ބްރިޖްގެ މަސައްކަތް ކުރަން ހަދާފައިވާ ޕްލެޓްފޯމް. ބްރިޖުގެ މަސައްކަތް 2018 ގެ ޖުލައި މަހު ނިންމުމަށް ދަނީ މަސައްކަތް ކުރަމުން.--. ފޮޓޯ:ނިޝާން އަލީ/މިހާރު
21 ޖުލައި 2016 - 12:00
ހުޅުމާލެ އަކީ މީހުން ނިދަން ދާ ތަނެއް ކަމަށާއި އެކަން ނިމުމަކަށް ގެންނާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބޯހިމެނުމާ ގުޅޭ ހައުސިން ބައި އާންމުކުރުމަށް ޗަންޕާ ސެންޓްރަލް ހޮޓަލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ހުޅުމާލެ ތަރައްގީ ނުވާ ކަމަށާއި އެ ރަށުގައި ހުރީ ހަމައެކަނި ފްލެޓުތަކެއް އެކަނި ކަމަށެވެ.
ސެންސަސް ހައުސިން ޗެޕްޓާ ލޯންޗު ކުރުމަށް ޗަމްޕާ ސެންޓްރަލް ހޮޓަލްގައި ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: ހައުސިން މިނިސްޓްރީ
މީގެ އިތުރުން ރަށްތައް ބެހިފައި އޮތް ގޮތުން ވިއްސާރަ ދުވަހަކާ ދިމާވެއްޖެނަމަ، ހުޅުލެ އާއި ހުޅުމާލެއަށް ދިއުމަކީ ދަތިކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް މާލެ އާއި ހުޅުލެ ގުޅާލެވުމުމަކީ ރާއްޖޭގެ ތަރައްގީއަށް އެޅޭ ފާލަމެއްގެ ގޮތުގައި މިނިސްޓަރު މުއިއްޒު ސިފަ ކުރެއްވި އެވެ.
"ވަޒީފާ އިތުރުވެ، ސަރުކާރުގެ މުއައްސަސާތައް ބިނާކުރެވި ހަގީގީ ސިޓީއަކަށް އަދި ބަދަލެއް ނުވޭ. ނިދަން ބޭނުންކުރާ ތަނަކަށް އެކަނި ހުޅުމާލެ އަދި އޮތީ. ސަބަބަކީ ދަތުރުފަތުރުގެ ދަތިކަން އޮތުމުގެ ސަބަބުން." ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މި ބްރިޖު އެޅުމުން ހުޅުމާލެ ތަރައްގީވެ، އެކިއެކި ކަންކަމަށް ބިންތައް ނަގާ ފަރާތްތަކުން އެތަންތަން ތަރައްގީކޮށް، ވަޒީފާ އާއި ވިޔާފާރީގެ ފުރުސަތު ލިބި ހަގީގީ ނަފާ ލިބޭނެ ކަމަށެވެ.
ހަމައެއާއެކު މާލޭގެ ތޮއްޖެހުމަށް ލުޔެއް އައިސް، މާލޭ އާއި އަތޮޅުތެރޭގެ ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ހުޅުމާލޭގެ އުޅެވޭނެ ގޮތްވުމަކީ ސަރުކާރުގެ ތަސައްވުރެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
ބްރިޖްގެ މަސައްކަތުގައި ސީސީސީސީގެ މުވައްޒަފުން ހަރަކާތްތެރިވަނީ. ބްރިޖާއެކު މާލެ ތޮއްޖެހިފައި އޮތް އޮތުން ނިމުމަކަށް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި. --ފޮޓޯ: ނިޝާން އަލީ/ މިހާރު
މުއިއްޒު ވިދާޅުވި ގޮތުގައި ގެދޮރުވެރިކުރުމަކީ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ސިޔާސަތެވެ. އާބާދީގެ ގިނަ އަދަދެއްގެ މީހުން މާލޭގައި ދިރިއުޅޭއިރު، ސަރުކާރުގެ ސިޔާސަތަކީ މާލޭގެ އިތުރުން ތަރައްގީ ކުރަން ހުރި ރަށްތައް ތަރައްގީ ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޒުވާނުންގެ ސިޓީއަކަށް ހުޅުމާލެ ހަދަނީ މާލެ ތޮއްޖެހިފައި އޮތް އޮތުން، ނިމުމަކަށް ގެނެސް މާލެ އާއި އަތޮޅު ތެރޭގައި ދިރިއުޅުމުގެ ތަނަވަސްކަން އިތުރަށް ހޯދައި ދިނުމަށް ޖާގަ ދިނުމާއި ޒުވާނުންނަށް ގެދޮރުވެރިކަން ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
" ހުރިހާ ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް އެބަދޭ. މާލެ ސަރަހައްދު ތަރައްގީ ކުރުމަށް ގިނަ ކަންތައްތަކެއް ދަނީ ކުރަމުން." މުއިއްޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިޞޫ
23 July 2016
އހއެންވެ ހުޅުމާލެ އަށް ރާއްޖޭ 75% މީހުން ގެންނަން ރާވަނީވެސްް؟ ދެން އަދިވެސް އޮފީސް ތަކަޢީ ހޮސްޕިތަލް ތައް ހަމަ އަޅަނީ މާލެގައި،،،،
ހަންކެޑެ
22 July 2016
ހުޅުމާލޭގަ ހުސް ފުލެޓް އަޅާފަ ދީގެން ތަރައްގީ ވޭތަ؟؟؟؟؟؟؟
ސްކިޕާ
21 July 2016
ބުރިޖު އެޅީމަ ދެން ކޮންތާކަށް ނިދަން ދާނީ ؟؟
ރަންދެލި
21 July 2016
ދޯނި ފެރީގަ ހުޅުމާލެ އަށް ގޮސް އައިސް ވުމަށް ދުވާލަކު ގާތްގަޑަކަކަށް 60 މިނިޓު ބްރިޖު މަތީން އުޅަނދެއްގަ ހުޅުމާލެ އަށް ގޮސް އައިސް ވުމަށް ދުވާލަކު ގާތްގަޑަކަކަށް120 މިނިޓު އަި އިތުރު 50 ރުފިޔާ ތިއޮތީ މޮޅު ވެފައެއްނު!
އަހުމަދީ އާބާދު
21 July 2016
މިހާތަނަށް މިސަރުކާރުން ވައުދުވި އެއްވެސް ކަމެއް ކޮއްދީފައި ވޭ ތޯ ؟ 24 ބުރީގެ އައިޖީ އެމް އެޗް ގެ ބިލްޑިންގ ބޭނުމަކީ ކޮބައި ތޯ ؟ ފިނޭންސުގެ 24 ބުރީގެ އިމާރާތުގެ ބޭނުމަކީ ކޮބައި ތޯ ؟ އައްޑޫގައި އަޅާ ހޮސްޕިޓަލް ކޮބައި ތޯ ؟ އިޚުލާސްތެރިކަން ނެތީ ވިއްޔާ ރައްޔިތުންނަ ކުރާނޭ ފައިދާއެއް ނޯންނާނެއެވެ. ހުރިހާ ފައިސާއެއް ދާނީ ހަމަ ތިބޭފުޅުންގެ ޖީބަށެވެ. މިހާރު ރަސްފަނު ބީޗް ކޮބައި ތޯ ؟ މުނާ ފިގުންގެ ގޮތަކީ ކޮބައި ތޯ ؟
އިބްރާހީމް
22 July 2016
އަ އިޖީ އެމް އެޗްއަށް އިތުރުވާ އިމާރާތުން ކުރާނެ ކިތައްމެ ބޭނުމެއް އަޅުގަނޑަށް ވިސްނޭ. އެހެންކަންތަކަށް ގޮތެއް ކިޔާކަށް ނެތިން
އިބުރޭ
05 October 2016
24 ބުރިއެއް ނޫން 25 ބުރި. ކަލެއަށް ކިތައް ބުރިކަން ނޭންގެ ބޭނުން އެނގޭ. އައިޖީއެމްއެޗް އޮތް ހާލު ކަލެއަށް އެނގޭނަމަ ތި ބުރިބުރީގެ ވާހަކައެއް ނުދައްކާނެ.
ލޭޒީ
21 July 2016
ހުޅުމާލެ ތަރައްގީ ވާން ޖެހޭ މިނާއި ގާތަށް ވެސް ތަރައްގީ ނުވެއެވެ. އަދި ހުޅުމާލެ 2 ގެ ޕްރޮޖެކްޓް ވެސް ދަނީ ފިނި ހަކަ ރޭހުގައެވެ. ކަމާއި ބެހޭ އިންފްރާސްޓްރަކްޗަރ ގާއިމް ކުރުމަށްޓަކައި ބޭސިކް ކޮންސެޕްޓް ޑިޒައިން ވެސް ނުނިމޭ ޑީޓެއިލްޑް ޑިޒައިން ވެސް ނުނިމޭ ބީކިއު ނުނިމޭ ދެން ކީއްތޯ ބޮޑެތި އަލަފަތް ވަރުގެ ޓައި ކަރުގައި ބައްދައިގެެން އަތް ދިގު ގަމީސް ލައިގެން ގޮސް އެޗްޑީސީގެ ބޮޑުން މިކުރަނީ ކޮންމެ ދުވަހަކު.
ނަންބަރ
21 July 2016
ކޮން އަވަށެއް، ރަށެއް، ސިޓީ ، ޤައުމެއް އޮތީ ޒުވާނުން ނޫލޭ.... ކަމައެކނި ހުޅުމާލޭގައި ތަ ޒުވާނުން އުޅެނީ ނުވަތަ އުޅޭނީ....ހަމަ ހައިރާންވޭ!!
ނާމިން
21 July 2016
ހުޅުމާލެއް ހިޖުރަކުރަން ބުނާއިރު އަތްނުފޯރާފަށުގައި އަގުއުޅެނީ... އެހެންނޫނަސް މުއިއްޒު ކުރާކަމެއް ދުވަހަކުވެސް ނިމޭގޮތެއް ނުވޭ ތަނެއްގަ މާބްލް ޖެހިޔަސް ތަނެއްގަ ތޮށިޖަހާ ވެލިއެޅިޔަސް އަބަދު އެކަމެއްގަ.. ބްރިޖަށް އެހެން ނުވިއްޔާ ރަނގަޅު...
އަނީސް
21 July 2016
ދެން 2017 ގައިގުޅީފަޅު ހިއްކާލާށެވެ. އަދި ވިލިގިލިވެސް ހިއްކާލާ ނިކަން ތަރައްގީ ދައްކާލަބަލަ. ބޯހިޔަވަހިކަމުގެ އަގުތަށް ތިރި ކުރެވޭތޯބަލާބަލަ.
އަނީސާ
05 October 2016
ގުޅި ފަޅު ތީ މީހުން އުޅެން ކަމުދާ ތަނެއް ނޫން. ނަޝީދު އެބައޮތްތަ ރަނަގޅު ކަމެއް ކޮށްފައި؟
އަލީ
21 July 2016
އެންމެން މާލެ ސަރަހައްދަށް ގެނެސް ތޮއްޖެއްސުމުގެ ބޭނުމަކީ ކޮބާތޯ؟ އައްޑޫ އާދި ލާމު އަތޮޅު ކަހަލަ ބިން އޮތް ތަންތަން ތަރައްގީކޮށް ވަޒީފާގެ ފުރުސަތުތައް ގާއިމުކޮށް އަސާސީ ބޭނުންތައް ރަގަޅުފެންވަރުގައި ލިބޭނެ ގޮތް ހެދީމާ އެންމެން މާލެ އައިސް ތިބޭ މި ކުޑަކުޑަތަންކޮޅުގައި ފިތިބާރުވެފައި ތިބޭކަށް ނުޖެހޭނެ.
އަލީ ބުނީ
21 July 2016
އެންމެން މާލެ ސަރަހައްދަށް ގެނެސް ތޮއްޖެއްސުމުގެ ބޭނުމަކީ ކަލޭމެންގެ ގަމާރުކަން ދެންތިބި އެންމެނަށް ދައްކައިދިނުން. ވަރަށް ވެދުން. ދެންވެސް ވޯޓު ވިއްކާ.
ޢަބްދުﷲނާފިޒު
21 July 2016
އަލީގެ ކޮމެންޓަށް ތާއީދު ކުރާ ހާލު ބުނެލަން އޮތީ، މާލެ ސަރަހައްދަށް ގިނަބަޔަކު ގެނެސް ތޮއްޖެއްސުމުގައި މިސަރުކާރުގެ މަޤްސަދު ވަރަށް ސާފު، 200 މިލިއަން ޚަރަދުކޮށްގެން އަޅާބުރިޖަކީ ޗައިނާ ސަރުކާރާއެކު ވެފައިވާ އެއްބަސްވމެއްގެ ދަށުން އަޅާ ބުރިޖެއް، ބަދަލު ދޭން ޖެހޭނެ، މިދެއްކީ ވަރަށް ގިނަ ވާހަކަ.
ބާފިޒު
05 October 2016
'ޢަބްދުﷲނާފިޒު" މަދު ވާހަކައެއް ދެއްކިންތަ؟ ކޮމެންޓް ނިމޭއިރު އޮންނަނީ އަތަށް ގޮވާފައި.