ރައީސް ޔާމީންގެ ދެކަނބަލުން އީދު ސަލާމްކުރެއްވުން ރަސްރަނި ބަގީޗާގައި

ފިތުރު އީދު ދުވަހު ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން ރަސްރަނި ބަގީޗާގައި ބާއްވާ ގޮތަށް ރައީސް އޮފީހުން ހަމަޖައްސައިފި އެވެ.


ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އީދު ސަލާމް ކުރެއްވުން އޮންނާނީ އީދު ދުވަހުގެ ހެނދުނު 9-10 އަށް ކަމަށެވެ.

މުއާޒު ކުރެއްވި ޓްވީޓް

އާއިލާއާއެކު ވީހާ ވެސް ގިނަ ކުޑަކުދިން އެ އީދު ސަލާމުގައި ބައިވެރިވުމަށް ރައީސްގެ ދެކަނބަލުން ދައުވަތު އަރުއްވާ ކަމަށާއި ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ދައުވަތު ފޮނުއްވާ ކަމަށް މުއާޒު ވިދާޅުވި އެވެ.

ރައީސް ޔާމީން ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ބޭއްވި އެންމެ ފުރަތަމަ އީދު ސަލާން ކުރެއްވުން ވެސް އޮތީ ރަސްރަނި ބަގީޗާގަ އެވެ.