައިފަ އެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވާރަ ކުރައްވައިފަ އެވެ.
މި ބައްދަލުވުމުގައި ކުވައިތު ބޮޑުވަޒީރުގެ ނައިބު ވަނީ ރާއްޖެ އަށް ހުރިހާ ދާއިރާތަކަކުން އެހީތެރިވާނެ ކަމުގެ ޔަގީންކަން ދެއްވައި، ރާއްޖެއާ މެދު ގާތް ގުމެއް ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މިނިސްޓަރު އާސިމް ވަނީ ކުވައިތު ފަންޑުގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭގޮތުން ކުވައިތު ފަންޑުގެ އިސް ބޭފުޅުންނާ މަޝްވަރާ ކުރައްވައިފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން އާސިމް ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.
އާސިމްގެ އަރިހުގައި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ބައިލެޓްރަލް އަހުމަދު ޚަލީލާއި ރާއްޖެ އިން ކުވެއިތަށް ކަނޑައަޅާފައި ހުންނަވާ ނޮން- ރެސިޑެންޓް ސަފީރު އަބްދުﷲ ހަމީދު އަދި ޑިރެކްޓަ އަބްދުލް ވާރިސް ސައީދު ވެސް މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ރާއްޖެ އާއި ކުވެއިތާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ ޑިސެމްބަރު 1، 1977 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޭސާ
30 March 2018
އަނބުރާ އެއްޗެއް ނުލިބޭނަމަ އެއްވެސް ގައުމަކުން އެހެން ގައުމަކަށް އެއްޗެއް ނުދޭނެ.
އިބްރާހިމް ހ..
30 March 2018
މި ޚަބަރު ކިޔާލުމުން ހީވަނީ ހަވީރު ފިންޏަށް ބިޓެއް ކައިރިއަށް ގޮސްލިހެން. އަސްލު ދަތުރުގެ މަޤްޞަދު ސިއްރުކުރިކުރީނުން ފޮރިން މިނިސްޓްރީން ކޮސްގޮވަނީ
.މަރޭމިތުރާ
30 March 2018
ގައުމުތަކަށްގޮސް އާދޭސްކޮށް ބުނުންއެއީ ސަލާންޖެހުން..ގައުމެއް ެއަދު ގުޅިފަނެތޭ ސަރުކާރާ.
އިބްރާ
30 March 2018
އަރަބިންކައިރީ އާދޭސްކުން އެއީ މައްސަލައެއްނޫން. އިންޑިޔާ ގޮތަށް އިރުކޮޅަކުން ލާރިކޮޅުދައްކަން މަޖުބޫރެއް ނުކުރާނެ. އިތުރު ދީންތަކަށް ފުރުސަތުދޭކަށް ނުގޮވާނެ.
ރާއްޖެ
30 March 2018
ގައުމުތަކަށް ގޮސް ސަލާން ޖަހާ މީހާ ހަމަ ނޭގެނީތޯ.؟؟؟
ބީކޭކޭ
30 March 2018
ހެޔޮއެހީނުދިނަކަސް ދޭއިރައް ވައްޓާލަނީ ބޮޑުންގެޖީބައް!
ސޮކްތެރެޕީ
30 March 2018
ޔާމިން އެދަނީ ރާއްޖެތެރެވެސް ތަރައްގީކުރަމުން އެހެން ހުރިހާރައިސް ސުންނާތަފާތު ޔާމިން އެމްޑީޕީ މީހުން އޮޅުުވާލައިގެން ވާހަކަދެއްކިޔަސް މިހާރަކު މީހުންބަލައިނުގަންނާނެ.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
29 March 2018
ދިވެހިންނަށާއި ދިހެވި ދައުލަތަށް ކިތަންމެ އެހީތަކެއް ދިންކަމުގައިވިޔަސް އޭގެ ރާހަތެއް ދިވެހިންނަކަށް މިސަރުކާރުގައި ކުރަމުން ނުދޭ. . . . . ކުވައިތު ފަންޑުން ފައިސާގެ އެހީތެރިކަން ދީގެން ދެކުނުގެ 3 އަތޮޅު ރައްޔިތުންނަށް މާލެ ގޮސްގެން މެނުވީ ޕެނަޑޯލް ގުޅައެއްވެސް ލިބޭނެ ގޮތެއްނެތް ކަމުން އެމީހުންގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް އައްޑޫ ސިޓީގައި ޓާޝަރީ ހޮސްޕިޓަލެއް އަޅާންދިން ފައިސާ އަށާއި ސައުދީ ސަރުކާރުން އުތުރުގެ ކުދި ރަށްރަށުގައި އޮތް މަދު އާބާދީ ހުޅުމާލެ އަށް ގެނައުމަށް ފްލެޓް އަޅާން ދިން ފައިސާ އަށް ވީގޮތް އަދި އަދަށް ވެސް ނޭގޭތީ ތިފަދަ ހަބަރު ތަކުން ދިވެހިންނަކަށް އުފާވެރިކަމެއް ގެނެސް ނުދޭ. . . . . ތިއީ “ވެރިޔާ ހިތް ރުއްސުމަށް” އަރިހު ބޭފުޅުން އުފަންކުރުވާ އަސްލެއްނެތް ސުރުޙީ ތަކެއް.
ޑަމްބެލް ބޯއީ
30 March 2018
ތިކަހަލަ ބޭކާރު ޕޯސްޓް ތަކުން ޑޮކްޓަރުންގެ ސިޓީ އައް ވާނެ ފައިދާ އެއް ނެތް.
ކުވޭތު އަމީރު
29 March 2018
ސުނާމީގެ ލާރިކޮޅުވެސް ކަޓުވާލީޔޯ!