ޚަބަރު / ވަކީލުން

175 މީހަކަށް ވަކީލުކަމުގެ ހުއްދަ ދީފި

މިރޭ ހުވާކުރި ބައެއް ވަކީލުން: ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވެސް އެބައޮތް --މިހާރު ފޮޓޯ/ހުސައިން ވަހީދު

ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ 175 މީހަކަށް ދީ، ވަކީލު ކަމުގެ ހުވާ މިިރޭ ކޮށްފި އެވެ.

ދަރުބާރުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވަކީލުކަމުގެ ހުވާ އެ ބޭޭފުޅުންނަށް ލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ. ވަކީލުކަމުގެ ހުއްދަ ދިންކަމުގެ ލިޔުން ހަވާލުކޮށް ދެއްވީ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް ވިދާޅުވީ ވަކީލުންނަކީ އަދުލު އިންސާފު ގާއިމް ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށާއި ވަކީލުންްގެ މަސައްކަތުގައި އެންމެ އިސްކަމެއް ދޭންޖެހޭނީ ގާނޫނީ އިމުގެ ތެރެއިން މުވައްކިިލުންގެ ހައްގުގައި ހެޔޮ ނިޔަތުގައި މަސައްކަތް ކުރުން ކަމަށެވެ. އެ ޒިންމާ އަދާ ކުރުމުގައި ވަކީލުންގެ ސުލޫކީ މިންގަނޑު ހިފަހައްޓަން ޖެހޭނެ ކަމަށް ވިދާޅުޥެ، ވަކީލުންގެ ޕްރޮފެޝަންގެ އަގު ވެއްޓޭ ފަދަ ކަންކަން ވަކީލުން ނުކުރަން ފަނޑިޔާރު އަރީފް އިލްތިމާސް ކުރެއްވި އެވެ.

"ކުށްވެރިންގެ ކުށް ފޮރުވުމަށްޓަކައި ޝަރީއަތަށް ހަގީގަތް އޮޅުވާލުމާއި ތިމާއަށް ހައްގު ނޫން ނުވަތަ ކަމެއް ލިބިގަތުމަށްޓަކައި އުޅޭ ފަރާތެއްގެ ހަގީގަތް އެނގިހުރެ، އެފަދަ ފަރާތަކަށް އެކަމުގައި އެހީތެރިވުމަށް އެއްވެސް ކަހަލަ ކަމެއް ކޮށްގެން ނުވާނެ،" ފަނޑިޔާރު އަރީފް ވިދާޅުވި އެވެ.

ވަކީލުކަމުގެ ހުއްދަ މިރޭ ބޭފުޅަކަށް ދެއްވަނީ:--މިހާރު ފޮޓޯ/ހުސައިން ވަހީދު

މީގެ އިތުރަށް ފަނޑިޔާރު އަރީފް ވިދާޅުވި ގޮތުގައި މުވައްކިލުންގެ އަތުން އެކަށީގެންނުވާ މިންވަރަށް ބޮޑު އަގު ނެގުން ފަދަ ކަންކަން ކުރުމުން ވަކީލުން ދުރުހެލިވާން ޖެހެ އެވެ. އަދި މާލީ ތަނަވަސްކަން ނެތް ފަރާތަކަށް ވީވަރަކުން އެހީތެރިކަން ފޯރުކޮށް ދިނުމަކީ ވެސް ވަކީލުންގެ ޒިންމާއެއް ކަމުގައި ދެކެންވާނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރު އަރީފް ވިދާޅުވި ގޮތުގައި ވަކީލު ކަމަކީ ގާނޫނީ ދާއިރާއިން ފުރިހަމަ ކުރާ ހަތަރު އަހަރު ދުވަހުގެ ޑިގްރީއެއް ކޯހެއްގައި މިންވަރަށް ވުރެ ފުޅާ ދާއިރާއެއްގައި އޮންނަ ކަމެކެވެ. ވަކީލު ކަމުގެ ހުއްދަ ލިބުމަށް ފަހު ވެސް ވަކީލުންނަކީ ތަޖްރިބާ އާއި ތަމްރީނު ލިބެންޖެހޭ ބައެއް ކަމަށާއި އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ސުޕްރީމް ކޯޓުން މިހާރު ވެސް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އެގޮތުން ޖުޑިޝަލް އެކަޑަމީއެއް އުފައްދައި، ވަކީލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާ ކަން ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.

"ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މި ނިޒާމު ގާއިމްކޮށްފައިވާ ސަބަބަކީ ވެސް މިއީ. އަޅުގަނޑު އުއްމީދު ކުރަނީ ތިޔަ ހުރިހާ ބޭފުޅުން ވެސް ރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ޕްރޮގްރާމްތަކުން ފައިދާ ހޯއްދަވަމުން ގެންދަވާނެ ކަމަށް،" ފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ކޮލެޖްތަކާއި ޔުނިވާސިޓީތަކުން ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލްކުރާ ފަރާތްތަކަށް މިހާރަށް ވުރެ ފަސޭހަ ގޮތެއްގައި ހުވާ ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރިއަށެވެ.

ވަކީލުކަމުގެ ހުއްދަ މިރޭ 175 ބޭފުޅަކަށް ދިންއިރު ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. އެކަމަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.

14 ކޮމެންޓް, 45 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 67%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްޑޫ ބަކުރު

09 April 2018

175 ވަކީލުން ގަންނަން ސަރުކާރުން ވިސްނަމުން ދާނެކަމާމެދު ޝައްކެއްވެސް ނުކުރެވޭ އެކަމަކު އަޅުގަންޑު މި 175 ވަކީލުން ކާރި ބުނެލަން ބޭނުންވަނީ ތިޔަބޭފުޅުން ތިކުރި ބުރަމަސައްކައެ ނަރަކައިން މިންޖުކުރާށާ އިންސާފަށް ލޯބި ކުރާށޭ ލާރީގެ ވަބާގަ އީމާންތެރިކަން ނުވިއްކާށޭ. މިލޮބުވެތި ވެށި އަމާންތަނަކަށް ހަދަން ވީހާވެސް ބުރަކޮށް މަސައްކައެ ކުރާށޭ.. ޝުކުރިޔާ

The name is already taken The name is available. Register?

ދައްކަންޖެހޭ ވާހަކަ.

09 April 2018

މަންދު ކޮލެޖް އިން ކިޔެވި 25 އަށް ވުރެ ގިނަ ދަރިވަރުންނަަށް ހުވާ ނުކުރެވި..... ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ނިންމާ ދައްކަންޖެހޭ ފައިސާ ވެސް ދައްްކާފަ.... އެކަމަކު ހުވާ ނުކުރެވި، ވަޒީފާގެ އެތައް ފުރުސަތެއް ގެއްލި އާމްދަނީ ހޯދުމަށް އޮތް މަގު ބަންދުވެފަ...

The name is already taken The name is available. Register?

ދިއްދޫހަސަނު

09 April 2018

ކޮންމެ ވަކީލަކަށް ފަޅު ރަށެއް

The name is already taken The name is available. Register?

އަކަސަކަ

09 April 2018

ކޮންމެ ވަކީލަކަށް ހުޅުމާލެއިން ގޯއްޗެއް

The name is already taken The name is available. Register?

އަލީ!

09 April 2018

ސަރުކާރާ އިދިކޮޅު ވެއްޖިއްޔާ ސަސްޕެންޑް ކުރާނެ

The name is already taken The name is available. Register?

ހުވަފެން ފައްކާ ސަރުކާރު

09 April 2018

ކޮންމެ ވަކީލަކަށް ފްލެޓެއް.

The name is already taken The name is available. Register?

ޖެނެރަލް ސައި

09 April 2018

ތި ވަކީލްކަން ކިޔަވައިގެން އައިސް ވަޒީފާ މާހައުލުގައި ކޮލިޓީ ނުދެއްކެނީ ކީއްވެ

The name is already taken The name is available. Register?

ބަކަންބެ

09 April 2018

ކޮންމެ ވަކީލެއްގެ ފަހަތުގައި ފުލުހެއް

The name is already taken The name is available. Register?

އެކްސް

09 April 2018

"ކުށްވެރިންގެ ކުށް ފޮރުވުމަށްޓަކައި ޝަރީއަތަށް ހަގީގަތް އޮޅުވާލުމާއި ތިމާއަށް ހައްގު ނޫން ނުވަތަ ކަމެއް ލިބިގަތުމަށްޓަކައި އުޅޭ ފަރާތެއްގެ ހަގީގަތް އެނގިހުރެ، އެފަދަ ފަރާތަކަށް އެކަމުގައި އެހީތެރިވުމަށް އެއްވެސް ކަހަލަ ކަމެއް ކޮށްގެން ނުވާނެ،" ފަނޑިޔާރު އަރީފް ވިދާޅުވި އެވެ. ހަމަ މިބީދައިން ފަނޑިޔާރުންވެސް އެބަޖެހޭ ﷲއަށް ބިރުވެތިވެ، ބަޔަކު ބުނާހާ ގޮތަކަށް ހުކުމް ނެރުން ހުއްޓާލަން. އަދުލު އިންސާފަށް ހުކުމް ކުރަން.

The name is already taken The name is available. Register?

ބޮޑު ގުޅަ

09 April 2018

ކޮންމެ ރައްޔިތަކަށް ވަކީލެއް..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454