ރައީސް ޔާމީން މިދިޔަ އަހަރު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ނަވާޒް ޝަރީފާ ބައްދަލުކުރައްވަނީ.-- ފައިލް ފޮޓޯ: ރައީސް އޮފީސް
24 ޖުލައި 2016 - 12:47
މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށް ރައީސް އަބްދުﷲ ޔާމީން ދެއްވި ދައުވަތަށް ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ރާއްޖެ ވަޑައިގަތުމަށް ނިންމެވުމަށް ފަހު، ދަތުރުފުޅު އަނެއްކާވެސް ކެންސަލްކުރައްވައިފި އެވެ.
މިއީ ނަވާޒް ޝަރީފް ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވައި ދަތުރުފުޅު ކެންސަލްކުރެއްވި ދެ ވަނަ ފަހަރެވެ.
ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި މިދިޔަ އަހަރު ބޭއްވި ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް ރާއްޖެ ވަޑައިގަންނަވަން ވެސް އެންމެ ފުރަތަމަ ހަމަޖެހިފައި އޮތީ ނަވާޒް ޝަރީފެވެ. އެކަމަކު، ޕާކިސްތާނުގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެ، އެތައް ބައެއް މަރުވުމާ ގުޅިގެން އެ ދަތުރުފުޅު ކެންސަލް ކުރެއްވީ އެވެ.
މިނިވަން 50ގެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ ލަންކާގެ ރައީސް މަތިރްޕަލާ ސިރިސޭނާ އެވެ.
މި އަހަރުގެ ޖަލްސާ އަށް ނަވާޒް ވަޑައިނުގަންނަވަން ނިންމެވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި އަހަރުގެ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި އެއްވެސް ގައުމެއްގެ އިސްވެރިއަކު ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ. އެކަމަކު ދުނިޔޭގެ ގިނަ ގައުމުތަކެއް ތަމްސީލްކުރައްވާ ހާއްސަ މަންދޫބުންނާއި އެކި ފަންތީގެ ވެރިން ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިވަން 50 ފާހަގަކުރަން މިދިޔަ އަހަރު ބޭއްވި ރަސްމީ ޖާފަތުގައި ރައީސް ޔާމީނާއި ލަންކާގެ ރައީސް ސިރިސޭނާ ބައިވެރިވެވަޑައިގަންނަވަނީ.-- ފައިލް ފޮޓޯ: ރައީސް އޮފީސް
ދައުވަތު ގަބޫލުފުޅުކުރައްވައި ފަހު ވަގުތު ނަވާޒް ވަޑައިނުގަންނަވަން ނިންމެވީ ކީއްވެތޯ "މިހާރު" އިން ސުވާލު ދެންނެވުމުން މުއާޒް ވިދާޅުވީ ނަވާޒް ޝަރީފް މި އަހަރުގެ ޖަލްސާ އަށް ވަޑައިގަންނަވާނެ ކަމެއް ރައީސް އޮފީހުން ހާމަކޮށްފައި ނުވާނެ ކަމަށެވެ. އެއްވެސް ގައުމެއްގެ އިސްވެރިއަކު ވަޑައިނުގެންނަވާ ކަން ރައީސް އޮފީހުން ހާމަކުރީ، މުއާޒް ވިދާޅުވި ގޮތުގައި، ބޭރު ގައުމެއްގެ އިސްވެރިއަކު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބައެއް ފަރާތްތަކަށް ހީވެފައި އޮތުމުންނެވެ.
މިނިވަން 50 އާ ގުޅިގެން ކޮންމެ އަހަރަކު ވެސް ކޮންމެވެސް ގައުމެއްގެ އިސްވެރިއަކު މިނިވަން ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. މި އަހަރުގެ ޖަލްސާ އަށް އެއްވެސް ބޭފުޅަކަށް ދައުވަތު ނުދެއްވަނީތޯ ދެންނެވުމުން ސީދާ ޖަވާބު ނުދެއްވައި މުއާޒް ވިދާޅުވީ އެކަންކަން ކުރިއަށް ގެންދަނީ ރައީސް އޮފީހާއި ފޮރިން މިނިސްޓްރީ ގުޅިގެން ކަމަށެވެ. އެއްވެސް ގައުމެއްގެ އިސް ވެރިއަކު ބައިވެރިވެވަޑައިގަންނަވާނަމަ ރައީސް އޮފީހުން އެކަން މީޑިއާތަކަށް ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިވަން ދުވަހުގެ ހާއްސަ ޖަލްސާ މިފަހަރު ބާއްވާ ގޮތަށް ހަމަޖައްސާފައި ވަނީ އިސްލާމީ މަރުކަޒުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭނުމީ މިނިވަންކަން / އައްޑޫ ސިޓީ
24 July 2016
ނަވާޒު ޝަރީފު ވަޑައިނުގަތުމަކީ އެއްވެސް މައްސަލައެއްނޫން. ރައީސް ގެ ދައުވަތު ޤަބޫލު ނުކޮށް އޭނާ ރާއްޖެ ނައި ކަމުގައި ވިޔަސް އަޅުނގަޑުމެންގެ ޤައުމުގައި ހުންނެވި ''ގަނޑު ހުރި ރައީސް'' އަށާއި އެބޭފުޅާގެ އިޤްތިސޯދީ މަސައްކަތަށް އެއްވެސް ހުރަހެއްނޭޅޭނެ. . . . ............ 300 މިލިޔަން ޑޮލަރުގެ އަގުބޮޑު ލަޤްޒަރީ ބްރިޖް ވެސް އެދަނީ އަޅަމުން. 3000 ހަކަށް އަކަފޫޓް ގެ ބިންކޮޅެއްގައި 245 މިލިޔަން ޑޮލަރުގެ އިމާރާތެއްވެސް އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާނެ. . . ........ ފިނޭންސް މިނިސްޓްރީ އިމާރާތް ހެދުމަށް 3 ވަރަކަށް ފަޅުރަށް ބަޔަކށް ދިނުމާއި އެކު އެޑްވާންސް ގެ ގޮތުގައި ފައިސާ ތަކެއް ކުރިން ދޭން ޖެހުނު ކަމުގައި ވިޔަސް އެކަން ވެސް ގަޓްހުރީތީ މިރައީސް ކުރައްވާނެ. . . . ރައްޔިތުން ކަންބޮޑުވެ ހާސްވާކަށް ނުޖެހޭ. ''ރާއްޖޭގައި ހުރި މައްސަލަތަކާއި ކުރިމަތިލައްވަން'' ވެރިކަމަށް ވަޑައިގަތުމަށްފަހު ''ގަޓްހުރި މި ރައީސް'' ގެ ގަޓް ކަޓައިގެން ނުދާނަމަ އޭނާ އޭނާގެ ގަޓްހުރިކަން ދައްކަން ކުރާކަންކަމަށް ހުރަސް އަޅައިގެން ވާކަށް ނޯންނާނެ. . . . އެހެން ކަމުން ''ޤާނޫނީ ވެރިކަމެއް ކޮށް ޤާނޫނު ހިންގަން ކެރޭ ރައީސެއް'' ކަމަށް ބުނާ ރައީސަށް ދަންނަވާލާހިތް ވަނީ ކުރިޔަށް އޮތް ނޮވެމްބަރު 11 ވަނަ ދުވަހުގެ ރަސްމީއްޔާތަށް މަނިކުފާނު ފަދައިން ''ޤާނޫނު ހިންގަން ކެރޭ'' ވެރިންނަށް ދައުވަތު ދެއްވަވާށޭ. . . . ހަމަ ޔަޤީނުން ވެސް Workers' Party of Korea އިއްޒަތްތެރި ވެރިޔާ އާއި ''ޤާނޫނު ހިންގުމުގެ އެފަދަ ދެވަނަ މިސާލެއްނެތް'' Robert Mugabe އާއި ''ބޮޑު ސުއްޓާ ރައީސް'' Fidel Castro ފަދަ ''ގަޓް ހުރި'' ރައީސުން ކޮޅަކަށް ދައުވަތު ދެއްވަން. . . . އޭރުން ނިވެމްބަރ 11 ވަނަ ދުވަހުގެ ޖަލްސާގެ ސްޓޭޖް މަތިން ''ދުނިޔޭގައި ގަޓްހުރިވެރިކަން ކުރާ އެންމެން'' ތިބޭތަން ފެންނާނެ. / މިނިވަންކަން ، އައްޑޫ ސިޓީ
ކޮލަމާފުށި
24 July 2016
ހެޔޮނުވާނެ މިތަނަށް އަންނަން....
ފުއްޕާ ހަން
24 July 2016
ދެން މިކަމުން މާލޭގެ ކުލި އަގު ހެޔޮ ވޭތަ
ޖަހަންގީރު
24 July 2016
ނަވާޒް ޝަރީޕްއަށް ހެޔޮ ރަހްމަތް ލައްވާށިއެވެ. ރާއްޖެއަށް ވަޑައިނުގަންނަވަން ނިއްމުމަކީ މިވަގު ރަގަޅުނިއްމުމެކެވެ.
ގުއި ސައްޕެ
24 July 2016
ބޫހާ ހާ ހާ ... ކޮބާތަ އެއްކަަލަ މައި ބިއުޓިފުލް ކަންޓްރީ ކޮމެންޓެއް ކޮއްލަ ބަލަ