ލަންކާ އެމްބަސީގެ އިސް މަގާމަކަށް ނިމާލް ހަމަޖައްސައިފި

ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް މަގާމަކަށް، ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް މިއަދު ހަމަޖައްސައިފި އެވެ.


ލަންކާ އެމްބަސީގެ މިނިސްޓާ ކައުންސެލާ ކަން ނިމާލަށް ހަމަޖެއްސީ ކޮން ފެންވަރެއްގައި ކަމެއް އަދި ނޭނގެ އެވެ.

ލަންކާ އެމްބަސީގެ އިސް މަގާމަކަށް އައްޔަން ކުރެއްވި ކަން ކަށަވަރު ކޮށްދެއްވައި ނިމާލް މިއަދު ވިދާޅުވީ އޭނާ މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ، ލަންކާއަށް ކަނޑައަޅާފައިވާ ސަފީރު، މުހައްމަދު ހުސެއިން ޝަރީފުގެ ދަށުން ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނިމާލް އެންމެ ފުރަތަމަ އަދާކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމެވެ. އެ މަގާމުން ވަކިކޮށް، އޮކްޓޯބަރު 24، 2016 ގައި ޓޫރިޒަމް މިނިސްޓަރުގެ ނައިބަކަށް އޭނާ އައްޔަން ކުރެއްވި އެވެ.

ފެނަކައިގެ އިތުރުން އޭނާ ވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަން ވެސް އަދާކުރައްވައިފަ އެވެ. މިދިޔަ އަހަރުގެ ޖޫން 21 ގައި އެމްއާރުޑީސީން އޭނާ އިސްތިއުފާ ދެއްވީ، މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ވަގުތު ދެއްވުމަށް ކަމަށް ވިދާޅުވެ އެވެ.

އިބްރާހިމް ހަމްޒާ ޚަލީލް

3

ގަލޮޅު އުތުރު ދާއިރާ