އައްޑޫ ސިޓީ ކައުންސިލް މެމްބަރުންގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން: އެ ކައުންސިލްގެ ހަތަރު މެމްބަރަކު ވަނީ ސަސްޕެންޑްކޮށްފައި.
05 އެޕްރީލް 2018 - 13:22
ކައުންސިލަރުން ސަސްޕެންޑް ކުރި މައްސަލަ ބާތިލު ކޮށްދިނުމަށް އެދި ލޯކަލް ގަވަރްމެންޓް އޮތޯރިޓީ (އެލްޖީއޭ) އާ ދެކޮޅަށް ހައި ކޯޓަށް މިއަދު މައްސަލަ ހުށަހަޅައިފި އެވެ.
އެ މައްސަލަ ހުށަހެޅީ، އެލްޖީއޭ އިން މިިދިޔަ މަހު ސަސްޕެންޑް ކުރި އައްޑޫގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފެވެ. އޭނާ ހުށަހެޅި މައްސަލާގައި ތިން ކަމެއް ފާހަގަކޮށްފައި ވެ އެވެ.
އެއީ މިހާރު ސަސްޕެންޑްކޮށްފައިވާ ކައުންސިލަރުންގެ ސަސްޕެންޝަން ބާތިލްކޮށްދިނުމަށާއި ކައުންސިލްތަކާއި ކައުންސިލަރުން ސަސްޕެންޑްކުރަން އެލްޖީއޭ އިން ގެންގުޅޭ އުސޫލު ބާތިލު ކޮށްދިނުމަށާއި ކައުންސިލަރުންނާ މެދު ފިޔަވަޅު އަޅަން ނިންމި އެލްޖީއޭގެ މެމްބަރުންގެ މައްސަލަ ބެލުމަށެވެ. ނަމަވެސް އެ މައްސަލަ އަދި ބަލައެއް ނުގަނެ އެވެ.
ސިޔާސީ އިސް ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަަށް މިދިޔަ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ނޫސްބަޔާންތައް ނެރުނު ބައެއް ކައުންސިލަރުން ވަނީ ސަސްޕެންޑުކޮށްފަ އެވެ. އެ މައްސަލައިގައި އައްޑޫގެ ހަތަރު ކައުންސިލަރަކާއި ގދ. ގައްދޫގެ ބައެއް ކައުންސިލަަރުންނާއި ބ. ހިތާދޫގެ ބައެއް ކައުންސިލަރުން ވެސް ސަސްޕެންޑް ކޮށްފައިވެ އެވެ.
މައްސަލަ ހުށަހެޅުއްވުމަށް ފަހު "މިހާރު"އާ ވާހަކަދައްކަވަމުން ޔަސްރިފް ވިދާޅުވީ ރައްޔިތުން އިންތިހާބު ކުރާ އެއްވެސް ކައުންސިލަރަކަށް، ސިޔާސީ ކޯޑިނޭޓަރުންނަށް ފިޔަވަޅު އަޅާ އުސޫލުން ކައުންސިލްތަކަށާއި ކައުންސިލަރުންނަށް ފިޔަވަޅު ނޭޅޭނެ ކަމަށެވެ.
އޭނާ އަމިއްލަ ނަމުގައި މައްސަލަ ހުށަހެޅި ކަމުގައި ވިއަސް އެއީ ހުރިހާ ކައުންސިލްތަކަށް ނިސްބަތްވާ މައްސަލައެކެވެ.
"ރާއްޖޭގެ އެއްވެސް ކައުންސިލަކަށާއި ކައުންސިލަރަކަށް ފިޔަވަޅު އެޅިގެން ނުވާނެ. އެހެންވެ އެ މައްސަލަ އަށް ގާނޫނީ ގޮތުން ހައްލެއް ހޯދުމަށް، އެލްޖީއޭގެ ނިންމުން ބާތިލްކޮށްދިނުމަށް އެދި މައްސަލަ ހުށަހެޅީ،" ޔަސްރިފް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައިފައި
05 April 2018
އެލްޖީއޭ އަށް ކައުންސިލަރުން ސަސްޕެންޑް ކުރެވޭނަމަ އެލްޖީއޭ އަށް ރައީސުލް ޖުމްހޫރިއްޔާ ވެސް އަޒުލުކުރެވޭނެ
މަހަށްދަގަ.
05 April 2018
ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދާރީވާންޖެހެނީ އެލްޖީއޭއަކަށް ނޫން މަޖިލީހަށް. އެކަމަކު ކައުންސިލަރުން ޖަވާބުދާރީވާންޖެހޭ ބެލެނިވެރިފަރާތަކީ އެލްޖީއޭ .. ހުންޖެހިފަ ތިބޭނި ތިޔަ ކަހަލަ ތެއްކަމެއް ނެތް ދެއުޅިއެއް ނުވާ ވާހަކަ ދައްކާ މީހުން
ހައިފައި
05 April 2018
ތިއޮތީ ވާ އެގިފަ! ކޯއްޗެއްގަ އޮތީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ކައުންސިލުން ޖަވާބުދާރީ ވާންޖެހޭނެ ކަމަށް...ކޮއިފުޅާ އެލް ޖީ އޭ އަށް ކުރެވޭނީ ކައުންސިލްތައް ވިލަރެސް އެއީ ވެސް ވަކި ހުދޫދެއްގެ ތެރެއިން. ވ ސަލާން
ލިން
05 April 2018
އަބުދޯ އަފީފަށް ނޭނގޭދޯ ސުޕުރީމު ކޯޓުން ނާއި ހައިކޯޓުން މީގެ ކުރިން ނެރެފަ ހުރި ހުކުމްތަކުގަ އެފަދަ އުސޫލުހެދުމުގެ ބާރު އެލްޖީއޭއަށް ލިބިދީފަ އޮތްކަން.. އަދި ކައުންސިލްތަކަކީ މަރުކަޒީ ސަރުކާރުގެ ފަށަލަތަކެއްކަމާ މަރުކަޒީ ސަރުކާރުގެ މައްޗަށް ބަސްކިއުމުގެ ބާރު ނެތްކަން ހުކުމްތަކުން ސާފުވާކަން..ދެން އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް ތިޔަ ދަޢުވާ ކާމިޔާބު ވާނެގޮތަކީ ނެތްގޮތެއް
ޖޭޑް
05 April 2018
ތީ އެއްގޮތަކަށް ވެސް ރަނގަޅު ވާހަކައެއް ނޫން، ކުރިން ސުޕްރީމް ކޯޓުން ނެރެފަ ހުރި ޙުކުމްތަކުން ވެސް އެގޭ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އެ ބާރު ލިބިގެން ނުވާކަން. ތި އޮތީ ޤާނޫނު އެގިފަ ވ.ސަލާން
ލިން
05 April 2018
ޖޭޑް ތި ހުކުމް ނުކިޔާތިޔަ އުޅެނީ.. ކައުންސިލަރުން ނާ މެދު ފިޔަވަޅު އަތާ 4 އަހަރުވަނީ ދުވަހަކުވެސް ކައުމްސިލަރަކަށް ކާމިޔާބުވީތަ މައްސަލައެއް ކޯޓަށް ގޮސްގެން ކިތައް ދަޢުވާކޮށްފި.. ތިޔަ އައްޑޫ ސިޓީން އަވަށު ބޯޑު ހެދި މައްސަލައިގަ ވެސް ހައިކޯޓުން ހުކުމްކުރީ އެލްޖީއޭއިން ކަނޑައަޅާ ގޮތެއްގެ މަތީންނޭ އަވަށު ބޯޑު ހެދޭނީ. ކައުންސިލްތަކާ ގުޅޭ ގޮތުން ޤާނޫނުނަ ނެތް ކޮންމެކަމެއް ނިންމުމުގެ ބާރު އެލްޖީއޭއަށް ލިބިގެން ވެއޭ..
ޖޭޑް
05 April 2018
ފޮތް ރަނގަޅަށް ނުކިޔާތީއޭ ލިން ގެ މައްސަލައަކީ، އެ ހުކުމް އެއްކޮޅުން އަނެއްކޮޅަށް ޤާނޫނީ ނަޒަރަކުން ވިސްނައިގެން ކިޔާބަލަ...ލިޔެފަ އޮތް އެއްޗެއް ކިޔަން ނޭގުމަކީ ދެރަކަމެއް!