އިކްޓޯރިއަލް ގިނީގެ ޕޯޓް އޮފް ބާޓާ ބަނދަރުން ފުރައިގެން ސިންގަޕޫރަށް ދަތުރު ކުރަމުން ދިޔަ ހޮންކޮންގްގެ އާގު ބޯޓެއްގައި އޮތް ބަލި މީހަކު އެމްއެންޑީއެފް ސަދަން އޭރިއާ އިން އައްޑު އަށް މިއަދު ގެންގޮސް ދީފި އެވެ.
އެމްޑީއެފުން ބުނީ "އެމްވީ ޕްރޮސްޕެރިޓީ 103" ނަމަކަށް ކިޔާ އާގު ބޯޓްގައި އޮތް ހާލުބޮޑު ބަލި މީހާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އެ މީހާއަކީ 28 އަހަރުގެ ޗައިނާ ފިރިހެނެކެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރްސީސީ) އަށް ބަލި މީހާއާ ބެހޭ މައުލޫމާތު ލިބުނީ މިދިޔަ ބުދަ ދުވަހު އެވެ. އެގޮތުން ޑޮކްޓަރުންގެ ޓީމަކާ އެކު ސިފައިން ވަނީ އެ ބޯޓު އޮތް ސަރަޙައްދަށް ގޮސްފަ އެވެ.
ބަލި މީހާ އެމްއެންޑީއެެފް ކޯސްޓްގާޑްގެ އުޅަނދަަށް ނަގާފައި ވަނީ، ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ހުއްދައާ އެކު ބޯޓް ގަމުގެ 7 ނޯޓިކަލް މޭލު ބޭރަށް، ކައިރި ކުރުމުން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.