އަދީބު ފުލުހުންގެ ބަންދުގައި-- މިހާރު ފޮޓޯ
29 އެޕްރީލް 2018 - 21:30
ނަސަންދުރަ ޕެލަސް ހޮޓަލް ހިންގަން އެންޕީއެޗް އިންވެސްޓްމަންޓަށް ދިން މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، 74 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ދިން ނޯޓިސް ބާތިލްކޮށްފި އެވެ.
ފިނޭންސް މިނިސްޓަރު އަހުމަދު މުވައްވަރު ސޮއިކުރައްވައި މިދިޔަ ބުދަ ދުވަހު އަދީބަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އޭސީސީން އެމައްސަލަ އަލުން މުރާޖައާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ހަތް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް މިދިޔަ މަހު 28 ވަނަ ދުވަހު ދިން ނޯޓިސް ބާތިލްކޮށްފައިވާ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.
Nasandhuraige massalaagai Adheeb 74 million rufiyaa dhakkan jehijje
The most trusted news source in the Maldives
Mihaaru
ފައިސާ ދައްކަން އަދީބަށް އެންގުން--
ފައިސާ ދައްކަން އެންގި މުއްދަތު މިމަހުގެ ހަތް ވަނަ ދުވަހަށް ހަމަވެފައިވާއިރު އެފައިސާ ނުދައްކަ އެވެ. އަދީބުގެ ވަކީލުން ފިނޭންސް މިނިސްޓްރީގައި އެދިފައިވަނީ ފައިސާ ދެއްކުމަށް އަންގައި ފޮނުވާ ނޯޓިސް އަދީބުގެ ގެއަށް ފޮނުވުމުގެ ބަދަލުގައި ޖަލުގައި ބަންދުކޮށްފައިވާ އަދީބަށް ފޮނުވުމަށެވެ.
އަދީބަށް ފިނޭންސް މިނިސްޓްރީން ފައިސާ ދައްކަން އެންގީ އޭނާ ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު މުއްދަތު އިތުރު ކުރުމުގެ ފީ ނެގުމެއް ނެތި، ނަސަންދުރަ ހިންގަން އެންޕީއެޗް އިންވެސްޓްމަންޓަށް 50 އަހަރަށް ދޫކުރި މައްސަލައިގަ އެވެ. އޭގެ ކުރިން ނަސަންދުރަ ހިންގަން ހަވާލުކޮށްފައި އޮތީ ގެލެކްސީ އެންޓަޕްރައިސަސްއާ އެވެ. އެކަމަކު އެންޕީއެޗް އިންވެސްޓްމަންޓުން އޮތީ އެތަނުގެ ލީޒް ހޯލްޑް ރައިޓްސް ގަނެފަ އެވެ.
ދައުލަތަށް 74 މިލިއަން ރުފިޔާ ދައްކަން އަދީބަށް އެންގިއިރު އޭނާ ގެންދަވަނީ އެކި މައްސަލަތަކުގައި 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. މީގެ އިތުރުން ޚިޔާނާތާއި މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ އިތުރު ދައުވާތަކެއް ވެސް އަދީބާ ދެކޮޅަށް ކޯޓުގައި ދަނީ ހިނގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިމަންނަ
30 April 2018
ތިޔާ އުޅެނީ އަތުލެވޭ އަދަދު މަދުކަމުން އަދަދު އިތުރު ކޮށްލަން
ޕްރަސާދު
30 April 2018
ޢަދީބަށް މާފުކުރާނަމަ ބޭންކަށް ލޯނުނުދެއްކި ތިބި އެންމެނަށް މާފު ދޭންވާނެ. ނޫނީ ދައުލަތް އޮޅުން ބޮޅުންވެދާނެ
މޮހޮންމާ
30 April 2018
މުނައްވަރު މިިއޮތީ އަތަށް ގޮައްވާލަފަ، އެހެން ދޯ ވަނި، ކިރުބާ ކުޑަކުދިންނަށް މިކަހަލަ މަގާމު ހަވާލު ކުރީމަ، ޔާންޓެ މިފަހަރު މިސޮރަށް ކިހިނެއް ހަދާނެބާ
އަލްޖިބްރާ
30 April 2018
މިފެންނަނީ މިސަރުކާރުގެ ފެންވަރު !
ވައްޖަހުތު
30 April 2018
ގައުމު ހިނގަނީ ރައީސުލްޖުމްހޫރިއްޔާއަށްޓަކައި ނޫންކަން ކޮމިޝަންތަކުގައި ތިއްބަވާބޭފުޅުންނަށް އެނގޭނީ ކޮންއިރަކުންބާ. ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ތި މުއައްސަސާތައް ވުޖޫދުގައި ހުރީ ރައީސުލްޖުމްހޫރިއްޔާ ދިފާއުކުރާކަށްނޫން. ރައީސުލްޖުމްހޫރިއްޔާއަކީ ކޮބައިކަން ގާނޫނު އަސާސީގަ ލިޔެފައޮންނާނެ. އެއީ ވަގުތީ މަސްއޫލިއްޔަތެއް. ރައީސް ކުރާކަންތަކާ ނުކޮށްދޫކޮށްލާ ކަންތަކަށް އެހެން ގުނަވަންތަކުން ފާރަވެރިވުން ލާޒިމްކޮށްފައިވާ ޚިދުމަތްތެރިއެއް. އޭނަނެތިއްޔާ ކާސިމްފުޅު ކާސިމްފުޅު ނެތިއްޔާ ފާތުމާފުޅު ރައީސްކަން ކުރަންހުންނާނެ. ޔާމީނަކީ މިދުނިޔެއިން ލިބެންހުރި ހަމައެކަނި ރައީސެއްނޫން. އޭނަޔަށްޓަކާ މިގައުމު ގުުރުބާން ނުކުރޭ.
ނަލަނަލަ
30 April 2018
ތިވާނީ ރައީސްގެ ހެޔޮފުޅުކަމުން ދައްކަން ނުޖެހޭ އެއްޗެކަށް ހަމަޖައްސަވައި ދެއްވީ ކަމަށް.
ނެޝަނަލިސްޓް
30 April 2018
މިއީ މިހާރު ދައުލަތެއް ނޫން!
ގޮބޮޅި
30 April 2018
މުއްދަތު އިތުރުކޮށްދޭން ނިންމީ ގަޓުހުރި ރައީސް ޗެއާމަންކަންކުރާ ބޯޑެއްގެ ނިންމުމަކުން މަޅިއަރައިފާނެއެތީ މިހާރުދެން އޭސީސީ އިން ބަޔާން ބަދަޅުކޮށް އެކަންކޮށްފައިއޮތީ ރަނގަޅަށްކަމަށް ނިންމާނެ
ދަތްނެތްކުއްޖާ
30 April 2018
ތިމާމެން އަމިއްލަ އަށް ފަލީޙަތްވެ އޮރިޔާން ވާއިރުވެސް ނޭގޭ ދޮތަ!
މަގުފުޅާޓިނު
30 April 2018
އެހެން ހަމަ އެންގިއަސް ފައިސާ ނުލިބޭނެކަން އިނގޭތީވެ އަވަހަށް ރާގު ބަދަލުކޮށްލީ ދެއްތޮ، އެންގިއަސް ދޭކަށްވެސް ނުޖެހޭނެ، ފައިސާ ހޯދަން ބޭނުމިއްޔާ ދޭ ގޭ ކޯޓަށް، އެތަނުން ދޭން އަންގާފިއްޔާ ދެން އެކަމާ ވިސްނާނީ، ހަޔާތްމަދުކަން އުތަ.