ކޯސްޓްގާޑްގެ އުޅަނދެއް: ރާއްޖޭގެ ކަނޑުން ބޭރުގެ މަސް ބޯޓެއް ވަނީ އަތުލައިގެންފައި --ފޮޓޯ/މިހާރު
12 އެޕްރީލް 2018 - 18:27
ހާލުގައި ޖެހިފައި އޮތް އީރާންގެ މަސް ބޯޓެއް ރާއްޖޭ ސަރަހައްދުން މިއަދު ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ އެ ބޯޓު ފެނުނީ ހއ. އުލިގަމާ 17 މޭލު ބޭރުން، ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުން، މިއަދު ހަވީރު ކަމަށެވެ. ކަންނެލި މަސްވެރިކަންކުރާ ރާއްޖޭގެ ދޯންޏަކުން ދިން މައުލޫމާތާ ގުޅިގެން ކޯސްޓް ގާޑުގެ އުޅަނދެއް ގޮސް ބެލި އިރު އެ ބޯޓު ހާލުގައި ޖެހިފައި އޮތީ ހުންގާނު ބިނދިގެން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މިއީ 65 ފޫޓު ދިގު، ލަކުޑި ބޯޓެއް ކަމަށާއި އޭގައި ތިބީ އީރާންގެ ހަ މީހަކު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. އެ ބޯޓު ކައިރީގައި ކޯސްޓް ގާޑުގެ އުޅަނދެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެގެން އުޅެނިކޮށް މީގެ ކުރިން ވެސް ބޭރުގެ ބައެއް މަސް ބޯޓުތައް ކޯސްޓްގާޑުން އަތުލައިގެންފައިވެ އެވެ. އޭގެ ތެރޭގައި ސްރީ ލަންކާ އާއި އިންޑިއާގެ ބޯޓުތައް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދެވޭތަބެހިގެން
13 April 2018
އެސްކިމޯ ބޯޓެއް ރާއްޖޭގެސަރަހައްދަށް އާދެވޭތަބެހިގެން!
ފާރިޝް
13 April 2018
ހޫން ދޯ
އެއްމެން
13 April 2018
ވަގަށް ރާއްޖޭގެ ސަރަޙައްދަށް ވަނުމާއި، ހާލުގެ ޖެހިގެން ރާއްޖޭގެ ސަރަހައްދަށް އޮޔާ ވައިން ގެންގޮސް ވެއްދުމާއި މިއީމުޅީން ތަފާތު ދެކަމެކެވެ. ހާލުގެ ޖެހިގެން ވަދެވިފަ ތިބުމީހުންނަށް ވަރަށް ވީއައިޕީ ޚިދުމަތް ރާއްޖެއިން އެމީހުންނަށް ލިބިދޭންޖެހޭނެ. ސަބަބަކީ ރާއްޖޭގެ ބޮޑުބަޔަކީ ކަނޑުކަމަށް ވާތީ، ދިވެހީންނަށް މިފަދަ ހިތާމަވެރު ހާލަތްތަށް ދިމާވުމަކީ ވާކަމެކެވެ. ދިވެހި ބަޔަކަށް މިހާލަތު ދިމާވެއޖެއްޔާ، އަހަރަމެންވެސް ހަމަ އެހީތެރިކަމަށް ބޭނުންވާނެ އެވެ. އަބަދަުވެސް ދިވެހީން ވާންވާނީ މިފަދަ ކާރިސާތަކުގާ ޚިދުމަތް ދިނުމުގައި ނަމޫނާ ބަޔަކަށެވެ.
ކޮކީ
12 April 2018
މީގަ ދެރަކަމަކީ އަސްލު ރޢްޖޭގެ ކަނޑުގެ ސަރަހައްދު ބެލެންވާވަރަށް ނުބެލޭކަން..އޭގަ ސަބަބުތަކެއްވެސް ވޭ...އަސްކަރިއްޔާއަށް އަމިއްލަ ވައިގެ ވަސީލަތް ތަކެއް ހޯދަދީފަ ހުރީކީ ނޫން ..ހުރިނަމަ މިފަދަ ވަގަށްވަންނަ ކިތަންމެ އުޅނދެއް ފެންނާނެ.. ޙަބަރުގަ މިކަންކަން ސާފުކޮށްލަދިނުންއެދެން މިމީހުން އަތުލާގަތުމުގަ އެއްވެސް ނުކިޔަމަންތެރިކަމެއް ދެއްކިތޯ؟؟؟ އެއްވެސް ކަހަލަ ހަތިޔާރެއް ފެނުންތޯ..މިކަންކަން ސާފުކޮށްދިނުންއެދެން...ދެކެންބޭނުންވާ ދުވަހެއް ވައިގެ ވަސީލަތްތަކާ ކަނޑުގެ މަނަވަރުތަށް ދިވެހި އަސްކަރިއްޔާއަށް އިތުރުކުރެވި ކަނޑުތަށް ބެލެއްހެއްޓުން ވަރުގަދަ ވެގެން އަންނަތަން ދެކުން