ސީރިއާގެ ހަނގުރާމާގައި ބައިވެރިވެގެން އުޅޭ ދިވެހިންތަކެއް--
16 އެޕްރީލް 2018 - 14:36
ސީރިއާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް އެ ގައުމަށް ދިޔަ ދިވެއްސަކު އެނބުރި ރާއްޖެ އައިސް މާލޭގައި ދިރިއުޅެން ފަށައިފި އެވެ. އޭނާ މިހާތަނަށް ހައްޔަރުކޮށްފައެއްނުވެ އެވެ.
އެނގިފައިވާގޮތުގައި މާލެ އަތޮޅު ރަށަކަށް، ނިސްބަތްވާ އެފިރިހެން މީހާ މީގެ އަހަރެއްހާ ދުވަސް ކުރިން ސީރިއާއަށް ދިޔައީ އޭނާގެ އަންހެނުންނާއި ކުޑަ ދަރިފުޅުވެސް ގޮވައިގެންނެވެ. އެގައުމުގައި ހަނގުރާމާގައި އުޅުމަށްފަހު އެމީހުން އެނބުރި ރާއްޖެ އައީ މިދިޔަ މަހު ފަހުކޮޅު އެވެ.
ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަކީ ރާއްޖޭގެ ގާނޫނު ބުނާގޮތުން ކުށެއް ނަމަވެސް މިހާތަނަށް އޭނާ ހައްޔަރުކޮށްފައެއް ނުވެ އެވެ.
އެކަމާ ގުޅިގެން ފުލުހުންގެ ބަހެއްވެސް ވަނީ ލިބޭގޮތް ނުވެފަ އެވެ.
ސީރިއާ އަށް ދިޔަ ދިވެހިންގެ އަދަދު މީގެ ކުރިން އުޅެނީ 49 ގައި ނަމަވެސް މިއަހަރު އިއުލާން ކުރިއިރު އެ އަދަދު 61 އަށް އަރާފައިވެ އެވެ.
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މީގެ ކުރިން ވިދާޅުވެފައިވަނީ ހަނގުރާމައިގައި ބައިވެރިވުމަށް ފަހު އެނބުރި ރާއްޖެ އަންނަން ބޭނުންވާ ދިވެހިންނަށް ރާއްޖެ އައުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެ މީހުން ބޭނުން ވެއްޖެ ނަމަ އެކަން ކޮށްދޭނެ ކަމަށެވެ. އެކަމަކު ރާއްޖޭން ބޭރަށް ހަނގުރާމަ އަށް ދިޔުމަކީ ރާއްޖޭގެ ގާނޫނުތަކާ ހިލާފު ކަމަކަށް ވާތީ އޭގެ ދަށުން އެ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޕާ
18 April 2018
ބޯޓު ދަތުރުކުރަން ދިޔަ މީހުންވެސް އެބައުޅޭ މާލެ އައިސް. ސީރިޔާ އަށް ދިއުން ދިވެހިންނަށް މަނާވީ ކޮންއިރަކު؟
ސަރުކާނު
17 April 2018
ކިހިނެތް ތޯ އެގެނީ ޕާސްޕޯޓް ހިފަހަށްޓަން އަންގާފަ ނެތްކަމެއް؟ ފުރަން ދިޔައިމަ ދޯ އެގޭނީ. އެކަމާ ގޮސްސަ އައިސް އެހެރީ ރާއްޖޭގަ. ދެން އޭނަގެ ހަން ބޭލިޔަސް ކުރާނެ ކަމެއް ނޯންނާެ. ދެން ވަކި ދުވަހެއްވަންދެން ރާއްޖޭން ބޭރަށް ނުދެވޭގޮތަށް ހެދުން ބުއްދިވެރީ.
ނަސީމް
17 April 2018
އައިއެސްއިން ކުރިންވެސް ވަނީ ދިވެހިސަރުކާރަށް އިންޒާރުދީފަ. ތިއައީ އެތާގެ އެޖެންޓުކަން ހިފައިގެންނޫންކަމެއް ނޭނގެ. މާދަމާ އެތައްބައެއްގެ ފުރާނަ ދިޔާމަ ކީއްކުރާނީ. ދިވެހިފުލުހުން އެއުޅެނީ މެންދުރު މަޖީދީ މަގުން ބައިގަނޑެއްއައިސް މީހަކު ކޮށާލާފަ ދިޔަސް ޝައްކުކުރެވޭ މީހަކު ނުފެނިގެން.
ނަހުލު
17 April 2018
އޭނާ ހިތާމައެއް ނުކުރާނެ. މިތަނަށް އައީ އެތަން ފެއިލް ވީމަ. ދެން މިހާރު އޮތީ މިތަންވެސް ފެއިލް ކޮށްލުން. ކިހާބޮޑު ވަބާއެއް މިބައިމީހުންނަކީ.
ހެހެ
17 April 2018
ހައްޔަރުކޮށް ބޮޑު އަދަބެއް ނުދިން ނަމަވެސް މި މީހަކު ފުލުހުންނާއި ކަމާގުޅޭ އެހެނިހެން ފަރާތްތަކަށް ހާޟިރުކޮށް ތަޙުޤީގު ކުރަން ޖެހޭނެ. އަދި އޭނަގެ ފަރާތުން ރާއްޖެއަށް އެއްވެސް ކަހަލަ ޓެރަރިސްޓް ހަމަލާއެއް ދިނުމުގެ ވިސްނުން ހުރިތޯ ބަލައި އެކަމަށް ފާރަލާން ޖެހޭނެ. ފަހަރެއްގައި ރާއްޖޭގައި އެފަދަ އަމަލެއް ކުރުމުގެ ވިސްނުމުގައި ކަމަށްވެސް ވެދާނެ. އެއްވެސް ކަހަލަ ތަޙްޤީގެއް ނުކޮށް ދޫކޮއްލާފަ ހުރުމަކީ ދުނިޔޭގެ އެކިއެކި ޤައުުމުތަކުގައި އުޅޭ ރާއްޖޭގެ މިފަދަ މީހުން ރާއްޖެ އައުމުގެ ފުރުޞަތު ބޮޑުވާނެ ކަމެއް. އަދި އެފަދަ މީހުންގެ ސަބަބުން ޓެރަރިސްޓް ހަމަލާއެއް ދިނުމުގެ ފުރުޞަތު ބޮޑުވާނެ ކަމެއް.
ދޮން އާދަނު
17 April 2018
ޑްރަގު ބުއިމަކީވެސް ކުށެއް. ކިތައްހާސް "ޒުވާނުން" މަގުމަތީ ދެބަންދިހާރަވެގެން ތެޅެނީ. ޒިނޭ ކުރުމަކީވެސް ކުށެއް. އާންމުންގެ ތެރޭ ހާމަޔަށް ޒިނޭ ކުރަމުން ދަނީ.
ފުންއަސަރު
17 April 2018
ދެވުނު މޮޔަހިތަށްއަރާފާ ރާއްޖެ އައުމުން ކުޑަގޮޅިޔަށްލާ ބަންދު ނުކުރާށެވެ. ގާނޫނުގާ ކޮންމެ ގޮތަކަށް އޮތަސް މީހަކަށް ކުށެއް ކުރެވިދާނެއެވެ. އެކުށަށް އިއުތިރާފުވެ އެނބުރި އައީ ނޫންހެއްޔެވެ؟ އޭނާއާ އޭނާގެ އާއިލާ އުފަލުގާ ދިރިއުޅުނަދޭށެވެ. އޭނާ ބަލައިގަންނާށެވެ.
ލޮލްލް
17 April 2018
އޭނަ އެކޮޅުން ކަން ކަން ދަސް ކޮއްގެން ތަމްރީން ވެގެން އައިސްސަ މިކޮޅުގަ އެކަހަލަ ޖަރީމާ ތައް ކުރުމަކީ އެކަށީގެން ވާ ކަމެއް. ހަމަ އެހެންމެ ، އޭނަ އެކޮޅަށް ދިޔައީ ކޮންޓްރޯލް އިން ނައްޓައިގެން ، ސޯ ، އެކަހަލަ މީހުން ވ. ބިރުވެރި ދޫކޮއްލާފަ ބަހައްޓަން.. ނޯ ވަން އިޒް ޕާފެކްޓް، އެކަމް އެއީ ދެން އޯވާ ދޯ .. ؟ އިންސާނަކަށް ވިޔަސް ކުރަން ޖެހޭ ކަންން ހުންނާނެ، މޮޔަވާކށްް ނޫން ވީކީ ..
ސަލާމަތް
17 April 2018
އޭނަ އައިއްސަ ބޮމެއް ގޮއްވާލީމަ އޮންނާނެ ބަލައިގަނެވިފަ
އެވައްޑެ
17 April 2018
ހަމަ އެޔާއެކު އޭނާއަށް ފާރަ ލާށެވެ.
އަލިފް
17 April 2018
ޖިހާދު ކުރުމަކީ ކޮބާ ކަން އިލްމު ވެރީން ރަނގަޅަށް ކިޔާދޭން އެބަޖެހެއެވެ.
މަ މިއު މަ
17 April 2018
ސަރުކާރު ތަންކޮޅެއް ހަރުދަނާ ވެބަލަ
ޕޭޖް
17 April 2018
ރަށަށް ގޮސް ރަށުގަ ދިރިއުޅޭ. .
އިސްމާލު
17 April 2018
އޭނާ އައީ އިހަށް ދުވަހު ކަމަށްވާނަމަ އެކަން އަދި ނުބެލިފައެއްވެސް ނެތް އަދި އޭނާ އެގޮތަށް އެ ހުންނަނީ ޝަރުޢީ އުކުޅަކަށްވެސް ވެދާނެ ނުވަތަ އެނޫން އެފަދަ ކަމަކަށްވެސް ވެދާނެ ކަމެއްގަ ހައްދު ފަހަނަ އަޅާ ދަނީ ހަމައެކަނި ސީރިޔާ ދާ މީހާއެއް ނޫނެވެ. ކުރާ ކޮންމެ ކަމެއްގައި ނޭނގޭ ހިސާބަށް ނުވަތަ ނުބެހޭ ހިސާބަށް ތިމާގެ ފިކުރު ގެންދާ ކޮންމެ މީހަކީ ހައްދު ފަހަނަޅާފައިވާ މީހެކެވެ.