ޖުމްހޫރީ މައިދާނުގައި މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީނާއި ސަރުކާރުގެ އިސް ވެރިން ރޭ ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރުަ
26 ޖުލައި 2016 - 16:45
މިއަދު ފާހަގަކުރާ މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން އިސްލާމީ މަރުކަޒު ސަރަހައްދުގައި މިރޭ ބާއްވާ ރަސްމީ ބައްދަލުކުރެއްވުމަށް ހުރަސްނޭޅުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިނިވަންކަމަށް 51 އަހަރު ފުރުމުގެ އުފާވެރި މުނާސަބާ ފާހަގަކުރަން މިރޭ ބާއްވާ ރަސްމީ ބައްދަލުކުރެއްވުމަށް ހުރަސްއެޅުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމާ މެދު ކަންބޮޑުވެ ހިތާމަކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ރަސްމީ ބައްދަލުކުރެއްވުމަކީ ބޭރުގެ އިއްޒަތްތެރިންނާއި ސަރުކާރުގެ އިސްވެރިންނާ އެކު ގިނަ އަދަދެއްގެ ބަޔަކަށް ދައުވަތު ދީގެން ބާއްވާ ކަމަކަށް ވާތީ، އެކަމަށް ހުރަސްއަޅަން އެއްވެސް ކަމެއް ނުކުރަން ފުލުހުން އެދިފައިވެ އެވެ.
ފުލުހުން ބުނިގޮތުގައި އެ ބައްދަލުކުރެއްވުމަށް ހުރަސްއަޅަން އެއްވެސް ފަރާތަކުން މަސައްކަތް ކުރާނަމަ އެކަން ހުއްޓުވަން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ އެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި މިނިވަންދުވަހުގެ ރަސްމީ ޖަލްސާ އަށް 4،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ދައުވަތު ދީފަ އެވެ.
ރަސްމީ ބައްދަލުކުރެއްވުމަށް ހުރަސްނާޅަން ފުލުުހުން އެދިފައިވާއިރު، މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން، މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ހާއްސަ ދުއާއެއް ކުރިއަށް ގެންދަން އިދިކޮޅު އިއްތިހާދުގެ ސަޕޯޓަރުން ވަނީ ނިންމައިފަ އެވެ. އަދި "27 ގެ ދިފާއުގައި" ހިމޭން މުޒާހަރާއެއް އިސްލާމީ މަރުކަޒު ސަރަހައްދަށް އެންމެ ކައިރި ވެވޭ ހިސާބެއްގައި ބާއްވަން ނޫސްވެރިންތަކެއް ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑަކުޓަރު
28 August 2016
ވ.ވިއްސާރަ. އެހާމެ ފިނި. ރޯގާ ޖެހިދާނެ. ހިއްވަރުކުރާތި. ވިކްސް ބަރމް .
ދޮންދީދީ
25 August 2016
ދައުލަތުގެ ރަސްމީ ބައްދަލުވުންތަކަށް އެއްވެސްބަޔަކު ހުރަސް އަޅައިގެން ނުވާނެ.
ބޮޑުރިޔާ
26 July 2016
ބަލަ މިމީހުން މަގުތަށް ބަންދުކުރީމާ އާއްމުރައްޔިތުންނަކަށް އުނދަގުލެއްނުވޭތް އަޖައިބުވޭ
އަހްމަދު
27 July 2016
ބޮޑުރިޔަލުގަ ދުއްވަނީ ރަށުތެރޭ ހަނި މަގުތަކުގަތަ؟ ނިކަން މާކަނޑަށް ނިކުމެބަލަ!
ބީޓްއިޓް
26 July 2016
އިދިކޮޅު ރަންރީނދޫ ކުދިން ނަމަ ނަމަ މިރޭ ހަފްލާ އަށް ހުރަސް ނާޅާތި. ޒީރޯ ޓޮލެރެންސް އޮންނާނީ މިރޭ. މީ ޕީޕީއެމް ލީޑް ކުރާ ކޯލިޝަން އަކުން މިހާރު މިގައުމުގައި ވެެރިކަން ކުރަނީ. މިރޭ ގްރީން ޒޯނަށް ނުވަންނާތި ނުވަންނާތި. ވީ ވިލް ނެވަރ އެވަރ އެވަރ ލޭ އަވަރ އާރމަރ ޑައުން. ޔޫ ގޮޓާ ލޭ އިޓް ޑައުން. ބީޓް އިޓް، ބީޓް އިޓް، ބީޓް އިޓް..
ޕީޕީ
26 July 2016
ކަލެއަށް ހާދަ ވަރެއް ތިވަނީ؟ ސްޓީލް ސްޓީލް ސްޓީލް އޭ ކިޔަންވީނު އަދިވެސް
ހާމަ333
27 July 2016
ތިހެންވެ ކަލޭމެނަށް ދިވެހިންގެ ތެރެއިން 75 ޕަސެންޓް ތާއީދު ނުކުރަނީ...ތިޔަ ގޮވެނީ މޮޔަ....ކޮން ބީޓް ބީޓެއް ކިޔާކަށް...ގަދަޔަށް ވާރޭ ވެހެން ފެށީމާ އަހަރުމެން ބަލާނަން ތިޔަ އާރމާރ ޑައުން ނުކޮށްވޭތޯ....ކެންސަލް ނުކޮށް ވޭތޯ....މިދައްކަނީ ފެން ތިކިތަކުން ތިޔަ އަރމާރ ބީޓް ބީޓް ބީޓް ވާނެ ވާހަކަ....ބިރުވެތިވެބަލަ....
ގަމާރު
26 July 2016
އެއްވެސްބަޔަކު ހުރަހެނާޅާނެ،،،ހުރިހާ ހަޑިއެއްހާވާނީ ފުލުހުން ،، އާދައިގެ ހެދުމުގަ ފުލުހުން ފޮނުވާއިގެން ތިތަން ފަނިކުރާނެ ކޮއްފަ ބުނާނެ އެމްޑީޕީ މީހުން ނޭ،،،،،،، މިހާރު ރައްޔަތުންނަށް އިގޭ ފުލުހުން ނާ ސަރުކާރު ތިކުޅޭ ގޭމް...
ހުސޭނުބެ
26 July 2016
ހާދަ ފިނޑި ގޮތަކަށް، ފުލުހުން އަންގަން ޖެހޭނީ ކުރިން އަންގާހެން، އިސްލާމީ މަރުކަޒަށް އިޝާނަމާދަށް ދިއުމުގެ ފުރުސަތެއް ނުދޭނަމޭ.
ސިއްދީގު
26 July 2016
ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިނިވަންކަމަށް 51 އަހަރު ފުރުމުގެ "އުފާވެރި"، ކާކުގެ އުފާވެރި ޙަފްލާއެއްބާ؟ ރައްޔިތުން ތިބީ އުފަލުން ނޫންކަން މާލޭގެ މަގުތަކުން ފެނޭ.
haha
26 July 2016
ލޮލް. ޢިލްތިމާހޯ. ކަލޭމެންގެ އިލްތިމާހަކީ އަހރުންނަށް ބޮޑު ޖޯކެއް!!! ޓޫ ކޭން ޕްލޭ ދިސް ގޭމް.
ރާކަނި
26 July 2016
އިސްލާމީ މަރުކަޒު ކައިރިއަށް މުޒާހަރާ ކުރަން ހިންނަކަށް ވެސް ނުވަދެވޭނެ ގޮތަށް އެތަން ޝީލްޑް ކޮށް ފައި އެތަން އެއީ ގްރީން ޒޯން އަކަށް ހަދާ އެ ގްރީން ޒޯން އެއްގަޑިއިރު ތެރޭގައި މުޅި މާލެ އަށް އެކްސްޓެންޑް ކުރުމަށް ފަހު އެބުނާ ރަންރީނދޫ ހަރުގެއެއް އުފުރާލައިގެން ގޮސް ގުޅި ފަޅުގައި އެތަނުގައި ތިބިއްޔާ ތިބި އެއްޗަކާއި އެއްކޮށް ހަދާގޮތަށް " އޮޕަރޭޝަން މާލެ ފްރީޑަމް " ނަމުގައި އޮޕަރޭޝަނެއް ޖައްސާ މިކަން ކްލިއަރ ކޮށްލަންވީ އެއް ނޫންތޯއެވެ. މިރޭ ބްލޫސްގެ އެންގުމާއި ޚިލާފަށް ގްރީން ޒޯނަށް އަރާ މީހުންނަށް ޖެހޭނެ ރާކަނި މަސްކާން ދޭން ރަނގަޅަށް.
ބޫ
26 July 2016
ގްރީންޒޯންގައި 22 ރޭވަންދެން ޖެހި ސަކަރާތް ހަނދުމަވީމާ މޭބޮޑުވެ އަނގަހިތިވީތޯ؟ ފުޅަސްބުޑުން ދަންޏާ ހަސަނަށް ހީވާނެ ކެޔެގަނޑު ކަނޑާލަން އުޅޭހެން.
ބޭނުމީ މިނިވަންކަން / އައްޑޫ ސިޓީ
26 July 2016
އެތައްޒަމާނަކަށް ދިވެހިންގެ މައްޗަށް ހިންގާފައިވާ ''ބޯދާ ޤާނޫނު އަސާސީ'' އަހަރުމެން ދިވެހިން ބޭނުން ވެގެން އޭރު ވެރިކަމުގައި ހުންނެވި ބޭފުޅާ އަށް މަޖުބޫރު ކޮށްގެން އިސްލާޙު ކުރީ ''ފުލުހުން ތިހީކުރައްވާ ފަދަ ގޮތަކަށް'' ރައްޔިތުންނާއި ދޭތެރޭ ބާރު ހިންގުމުގެ ފުރުސަތު ދޭކަށްނޫން. . . . . އަދި އަމުދުން އަހަރުމެން ''އިސްލާހަށް އެދުނު ދިވެހިން'' ނޭދޭ މިރާއްޖޭގެ ރައްޔިތުންގެ މައްޗަށް ''ވެރިން ބޭނުން ވި ގޮތަކަށް'' ވެރިކަން ކުރާކަށް. . . . . ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި އަދުލު އިންސާފު މިނިވަންކަމާއި އެކު ހިންގުމަށާއި ދައުލަތުގެ މައްޗަށް ނުޙައްޤު ބާރު ވެރިނުކުރުމަށް އެދި ރައްޔިތުން ގޮވާލާ ގޮވާލުން ތަކަށް އިސްލާޙު ކުރި ޤާނޫނު އަސާސީގެ ދަށުން ފިޔަވަޅު އެޅޭނެ މީހެއް މުއައްސަސާއެއް ނޯންނާނެ ކަން ފުލުހުން ދަންނާން ވާނެ. / މިނިވަންކަން ، އައްޑޫ ސިޓީ