މައުމޫނު، ނަޖުމާއާ ސަލާމް ކުރައްވަނީ.
15 އެޕްރީލް 2018 - 23:48
ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އޮފީހުގެ މުވައްޒަފު ނަޖުމާ އިބްރާހީމް 15 ދުވަހަށް ގޭބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިރޭ ނިންމައިފި އެވެ.
ނަޖުމާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ. އަދި ޝަރީއަތް ނިމެންދެން ގޭގައި ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ވެސް ކުރި އެވެ. އޭނާ އޭރު ގޭބަންދަށް ބަދަލުކުރީ ގާތްގަނޑަކަށް 10 މަހުގެ ތުއްތު ކުއްޖަކަށް ގާތުން ކިރުދޭން ޖެހޭތީ އެވެ.
އެ ނިންމުން ރިވިއު ކޮށްދިނުމަށް ނަޖުމާގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން މިއަދު ނިންމާފައި ވަނީ އޭނާ 15 ދުވަސް ވަންދެން ގޭބަންދުގައި ބެހެއްޓުމަށެވެ.
ރިޝްވަތު ދިނުމުގެ ތުހުމަތުގައި ދެން ހައްޔަރުކުރި މައުމޫންގެ ޕްރައިވެޓް ސެކިއުރިޓީއެއް ކަމަށްވާ މުހައްމަދު އަޒްމީގެ ބަންދުގެ މުއްދަތު ރިވިއުކޮށް ދިނުމުން، ކްރިމިނަލް ކޯޓުން ވަނީ އޭނާ ވެސް 15 ދުވަސް ވަންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަހައްޓަން އަމުރުކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި އަޒްމީ މިހާރު ވަނީ ދޫނިދު އަށް ގެންގޮސްފަ އެވެ.
ފުލުހުން ކުރިން ބުނި ގޮތުގައި މައުމޫން ދިރިއުޅުއްވާ އެންދެރިމާގޭ ފުލުހުން ބަލައި ފާސްކުރަމުން ގެންދަނިކޮށް، އެ ގެއާ އިން ވެގެން ހުންނަ އެންދެރިގަސް ގެ އިން ކަޅު ފޮއްޓެއް ކާރަކަށް އަރުވައިގެން ގެންދިޔަ އެވެ. އަދި ކަޅު ފޮށި ފެނުނީ ނަޖުމާ ގެ އިން ކަމަށާއި ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅޭ ހެކިތަކެއް އެ ފޮށިން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރާ
16 April 2018
ފިތުނަ އުފައްދާމީހުންގެ މޫނަކަށްވެސް އަދި ކަނދުރާއަކަށްވެސް ބަލާނެކަމެއްނެތެވެ.
ގައުމު ގައުމު
16 April 2018
ނަޖޫގެ ތި ހިތްވަރާއި އަޅުއްވައިގެން ތިޔަހުންނެވި ރީނދޫ ޝޯލްއާއި އެބަ ގުޅުވައިދޭ. ހިތްވަރަށް ސާބަސް.
އިންސާރފް
16 April 2018
ހިހޫތަނުން ކެއުން އިހުތިޔާރު ނުކޮށް ވަފާތެރިކަމާއެކު (އަންހެނަކަށް ވެހުރެ) ސާބިތުކަންމަތީ ހުންނެވިތަން ފެނުމުން ގުޑައިގެން ގޮސްފި!!! ސާބަސް ހައްގު ނަޖޫއަށް.
ރަހުމަ
16 April 2018
ނަޖޫގެ ތި ހިއްވަރައް ރައީސް މައުމޫންގެ މައްޗަށް ތިބެހެއްޓި އިޚްލާސްތެރިކަމަށް ތިދައްކަވަމުންދާ ސާބިތުކަމަށް ތިކަމަނާޔަށް ސެލިއުޓްކުރަން ތިއީ ޣައުމީބަތަލެއް ﷲގެ ހެޔޮރަހުމަތްލަށްވާށި
ބުއްޅަބޭ
16 April 2018
އެއްމެފަހުން ނަޖުމާވެސް ރީދޫހުންޖެހުނީ، ރީދޫހުމަކީ ނުރައްކާ އެއްޗެކަށް ޗިޔަސްވެސް މައްސަލައެއްނެއްތާދޯ!