ހިޔާ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު..---ފޮޓޯ: ހުސައިން ވަހީދު/މިހާރު
01 މެއި 2018 - 00:12
ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ "ހިޔާ" ޕްރޮގްރާމްގެ ދަށުން 12 ކެޓަގަރީ އަކަށް ފްލެޓުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު، އަންނަ އާދިއްތަ ދުވަހު ދޫކުރުމަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފްލެޓުތަކަށް ފޯމު ދޫކުރުން އޮންނާނީ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ކަމަށެވެ. އަދި ފޯމު ދޫކުރުމަށް އެ މާލަން ޚާއްސަކޮށް، ތައްޔާރު ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
Hiyaa Mashroou ge 12 catogery ah flat thakah form dhookuran 6 May gai fetteyne IA. Form dhookurun onnaanee Dharubaaruge Rannabandeyri Maalamugai. Maalan mikamah khaassakoh dhanee thayyaaru kurevemun. Ithuru mauloomaath 6 May gai onna live press conference gai hissaakureveyne IA.
— Dr.Mohamed Muizzu (@MMuizzu) April 30, 2018
މުއިއްޒު ކުރެއްވި ޓުވީޓު.
މިކަމާ ގުޅޭ މައުލޫމާތު، އެ ދުވަހުގެ ޕްރެސް ކޮންފަރެންސްގައި ހިއްސާ ކުރަން ވަނީ ނިންމައިފަ އެވެ.
ހުޅުމާލޭގެ "ހިޔާ މަޝްރޫއު"ގެ ދަށުން ސަރުކާރުގެ ބައެއް ކުންފުނިތަކުން ވެސް ފްލެޓް އަޅަން ނިންމައި އެކަން ކޮށްދޭނެ ބަޔަކު ހޯދަން މިހާރު ވަނީ އިއުލާން ކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް ކުންފުނިތަކުން މިހާރު ވަނީ ފްލެޓްތައް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައި ވެސް މެ އެވެ.
ރާއްޖޭގައި އެއްފަހަރާ އެންމެ ގިނަ ބަޔަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި ހިންގާ އެންމެ ބޮޑު މަޝްރޫއު ނޮވެމްބަރު 18، 2017 ގައި ހުޅުމާލޭގައި ފައްޓަވައި ދެއްވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ، އެ މަޝްރޫއު އަންނަ އަހަރު ނިންމާލެވޭނެ ކަމަށެވެ. އަދި ވިދާޅުވީ އޭގެ ތެރެއިން ފުރަތަމަ ބިންގާ އެޅި ބައެއް ތަންތަނުގައި މި އަހަރު ވެސް މީހުން ދިރިއުޅެން ފެށޭވަރުވާނެ ކަމަށެވެ.
ހިޔާ މަޝްރޫއުގައި ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓް، ހައުސިން މިނިސްޓްރީން ވަނީ 11 ކެޓަގަރީއަކަށް ބަހާލައިފަ އެވެ. އެއީ ސިވިލް ސާވަންޓުންނާއި ކައިވެނި ކޮށްގެން އުޅޭ އުމުރުން 18-40 ދެމެދުގެ މީހުންނާއި މާލޭގެ ރަށްވެހިންނާއި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި ފުލުހުންނާއި ސިފައިންނާއި އެކަނިވެރި މައިންނާއި ބަފައިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކާއި ގުޅިފަޅާއި ޓާޓާ އިން ފްލެޓް ނުލިބުނު މީހުންގެ އިތުރުން މާފަންނުު ހުޅަނގު ދާއިރާގައި ދަތި ހާލުގައި ދިރިއުޅޭ އާއިލާތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އާނަ
02 May 2018
މިއުޅެނީ އަނެއްކާ އިންތިހާބް ފެށެންވާއިރަށް ފޯމޭކިޔާފަ، ރައްޔިތުންގެ ފޯނުނަމްބަރާއި އައިޑީ ކާޑު ނަމްބަރތައް އެއްކުރަން ނޫންބާ؟ ހާދަވައްތަރޭ އެކަހަލަ ކަމަކާ. ބުނުއްވާފ ނޫންތޯ އޮތީ ގެދޮރުވެރިކަމުގެ ޕްރޮގުރާމަށް 2013ވަނަ އަހަރު ލާފައިވާ ފޯމްތަކުން ފުލެޓް ނުލިބޭ ފަރާތްތަކަށް އިސްކަން ދެއްވާނެވާހަކަ. އެކަމަކު ފަހުވަގު މިވީކިހިނެތްތޯ؟
ޓޭކްމޭން
02 May 2018
ދިނަސް ނުދިނަސް ވޯޓެއް ނުދޭނަން އަދި ނުވެސް ހޮވޭނެ އިންޟާﷲ.
ގުއިއްޒު
02 May 2018
ރައްޔިތުންގެ ލޮލުގައި އަދުން އަޅުވާލާތި. މުއިއްޒު އިންނަންވީހެން ހީވަނީ މަގުމަތީގަ އަދުންދަޅު ހިފައިގެން އަނދުން އަޅުވަން. އަޔީން ޓީމަށް ސާބަސް.
ހަސަންމަނިކް
02 May 2018
ބޭނުންވަނީ ރައްޔަތުން ގަނޑަތެޅުވުން! މީ ހާދަ އަނިޔާވެރި ބައެކޭ!
އިންޖިނިއަރ
02 May 2018
ކޮބާތަ ދެން އިންޖިނިއަރުންނަށް އަޅާ ފްލެޓް؟ ސިފައިން ފުލުހުން ނަރުހުން ޑޮކްޓަރުން އެކަނިތަ ތިބީ؟ ހާއްސަ ކުރަންޏާ ހާއްސަ ކުރަން އެންމެ މުހިންމު އެއް ޕްރޮފެޝަން އެއީ....
ގޫޑް އެމްބެސެޑަރު
02 May 2018
ފްލެޓަށް ފޯމު ހުށަހެޅުން - ފްލެޓަށް ސަލާންޖެހުން. ސަރުކާރުން ރައްޔިތުންނަށް ޖައްސާ އުނދަގުލެއްމީ. އެންމެ ފަހުގަޑީގަ ފްލެޓްދެނީ ދޭނެމީހަކަށް. ކީއްކުރަންތޯ ފޯމުލާންވީ؟ ދޭނެމީހަކަށް ދިނީމަ ނިމުނީނު!
މުހަންމާ
02 May 2018
ރަމަޟާން ރޯދަ މަހެއްގައި ރައްޔިތުން ރަތްދަކަ އަވީގައި ލޭ މައްޗަށް ގޮސްފައި ކިޔޫގައި ތިބޭނެ ގޮތެއް ހަމަޖައްސަނީއެވެ. ކުރިން ކީހައި ޅެން ފަރިއްސަށްވީއެވެ.
ގެދޮރު
02 May 2018
ކޮބާހޭ ކޮބާހޭ ކޮބާހޭ އަހަރުމެން 2ހަފުތާގަ އެތާ މިނިސްޓަރީ ކައިރީގަ ގަދަ އަވީގަ ކުޑަނަގައިގެން ލީހާ ފޯމް. އެ ކެންސަލްކޮށްފަ އަނެއްކާވެސް މިޖެހެނީ އެއްކަލަހެން އަވީގަ އެލާންޝޭކިޔާފަ 2ތިންދުވަހު ކިއުގަ ތިބެން.ރައްޔިތުން ގުނބޯހެއްދުން ހުއްޓާލާ!
އަށްޑޫ މީހާ
01 May 2018
ކޮބާހޭ ކޮބާހޭ ކޮބާހޭ އަހަރުމެން 2ހަފުތާގަ އެތާ މިނިސްޓަރީ ކައިރީގަ ގަދަ އަވީގަ ކުޑަނަގައިގެން ލީހާ ފޯމް. އެ ކެންސަލްކޮށްފަ އަނެއްކާވެސް މިޖެހެނީ އެއްކަލަހެން އަވީގަ އެލާންޝޭކިޔާފަ 2ތިންދުވަހު ކިއުގަ ތިބެން. އެހެންވީމަ އަހަރުމެން ބުނަނީ ފުލެޓް ދޮންބެ ވަރެއް ނޯންނާނެޔޭ. ފުލެޓް ލިބޭނެ މިއަންނައަހަރު ފްލެޓް ދޮންބެގެ ފުލެޓް އެބަފެނޭ އަހަރުމެންނަށް. ވަކި މީހަކު ފޮނުވާ ބޮޑު ލިސްޓަކަށް ފުލެޓް ހަވާލުކުރުވަން ދެނެއް ނުބައިތިއްބާނަން. 2018ގަ މިކަން ނިމޭނެ،
ކެޓަގަރީ1
01 May 2018
މިފަހަރު ވޯޓުލާނީ ތިޔަ ކެޓަގަރީގެ މީހުން ދެއްތޮ؟